މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,622 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9622 ޚަބަރުގެ ތެރެއިން
މަކުނުދޫގެ ފުރަތަމަ ޝައިޚް ރިފްޢަތު: އަޒުމަކީ މަކުނުދޫ ނަމޫނާ ރަށަކަށް ހެދުން 📍 ހދ. މަކުނުދޫ

މަކުނުދޫގެ ފުރަތަމަ ޝައިޚް ރިފްޢަތު: އަޒުމަކީ މަކުނުދޫ ނަމޫނާ ރަށަކަށް ހެދުން

ސްކޫލް ދައުރު އެކުގައި އުޅުނު އެކުވެރިންނާއެކު ނަމާދު ކުރުމާއި މިސްކިތަށް ދިޔުމުގައި ވާދަ ޖެހުމަކީ އޭނާ ވަރަށް ކުރާ ހިތްވާ ކަމެކެވެ. އޭރު ވެސް އޭނާގެ ހިތުގައި ވާދަވެރިކަން އުފެދިފައި އޮންނަނީ ދީނީ ކަންކަމުގައެވެ. މަދްރަސީ ޙަޔާތް ނިންމާލުމަށްފަހު ކުރިއަށް ދާންވީ މިސްރާބާމެދު ކޮންމެ ކުއްޖަކު ވެސް ވިސްނާނެކަން ޔަޤީނެވެ. އެ ގޮތުން ހދ މަކުނުދޫއަށް އުފަން އަޙްމަދު ރިފްޢަތުގެ ހިތުގައި އޭރު ވެސް އޮތީ ދީނީ ޢިލްމު ޙާޞިލް ކުރުމުގެ ޝައުޤުވެރިކަމެވެ. އެންމެ ފުރަތަމަ ވެސް […]

ސަލާމާ ޢަބްދުލް ޢަލީމް
ޕެނަލްޓީގައި ދިއްދޫ ބަލިކޮށް ހަނިމާދޫ ތަށި އުފުލާލައިފި 📍 ހއ. ދިއްދޫ

ޕެނަލްޓީގައި ދިއްދޫ ބަލިކޮށް ހަނިމާދޫ ތަށި އުފުލާލައިފި

ރާއްޖޭގެ ފުޓްބޯޅައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގުގެ ކޮލިފައިންގެ ޒޯން ފައިނަލްގައި ދިއްދޫ ބަލިކޮށް ހަނިމާދޫ ޗެމްޕިއަންކަން ހޯދައިފިއެވެ. މިއަދު ދިއްދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފައިނަލްގައި ހަނިމާދޫ ޗެމްޕިއަންކަން ހޯދީ 6-8 އިން  ދިއްދޫ ބަލިކޮށްގެންނެވެ. މިއަދުގެ މެޗު ފަށައި 37 ވަނަ ސިކުންތުގައި ދިއްދޫ ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. ދިއްދޫ އަށް […]

ޔުމްނާ ޢަލީ
ޝައިޚް އާސިމް އަލް ހަކީމް ކުޅުދުއްފުށީ ސިޓީ އަށް 📍 ހދ. ކުޅުދުއްފުށި

ޝައިޚް އާސިމް އަލް ހަކީމް ކުޅުދުއްފުށީ ސިޓީ އަށް

ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ، ސައޫދީ އަރަބިއްޔާގެ ޝައިޚް އާސިމް އަލް ހަކީމް ކުޅުދުއްފުށީ ސިޓީ އަށް މިއަދު ވަޑައިގަންނަވައިފިއެވެ. ސައިޚް ކުޅުދުއްފުށީ ސިޓީ އަށް މިއަދު ވަޑައިގެންނެވުމުން އެއާޕޯޓުން ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ. ސައިޚަށް މަރުޙަބާ ކިޔުމަށް އިސްކޮށް ހުންނެވީ ކުޅުދުއްފުށީ ސިޓީގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ޢަބްދުالله (ރޯޒޭ) އެވެ. ސައިޚްގެ މި ދަތުރުގައި މިރޭ ކުޅުދުއްފުށީ ސިޓީގައި ދަރުސް ދެއްވާނެއެވެ. މި ދަރުސް އޮންނާނީ މިރޭ 20:30 ގައި އެ ސިޓީގައި […]

ޔުމްނާ ޢަލީ
ދިއްދޫ ޓީމުން ވެސް އެދެނީ ވީހާ ވެސް ގިނަ ސަޕޯޓަރުން މެޗު ކުޅޭ ވަގުތު ސަޕޯޓްކޮށް ދިނުމަށް އައުމަށް 📍 ހއ. ދިއްދޫ

ދިއްދޫ ޓީމުން ވެސް އެދެނީ ވީހާ ވެސް ގިނަ ސަޕޯޓަރުން މެޗު ކުޅޭ ވަގުތު ސަޕޯޓްކޮށް ދިނުމަށް އައުމަށް

މިއަދު ހަވީރު ކުޅެވޭ ރާއްޖޭގެ ނޯތު ރީޖަން ލީގުގެ ކޮލިފައިންގެ ފައިނަލް މެޗު ކުޅެމުންދާ ވަގުތު ވީހާ ވެސް ގިނަ ސަޕޯޓަރުން ދަނޑު ކައިރިއަށް އައިސް ޓީމަށް ސަޕޯޓުކޮށް ދިނުމަށް ދިއްދޫ ޓީމުން އެދިއްޖެއެވެ. ފައިނަލްގައި ދިއްދޫ އާއި ދެކޮޅަށް ނުކުންނާނީ ހދ. ހަނިމާދޫ އެވެ. ދިއްދޫ ސްޕޯޓްސް އިން މިއަދު ބުނީ ޓީމްގެ ހުރިހާ ކުޅުންތެރިންނާއި އޮފިސަލުންގެ އެންމެ ބޮޑު އެދުމަކީ ވީހާވެސް ގިނަ ސަޕޯޓަރުން މިއަދު ހަވީރު ދިއްދޫ ދަނޑަށް ގޮސް މިއަދު ކުޅެވޭ […]

ޔުމްނާ ޢަލީ
ޓީމު ހަނިމާދޫގެ އިލްތިމާސް: ހދ. އަތޮޅަށް ތަށި ގެނައުމަށް އަތޮޅުގެ ހުރިހާ ރައްޔިތުން ވެސް ހިތްވަރުދީ ސަޕޯޓްކޮށްދީ! 📍 ހދ. ހަނިމާދޫ

ޓީމު ހަނިމާދޫގެ އިލްތިމާސް: ހދ. އަތޮޅަށް ތަށި ގެނައުމަށް އަތޮޅުގެ ހުރިހާ ރައްޔިތުން ވެސް ހިތްވަރުދީ ސަޕޯޓްކޮށްދީ!

ރާއްޖޭގެ ފުޓްބޯޅައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގުގެ ކޮލިފައިންގެ ފައިނަލްގައި މިއަދު ހއ. ދިއްދޫ އާއި ދެކޮޅަށް ނުކުންނައިރު، ހދ. އަތޮޅަށް ތަށި ގެނައުމަށް އަތޮޅުގެ ހުރިހާ ރައްޔިތުން ވެސް ހިތްވަރުދީ ސަޕޯޓްކޮށްދިނުމަށް ”ޓީމު ހަނިމާދޫ” އިން އިލްތިމާސްކޮށްފިއެވެ. ހަނިމާދޫގެ މި އިލްތިމާސަށް ހދ. އަތޮޅުގެ ރަށްތަކުން އަންނަނީ އިޖާބަދީ، މީސްމީޑިއާގައި ”ޓީމް ހަނިމާދޫ”ގެ އިލްތިމާސްގެ ޕޯސްޓް ޝެއާ […]

ޔުމްނާ ޢަލީ
ޝައިޚް އާސިމް އަލް ހަކީމް ރާއްޖޭގައި، ކުޅުދުއްފުށީގައި ދެއްވާ ދަރުސް އަންގާރަ ދުވަހުގެ ރޭ 📍 ހދ. ކުޅުދުއްފުށި

ޝައިޚް އާސިމް އަލް ހަކީމް ރާއްޖޭގައި، ކުޅުދުއްފުށީގައި ދެއްވާ ދަރުސް އަންގާރަ ދުވަހުގެ ރޭ

ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ، ސައޫދީ އަރަބިއްޔާގެ ޝައިޚް އާސިމް އަލް ހަކީމް ރާއްޖޭގައި ދެއްވާ ފުރަތަމަ ދަރުސް އަންގާރަ ދުވަހުގެ ރޭ ކުޅުދުއްފުށީ ސިޓީގައި އޮންނާނެއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިއަދު ބުނީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ދަތުރުވެރިޔާ އުމްރާ ގުރޫޕް އާއި ގުޅިގެން ބާއްވާ ދީނީ ދަރުސްގައި ޝައިޚް އާސިމް އަލް ހަކީމް އަންގާރަ ދުވަހުގެ ރޭ (28 އޭޕްރިލް 2026ގައި) އެ ސިޓީގައި ދަރުސް ދެއްވާނެކަމަށެވެ. މި ދަރުސް ފަށާނީ އެ ރޭ […]

ޝިއުނާ އާދަމް
އުތީމު ބަންޑާރައިންގެ މިސްކިތް ހުރިތަނުގައި އިސްލާމީ މަރުކަޒެއް އަޅަނީ 📍 ހއ. އުތީމު

އުތީމު ބަންޑާރައިންގެ މިސްކިތް ހުރިތަނުގައި އިސްލާމީ މަރުކަޒެއް އަޅަނީ

ހއ. އުތީމު ”އުތީމު ބަންޑާރައިންގެ މިސްކިތް” ހުރިތަނުގައި އިސްލާމީ މަރުކަޒެއް އެޅުމަށް އެ މިސްކިތް ތަޅާލާތީ އެރަށުގައި ވަގުތީ މިސްކިތެއް އެޅުމަށް ނިންމައި އެ މިސްކިތް އަޅައިދޭނެ ބަޔަކު ހޯދަން ޢިއުލާންކޮށްފިއެވެ. އުތީމު ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ”ތިލަދުން” އަށް ވިދާޅުވީ، އެރަށުގައި އިސްލާމީ މަރުކަޒެއް އެޅުމަށް ސަރުކާރުން ނިންމައި، މިހާރު ބަޔަކާއި އެ މަޝްރޫޢު ހަވާލުކޮށްފައިވާކަމަށެވެ. އަދި އެ މިސްކިތަކާއި އެކު އަޅާ އެ އިސްލާމީ މަރުކަޒު އަޅަން ނިންމާފައިވަނީ އެރަށުގެ  އުތީމު ބަންޑާރައިންގެ...

ޝިއުނާ އާދަމް
ނޯތު ރީޖަން ކޮލިފައިންގައި ހަނިމާދޫ-ދިއްދޫ މެޗު އެއްވަރު 📍 ހއ. ދިއްދޫ

ނޯތު ރީޖަން ކޮލިފައިންގައި ހަނިމާދޫ-ދިއްދޫ މެޗު އެއްވަރު

ރާއްޖޭގެ ފުޓްބޯލައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގުގެ ކޮލިފައިންގެ ފަހު މެޗުގައި ހަނިމާދޫ އާއި ދިއްދޫ މިއަދު ކުޅުނު މެޗު އެއްވަރުވެއްޖެއެވެ. މެޗަށް ނުކުތްއިރު ވެސް ފައިނަލް ކަށަވަރުވެފައިވާ މި ދެ ޓީމުގެ މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މުހިންމު ކުޅުންތެރިންތަކެއް ބެންޗުގައި ބައިތިއްބައިގެން ކުޅެން ނުކުތް ހަނިމާދޫ ވަނީ މެޗުގެ ފުރަތަމަ ހާފުގެ 10 ވަނަ […]

ޔުމްނާ ޢަލީ
ޝައިޚް އާސިމް ރާއްޖޭގެ ފަސް ސިޓީއަކަށް، ފުރަތަމަ ދަރުސް ކުޅުދުއްފުށީ ސިޓީގައި 📍 ހދ. ކުޅުދުއްފުށި

ޝައިޚް އާސިމް ރާއްޖޭގެ ފަސް ސިޓީއަކަށް، ފުރަތަމަ ދަރުސް ކުޅުދުއްފުށީ ސިޓީގައި

ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ، ސައޫދީ އަރަބިއްޔާގެ ޝައިޚް އާސިމް އަލް ހަކީމް ރާއްޖެ ވަޑައިގަތުމަށް ނިންމަވައިފިއެވެ. “ދަ ޓްރެވަލާ” ގްރޫޕުގެ ދައުވަތަކަށް ކުރައްވާ މި ދަތުރުފުޅަކީ އަށް ދުވަހުގެ މުއްދަތަށް ކުރިއަށްދާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ސައިޚް ރާއްޖޭގެ ފަސް ސިޓީއެއްގައި ދަރުސް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެއީ މާލެ ސިޓީ، ކުޅުދުއްފުށި ސިޓީ، ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ އެވެ. މި ދަރުސްތަކުގެ ތެރެއިން އެންމެ ފުރަތަމަ ދަރުސް ބޭއްވުމަށް […]

ޔުމްނާ ޢަލީ
ހުވާކުރާ ސިކުންތުން ފެށިގެން ފިއްލަދޫގެ ''ފޮށިން ބޭރުގައި'' ހުރި ހަރުމުދަލަށް ޚިޔާނާތްތެރިވުން ނިމުމަކަށް ގެންނާނަން: އިންތިޚާބީ ރައީސް 📍 ހއ. ފިއްލަދޫ

ހުވާކުރާ ސިކުންތުން ފެށިގެން ފިއްލަދޫގެ ''ފޮށިން ބޭރުގައި'' ހުރި ހަރުމުދަލަށް ޚިޔާނާތްތެރިވުން ނިމުމަކަށް ގެންނާނަން: އިންތިޚާބީ ރައީސް

ހުވާކުރާ ސިކުންތުން ފެށިގެން ހއ. ފިއްލަދޫގެ “ފޮށިން ބޭރުގައި” ހުރި ހަރުމުދަލަށް ޚިޔާނާތްތެރިވުން ނިމުމަކަށް ގެންނަވާނެ ކަމަށް އެ ރަށު ކައުންސިލްގެ އިންތިޚާބީ ރައީސް މުޙައްމަދު ހާމިދު ވިދާޅުވެއްޖެއެވެ. ހާމިދު މިފަދައިން ވިދާޅުވީ ލޯކަލް ކައުންސިލް/ޑަބްލިޔުޑީސީ އިންތިޚާބު 2026 ގައި ޕީއެންސީގެ ކެންޑިޑޭޓުން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ރޭ މާލޭ ޕީއެންސީ މައި ޖަގަހައިގައި ބޭއްވި ހާއްސަ ހަފްލާއެއްގައި ވާހަކަދައްކަވަމުންނެވެ. ފިއްލަދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔު...

ޔުމްނާ ޢަލީ
ނޯތު ރީޖަން ކޮލިފައިންގައި ހަނިމާދޫގެ ފުރަތަމަ މެޗުން ހޯދި މޮޅާއެކު ފައިނަލް ކަށަވަރުވެއްޖެ 📍 ހދ. ކުޅުދުއްފުށި

ނޯތު ރީޖަން ކޮލިފައިންގައި ހަނިމާދޫގެ ފުރަތަމަ މެޗުން ހޯދި މޮޅާއެކު ފައިނަލް ކަށަވަރުވެއްޖެ

ރާއްޖޭގެ ފުޓްބޯލައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގުގެ ކޮލިފައިންގެ ދެވަނަ މެޗުގައި ކުޅުދުއްފުށީ ސިޓީގެ މައްޗަށް ހަނިމާދޫ މިއަދު ކުރި ހޯދައިފިއެވެ. މިއަދުގެ މެޗުގައި ހަނިމާދޫ މޮޅުވީ 3-0 އިންނެވެ. މި ނަތީޖާއާއެކު ކުޅުދުއްފުށީ ސިޓީ ކުޅުނު ދެމެޗުން ބަލިވުމުން އެ ޓީމަށް ވަނީ މުބާރާތް ނިމިފައެވެ. މި މޮޅާއެކު މުބާރާތުގެ އެއްމެޗު ބާކީ އޮއްވާ ހަނިމާދޫ އަށް […]

ޔުމްނާ ޢަލީ
އެސްޓީއޯގެ ފުރަތަމަ ކުއާޓަރު: ބަންކަރިން ހިދުމަތުން ބޮޑު ކުރިއެރުމެއް، ތެޔޮ ވިއްކި މިންވަރު 27 ޕަސެންޓް އިތުރު

އެސްޓީއޯގެ ފުރަތަމަ ކުއާޓަރު: ބަންކަރިން ހިދުމަތުން ބޮޑު ކުރިއެރުމެއް، ތެޔޮ ވިއްކި މިންވަރު 27 ޕަސެންޓް އިތުރު

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން އިހަވަންދިއްޕޮޅުގައި ފަށާފައިވާ ބަންކަރިންގެ ޚިދުމަތަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޮޑު ކުރިއެރުމެއް ލިބިފައިވާކަން އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ. އެސްޓީއޯގެ ވެބްސައިޓް މެދުވެރިކޮށް އާއްމުކޮށްފައިވާ މި އަހަރުގެ ފުރަތަމަ ކުއާޓާގެ ރިޕޯޓްގައިވާ ގޮތުން، މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު، މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ތެޔޮ ވިއްކި މިންވަރު ވަނީ 27 އިންސައްތަ އިތުރުވެފައެވެ. މި މުއްދަތުގައި ކުންފުންޏަށް ޖ...

ޝިއުނާ އާދަމް
މިލަންދޫގައި ބޮޑު ދެ ވައްކަމެއް، ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި 📍 ށ. މިލަންދޫ

މިލަންދޫގައި ބޮޑު ދެ ވައްކަމެއް، ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

ށ. މިލަންދޫ ގެއަކުން ޓީވީތަކަކާއި އަގުބޮޑު ސެންޓުފުޅިތަކެއް ވަގަށް ނެގި މައްސަލައަކާއި، ގަރާޖަކުން އަގުބޮޑު އިންޖީނު ބައިތަކެއް ވަގަށް ނެގި މައްސަލައެއްގައި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި އެޕްރީލް މަހުގެ 19 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު  މި މައްސަލަތަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައި ވަނީ އެޕްރީލް 21 ވަނަ ދުވަހުއެވެ. އެ ދެ މީހުންނަކޯ ރެޑްރޯސް / ށ. މިލަންދޫ، އަޙްމަދު ޢަޒީމް (34އ) އަދި ތަރިވިދާގެ / ށ. މިލަންދޫ، މުޙައްމަދު […]

ޔުމްނާ ޢަލީ
''ބާރަށު ޕީއެންސީ ކައުންސިލަރުންގެ ފުރަތަމަ މަސައްކަތަކީ ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފި ގާއިމުކުރުން'' 📍 ހއ. ބާރަށް

''ބާރަށު ޕީއެންސީ ކައުންސިލަރުންގެ ފުރަތަމަ މަސައްކަތަކީ ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފި ގާއިމުކުރުން''

ހއ. ބާރަށު ކައުންސިލަށް އަލަށް އިންތިޚާބުވި ޕީއެންސީގެ ކައުންސިލަރުން މަގާމުގެ ހުވާކޮށް މަސައްކަތާ ހަވާލުވުމަށްފަހު އެންމެ ފުރަތަމަ ކުރާނެ އެންމެ މުހިއްމު މަސައްކަތަކީ އެ ރަށުގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ގާއިމުކުރުން ކަމަށް ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. ޝުޖާއު މިހެން ވިދާޅުވީ ބާރަށު ކައުންސިލްގެ އިންތިޚާބީ ރައީސް ޢަލީ ޝަމީމާއެކު މިއަދު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ބައެއް އިސްވެރިންނާ ބައްދަލުކުރެއްވ...

ޝިއުނާ އާދަމް
ނޯތު ރީޖަން ކޮލިފައިންގެ ފުރަތަމަ މެޗު ދިއްދޫ ކާމިޔާބުކޮށްފި 📍 ހއ. ދިއްދޫ

ނޯތު ރީޖަން ކޮލިފައިންގެ ފުރަތަމަ މެޗު ދިއްދޫ ކާމިޔާބުކޮށްފި

ރާއްޖޭގެ ފުޓްބޯލައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގުގެ ކޮލިފައިންގެ ފުރަތަމަ މެޗު ދިއްދޫ ކާމިޔާބުކޮށްފިއެވެ. ނޯތު ރީޖަން ލީގުގެ ކޮލިފައިންގެ ފުރަތަމަ މެޗު އެޓޯލް ޗެމްޕިއަންޝިޕް 2025/26ގެ ހއ. އަތޮޅުގެ ޗެމްޕިއަން ދިއްދޫ ކާމިޔާބުކުރީ އެޓޯލް ޗެމްޕިއަންޝިޕް 2025/26ގެ ހދ.އަތޮޅު ޗެމްޕިއަން ކުޅުދުއްފުށީ ސިޓީގެ މައްޗަށް 4-1 އިން ކުރި ހޯދައިގެންނެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި […]

ޔުމްނާ ޢަލީ