މިއަހަރުގެ އަލްޙާ ޢީދު ފާހަގަކުރުމުގެ ގޮތުން ށ. ކަނޑިތީމުގައި މަސްރޭހަކާއި ބޮޑު ބާބަކިއު އެއް ބާއްވައިފިއެވެ.

100 އަށް ވުރެ ގިނަ މަސްވެރިންނާ އެކު މިއަދު ހެދުނު 09:00 އިން ހަވީރު 04:00 އާ ހަމައަށް ކުރިއަށް ގެންދިޔަ އެ މަސް ރޭހުގައި 17 ޓީމު ބައިވެރިވެފައިވެއެވެ. މަސްރޭހުގައި ބައިވެރިވެވެނީ ނާށި ބަސްތާއަކަށެވެ. އެ ރަށުގެ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިކޮށްގެން ކުރިއަށް ގެންދާ މި ހަރަކާތަކީ ކަނޑިތީމުގެ ޒުވާނުންގެ އިސް ނެގުމެކެވެ.."ނިލަމެހި މަސްރޭ" ފެށުމުގެ ގޮތުން ޓީމުތަކާ ދިދަ ހަވާލުކުރީ އެ ރަށުގެ ކުރީގެ މަސްވެރިންނެވެ.

Ad
rt

ރަށުގެ ކުދިބޮޑު ހުރިހާ އެންމެން އެކި ކަންކަމުގައި ބައިވެރިވާ ގޮތަށް މި ހަރަކާތް ކުރިއަށް ގެންދަނީ. ރަށުގައި އުޅޭ ބިދޭންސީން ބައިވެރިކޮށްގެންނެވެ. މަހަށް ނުގޮސް ރަށުގައި ތިބި ފިރިހެނުންގެ ކަމަކީ މަސް ފިހުމަށް ބޭނުން ކުރާ އޫލާއި ނާށި ތައްޔާރު ކުރުމާއި ބާބަކިއުއަށް ތައްޔާރު ކުރުމެވެ. .

އޮތީ އަންހެނުންނަށެވެ. ރަށުގެ ހުރިހާ އަންހެނުން އެކި ސަރަހައްދުތަކަކަށް އެއްވެ ކުރަމުންދާ މަސައްކަތަކީ، މަސްދޯނިތައް މަހުންލަފަން ވާއިރަށް ޓީމުތަކަށް ޖޫސް ދިނުމަށާއި ފިހުނު މަހާ އެކު ކާނެ ބޮނޑިބަތް ކެއްކުމެވެ.

މަސްދޯނިތަކުން ލެފީ 328 ކިލޯގެ މަސް ބާނައިގެންނެވެ. "މަސްބާނައިގެން މަސްމާރުކޭޓަށް މަސްކިރުމާއިއެކު މަސްވެރިންގެ ބައި ނިމުނީ، މަސްކަނޑާނީ ވަކިބަޔެއް، ފިހާނީ ވަކިބަޔެއް، އެހެނަސް ކެއުން އޮތީ އެންމެން އެކީ، މިއީ ކުދިބޮޑު އެންމެން ބައިވެރިވެވޭގޮތަށް އިންތިޒާމްކޮށްފައިވާ ހަރަކާތެއް" އެރަށޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އެ މަސް ރޭހުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ވަނަވަނައަށް އައި ޓީމަށް ވަނީ އިނާމް ދީފައެވެ. އެގޮތުން އެއްވަނައަށް އައި ޓީމަށް 2000 ރުފިޔާ، ދެވަނަ ޓީމަށް 1500 ރުފިޔާ އަދި ތިންވަނަ އަށް އައި ޓީމަށް 1000 ރުފިޔާ ވަނީ ދީފައެވެ.

އޭގެ އިތުރުން އެންމެ ގިނައިން ހިބަރާއި، ފިލޮޅާއި ފަނިހަނދި އަދި މާނިޔާމަސް ބޭނި ޓީމުތަކަށްވެސް ވަނީ އިނާމް ދީފައެވެ.

މުޅި ރަށުން ދައްކަނީ އެކުވެރިކަމުގެ ނަމޫނާއެކެވެ. މަހުން އައިސް ބޮޑު މަޖާ ގަނޑެއްގެ ތެރޭގައި މަސް ކިރާ، އެއްވަނަ ދެވަނަ އަދި ތިންވަނަ ހޮވާނެއެވެ. އަދި އެންމެ ގިނަ ހަބަރު ބޭނި ޓީމާއި އެންމެ ގިނަ ހަނދި ފަދަ މަސްތައް ބޭނި ޓީމުތައް ފާހަގަކޮށް ފައިސާގެ އިނާމް ދޭނެއެވެ. ވަނަތަކަށްވެސް ފައިސާގެ އިނާމް ކަނޑައެޅިފައިވާއިރު، އިޝާ ނަމާދަށްފަހު މުޅި ރަށު އެންމެން ނުކުންނާނީ ބާބަކިޔު އަށެވެ. އެއްވެސް ގެއެއްގައި ކެއްކުމެއް ނެތެވެ. ހިތްގައިމު، އެކުވެރި، ތަފާތު މަސްރޭހެކެވެ.

މިއީ މިގޮތަށް ކަނޑިތީމުގައި ބޮޑު މަސްރޭހެއް ބޭއްވި ދެވަނަ ފަހަރެވެ.