މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,622 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9622 ޚަބަރުގެ ތެރެއިން
ކެލާގެ ފުރަތަމަ ހާފިޒު ޢަބްދުﷲ ޢައްޔާޝް އިބްރާހީމް ޝާހް 📍 ހއ. ކެލާ

ކެލާގެ ފުރަތަމަ ހާފިޒު ޢަބްދުﷲ ޢައްޔާޝް އިބްރާހީމް ޝާހް

ކީރިތި ޤުރުއާން ހިތުދަސްކުރައްވައި، އުމުރުން އެންމެ 13 އަހަރުގައި ހާފިޒުކަމުގެ ސަނަދު ހާސިލުކުރި ހއ. ކެލާ، ދޭލިޔާގެ، ޢަބްދުﷲ ޢައްޔާޝް އިބްރާހީމް ޝާހްއާ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ބައްދަލުކުރައްވައި ހިތްވަރު ދެއްވައިފިއެވެ. އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ބުނީ، ޢަބްދުﷲ ޢައްޔާޝް ހޯދި މި ފުރިހަމަ ކާމިޔާބީއާ ގުޅިގެން ވަޒީރު އޭނާއާ ބައްދަލުކުރައްވައި، އެ މަތިވެރި މަސައްކަތް ފާހަގަކުރައްވާފައިވާ ކަމަށެވެ. ޢައްޔާޝްއަކީ ހއ. ކެލާ އަށް އުފ...

ޔުމްނާ ޢަލީ
ދިއްދޫ އާއި ކުޅުދުއްފުށީ ސިޓީގައި އެފްއެސްއެމްގެ ފިއުލް ޝެޑު ގާއިމުކުރަނީ 📍 ހއ. ދިއްދޫ

ދިއްދޫ އާއި ކުޅުދުއްފުށީ ސިޓީގައި އެފްއެސްއެމްގެ ފިއުލް ޝެޑު ގާއިމުކުރަނީ

ހއ. ދިއްދޫ އާއި ހދ. ކުޅުދުއްފުށީ ސިޓީގައި އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ތެޔޮ ޝެޑުތަކެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފިއެވެ. މިއީ ރާއްޖޭގެ ހުރިހާ އަތޮޅަކުން އެސްޓީއޯގެ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ނިންމި ނިންމުމެކެވެ. މި މަޝްރޫއުގެ ދަށުން މިހާރުވެސް ހއ. އިހަވަންދޫ އާއި ހދ. ހަނިމާދޫގައި އެފްއެސްއެމްގެ ފިއުލް ޝެޑުތަކުން ދަނީ ޚިދުމަތް ދެމުންނެވެ. ދިއްދޫ އާއި ކުޅުދުއްފުށީގައި މި ޚިދުމަ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި ޑެންގީ ކޭސްތައް ގިނަވާތީ 33 މުއައްސަސާއެއްގެ ބައިވެރިވުމާއެކު ސާފުކުރުމުގެ ބޮޑު ހަރަކާތެއް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ޑެންގީ ކޭސްތައް ގިނަވާތީ 33 މުއައްސަސާއެއްގެ ބައިވެރިވުމާއެކު ސާފުކުރުމުގެ ބޮޑު ހަރަކާތެއް

ކުޅުދުއްފުށި ސިޓީގައި އާދަޔާ ހިލާފަށް ޑެންގީ ހުން ފެތުރެމުންދާތީ، އެކަމަށް އިޖާބަދިނުމުގެ ގޮތުން ރަށުތެރެ ސާފުކުރުމުގެ ބޮޑު ހަރަކާތެއް އިއްޔެ ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތަކީ ކުޅުދުއްފުށީ ޑެންގީ ޓާސްކް ފޯސްގެ ފަރާތުން ރަށުގެ އެކި މުއައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި ސާފުކުރުމުގެ ހަރަކާތުގައި ކުޅުދުއްފުށި ސިޓީ ކައުންސިލާއި އިތުރު 33 މުއައްސަސާއަކުން ޖުމްލަ 850 އަށްވުރެ ގިނަ މުވައްޒަފުން ވަނީ އަމަލީގޮތުން ބައިވެރިވެފައެވެ. މީގެ ތެރޭގައި ސަރުކާރުގެ އޮފީސްތަކާއި، ކުންފުނި...

ޔުމްނާ ޢަލީ
ދެ ޗެމްޕިއަންގެ މެޗުން ނޯތު ރީޖަން ލީގު ކޮލިފަޔާސް މިއަދު ފަށަނީ 📍 ހއ. ދިއްދޫ

ދެ ޗެމްޕިއަންގެ މެޗުން ނޯތު ރީޖަން ލީގު ކޮލިފަޔާސް މިއަދު ފަށަނީ

ރާއްޖޭގެ ފުޓްބޯލައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގުގެ ކޮލިފައިންގެ މެޗުތައް މިއަދު ފަށާނެއެވެ. ނޯތު ރީޖަން ލީގުގެ ކޮލިފައިންގައި މިއަދު ކުޅޭ މެޗުގައި ބައްދަލުކުރާނީ ހއ. އަތޮޅުގެ ޗެމްޕިއަން ދިއްދޫ އާއި ހދ. އަތޮޅުގެ ޗެމްޕިއަން ކުޅުދުއްފުށީ ސިޓީއެވެ. މި ރީޖަންގެ މެޗުތައް ކުޅޭނީ ހއ.ގެ ވެރިރަށް ދިއްދޫގައެވެ. ދިއްދޫ ފުޓްބޯޅަ ދަނޑުގައި މިއަދު ދެ ޗެމްޕިއަންގެ ކުރިމަތިލުން […]

ޔުމްނާ ޢަލީ
ކެލާ ޑަބްލިޔުޑީސީގެ ރައީސްގެ ގޮނޑި ވެސް ޕީއެންސީ އަށް 📍 ހއ. ކެލާ

ކެލާ ޑަބްލިޔުޑީސީގެ ރައީސްގެ ގޮނޑި ވެސް ޕީއެންސީ އަށް

މިއަދު ބޭއްވި ލޯކަލް/ޑަބްލިޔުޑީސީ އިންތިޚާބުގެ ދެވަނަ ބުރުގައި ހއ. ކެލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)ގެ ރައީސްގެ މަގާމު ޕީއެންސީން ކާމިޔާބުކޮށްފިއެވެ. ކެލާގައި ދެވަނަ ބުރު ބާއްވާފައި ވަނީ 4 އޭޕްރިލްގައި ބޭއްވި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ކެލާ ޑަބްލިޔުޑީސީގެ ރައީސް ކަމަށް ވާދަކުރި ދެ ކެންޑިޑޭޓުން އެއްވަރުވުމުންނެވެ. އެ މަގާމަށް ވާދަކުރީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކެންޑިޑޭޓް މަހުދިއްޔާ އާދަމް އާއި ޕީޕަލްސ...

ޝިއުނާ އާދަމް
ނޭކުރެންދޫ ޑަބްލިޔުޑީސީ ގޮނޑި ޕީއެންސީގެ ރިއުޒާ ކާމިޔާބުކޮށްފި 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫ ޑަބްލިޔުޑީސީ ގޮނޑި ޕީއެންސީގެ ރިއުޒާ ކާމިޔާބުކޮށްފި

އެޕްރީލް 04 ވީ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި، ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރުވެފައިވާތީ، މިއަދު ބޭއްވި ދެވަނަ ބުރުގެ ވޯޓުލުގައި ހދ. ނޭކުރެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓު ފާޠިމަތު ރިއުޒާ ކާމިޔާބުކޮށްފިއެވެ. ނޭކުރެންދޫ ޑަބްލިޔުޑީސީގެ މި ގޮނޑިއަށް ކެންޑިޑޭޓެއް ހޮވުމަށް އިންތިޚާބުބޭއްވީ ވެރިކަން ކުރާ ޕީއެންސީ އަށް ނިސްބަތްވާ ކެންޑިޑޭޓު ފާޠިމަތު ރިއުޒާ...

ޔުމްނާ ޢަލީ
ށ.ފޭދޫގައި ކުއްޖަކު ގަހެއްގައި ބަނދެ އަނިޔާކުރި މައްސަލައެއް 📍 ށ. ފޭދޫ

ށ.ފޭދޫގައި ކުއްޖަކު ގަހެއްގައި ބަނދެ އަނިޔާކުރި މައްސަލައެއް

ށ. ފޭދޫގައި އުމުރުން އަށް އަހަރުގެ އަންހެން ކުއްޖަކު ގަހެއްގައި ބަނދެ، އެ ކުއްޖާއަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާދީ، ކަރާމާތަށް އުނިކަން އަންނަ ފަދަ އަމަލުތަކެއް ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. މި ހިތާމަވެރި ހާދިސާއާ ގުޅިގެން ފުލުހުންގެ ޚިދުމަތުން ބުނީ، އަޕަރ ނޯތު ޕޮލިސް ޑިވިޜަންގައި ހިމެނޭ މި ރަށުގައި ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއް 17 އޭޕްރީލް 2026 ވީ ބުރާސްފަތި ދުވަހުގެ މެންދުރު 13:10 އެހައިކަންހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ. ފުލުހުން މައުލޫމާތު […]

ޔުމްނާ ޢަލީ
މުރައިދޫގައި ދެން ''މުއްބާރު'' ވެރިކަމެއް ނުކުރެވޭނެ، އައު ކައުންސިލުން މަސައްކަތްކުރާނީ ހަމަހަމަކަމާއެކު: އަމްޖަދު 📍 ހއ. މުރައިދޫ

މުރައިދޫގައި ދެން ''މުއްބާރު'' ވެރިކަމެއް ނުކުރެވޭނެ، އައު ކައުންސިލުން މަސައްކަތްކުރާނީ ހަމަހަމަކަމާއެކު: އަމްޖަދު

ހއ. މުރައިދޫގެ ކައުންސިލަށް އަލަށް އިންތިޚާބުވި ޕީއެންސީގެ ކައުންސިލުން މަސައްކަތް ކުރާނީ ވަކި ކުލަޔަކަށް، ވަކި މީހަކަށް ނުވަތަ މުއްސަނޖަކަށް ފަގީރަކަށް ބެލުމެއްނެތި އެންމެނަށް ހަމަހަމަކަމާއެކު ކަމަށް އެ ރަށު ކައުންސިލްގެ އިންތިޚާބީ ރައީސް އަމްޖަދު މުހައްމަދު ވިދާޅުވެއްޖެއެވެ. އަމްޖަދު މިފަދައިން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބު 2026 ގައި މުރައިދޫގެ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން ހޯދާފައިވާ ކާމިޔާބީ ފާހަގަކުރުމަށް ރޭ މާލޭގެ ޕީއެންސީގެ މައި ޖަގަހައިގައި ބޭއްވި ހާއްސަ ހަފްލާގައި ވާހަކަދައްކަވ...

ޔުމްނާ ޢަލީ
ކޮފީ އެންޑް މޯ ހޮލިޑޭ ކަޕް 2026: ނައިވާދޫގެ ޒުވާން ހުނަރުވެރިންގެ ކުޅިވަރުގެ އީދެއް 📍 ހދ. ނައިވާދޫ

ކޮފީ އެންޑް މޯ ހޮލިޑޭ ކަޕް 2026: ނައިވާދޫގެ ޒުވާން ހުނަރުވެރިންގެ ކުޅިވަރުގެ އީދެއް

ގްރޭޓަރ މާލެ ސަރަހައްދުގައި ދިރިއުޅޭ ނައިވާދޫގެ ރައްޔިތުންނަށް ހާއްސަކޮށްގެން މިމަހުގެ 11 ވަނަ ދުވަހު ބޭއްވި “ކޮފީ އެންޑް މޯ ހޮލިޑޭ ކަޕް 2026” ފުޓްސަލް މުބާރާތް ކާމިޔާބުކަމާއި އެކު ނިންމާލައިފި އެވެ. ހުޅުމާލޭ ގައި ބޭއްވި “ކޮފީ އެންޑް މޯ ހޮލިޑޭ ކަޕް 2026” އަކީ ނައިވާދޫ ޓްރޭނާރސް ސްޕޯޓްސް ކުލަބު (NTSC) ގެ ފަރާތުން އިންތިޒާމުކުރި ވަރަށް ކާމިޔާބު ފުޓްސަލް މުބާރާތެކެވެ. މި މުބާރާތުގެ މައިގަނޑު މަގްސަދަކީ ދުރުރާސްތާ ޕްލޭނެއްގެ ދަށުން، ނައިވާދޫގެ ފުޓްސަލްގެ […]

އިބްރާހިމް އަސްވާޤް
މުރައިދޫ ޕީއެންސީ ޓީމު ހޯދި ކާމިޔާބީ ފާހަގަކުރަން ހާއްސަ ހަފްލާއެއް މިރޭ މާލޭގައި 📍 ހއ. މުރައިދޫ

މުރައިދޫ ޕީއެންސީ ޓީމު ހޯދި ކާމިޔާބީ ފާހަގަކުރަން ހާއްސަ ހަފްލާއެއް މިރޭ މާލޭގައި

ލޯކަލް ކައުންސިލް އިންތިޚާބު 2026 ގައި ހއ. މުރައިދޫ ގެ ކޮންގްރެސް ޕާޓީގެކެންޑިޑޭޓުން ހޯދާފައިވާ ކާމިޔާބީ ފާހަގަކުރުމަށް މިރޭ މާލޭގައި ހާއްސަ ހަފުލާއެއް ބާއްވަން ނިންމައިފިއެވެ. ޕީއެންސީން ކުރި ޕޯސްޓެއްގައި ބުނީ ލޯކަލް ކައުންސިލް އިންތިޚާބު 2026 ގައި ހއ. މުރައިދޫ ގެ ކޮންގްރެސް ޕާޓީގެކެންޑިޑޭޓުން ހޯދާފައިވާ ތާރީޚީ ކާމިޔާބީ ފާހަގަ ކުރުމަށް، ހއ. މުރައިދޫ ކޮންގްރެސްޕާޓީގެ މެންބަރުން އިންތިޒާމު ކޮށްގެން ބާއްވާ ވަރަށް ޚާއްޞަ ޙަފްލާއެއް މިރޭ މާލޭގެ އެ ޕާޓީގެ މައި ޖަގަހައިގައި އޮންނާނެ […]

ޔުމްނާ ޢަލީ
މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމަށް ކުޅުދުއްފުށީގައި ހާއްސަ މަސައްކަތްތަކެއް 📍 ހދ. ކުޅުދުއްފުށި

މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމަށް ކުޅުދުއްފުށީގައި ހާއްސަ މަސައްކަތްތަކެއް

ކުޅުދުއްފުށީ ސިޓީގައި މަދިރި ގިނަވެ، ޑެންގީ ހުން ފަދަ ބަލިތައް ފެތުރެމުންދާތީ އެކަން ކޮންޓްރޯލް ކުރުމަށާއި ރައްޔިތުން ހޭލުންތެރިކުރުވުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހާއްސަ މަސައްކަތްތަކެއް ފަށައިފިއެވެ. މި މަސައްކަތުގެ ދަށުން، ބަލިތަކުން ރައްކާތެރިވުމާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމަށް ބާއްވާ ހާއްސަ ސެޝަނެއް ބޭއްވުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. މި ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 16 އޭޕްރިލް 2026 ވާ ދުވަހުގެ ރޭ 20:30 އިން 22:00 އަށް، އެން.އޯ.ސީ ލަގޮނޑި މާލިމީ މާލަމުގައެވެ....

ޔުމްނާ ޢަލީ
ކުޅުދުއްފުށިން ގެއްލިގެން ހޯދަމުންދިޔަ 59 އަހަރުގެ މީހަކު ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނިއްޖެ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށިން ގެއްލިގެން ހޯދަމުންދިޔަ 59 އަހަރުގެ މީހަކު ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނިއްޖެ

ހދ. ކުޅުދުއްފުށި ސިޓީން ގެއްލިގެން ހޯދަމުންދިޔަ އުމުރުން 59 އަހަރުގެ ދިވެހި ފިރިހެނަކު، އެ ރަށު ފަޅުތެރޭގައި މަރުވެފައި އޮއްވާ މިއަދު ފެނިއްޖެއެވެ. ފުލުހުން “ތިލަދުން” އަށް މައުލޫމާތު ދެއްވި ގޮތުގައި، ކުޅުދުއްފުށިން މީހަކު ގެއްލިގެން އުޅޭކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 2026 އޭޕްރީލް 15 ވަނަ ދުވަހުގެ މެންދުރުފަހު 13:48 އެހައިކަންހާއިރުއެވެ. މި ރިޕޯޓާ ގުޅިގެން ފުލުހުން ވަނީ އެމީހާ ހޯދުމުގެ މަސައްކަތް ވަގުތުން ފަށާފައެވެ. ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިފައިވަނީ މިއަދު މެންދުރުފަހު 15:00 [...

އަލީ އާދިލް
ކުށްތަކުން ދަރިވަރުން ރައްކާތެރިކުރުމަށް ނެއްލައިދޫގެ ބެލެނިވެރިންނަށް މައުލޫމާތު ދީފި 📍 ހދ. ނެއްލައިދޫ

ކުށްތަކުން ދަރިވަރުން ރައްކާތެރިކުރުމަށް ނެއްލައިދޫގެ ބެލެނިވެރިންނަށް މައުލޫމާތު ދީފި

ކުށްމަދު އަމާން މުޖުތަމައެއް ބިނާކޮށް ކުށްތަކުން ބެލެނިވެރިންނާއި ސްކޫލު ދަރިވަރުން ރައްކާތެރިކުރުވުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ހދ. ނެއްލައިދޫ ސްކޫލުގެ ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ. މި މަހުގެ 14 ވަނަ ދުވަހު ނެއްލައިދޫ ސްކޫލުގައި ބޭއްވި މި ސެޝަނަކީ ނެއްލައިދޫ ޕޮލިސް ޕޯސްޓާއި އެ ސްކޫލު ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މި ސެޝަނުގައި ބެލެނިވެރިންނަށް މައުލޫމާތު ދީފައިވަނީ ނެއްލައިދޫ ޕޮލިސް ޕޯސްޓުގައި މަސައްކަތްކުރާ ފުލުހުންނެ...

ޔުމްނާ ޢަލީ
އިހަވަންދޫގައި ކުދިންނަށް އަމާޒުކޮށްގެން ބަންގި ގޮވަން ދަސްކޮށްދިނުމުގެ ތަމްރީނެއް 📍 ހއ. އިހަވަންދޫ

އިހަވަންދޫގައި ކުދިންނަށް އަމާޒުކޮށްގެން ބަންގި ގޮވަން ދަސްކޮށްދިނުމުގެ ތަމްރީނެއް

ހއ. އިހަވަންދޫގައި ކުދިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ބަންގި ގޮވަން ދަސްކޮށްދިނުމުގެ ތަމްރީނު ޕްރޮގްރާމް ނިންނާލައިފިއެވެ. އިހަވަންދޫގެ 12 އަހަރާއި 17 އަހަރާއި ދެމެދުގެ ކުދިންނަށް ފުރުސަތު ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ އެރަށުގެ އިހަވަންދޫ ކައުންސިލުން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމެކެވެ. “ބަންގި ގޮވަން ދަސްކޮށްދިނުމުގެ ތަމްރީނު ޕްރޮގްރާމް 2026” ނަމުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްމާ ނިންމާލާފައި ވަނީ ބައިވެރިވި ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން ބޭއްވި ހާއްސަ ހަފ...

ޔުމްނާ ޢަލީ
އުތީމު އަލިގަދަ ތަރީގެ މަގާމު ހޯދައި އަނާޔާ މަގާމު ދިފާޢުކޮށްފި 📍 ހއ. އުތީމު

އުތީމު އަލިގަދަ ތަރީގެ މަގާމު ހޯދައި އަނާޔާ މަގާމު ދިފާޢުކޮށްފި

ހއ. އުތީމު، “އުތީމު އަލިގަދަ ތަރި 1447” ޤުރުއާން މުބާރާތުގެ ފަޚުރުވެރި 1 ވަނަ މަރްޔަމް އަނާޔާ ހަބީބް، ބައިރަހާ/ހއ. އުތީމު ހޯދައިފިއެވެ. އުތީމު އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތްތައް ބާއްވަމުން އަންނަނީ އުތީމް ކައުންސިލާއި އެރަށު ވިންގާރސް ޖަމިއްޔާ ގުޅިގެންނެވެ. މި މަހުގެ 9 އިން 11 އަށް ކުރިއަށް ގެންދިޔަ މި އަހަރުގެ މުބާރާތުގައި 50 އަށް ވުރެ ގިނަ ބައިވެރިން ބައިވެރިވެފައި ވެއެވެ. މި މުބާރާތުގެ އެއްވަނަ އަނާޔާ ހޯދިއިރު، މިއީ އަނާޔާ […]

ޔުމްނާ ޢަލީ