ރާއްޖޭގެ 12 އަތޮޅަކަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ހުދު ސަމާލު ނެރެފިއެވެ. އެގޮތުން މިއަދު ހުދު ސަމާލު ނެރެފައި ވަނީ ރާއްޖޭގެ އުތުރުގެ 12 އަތޮޅަށެވެ. އެއީ ހއ އަތޮޅުން ފެށިގެން މ.އަތޮޅާއި ހަމައަށެވެ.
މެޓް އޮފީހުން ބުނީ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު ބޯކޮށް ވާރޭ ވެހުމާއެކު ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމެކެވެ. ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.
މެޓް އޮފީހުން ބުނީ ވައިޖެހޭނީ މެދުތެރެ އާއި ދެކުނުގެ އަތޮޅުތަކަށް، ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ކަމަށާއި އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 07 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ.
ޤައުމީ މޫސުމާ ބެހޭ އިދާރާއިން ހުދު ސަމާލު ނެރެފައި ވަނީ މިއަދު ހެނދުނު 08:30 އިން ފެށިގެން 14:30 އާއި ހަމައަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!