މޫސުން ގޯސްވާނެކަމަށް ލަފާކޮށް، އުތުރާއި މެދުރާއްޖެތެރެ ހިމެނޭހެން، ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް އަނެއްކާވެސް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ދެންމެ މި ސަމާލު ނެރެފައިވަނީ މިއަދު މެންދުރުފަހު 14:30 އިން 19:00 ގެ ނިޔަލަށެވެ. މީގެކުރިން، މިއަދުގެ 08:30 އިން 14:30 ގެ ނިޔަލަށްވެސް އޮތީ ހުދު ސަމާލު ނެރެފައެވެ. ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ތ. އަތޮޅަށެވެ.

Ad
rt

ހުދު ސަމާލުގެ މެސެޖުގައިވާގޮތުން، މި ވަގުތުތަކުގެ ތެރޭގައި މި ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. ހަމައެހެންމެ، ވިލާގަނޑުގައި ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް ބުނެފައިވެއެވެ.

މި ސަމާލު ނެރުމުން، ކަމާ ބެހޭ ފަރާތްތަކުން ފޯރުކޮށްދޭ މައުލޫމާތަށް އިތުރު ސަމާލުކަމެއް ދޭން ޖެހެއެވެ.