ރާއްޖޭގެ ފުޓްބޯލައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގުގެ ކޮލިފައިންގެ ފުރަތަމަ މެޗު ދިއްދޫ ކާމިޔާބުކޮށްފިއެވެ.
ނޯތު ރީޖަން ލީގުގެ ކޮލިފައިންގެ ފުރަތަމަ މެޗު އެޓޯލް ޗެމްޕިއަންޝިޕް 2025/26ގެ ހއ. އަތޮޅުގެ ޗެމްޕިއަން ދިއްދޫ ކާމިޔާބުކުރީ އެޓޯލް ޗެމްޕިއަންޝިޕް 2025/26ގެ ހދ.އަތޮޅު ޗެމްޕިއަން ކުޅުދުއްފުށީ ސިޓީގެ މައްޗަށް 4-1 އިން ކުރި ހޯދައިގެންނެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ދިއްދޫ އަށް ލަނޑުތައް ޖަހައިދިނީ މުހައްމަދު ޝަނާއު، ޔޫސިފް އަފުލް، ންވަބުއިސީ ބެނާޑް އަދި މުހައްމަދު ނައުޝާދު (ނައުއްޓި)އެވެ. މެޗުގައި ކުޅުދުއްފުށީގެ ލަނޑު ޖަހައިދިނީ މުހައްމަދު ޖެވާން ހާން އެވެ.
ނޯތު ރީޖަން ލީގުގެ ކޮލިފައިންގެ ފުރަތަމަ މެޗު ދިއްދޫ އާއި ކުޅުދުއްފުށި ކުޅެނީ، ފޮޓޯ: ދިއްދޫ ސްޕޯޓްސް
ހއ. އަތޮޅުގެ ރަނަރަޕް އިހަވަންދޫ ނޯތު ރީޖަން ކޮލިފައިން އިން ވަކިވެފައިވާތީ މި ކޮލިފައިންގައި ކުޅޭނީ ތިން ޓީމެވެ. ތިންވަނަ ޓީމަކީ ހދ. އަތޮޅުގެ ރަނަރަޕް ހަނިމާދޫއެވެ.
ނޯތު ރީޖަންގެ ދެން ހުރި މެޗުތައް
- 23 އޭޕްރިލް: ކުޅުދުއްފުށީ ސިޓީ - ހަނިމާދޫ
- 25 އޭޕްރިލް: ދިއްދޫ - ހަނިމާދޫ
- 28 އޭޕްރިލް- ފައިނަލް: ގްރޫޕްގެ 1 - ގްރޫޕްގެ 2 ވަނަ
މި ރީޖަންގެ މެޗުތައް ކުޅެނީ ހއ.ގެ ވެރިރަށް ދިއްދޫގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!