ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ލޭބަރ ރޫމަކާއި، ސީ.އެސް،އެސް،ޑީ ޔުނިޓެއް ހެދާނެ ފަރާތެއް ހޯދަން އަލުން އިއުލާނުކޮށް ގެޒެޓް ކޮށްފިއެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނީ މިކަމާއި ގުޅިގެން ކުރިން ކޮށްފައިވާ އިއުލާނު، އިއުލާނު ނަމްބަރ (IUL)KRH-APD/2019/10 އާއި ގުޅިގެން ހުށަހަޅުއްވާފައިވާ އަންދާސީ ހިސާބުތަކުގެ ވެލިޑިޓީ ހަމަވެފައިވާތީ އެޢިއުލާނާއި އިޢުލާނާއި ގުޅިގެން ހުށަހަޅުއްވާފައިވާ އަންދާސީ ހިސާބުތައް ބާތިލް ކޮށްފައިވާ ކަމަށެވެ.
އަދި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް، 23 ސެޕްޓެމްބަރ 2019 ވާ ހޯމަ ދުވަހުން ފެށިގެން 24 ސެޕްޓެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 9:00 ން 13:00 އަށް ރަޖިސްޓްރީ ކުރެވޭނެއެވެ. އަދި އެއަށްފަހު، އަންދާސީ ހިސާބު ހުށަހެޅުމަށް، ކުޅުދުއްފުށީ ހޮސްޕިޓަލުން އެދެއެވެ.
މީގެ އިތުރުން، ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ ކަމަށްވެސް، ކުޅުދުއްފުށީ ހޮސްޕިޓަލުން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!