މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,622 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9622 ޚަބަރުގެ ތެރެއިން
ފޯކައިދޫގެ ހާފިޒު ފާއިން އަށް ރަށުން ރަތްދޫލައިގެ މަރުޙަބާއެއް ކިޔަނީ 📍 ށ. ފޯކައިދޫ

ފޯކައިދޫގެ ހާފިޒު ފާއިން އަށް ރަށުން ރަތްދޫލައިގެ މަރުޙަބާއެއް ކިޔަނީ

ކީރިތި ޤުރުއާން ހިތުދަސްކޮށް ފުރިހަމަ ކާމިޔާބީއެއް ހޯދި، ށ. ފޯކައިދޫ/ރަނައުރާމާގެ ފާއިން ފަރުހާދު އަށާއި އޭނާގެ އާއިލާ އަށް އުފަންރަށް ފޯކައިދޫން ރަތްދޫލައިގެ މަރުޙަބާއެއްކިޔަން ތައްޔާރުވެއްޖެއެވެ. އުމުރުން 23 އަހަރުގައި ފާއިން ހޯދި މި ކާމިޔާބީ އަކީ ފޯކައިދޫގެ ތާރީޚްގެ ތެރެއަށް އިތުރުވެގެން ދިޔަ ފަޚްރުވެރި ބޮޅެކެވެ. ފޯކައިދޫ ކައުންސިލުން ވަނީ ކީރިތި ޤުރުއާން ހިތުދަސްކޮށް، ހާފިޒުކަމުގެ މަތިވެރި ޝަރަފް ހާސިލްކޮށްފައިވާ ފާއިން ރަށަށާއި، އަތޮޅަށް ހޯދައިދިނީ ރީތި ފަޚްރުވެރި ނަމެއްކަން ފާހަގަކޮށްފައެވ...

ޝިއުނާ އާދަމް
ކެލާ އާއި ފުނަދޫ ސަރަހައްދުގައި ވަދު ކަނދުފަތި އަޅައިފި 📍 ހއ. ކެލާ

ކެލާ އާއި ފުނަދޫ ސަރަހައްދުގައި ވަދު ކަނދުފަތި އަޅައިފި

ހއ. ކެލާ އާއި ށ. ފުނަދޫ ސަރަހައްދުގައި މަސްވެރިކަމަށް ޚާއްޞަ ކަނދުފަތިތަކެއް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯސަން ރިސޯސަސް އިން ގާއިމްކޮށްފިއެވެ. ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، 06 މޭ 2026 ވަނަ ދުވަހު ވަނީ ހއ. ކެލާގެ އުތުރުން 17 މޭލު ބޭރުގައި ދޮށީ ކަނދުފަތި (ނަންބަރު: B09D01-03) ގާއިމްކޮށްފައެވެ. މީގެ އިތުރުން، 05 މޭ 2026 ވަނަ ދުވަހު ށ. ފުނަދޫގެ އިރުއުތުރުން 11.5 މޭލު ބޭރުގައި ވެސް ވަނީ ދޮށީ […]

އަޙްމަދު ވަހީދު
ދެވަނަ މެޗު ކާމިޔާބުކޮށް ދިއްދޫ ތާވަލުގެ ކުރިއަށް 📍 ހއ. ދިއްދޫ

ދެވަނަ މެޗު ކާމިޔާބުކޮށް ދިއްދޫ ތާވަލުގެ ކުރިއަށް

ރާއްޖޭގެ ފުޓްބޯޅައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގު ތިންވަނަ މެޗުގައި ހަނިމާދޫ ބަލިކޮށް ދިއްދޫ ތާވަލްގެ ކުރިއަށް ޖެހިލައިފިއެވެ. ދިއްދޫ މިއަދުގެ މެޗު ކާމިޔާބު ކުރީ ހަނިމާދޫ 2-1 އިން ބަލިކޮށްގެންނެވެ. މިއަދު މެޗުގެ ފުރަތަމަ ހާފު ފެނުނީ ދިއްދޫ ކޮންޓްރޯލް ނަގައިގެން ކުޅުނުތަނެވެ. މި ހާފުގައި ހަނިމާދޫ ބޮޑަށް ކުޅުނީ ޑިފެންސިވް ގޭމެކެވެ. މެޗުގައި 7 ވަނަ […]

އަލީ އާދިލް
މިލަންދޫ އެއާޕޯޓު ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކާ ނިންމާލައިފި 📍 ށ. މިލަންދޫ

މިލަންދޫ އެއާޕޯޓު ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކާ ނިންމާލައިފި

ށ. މިލަންދޫގައި އެއާޕޯޓެއް ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އިއްޔެ ނިންމާލައިފިއެވެ. މިލަންދޫ އެއާޕޯޓް ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ އޭޕްރިލް މަހުގެ 3 ވަނަ ދުވަހު މެންދުރުފަހު އެވެ. މި މަސައްކަތް އިއްޔެ ވަނީ އެއްކޮށް ނިންމާލާފައެވެ. މިލަންދޫގައި އެއާޕޯޓެއް ތަރައްގީކުރަނީ އެރަށު ފަޅުތެރެއިން އެކަމަށް ބޭނުންވާ ބިން ހިއްކައިގެންނެވެ. މިގޮތުން އެރަށު ފަޅުން ވަނީ ޖުމްލަ 25.9 ހެކްޓަރުގެ ބިން ހިއްކާފައެވެ. މިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކާ [...

ޔުމްނާ ޢަލީ
އޭދަފުށި ބަލިކޮށް ދިއްދޫ ފެށުން ރަނގަޅުކޮށްފި 📍 ހއ. ދިއްދޫ

އޭދަފުށި ބަލިކޮށް ދިއްދޫ ފެށުން ރަނގަޅުކޮށްފި

ރާއްޖޭގެ ފުޓްބޯޅައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގުގެ ދެވަނަ މެޗު ޒޯން 1 ގެ ރަނަރަޕް ދިއްދޫ މިއަދު ކާމިޔާބުކޮށްފިއެވެ. މިއަދުގެ މެޗުގައި ދިއްދޫ ބައްދަލުކުރީ ޒޯން 2 ރަނަރަޕް އޭދަފުއްޓާއެވެ. ދިއްދޫ އާއި އޭދަފުށިން ވެސް ބިދޭސީ ކުޅުންތެރިންގެ ކުޅުން ފެނިގެންދިޔަ މިއަދު މެޗު ދިއްދޫ ކާމިޔާބުކުރީ 2-1 އިންނެވެ. މި މެޗުގައި ދިއްދޫގެ ބިދޭސީ ކުޅުންތެރިޔާ […]

ޔުމްނާ ޢަލީ
މިދިޔަ މަހު ކުޅުދުއްފުށީގައި 11 ކައިވެނި, 10 ވަރި 📍 ހދ. ކުޅުދުއްފުށި

މިދިޔަ މަހު ކުޅުދުއްފުށީގައި 11 ކައިވެނި, 10 ވަރި

ކުޅުދުއްފުށި ސިޓީ މެޖިސްޓްރޭޓް ކޯޓުގައި މިދިޔަ އޭޕްރިލް މަހު 10 ކައިވެނި ކުރިއިރު އަދި ހަމަ 11 ވަރި ކޮށްފައިވާކަމަށް އެ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. މާރިޗު މަހު އެ ކޯޓުގައި ކޮށްދީފައި ވަނީ 6 ކައި ވެނި އަދި 4 ވަރިއެވެ. އަދި މާރިޗު މަހު ވެސް އެ ކޯޓުން ކޮށްދިން ވަރިކައިވެނީގެ އަދަދު މާރިޗު މަހާއި އެއްވަރެވެ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން މިދިޔަ އޭޕްރީލް މަހުގެ މަސައްކަތުގެ ތަފާސްހިސާބު ހިމެނޭ އުސްއަލިތައް އިއްުޔެ […]

ޔުމްނާ ޢަލީ
މަނަދޫ ބަލިކޮށް ހަނިމާދޫ ނޯތު ރީޖަން ލީގު ފެށީ ބޮޑު މޮޅަކުން 📍 ހދ. ހަނިމާދޫ

މަނަދޫ ބަލިކޮށް ހަނިމާދޫ ނޯތު ރީޖަން ލީގު ފެށީ ބޮޑު މޮޅަކުން

ރާއްޖޭގެ ފުޓްބޯޅައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގުގެ ފުރަތަމަ މެޗު ޒޯން1ގެ ޗެމްޕިއަން ހަނިމާދޫ ކާމިޔާބުކޮށްފިއެވެ. މިއަދު ހަނިމާދޫގައި ކުޅުނު މި މެޗު އެރަށު ޓީމު ކާމިޔާބުކުރީ ޒޯން 2ގެ ޗެމްޕިއަން މަނަދޫގެ މައްޗަށް 5-0 އިން ކުރި ހޯދައިގެންނެވެ. މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ވެސް ހަމަހަމަކުޅުމެއް ދެއްކިއިރު މި ހާފުގައި ދެ ޓީމުން […]

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ޑަބްލިޔުޑީސީގެ ކަނބަލުންގެ މަސްރޭހުގެ ތަރިއަކީ ޔުމްނާ، 1 ވަނަ ޓީމަކަށް ފަރިހި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ޑަބްލިޔުޑީސީގެ ކަނބަލުންގެ މަސްރޭހުގެ ތަރިއަކީ ޔުމްނާ، 1 ވަނަ ޓީމަކަށް ފަރިހި

ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން ކުރިޔަށް ގެންދިޔުމަށް “ކަނބަލުންގެ މަސް ރޭސް 2026” ރޭ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ޖުމްލަ 18 ޓީމަކުން ބައިވެރިވި މަސްރޭހުގެ ޓީމުތައް މަހަށް ފުރާފައި ވަނީ އިއްޔެ 15:00 ގައެވެ. އަދި އަނބުރާ މަހުން ލެފީ 21:00 ގައެވެ. ޓީމުތައް މަހުން ލެފުމާއެކު ބޮޑުބެރާއި އެކު ކުރިއަށް ގެންދިޔަ ފޯރިގަދަ ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވި ބައިވެރިންނަށް ހުޅުވާލައިގެން ހާއްސަ ލަކީޑްރޯއެއް ވެސް ކުރިއެއް ގެންދިޔައެވެ. މިލަކީޑްރޯގައި ...

ޔުމްނާ ޢަލީ
ކޮންމެ ނަތީޖާއެއް ނުކުތަސް ކުޅިވަރުގެ ރޫޙާ އެއްގޮތަށް ޢަމަލުކޮށްދިނުމަށް ހަނިމާދޫ ޓީމުން އެދިއްޖެ 📍 ހދ. ހަނިމާދޫ

ކޮންމެ ނަތީޖާއެއް ނުކުތަސް ކުޅިވަރުގެ ރޫޙާ އެއްގޮތަށް ޢަމަލުކޮށްދިނުމަށް ހަނިމާދޫ ޓީމުން އެދިއްޖެ

“ބީއެމްއެލް ނޯތު ރީޖަން 2026″ ގެ ފުރަތަމަ މެޗުގައި މިއަދު ނ. މަނަދޫ އާއި ދެކޮޅަށް ނުކުންނަ ހދ. ހަނިމާދޫ ޓީމުން، އެ ޓީމުގެ ސަޕޯޓަރުންނަށް ޚާއްޞަ އިލްތިމާސެއް ކޮށްފިއެވެ. ހަނިމާދޫ ޓީމުން ސަޕޯޓަރުންނަށް ފޮނުވި މެސެޖުގައި ބުނެފައިވަނީ، މިއަދުގެ މެޗަކީ ރަށުގެ ފަސްގަނޑުގައި ”ނޫލަސްކަރު” ކުރިމަތީ ކުޅޭ މެޗަކަށްވާއިރު، ކޮންމެ ނަތީޖާއެއް ނުކުތަސް ކުޅިވަރުގެ ރޫޙާ އެއްގޮތަށް އެ މިންގަނޑުގައި ހިފަހައްޓައިގެން ތިއްބެވުމަށް އެދޭ ކަމަށެވެ. އަދި އެއްވެސް ފަރުދަކަށް ނުވަތަ ބަޔަކަށް ރައްދު ނުދިނުމަށް […]

ޔުމްނާ ޢަލީ
ހަނިމާދޫ އާއި މަނަދޫގެ މެޗުން ނޯތު ރީޖަން ލީގު މިއަދު ފަށަނީ 📍 ނ. މަނަދޫ

ހަނިމާދޫ އާއި މަނަދޫގެ މެޗުން ނޯތު ރީޖަން ލީގު މިއަދު ފަށަނީ

ރާއްޖޭގެ ފުޓްބޯޅައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގުގެ މެޗުތައް މިއަދު ފަށާނެއެވެ. ‘’ބީއެމްއެލް ނޯތު ރީޖަން 2026’’ ގެ ފުރަތަމަ މެޗުގައި މިއަދު ބައްދަލުކުރާނީ ޒޯން 1 ގެ ޗެމްޕިއަން ހދ. ހަނިމާދޫ އާއި ޒޯން 2 ގެ ޗެމްޕިއަން ނ. މަނަދޫ އެވެ: ހަނިމާދޫގައި ކުޅޭ މި މެޗު ފަށާނީ މިއަދު ހަވީރު 16:00 ގައެވެ. ނޯތު […]

ޔުމްނާ ޢަލީ
ނެއްލައިދޫގައި މަލްޓި-ޕާރޕަސް ފުޓްސަލް އާއި ހޭންޑްބޯލް ކޯޓު ތަރައްޤީކުރާނެ ބަޔަކު ހޯދަން އަލުން ބީލަމަށް 📍 ހދ. ނެއްލައިދޫ

ނެއްލައިދޫގައި މަލްޓި-ޕާރޕަސް ފުޓްސަލް އާއި ހޭންޑްބޯލް ކޯޓު ތަރައްޤީކުރާނެ ބަޔަކު ހޯދަން އަލުން ބީލަމަށް

ހދ. ނެއްލައިދޫގައި މަލްޓި-ޕާރޕަސް ފުޓްސަލް އަދި ހޭންޑްބޯލް ކޯޓެއް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އިން އަލުން ބީލަމަށް ހުޅުވާލައިފިއެވެ. މިނިސްޓްރީން ބުނީ މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މީގެ ކުރިން 20 ޖަނަވަރީ 2026 ގައި ކުރި އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތަކުގެ ޝަރުތު ހަމަނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން ފުރުސަތު ހުޅުވާލަން ނިންމީ ކަމަށެވެ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 05 […]

ޔުމްނާ ޢަލީ
ހަނިމާދޫ އާއި ހޯރަފުށީގައި ސްވިމިންގ ޓްރެކް ޕްލެޓްފޯމް ތަރައްގީކުރުމަށް އަލުން ހުޅުވާލައިފި 📍 ހއ. ހޯރަފުށި

ހަނިމާދޫ އާއި ހޯރަފުށީގައި ސްވިމިންގ ޓްރެކް ޕްލެޓްފޯމް ތަރައްގީކުރުމަށް އަލުން ހުޅުވާލައިފި

ހދ. ހަނިމާދޫ އާއި ހއ. ހޯރަފުށީގައި ސްވިމިންގ ޓްރެކް ޕްލެޓްފޯމްއެއް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އިން އަލުން އިޢުލާންކޮށްފިއެވެ. މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީން ކުރިން ކުރި އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ބީލަންތަކުގެ އަގުތައް، އަންދާޒާކުރި އަގަށްވުރެ ބޮޑުވުމުން އެ އިޢުލާން ވަނީ ބާޠިލްކޮށްފައެވެ. އެހެންކަމުން، މިނިސްޓްރީން މިހާރު ވަނީ މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލާފައެވެ. މި މަސ...

ޔުމްނާ ޢަލީ
ކުރެހުންތެރިންގެ ދުވަހާ ގުޅުވައިގެން ނެއްލައިދޫ ޕޮލިހުން ކުރެހުމުގެ މުބާރާތެއް 📍 ހދ. ނެއްލައިދޫ

ކުރެހުންތެރިންގެ ދުވަހާ ގުޅުވައިގެން ނެއްލައިދޫ ޕޮލިހުން ކުރެހުމުގެ މުބާރާތެއް

ދުނިޔޭގެ ކުރެހުންތެރިންގެ ދުވަހާ ގުޅުވައިގެން ހދ. ނެއްލައިދޫ ޕޮލިސް ޕޯސްޓުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ކުރެހުމުގެ މުބާރާތް ނިންމައި، މުބާރާތުގެ ވަނަވަނައަށް ދިޔަ ކުދިންނަށް އިނާމު ދީފިއެވެ. މި މުބާރާތަކީ ކުދިންގެ މެދުގައި ކުރެހުމުގެ ހުނަރު ކުރިއެރުވުމުގެ މަގުސަދުގައި ބޭއްވުނު މުބާރާތެކެވެ. ޖުމްލަ 38 ކުދިން ބައިވެރިވި މި މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ހަފްލާ އޮތީ 2026 އެޕްރީލް 29 ވަނަ ދުވަހުގެ ރޭ ނެއްލައިދޫ ޕްރީ ސްކޫލުގައެވެ. މި މުބާރާތުގެ 10 އަހަރުން ދަށުގެ […]

ޔުމްނާ ޢަލީ
ކުލަގަދަ ރަސްމިއްޔާތަކާއެކު ދިއްދޫ ''ދޮންކަލޯ ފުޓްސަލް ދަނޑު'' ހުޅުވައިފި 📍 ހއ. ދިއްދޫ

ކުލަގަދަ ރަސްމިއްޔާތަކާއެކު ދިއްދޫ ''ދޮންކަލޯ ފުޓްސަލް ދަނޑު'' ހުޅުވައިފި

ހއ. ދިއްދޫގައި އަލަށް ތަރައްގީކުރި ފުޓްސަލް ދަނޑު ކުލަގަދަ ރަސްމިއްޔާތަކާއެކު ރޭ ހުޅުވައިފިއެވެ. މި ދަނޑަކީ ދިއްދޫ ކައުންސިލްގެ ބަޖެޓުން ޚަރަދުކޮށްގެން ތަރައްގީކުރި ދަނޑެކެވެ. މި ދަނޑަށް ދީފައިވާ ނަމަކީ ”ދޮންކަލޯ ފުޓްސަލް ދަނޑު” އެވެ. މި ދަނޑު ހުޅުވަން ރޭ ދިއްދޫގައި ބޭއްވި ރަސްމިއްޔާތުގެ ޝަރަފްކޮށްދެއްވީ ދިއްދޫ ކައުންސިލަރުންނާއި އަދި ކައުންސިލްގެ މުވައްޒަފުންނެވެ. މި ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ފުޓްސަލްގެ ހާއްސަ ޗަރުކޭސް ސޯވއަކާއި، އެކި އުމުރުފުރާތަކުގެ މެދުގައި ކުޅެވުނު ފޯރިގަދަ ފުޓްސަލް...

ޔުމްނާ ޢަލީ
ދިއްދޫ ކައުންސިލުން ތަރައްގީކުރި ފުޓްސަލް ދަނޑު މިރޭ ހުޅުވަނީ 📍 ހއ. ދިއްދޫ

ދިއްދޫ ކައުންސިލުން ތަރައްގީކުރި ފުޓްސަލް ދަނޑު މިރޭ ހުޅުވަނީ

ހއ. ދިއްދޫގައި އަލަށް ތަރައްގީކުރި ފުޓްސަލް ދަނޑު މިރޭ ހުޅުވާނެ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ. ދިއްދޫ ކައުންސިލުން ބުނިގޮތުގައި މި ދަނޑަކީ އެ ކައުންސިލްގެ ބަޖެޓުން ޚަރަދުކޮށްގެން ތަރައްގީކުރި ދަނޑެކެވެ. މިދަނޑު ހުޅުވުމާއި ގުޅޭގޮތުން ދިއްދޫ ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ވިދާޅުވީ މި ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ދިއްދޫގެ ރައްޔިތުން ޚާއްޞަކޮށް ފުޓްސަލަށް ލޯބިކުރާ ޒުވާނުން ބައިވެރިވުމަކީ ކައުންސިލްގެ ވަަރަށް ބޮޑު އެދުމެއްކަމަށެވެ. ’’މިދަނޑު މިރޭ ހުޅުވިގެންދާއިރު ދިއްދޫ ޒުވާނުންގެ ފޯ...

ޔުމްނާ ޢަލީ