ކުރިއަށް އޮތް 24 ގަޑިއިރުގައި ވައި އެންމެ ގަދަ ވާނީ އުތުރުގެ އަތޮޅުތަކާއި މެދު ތެރޭގެ އަތޮޅުތަކަށްކަމަށް މެޓް އޮފީހުން ބުނެފިއެވެ.
ކުރިއަށް އޮތް 24 ގަޑިއިރުގައި މުޅި ރާއްޖެ އަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މެޓް އޮފީހުން މިއަދު އިލްތިމާސްކޮށްފަ އެވެ.
މޫސުން ގޯސްވާނެކަމަށް ލަފާކޮށް، އެންމެ އުތުރުގެ ހަތަރު އަތޮޅަށް ރީނދޫ ސަމާލު ވެސްވަނީ މިއަދު ނެރެފައެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން މި ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 09:30 އިން މެންދުރުފަހު 13:30 އަށެވެ.
ހއ. އަތޮޅުން ނ. އަތޮޅާ ދެމެދުގެ ސަރަޙައްދަށް މި ސަމާލު ނެރެފައިވާއިރު، މި ސަރަޙައްދުގެ ރަށްތަކަށް، ސަމާލު ނެރެފައިވާ މުއްދަތުގެ ތެރޭގައި ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މެޓް އޮފީހުން ބުނެއެވެ. ހަމައެހެންމެ، ވިލާގަނޑުގައި އަންނަ ވައި، 45 މޭލަށް ގަދަވާނެކަމަށްވެސް ބުނެފައިވެއެވެ.
މެޓް އިފީހުން މަޢުލޫމާތު ދޭގޮތުގައި 15-25 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް 10-20 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ. ވިލާގަނޑުގައި 45 މޭލުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެ އެވެ.
މި ދުވަސްވަރަކީ އަނެއްކާވެސް ރާއްޖެއަށް ވަރަށް ވިއްސާރަ ދުވަސްވަރެއްކަން ފާހަގަކޮށްލެވޭއިރު، ރާއްޖޭގެ ބޮޑު ބަޔަކަށް މި ދުވަސްވަރު ދަނީ ވިއްސާރަ ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!