މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:30 އިން 23:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (19:00 އިން 01:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,624 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9624 ޚަބަރުގެ ތެރެއިން
ކެލާ ބޯޓުން ދަތުރުކުރި 9 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެ 📍 ހއ. ކެލާ

ކެލާ ބޯޓުން ދަތުރުކުރި 9 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

ހއ. ކެލާއިން ކޯވިޑް-19 އަށް އިތުރު 9 މީހަކު ޕޮޒިޓިވް ވެއްޖެއެވެ. ކެލާ ކައުންސިލްގެ ރައީސް އާދަމް ގުފްރާން “ތިލަދުން” އަށް އެކަން ޔަޤީން ކޮށްދެއްވާ ފައެވެ. ގުފްރާން ވިދާޅުވީ ޕޮޒިޓިވްވި އިތުރު 9 މީހުންނަކީ އެރަށާއި މާލެއާއި ދެމެދު ދަތުރުކުރާ ބޯޓުން ދަތުރުކުރި ބަޔެއްކަމަށް މަޢުލޫމާތު ދީފައިވެއެވެ. އެމީހުންގެ ޓެސްޓުގެ ނަތީޖާ ލިބިފައިވަނީ މިރޭގެ ވަގުތެއްގައި ކަމަށް ގުފްރާން ބުނެފައިވެއެވެ. ގުފްރާން ވިދާޅުވީ އެންމެ ފުރަތަމަ މާލެދަތުރު ކުރާ ބޯޓުގެ ކެޕްޓަން ކޯވިޑަށް ޓެސްޓް ކުރީ […]

އިބްރާހިމް އަސްވާޤް
ދިއްދޫގައި ޢީދު ނަމާދުކުރުން ބޮޑުޖަމާޢަތުގައި 📍 ހއ. ދިއްދޫ

ދިއްދޫގައި ޢީދު ނަމާދުކުރުން ބޮޑުޖަމާޢަތުގައި

ހއ. ދިއްދޫގައި ޢީދު ނަމާދުކުރުން އޮންނާނީ ބޮޑުޖަމާޢަތުގައި ކަމަށް ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާއިން ހާމަކޮށްފިއެވެ. އިއްޔެ އެކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ 1441 ވަނަ އަހަރުގެ އަޟްޙާ ޢީދު ނަމާދު ދިއްދޫގައި ބޮޑު ޖަމާޢަތުގައި ކުރުމަށް ކައުންސިލުން ވަނީ ހަމަޖައްސާފައިކަމަށެވެ. ބޮޑު ޖަމާޢަތުގައި ކުރެވޭ ޢީދު ނަމާދުކުރުމަށް ހަމަޖެހިފައިވަނީ ދިއްދޫ އުތުރު ސަރަޙައްދުގައި ހުރި ފެން ޕްލާންޓް ކައިރީގައި އޮންނަ ހުސްބިމުގައެވެ. ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރިނަމަވެސް މަސ...

އިބްރާހިމް އަސްވާޤް
"އުތެމަ"އަދި "އެމްޑީއެން" އިން ނެރުނު ރިޕޯޓުތައް ނެރުމުގައި ޝާމިލްވި މީހަކު ސަރުކާރުގައި ހުރިނަމަ ވަޒީފާއިން ވަކިކުރުމަށް ގޮވާލައިފި 📍 ހދ. ނޮޅިވަރަމް

"އުތެމަ"އަދި "އެމްޑީއެން" އިން ނެރުނު ރިޕޯޓުތައް ނެރުމުގައި ޝާމިލްވި މީހަކު ސަރުކާރުގައި ހުރިނަމަ ވަޒީފާއިން ވަކިކުރުމަށް ގޮވާލައިފި

މާތް ﷲ އާއި، މާތް ނަބިއްޔާގެ ކަރާމަތަށް އަރައިގަނެ، ޤަދަރުކުޑަކޮށް، ފުރައްސާރަކޮށް އެމްޑީއެން އިން ރިޕޯޓެއް ނެރެފައިވާ ކަމަށާއި، އެ ރިޕޯޓަށް “އުތެމަ” ޖަމްޢިއްޔާއިން ތާއީދު ކޮށްފައިވާތީ އެ ދެ ޖަމްޢިއްޔާއާއި މެދު އަވަސް ފިޔަވަޅު އަޅައި ދިނުމަށާއި، އެ ރިޕޯޓުތައް ނެރުމުގައި ޝާމިލްވި އެއްވެސް މީހެއް ސަރުކާރުގެ ވަޒީފާއެއްގައި އުޅޭނަމަ ވަޒީފާއިން ވަކިކޮށް ފިޔަވަޅު އަޅައި ދިނުމަށް ހދ. ނޮޅިވަރަމް، ޖަމިއްޔަތުއްރިސާލާއިން ގޮވާލައި ފިއެވެ. ދީނީ ހޭލުންތެރިކަން އިތުރުކޮށް، އިޖްތިމާއީ މަސައްކަތްތަކުގައި ނޮޅިވަ...

އަޙްމަދު ވަހީދު
ކޯވިޑް-19: ކެލާއިން ޕޮޒިޓިވްވި މީހާއަށް ށ. އަތޮޅު ފެސިލިޓީގައި ފަރުވާ ދެނީ 📍 ހއ. ކެލާ

ކޯވިޑް-19: ކެލާއިން ޕޮޒިޓިވްވި މީހާއަށް ށ. އަތޮޅު ފެސިލިޓީގައި ފަރުވާ ދެނީ

ހއ. ކެލާއިން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހާ، ށ. ފުނަދޫގައި ޤާއިމުކޮށް ފައިވާ ޒޯން 1 ގެ ކޯވިޑް-19 އަށް ފަރުދޭ މަރުކަޒު، ށ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށައިފިއެވެ. ށ. އަތޮޅު ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރުގައި ފަރުވާ ދޭން ފަށާފައި ވައިވާ، ހއ. ކެލާގެ މި މީހާއަކީ އެ ރަށާއި، މާލެއާއި ދެމެދު ދަތުރުކުރާ ސަވާރީ ބޯޓުގެ ކެޕްޓަނެވެ. ކެލާ ކައުންސިލްގެ ރައީސް އާދަމް ގުފްރާން “ތިލަދުން” އަށް […]

ޔުމްނާ ޢަލީ
13 އަހަރު ފަހުން ދިއްދޫ އުތުރު ފުޓްބޯޅަ ދަނޑު ހުޅުވައިފި 📍 ހއ. ދިއްދޫ

13 އަހަރު ފަހުން ދިއްދޫ އުތުރު ފުޓްބޯޅަ ދަނޑު ހުޅުވައިފި

ހއ ދިއްދޫ އުތުރު ފުޓްބޯޅަ ދަނޑު 13 އަހަރު ފަހުން މިއަދު ހުޅުވައިފިއެވެ. ރަސްމީކޮން އުތުރު ދަނޑު ހުޅުވާފައިވަނީ މިއަދު 16:15 ގައި ކުރިއަށްދިޔަ ހާއްސަ ރަސްމިއްޔާތެއްގައެވެ. މިމެޗުގެ ސަރަފްވެރި މެޙްމާންއަކީ ދިއްދޫ ކައުންސިލްގެ ރައީސް މުޙައްމަދު ހާޝިމް އެވެ. މިރަސްމިއްޔާތުގައި ދިއްދޫގެ ގިނަ މުވައްސަސާތަކުގެ އިސްވެރިންނާއި ދިއްދޫގެ ވިޔަފާރިވެރިން އައި އެކިގޮތްގޮތުން އެދަނޑު ތައްޔާރުކުރުމުގައި އެހީތެރިވި ފަރާތްތައް ވަނީ ބައިވެރިވެފައެވެ. މިދަނޑު ހުޅުވުމާއި ގުޅިގެން ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހ...

އިބްރާހިމް އަސްވާޤް
މޫސުން ގޯސްވެ ތިލަދުންމަތިން ޅ އަތޮޅަށް ވައިޓް އެލާޓް!

މޫސުން ގޯސްވެ ތިލަދުންމަތިން ޅ އަތޮޅަށް ވައިޓް އެލާޓް!

މޫސުން ގޯސްވެ، ހއ އަތޮޅުން ޅ އަތޮޅަށް ވައިޓް އެލާޓް ނެރެފި އެވެ. އެގޮތުން މޫސުން ގޯސްވާނޭކަމަށް ލަފާކުރެވޭތީ މޫސުމާއި ބެހޭ އިދާރާއިން ވައިޓް އެލާޓް ނެރެފައި ވަނީ ހއ އަތޮޅުން ފެށިގެން ޅ އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. އަދި އެލާޓް ނެރެފައި ވަނީ މިއަދު 17:15 އިން ފެށިގެން  މިރޭ 21:00 އާއި ހަމައަށެވެ. މެޓް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި އެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު45 […]

އިބްރާހިމް އަސްވާޤް
📍 ހދ. ނޮޅިވަރަންފަރު

12 އަހަރުން ނުހެދުނު ނޮޅިވަރަންފަރު ޓްރެއިނިންގ ރިސޯޓް!

ހދ. ނޮޅިވަރަންފަރުގައި ޓްރެއިނިންގ ރިސޯޓް ތަރައްގީކުރުމަށް އެ ރަށުގެ ފަޅުން ނަގާ 81.44 ހެކްޓަރުގެ ބިމާއެކު ރަށުގެ ކަނޑޫފާ ހިމެނޭ ސަރަހައްދު ރިސޯޓް ތަރައްގީކުރަން ދޫކުރަން ނިންމާ އިޢުލާން ކުރީ 28 ޖުލައި 2008 ވަނަ އަހަރުއެވެ. މިކަން ސަރުކާރުން އިޢުލާން ކުރުން ވެގެންދިއައީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އެތައްބަޔަކަށް ބޮޑު ހިތްހަމަޖެހުމަކަށެވެ. ހާއްސަކޮން ފަތުރުވެރިކަމަށް އަލަށް ނިކުންނަށް ބޭނުންވާ ފަރާތްތަކަށެވެ. ފަތުރުވެރިކަމުގެ ނަފާއިން މަޙްރޫމް ކުރެވިފައިވާ ހދ. އަތޮޅުގެ ރައްޔިތުން ކ...

ހުސައިން ހަބީބް
ދިއްދޫ ހިމެނޭހެން 7 ރަށެއްގައި އައިސްޕްލާންޓު ތަރައްޤީކުރަނީ 📍 ހއ. ދިއްދޫ

ދިއްދޫ ހިމެނޭހެން 7 ރަށެއްގައި އައިސްޕްލާންޓު ތަރައްޤީކުރަނީ

ހއ. ދިއްދޫ ހިމެނޭހެން 7 ރަށެއްގައި މިއަހަރުތެރޭގައި އައިސްޕްލާންޓު ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ އޮފް ފިޝަރީސް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ހާމަކޮށްފިއެވެ. ޒަހާ ވަޙީދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު ވިދާޅުވީ މިހާރު 2 ރަށެއްގައި އައިސް ޕްލާންޓު ތަރައްޤީކުރުމަށް ކޮންޓްރެކްޓަރުންނާއި މަސައްކަތް ހަވާލުކޮށްފައިވާ ކަމަށެވެ. އެއީ...

އަލީ އާދިލް
އެމްޓީސީސީ އިން ފޮއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ނިއްމާލައިފި 📍 ނ. ފޮއްދޫ

އެމްޓީސީސީ އިން ފޮއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ނިއްމާލައިފި

ނ. ފޮއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު، މޯލްޑިވްސް ޓްރާމްސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިން ނިންމާ ލައިފިއެވެ. މި މަޝްރޫޢުގެ މަސައްކަތް ކޮށްފައިވާ، އެމްޓީސީސީ އިން ބުނީ މި މަޝްރޫޢުގެ މަސައްކަތް 26 ޖުލައި 2020 ގައި ނިއްމާލެވިފައި ވާކަމަށެވެ. މި މަޝްރޫޢުއަކީ ފޮއްދޫ އަށް ދިމާވެފައިވާ ރަށް ގިރުން ހުއްޓުވުމުގެ ގޮތުންނާއި، ލަފާފުރުމަށް ބޭނުންކުރާ ފާލަން ރަށާއި ވަކިވެފައި ވުމާއެކު އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ […]

ޝިއުނާ އާދަމް
ކެލާއިން މީހަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެ 📍 ހއ. ކެލާ

ކެލާއިން މީހަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

ހއ. ކެލާއިން ކޯވިޑް-19 އަށް މީހަކު ޕޮޒިޓިވް ވެއްޖެއެވެ. ކެލާ ކައުންސިލްގެ ރައީސް އާދަމް ގުފްރާން “ތިލަދުން” އަށް އެކަން ޔަޤީން ކޮށްދެއްވާ ފައެވެ. ގުފްރާން ވިދާޅުވީ ޕޮޒިޓިވްވި މީހާއަކީ އެރަށާއި މާލެއާއި ދެމެދު ދަތުރުކުރާ ބޯޓެއްގައި މަސައްކަތްކުރާ ފިރިހެނެއްކަމަށެވެ. މިމީހާއަކީ އެރަށުގައި ކަރަންޓީންގައި ހުރި މީހެއް ނޫންކަމަށް ވެސް ގުފްރާން ވިދާޅުވިއެވެ. ގުފްރާން ވިދާޅުވީ އެމީހާ ކޯވިޑަށް ޓެސްޓް ކުރީ ބަލީގެ އަލާމާތް ހުރުމުން ކަމަށެވެ. މިގޮތުން ފުރަތަމަ ނެގި ސާމްޕަލް ނެގިޓިވް ވި ކަމަށާއި، […]

ޔުމްނާ ޢަލީ
ހެލްތު މިނިސްޓަރ އަމީންގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާނެކަމުގެ އިޝާރާތެއް! 📍 ހދ. މަކުނުދޫ

ހެލްތު މިނިސްޓަރ އަމީންގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާނެކަމުގެ އިޝާރާތެއް!

ހެލްތު މިނިސްޓަރ އަބްދުﷲ އަމީންގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާނެކަމަށް ދޭހަވާ އިބާރާތަކުން މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ހިތްހަމަނުޖެހުން ފާޅުކުރައްވައިފިއެވެ. މިފަދަ މޭރުމަކުން ޓުވީޓު ކުރައްވަމުން ރާޢީ އިތުރަށް ވިދާޅުވެފައި ވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ހދ. މަކުނުދޫގެ ލޮބުވެތި ރައްޔިތުންނަށް ވެވަޑައިގެންފައިވާ ސިއްޙީ ދާއިރާގެ ވައުދުފުޅު ފުއްދުމަށް މިނިސްޓަރު އަމީން މަސައްކަތްޕުޅު ނުކުރަވާކަން ފާހަގަ ކުރައްވާ ކަމަށެވެ. މިކަމުގައި މަޖްލިސް ގެ ތެރެއިން ދެން...

އަލީ އާދިލް
ފީވަކު ބަނދަރުގެ 52 ޕަސެންޓް މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

ފީވަކު ބަނދަރުގެ 52 ޕަސެންޓް މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

ށ. ފީވަކު ބަނދަރު ހެދުމުގެ މަޝްރޫޢުގެ 52 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާމްސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެމްޓީސީސީއިން ބުނީ މި މަޝްރޫޢުގެ ދަށުން ށ. ފީވަށް ބަނދަރު ޑިޒައިން ކުރުމާއި ފުންކުރުމު މަޝްރޫޢުގެ 52 ޕަސެންޓް މަސައްކަތް ނިމިފައި ވާކަމަށެވެ. މި މަޝްރޫޢުގެ ތެރެއިން ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 88 ޕަސެންޓް ނިންމައި ބޭރުތޮށިލުމުގެ މަސައްކަތުގެ 66 ޕަސެންޓް ވަނީ މިހާރު ނިމިފައިވާ ކަމަށް ވެސް އެމްޓީސީސީއިން […]

ޔުމްނާ ޢަލީ
އުތީމު ބަނދަރުގެ ހަޤީޤީ ފަސޭހަކަން ރައްޔިތުންނަށް އިހުސާސް ނުކުރެވޭ: ކައުންސިލް 📍 ހއ. އުތީމު

އުތީމު ބަނދަރުގެ ހަޤީޤީ ފަސޭހަކަން ރައްޔިތުންނަށް އިހުސާސް ނުކުރެވޭ: ކައުންސިލް

އުތީމަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމުގެ ގޮތުން އެ ރަށުގައި ބަންދަރު ހެދުމުގެ އަމަލީ މަސައްކަތް ފެއްޓެވީ ޑރ. މުޙައްމަދު ވަހީދުގެ ވެރިކަމުގައެވެ. ނަމަވެސް އެ ވެރިކަން ނިމުނުއިރު އެ މަސައްކަތް ނިންމާލެވިފައި ނުވެއެވެ. ބަނދަރުގެ މަސައްކަތުގައި ބާކީހުރި ކަންކަން ނިންމައި އެތަން ބޭނުން ކުރަން ފެށިފައިވަނީ 2015 އަހަރުގެ ތެރޭގައި އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ޒަޢާމަތުގައެވެ. އުތީމުގެ ބަނދަރަކީ 660 ފޫޓު ދިގު އަދި 250 ފޫޓު ފުޅާ ބަނދަރެކެވެ. އުތީމު ބަނދަރު ހަދަމުން […]

އިބްރާހިމް ޚަލީލް
ބޮޑުތަކުރުފާނުގެ ލީޑަރޝިޕްގެ ސްޓައިލްތައް

ބޮޑުތަކުރުފާނުގެ ލީޑަރޝިޕްގެ ސްޓައިލްތައް

“މިރާއްޖެފަދަ ކުޑަކުޑަ ތަނެއްގެ ބީރައްޓެހި ރަށެއްގައި އުފެދުނު ޒުވާނަކު ތިމާގެ ދީނަށް ނަޞްރު ދިނުމަށް ތިމާގެ ވަޒަން ބޭރުމީހުންގެ އަތުން ސަލާމަތް ކުޅައުމަށް ކަމަރުބަނދެ ޤުރުބާން ވެގަތުމަށް އެކުރެއްވި ހިތްވަރަކީ ޤިޔާމަތަށްދާންދެން ސާބަސް ދޭހައި ކަމެކެވެ.” މިއީ ޕޯޗްގީޒުންގެ އަތްދަށުން 01 ރަބީޢުލްއައްވަލް 981 (2 ޖުލައި 1573) ގައި ދިވެހިރާއްޖެ މިނިވަންކުރައްވައި، ޤައުމު ބިނާކޮށްދެއްވި އަލްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން ނުވަތަ އުތީމު ބޮޑުތަކުރުފާނުގެ ވާހަކަ...

ޢަބްދުﷲ ސަޢީދު
ދިއްދޫގައި ބޭއްވި ވޮލީ ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މިޑްލް ސްޕޯރޓްސް ކްލަބުން ހޯދައިފި 📍 ހއ. ދިއްދޫ

ދިއްދޫގައި ބޭއްވި ވޮލީ ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މިޑްލް ސްޕޯރޓްސް ކްލަބުން ހޯދައިފި

ހއ. ދިއްދޫގައި ކަނބަލުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދިޔަ ” ދިއްދޫ ވިމެންސް ވޮލީބޯލް ޓޯނަމެންޓް 2020″ ގެ ޗެމްޕިއަން ކަން ދިއްދޫ މިޑްލް ސްޕޯޓްސް ކްލަބް ހޯދައިފިއެވެ. ހއ. ދިއްދޫ ކޮމިއުނިޓީ ސެންޓަރުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ އެ މުބާރާތުގެ ފައިނަލް މެޗް އޮތީ އިއްޔެ ހަވީރު 16:15 ގައި ދިއްދޫ ޔޫތު ސެންޓަރުގައެވެ. މި މެޗްގައި ބައްދަލު ކުރީ މިޑްލް ސްޕޯޓްސް ކްލަބާއި، ހިޔަލަ ޓީމެވެ. މިޑްލް ސްޕޯޓްސް ކްލަބް މި މުބާރާތުގެ ތަށި […]

އަޙްމަދު ވަހީދު