ބޭބެއަށް މަރުގެ އިންޒާރު ދިން މީހަކު ތިން މަހަށް ޖަލަށް
ހދ. ކުޅުދުއްފުށީގައި ބޭބެއަށް މަރުގެ އިންޒާރު ދިން މީހަކު ތިން މަހަށް ޖަލަށްލާން އެރަށު ކޯޓުން ހުކުމްކޮށްފި އެވެ. ކުޅުދުއްފުށްޓަށް ނިސްބަތްވާ މީހެއްގެ މައްޗަށް އެ ހުކުމް އައީ މިދިޔަ ޖުލައި މަހު އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ ކައިރީގައި ފައިސާ ދޭން އެދުމުން ފައިސާ ނުދިނުމުން އޭނާ މަރާލާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލާގަ އެވެ. އެ ހާދިސާ ހިނގުމާއެކު ފުލުހުން އެތަނަށް ދިއުމުން, ފުލުހުންގެ ކުރިމަތީގައި ވެސް އޭނާގެ ބޭބެއަށް މަރުގެ އިންޒާރު […]