ކުޅުދުއްފުށި ސިޓީ މެޖިސްޓްރޭޓް ކޯޓުގައި މިދިޔަ އޭޕްރިލް މަހު 10 ކައިވެނި ކުރިއިރު އަދި ހަމަ 11 ވަރި ކޮށްފައިވާކަމަށް އެ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މާރިޗު މަހު އެ ކޯޓުގައި ކޮށްދީފައި ވަނީ 6 ކައި ވެނި އަދި 4 ވަރިއެވެ. އަދި މާރިޗު މަހު ވެސް އެ ކޯޓުން ކޮށްދިން ވަރިކައިވެނީގެ އަދަދު މާރިޗު މަހާއި އެއްވަރެވެ.

Ad
rt

ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން މިދިޔަ އޭޕްރީލް މަހުގެ މަސައްކަތުގެ ތަފާސްހިސާބު ހިމެނޭ އުސްއަލިތައް އިއްުޔެ އާންމުކޮށްފައިވާއިރު، އެ ކޯޓުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ޢާއިލީ 20 މައްސަލައެއް ވަނީ އެ ކޯޓަށް ހުށަހަޅާފައެވެ. އެއިގެ ތެރެއިން 14 މައްސަލައެއް ވަނީ ނިންމާފައެވެ.

މިދިޔަ މަހު އެ ކޯޓަށް ހުށަހެޅި ޖިނާއީ މައްސަލަތަކުގެ އަދަދަކީ އަށެކެވެ. އަދި މަދަނީ 16 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.

އެ ކޯޓުން މިދިޔަ މަހު ހުށަހަޅާފައި ވަނީ ޖުމްލަ 44 މައްސަލައެވެ. އަދި އެ ކޯޓުން މިދިޔަ މަހު 42 މައްސަލަ ވަނީ ނިންމާފައެވެ.

އެ ކޯޓުގައި މާރިޗު މަސް ނިމުނުއިރު 162 މައްސަލަ ހިނގަމުން ދިޔައިރު، އޭޕްރިލް ނިމުނުއިރު 164 މައްސަލަ ދަނީ ހިނގަމުންނެވެ.