މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,621 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9621 ޚަބަރުގެ ތެރެއިން
📍 ހދ. ފިނޭ

2018 ވަނަ އަހަރު ފިނޭ ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް އިންޝާ

2018 ވަނަ ފިނޭ ސްކޫލުގެ ހުރިހާގޮތުން އެންމެ މޮޅު ދަރިވަރަކަށް، ފިނޭ ސްކޫލްގެ ގްރޭޑް 10 ގެ ދަރިވަރު އިންޝާ އިބްރާޙީމް ޝިހާބު (އޯކިޑު، ހދ. ފިނޭ) ހޮވިއްޖެ އެވެ. 2018 ވަނަ އަހަރުގެ ފިނޭ ސްކޫލުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާ އޮތީ، 20 ސެޕްޓެމްބަރ 2019 ވީ ހުކުރު ދުވަހުގެ ރޭ ހދ. ފިނޭ ސްކޫލު ހޯލުގައެވެ. މިޖަލްސާގައި 6 ކެޓަގަރީއަކުން 15 ދަރިވަރަކު އިނާމު ހާސިލުކޮށްފައި ވެއެވެ. މިޖަލްސާ ޝަރަފުވެރި ކޮށްދެއްވީ، މިނިސްޓްރީ […]

ޔުމްނާ ޢަލީ

ކުރިއަށް އޮތް 24 ގަޑިއިރު އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ

ކުރިއަށް އޮތް 24 ގަޑިއިރުގައި ވައި އެންމެ ގަދަ ވާނީ އުތުރުގެ އަތޮޅުތަކާއި މެދު ތެރޭގެ އަތޮޅުތަކަށްކަމަށް މެޓް އޮފީހުން ބުނެފިއެވެ. ކުރިއަށް އޮތް 24 ގަޑިއިރުގައި މުޅި ރާއްޖެ އަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މެޓް އޮފީހުން މިއަދު އިލްތިމާސްކޮށްފަ އެވެ. މޫސުން ގޯސްވާނެކަމަށް ލަފާކޮށް، އެންމެ އުތުރުގެ ހަތަރު އަތޮޅަށް ރީނދޫ ސަމާލު ވެސްވަނީ މިއަދު ނެރެފައެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން މި ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު […]

Thiladhun
ހަނިމާދޫއާއި ބާރަށް އަދި ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ޑިރެކްޓަރުން ހޯދަނީ 📍 ހއ. ބާރަށް

ހަނިމާދޫއާއި ބާރަށް އަދި ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ޑިރެކްޓަރުން ހޯދަނީ

ހދ. ހަނިމާދޫ ކައުންސިލް އިދާރާއަށާއި ހއ. ބާރަށު ކައުންސިލްގެ އިދާރާއަށް އަދި ހއ. ހޯރަފުށީ ކައުންސިލްގެ އިދާރާގެ ޑިރެކްޓަރުގެ މަޤާމަށް މީހަކު ހޯދަން، ސިވިލް ސަރވިސް ކޮމިޝަނުން އިއުލާން ކޮށްފިއެވެ. މި ކައުންސިލްތަކުގެ އިދާރާއަށް ޑިރެކްޓަރުގެ މަޤާމަށް މީހުން ހޯދަން އިއުލާންކޮށްފައިވަނީ މިއަދު ވަކިވަކިންނެވެ. ކޮންމެ އިދާރާއަކަށްވެސް އެއް ޑިރެކްޓަރަކު ބޭނުންވާއިރު، ޑިރެކްޓަރުގެ މަޤާމަށް ކަނޑައަޅާފައިވާ މުސާރައަކީ މަހަކު 8835 ރުފިޔާއެވެ. ސަރވިސް އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު 2000 ރުފިޔާ ދިނުމަށާ...

Thiladhun

އުތުރުގެ މަސްވެރިން މަސް ކިރުވުމަށް ގއ. ކޫއްޑޫއަށް ދާނަމަ މަސްވެރިންނަށް އިނާޔަތެއް ދެނީ

ރާއްޖޭގެ އުތުރުން ބާނާ މަސް ކިރުވުން އަވަސް ކުރުމަށްޓަކައި ގއ.ކޫއްޑޫއަށް ފޮނުވުމަށް މަަސްވެރިންނަށް އިނާޔަތެއް ދިނުމަށް ނިންމާފައިވާކަމަށް މިފްކޯއިން ބުނެފިއެވެ. ގައުމީ ޓީވީއާއި ވާހަކަ ދައްކަވަމުން މިފްކޯގެ އޮޕަރޭޝަނަލް މެނޭޖަރ މުހައްމަދު ދީދީ ވިދާޅުވީ އުތުރުން މަސްވެރިން ބާނާ މަސް ފެލިވަރުން ކިރުވުމަށްފަހު ކޫއްޑޫއާއި ހިސާބަށް ފޮނުވުމަށްޓަކައި ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަސް ނަގާކަމަށެވެ. އެގޮތުން މަސް ސްޓޯރކުރާ ބޮޑެތި ކަލެކްޓަރތައް ކޫއްޑޫއިން ފެލިވަރާއި ހިސާބަށް އައުމާއި ދިއުމުގައި ކޮޅަކަށް 4...

އިބްރާހިމް އަސްވާޤް

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ލޭބަރ ރޫމަކާއި، ސީ.އެސް،އެސް،ޑީ ޔުނިޓެއް ހަދާނެ ފަރާތެއް ހޯދަނީ

ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ލޭބަރ ރޫމަކާއި، ސީ.އެސް،އެސް،ޑީ ޔުނިޓެއް ހެދާނެ ފަރާތެއް ހޯދަން އަލުން އިއުލާނުކޮށް ގެޒެޓް ކޮށްފިއެވެ. ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނީ މިކަމާއި ގުޅިގެން ކުރިން ކޮށްފައިވާ އިއުލާނު، އިއުލާނު ނަމްބަރ (IUL)KRH-APD/2019/10 އާއި ގުޅިގެން ހުށަހަޅުއްވާފައިވާ އަންދާސީ ހިސާބުތަކުގެ ވެލިޑިޓީ ހަމަވެފައިވާތީ އެޢިއުލާނާއި އިޢުލާނާއި ގުޅިގެން ހުށަހަޅުއްވާފައިވާ އަންދާސީ ހިސާބުތައް ބާތިލް ކޮށްފައިވާ ކަމަށެވެ.  އަދި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް، 23...

Thiladhun
މަކުނުދޫގައި ކުޑަކުއްޖަކާ ބެހުނު މައްސަލައެއް އަލުން ބަލަން ހުކުމްކޮށްފި

މަކުނުދޫގައި ކުޑަކުއްޖަކާ ބެހުނު މައްސަލައެއް އަލުން ބަލަން ހުކުމްކޮށްފި

ހދ.މަކުނުދޫގައި ކުޑަކުއްޖަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއްގައި ކުރި ދައުވާއެއް ނުބަލަން ހދ. މަކުނުދޫ މެޖިސްޓްރޭޓު ކޯޓުން ކޮށްފައި އޮތް ހުކުމެއް ބާތިލުކޮށް އެ މައްސަލަ އަލުން ބަލަން ހައިކޯޓުން ހުކުމްކޮށްފިއެވެ. 2013 ވަނަ އަހަރުގެ ތެރޭގައި ކުޑަކުއްޖަކާ މެދު އެކި ފަހަރު މަތިން ޖިންސީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި މީހަކަށް ކުރި ދައުވާއެއް އެ ރަށު މެޖިސްޓްރޭޓު ކޯޓުން ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމީ، ދައުލަތުގެ ދައުވާގެ ސީޣާގައި މައްސަލައެއް އުޅޭ ކަމަށް ބުނެ އެވެ. […]

Thiladhun
ގްރޭޓާރ މާލޭއަށް ބޮޑެތި އިންފްރާސްޓްރަކްޗަރ ޚަރަދު ކުރުމާމެދު ދެވަނަ ވިސްނުމަކަށް ދިއުން

ގްރޭޓާރ މާލޭއަށް ބޮޑެތި އިންފްރާސްޓްރަކްޗަރ ޚަރަދު ކުރުމާމެދު ދެވަނަ ވިސްނުމަކަށް ދިއުން

ރާއްޖޭގެ އެކި ސިނާއަތްތަކުން ގަނެ ވިއްކާތަކެތީގެ މުޢާމަލާތް ކުރުމުގައި އަގުހެޔޮ ވުމާއި ވަގުތު ސަލާމަތް ކުރުމަކީ ވިޔަފާރީގެ ފައިދާއާ ސީދާ ގުޅިފައިވާ ކަމެކެވެ. ވިޔަފާރީގެ ފައިދާ އިތުރު ވާވަރަކުން އާންމު ގިނަ ފަރާތްތަކަށް އެކަމުން އެކަށީގެންވާ ފައިދާއެއް ކުރަމުން ދޭތޯ އެއީ ބަހުސް ކުރެވިދާނެކަމެކެވެ. އެއީ ފައިދާ އިތުރު ވިޔަސް މުސާރައަށް ބަދަލެއް ނައުމާ އަދި ގިނަ ވިޔަފާރިތަކަކީ މަދުބަޔަކު ކޮންޓްރޯލް ކޮށް ހިންގާ އެއްޗަކަށް ވުމުން ގައުމެއްގެ ޖީޑީޕީ ނުވަތަ އުފެއްދުންތެރިކަމުގެ ނިސްބަތް މަތިވިޔަސް އާމްދަ...

ޝިއުނާ އާދަމް
ކުޅުދުއްފުށީ ޕޯޓުން ކާގޯ ފެރީގެ ހިދުމަށް ދެމަސް ދުވަހުގެ ތެރޭ ފަށަނީ

ކުޅުދުއްފުށީ ޕޯޓުން ކާގޯ ފެރީގެ ހިދުމަށް ދެމަސް ދުވަހުގެ ތެރޭ ފަށަނީ

ރާއްޖެއާއި އިންޑިއާއި ދެމެދު ފަށާ ކާގޯ ފެރީގެ ހިދުމަތް ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގަ ފަށާނެކަމަށް އިންޑިއާއިން ބުނެފިއެވެ. އިންޑިއާގެ ފަރާތުން މިކަން ހާމަކުރެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައެވެ. ރާއްޖެއާއި އިންޑިއާއި ދެމެދު ކާގޯ ފެރީ ނިޒާމު ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ، މިދިޔަ ޖޫން މަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ. “މި މަސައްކަތ...

އިބްރާހިމް އަސްވާޤް

ހޯމް މިނިސްޓްރީގެ ސީނިޔަރ އެގްޒެކެޓިވް ޑައިރެކްޓަރގެ މަގާމަށް މުހައިމިން

ހޯމް މިނިސްޓްރީގެ ސީނިޔަރ އެގްޒެކެޓިވް ޑައިރެކްޓަރގެ މަގާމަށް ހދ ނޭކުރެންދޫ، ކިނާރާ، އަބްދުލް މުޙައިމިން  އައްޔަން ކުރައްވައިފިއެވެ. ތިލަދުންއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މުޙައިމިން ވަޒީފާ އަށް ނިކުންނަން ފަށާފައިވަނީ މިއަދުއެވެ. އަދި މިމަގާމް ހަމަޖެހިފައި ވަނީ އެމްޑީޕީގެ ސްލޮޓެއްގައިކަމަށް މިނޫހަށް މަޢުލޫމާތު ލިބިފައިވެއެވެ. Congratulations Home Ministry Senior Executive Director @MuhaiminSayCan. pic.twitter.com/q6AsRXWpvl — Mohamed Raee / Makunudhoo Constituency (@Mraee12) September 22,...

ޔުމްނާ ޢަލީ
📍 ހދ. ވައިކަރަދޫ

ވައިކަރަދޫ ގަބުރުސްތާނު ވަށާފާރު މަރާމާތު ކުރާނެ ފަރާތެއް ހޯދަނީ

ހދ.ވައިކަރަދޫ ގަބުރުސްތާންގެ ވަށާފާރު މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ގެޒެޓް ކޮށްފިއެވެ. ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ، މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި ގަބުރުސްތާންގެ ވަށާފާރު މަރާމާތު މަސައްކަތްތައް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 30 ސެޕްޓެމްބަރ 2019 ވާ ހޯމަދުވަހު ހެނދުނު 11:00 ގައި އެއިދާރާގައި ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު،...

Thiladhun

ތިން ސެޓުން މޮޅުވެ ޓީމު ހަނިމާދޫގެ ފެށުން ރަނގަޅުކޮށްފި

މިހާރުކުރިއައްދާ ހދ. އަތޮޅު ވޮލީ ބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގައި އިއްޔެ ނައިވާދޫ ޓްރައިނަރސް ސްޕޯރޓްސް ކްލަބާއި ޓީމު ހަނިމާދޫ ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން މޮޅު ޓީމު ހަނިމާދޫގެ ފެށުން ރަނގަޅު ކޮށްފިއެވެ. ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުރިއަށްދާ މިމުބާރާތުގެ އިއްޔެގެ މެޗްގެ ފުރަތަމަ ސެޓް ޓީމު ހަނިމާދޫ ކާމިޔާބުކުރީ 13-25 އިންނެވެ. ދެވަނަ ސެޓް ކާމިޔާބުކުރީ 06-25 އިންނެވެ. 3 ވަނަ ސެޓް ކާމިޔާބުކުރީ 18-25 އިންނެވެ. އިއްޔެގެ މެޗްގައި ކްއީން އޮފްދަ […]

ޔުމްނާ ޢަލީ

މޫސުން ގޯސްވެ، ހުދު ސަމާލުގެ ވަގުތު އިތުރުކޮށްފި

މޫސުން ގޯސްވާނެކަމަށް ލަފާކޮށް، އުތުރާއި މެދުރާއްޖެތެރެ ހިމެނޭހެން، ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް އަނެއްކާވެސް ހުދު ސަމާލު ނެރެފިއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ދެންމެ މި ސަމާލު ނެރެފައިވަނީ މިއަދު މެންދުރުފަހު 14:30 އިން 19:00 ގެ ނިޔަލަށެވެ. މީގެކުރިން، މިއަދުގެ 08:30 އިން 14:30 ގެ ނިޔަލަށްވެސް އޮތީ ހުދު ސަމާލު ނެރެފައެވެ. ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ތ. އަތޮޅަށެވެ. ހުދު ސަމާލުގެ މެސެޖުގައިވާގޮތުން، މި ވަގުތުތަކުގެ ތެރޭގައި މި ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހުން […]

Thiladhun
ހދ. އަތޮޅު މަދަރުސާގެ އެންމެ މޮޅު ދަރިވަރަކަށް ޝައުރާ 📍 ހދ. ވައިކަރަދޫ

ހދ. އަތޮޅު މަދަރުސާގެ އެންމެ މޮޅު ދަރިވަރަކަށް ޝައުރާ

ވޭތުވެދިޔަ އަހަރު ހދ. އަތޮޅު މަދަރުސާާއިން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ފާތުމަތު ޝައުރާ މުހައްމަދު ހޮވިއްޖެއެވެ. ވައިކަރަދޫގައި ހުންނަ ހދ. އަތޮޅު މަދަރުސާގެ އެންމެ މޮޅު ދަރިވަރަކަށް ޝައުރާ ހޮވުނީ ރޭ އެ ސްކޫލުގައި އޮތް އިނާމު ދިނުމުގެ ޖަލްސާގައެވެ. މި ޖަލްސާގައި ޝައުރާއާ އިނާމު ހަވާލުކޮށްދެއްވީ ނޮޅިވަރަމް ސްކޫލުގެ ޕްރިންސިޕަލް އަދްނާން އަލީ އެވެ. ޝައުރާ ވަނީ މިދިޔަ އަހަރުގެ ސާނަވީ އިމްތިހާނުގެ ތިން މާއްދަން އޭ ސްޓާ އާއި ހަތަރު އޭ އަދި […]

އަފްރާހް އަބްދުލް ރަޝީދު
ލޯކަލް ކައުންސިލް ރޭންކިންގ: ހއ އަތޮޅުން އެންމެ ކުރީގައި މާރަންދޫ އަދި ކެލާ ކައުންސިލް 📍 ހއ. ކެލާ

ލޯކަލް ކައުންސިލް ރޭންކިންގ: ހއ އަތޮޅުން އެންމެ ކުރީގައި މާރަންދޫ އަދި ކެލާ ކައުންސިލް

ލޯކަލް ގަވަރމަންޓް އޮތޯރިޓީ(އެލްޖީއޭ) އިން އާންމުކުރި 2017 ވަނަ އަހަރުގެ ލޯކަލް ކައުންސިލް ރޭންކިންގައި ހއ. އަތޮޅުގެ ކައުންސިލްތަކުން އެއްވަނަ މާރަންދޫ ކައުންސިލް އަދި 2018 ވަނަ އަހަރު ކެލާ ކައުންސިލުން ހޯދައިފިއެވެ. އެލްޖީއޭއިން އާންމުކުރި މައުލޫމާތައް ބަލާއިރު ހއ އަތޮޅު ކައުންސިލުންނާއި ރަށު ކައުންސިލްތަކުން ވަނީ ލިސްޓުތަކުގެ ކުރީ ކޮޅުން ޖަގަ ހޯދާފައެވެ. ހދ. އަތޮޅު ރޭންކިންގ2017: މާރަންދޫ ކައުންސިލް އުތީމު ކައުންސިލް ތުރާކުނު ކައުންސިލް ހޯރަފުށި ކައުންސިލް ތަކަންދޫ ކައުންސިލް އިހަވަންދޫ ކައުން...

އަފްރާހް އަބްދުލް ރަޝީދު
ހުދު ސަމާލް: ހއ އަތޮޅުން ފެށިގެން މ. އަތޮޅާއި ހަމައަށް

ހުދު ސަމާލް: ހއ އަތޮޅުން ފެށިގެން މ. އަތޮޅާއި ހަމައަށް

ރާއްޖޭގެ 12 އަތޮޅަކަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ހުދު ސަމާލު ނެރެފިއެވެ. އެގޮތުން މިއަދު ހުދު ސަމާލު ނެރެފައި ވަނީ ރާއްޖޭގެ އުތުރުގެ 12 އަތޮޅަށެވެ. އެއީ ހއ އަތޮޅުން ފެށިގެން މ.އަތޮޅާއި ހަމައަށެވެ. މެޓް އޮފީހުން ބުނީ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު ބޯކޮށް ވާރޭ ވެހުމާއެކު ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމެކެވެ. ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށް ވެސް މެޓް އޮފީހުން […]

އިބްރާހިމް އަސްވާޤް