އެން-ރޭންޖުން އިންތިޒާމުކޮށްގެން، ހއ. ހޯރަފުށީގައި މޯލްޑިވްސް ވިމެންސް ރަން ބާއްވައިފިއެވެ.
އީދު ބަންދާ ދިމާކޮށް ހޯރަފުށީގައި ބޭއްވި މި ދުވުމުގައި ހަތަރު އަހަރުން މަތީގެ ކޮންމެ އުމުރުފުރައެއްގެ އަންހެނަކަށްވެސް ބައިވެރިވެވޭގޮތަށް ހުޅުވާލާފައިވެއެވެ. އެ ރަށު ބަނދަރު ސަރަހައްދުން ހަވީރު 4:00 ފެށި މި ދުވުމަކީ ފަސް ކިލޯމީޓަރުގެ ދުވުމެކެވެ.
މިދިޔަ މާޗު މަހުގެ 22 ވަނަ ދުވަހު މި ހަރަކާތުގެ ފުރަތަމަ ބުރު ބާއްވާފައިވަނީ ހުޅުމާލޭގައެވެ. ބައިނަލް އަގްވާމީ އަންހެނުންގެ ދުވަހާއި ގުޅިގެން ފެށި މިހަރަކާތުގެ ދެވަނަ ދުވުން ބާއްވާފައިވަނީ ޅ. ހިންނަވަރުގައެވެ. އެން-ރޭންޖުން އަކީ އަމިއްލަ ކުންފުންޏެކެވެ..
މީގެ އިތުރުން، މި ދުވުމުގައި ބައިވެރިވުމަށް، ކޮންމެ ބައިވެރިއެއްގެ އަތުންވެސް، އެންޓްރެންސް ފީއެއްގެ ގޮތުން، 100 ރުފިޔާ ނަގާފައިވެއެވެ. އަދި ކޮންމެ ބައިވެރިއަކަށްވެސް ޓީޝާޓެއްގެ އިތުރުން ބިބެއް ފޯރުކޮށްދީފައިވެއެވެ. މިދުވުމުގެ ކޮންމެ ބައިވެރިއަކަށް މެޑަލެއް ވަނީ ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!