މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:30 އިން 23:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (19:00 އިން 01:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,624 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9624 ޚަބަރުގެ ތެރެއިން
އިހަވަންދޫއިން އިތުރު މީހަކު ކޯވިޑްއަށް ޕޮޒިޓިވްވެއްޖެ 📍 ހއ. އިހަވަންދޫ

އިހަވަންދޫއިން އިތުރު މީހަކު ކޯވިޑްއަށް ޕޮޒިޓިވްވެއްޖެ

ހއ. އިހަވަންދޫއިން އިތުރު މީހަކު ކޯވިޑްއަށް ޕޮޒިޓިވްވެއްޖެ އެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ބުނެފައިވަނީ މިރޭ ޕޮޒިޓިވްވެފައިވަނީ އިހަވަންދޫ އާއި މާލެ އާއި ދޭތެރޭ ދަތުރު ކުރާ “ތަހުތު” ނަމަކަށް ކިޔާ ބޯޓުގެ ފަޅުވެރިއެއް ކަމަށެވެ. ރަޝީދު ބުނެފައިވަނީ ޕޮޒިޓިވްވެފައިވަނީ 41 އަހަރުގެ ދިވެއްސެއް ކަމަށެވެ. މިއީ ކޯވިޑަށް ޓެސްޓު ކުރުމަށް މިއަދު އިހަވަންދޫން ނެގި 12 ސާމްޕަލް ތެރެއިން ކޯވިޑަށް ޕޮޒިޓިވްވެފައިވާ ފަރާތެކެވެ. ތަހުތު ބޯޓުގެ ފަޅުވެރިއަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައި މިވަނީ [...

ޖަލްވާން ޖާދުﷲ
ކުޅުދުއްފުށީގައި "ހަތަރުދަން 1441" ނަމުގައި ކަނޑުތެލަގަ އެރުވުމުގެ ހަރަކާތެއް ބާއްވައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި "ހަތަރުދަން 1441" ނަމުގައި ކަނޑުތެލަގަ އެރުވުމުގެ ހަރަކާތެއް ބާއްވައިފި

މިއަހަރުގެ އަޟްހާ ޢީދު ދުވަހާއި ގުޅުވައިގެން ކުޅުދުއްފުށި ސިޓީގައި “ހަތަރުދަން 1441” މިނަމުގައި 24 ގަޑިއިރު ކަނޑުތެލަގަ އެރުވުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. ކުޅުދުއްފުށީ އެއާޕޯޓު ބީޗް ސަރަހައްދުގައި އިއްޔެ ހަވީރު ފެށިގެން ކުރިއަށްދިޔަ މިހަރަކާތުގައި 40 އަށްވުރެ ގިނަ ކައިޓު ސާފަރުން ވަނީ ބައިވެރިވެފައެވެ. ކުޅުދުއްފުށީ ކައިޓްބޯޑިންގއިން އިންތިޒާމކޮށްގެން ކުރިއަށް ގެންދިޔަ މިހަރަކާތް ނިންމާލާފައިވަނީ މިއަދު ހަވީރުއެވެ. މިއީވަރަށް އުފާވެރި މަންޒަރުތަކެއްކަމަށާއި މިހަރަކާތުގައި ބައިވެރިވި ޒ...

އިބްރާހިމް އަސްވާޤް
ކުމުންދޫގައި ކުޑަކުދިންގެ ޕާކެއް ހުޅުވައިފި 📍 ހދ. ކުމުންދޫ

ކުމުންދޫގައި ކުޑަކުދިންގެ ޕާކެއް ހުޅުވައިފި

ހދ.ކުމުންދޫގައި ކުޑަކުދިން ގަޔާވާފަދަ ގިނަ ކުޅިވަރު ކުޅޭ ސާމާނު ހިމެނޭ ޒަމާނީފެންވަރުގެ ކުޑަކުދިންގެ ޕާކެއް ހުޅުވައިފިއެވެ. މި ޕާކަކީ ކުމުންދޫ ކައުންސިލާއި މިނިސްޓްރީ އޮފް ހޯމް އެފެއާރޒް ގުޅިގެން ތަރައްޤީ ކޮށްފައިވާ ޕާކެކެވެ. މިޕާކު ރަސްމީކޮށް ހުޅުވައި ބޭނުން ކުރަން ފަށާފައިވަނީ 31 ޖުލައި 2020 ވީ ހުކުރު ދުވަހުގެ (އަޟްހާ ޢީދު ދުވަހު) ހަވީރުއެވެ. މި ޕާކުތަރައްޤީ ކޮށްފައިވަނީ ކުމުންދޫގެ ތަޢުލީމަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ މަރްހޫމް އައްބާސް އަލީ، އެރަށު މީހުންގެ ނަމުންނަމަ ސީދީބޭގެ [...

އިބްރާހިމް ޚަލީލް
ހިރިމަރަދޫ ހިރިޒިލް: ރަށުގެ އިޖުތިމާޢީ ދުޅަހެޔޮ ކަމަށް އަތުކުރި އޮޅާލާފައި 📍 ހދ. ހިރިމަރަދޫ

ހިރިމަރަދޫ ހިރިޒިލް: ރަށުގެ އިޖުތިމާޢީ ދުޅަހެޔޮ ކަމަށް އަތުކުރި އޮޅާލާފައި

ޖަމްޢިއްޔާއެއްގެ ގޮތުގައި ރަޖިސްޓަރީ ވުމުގެ އެންމެ ފަހުގެ މަރުހަލާގައި އޮތް ހދ. ހިރިމަރަދޫ “ހިރިޒިލް” ޓީމް އަކީ، ރަށަށް ޚިދުމަތްތެރި ޓީމެއް ކަން އެޓީމްގެ ބުންވަރުން އަންނަނީ ސާބިތު ކޮށްދެމުންނެވެ. ރަށުގެ ޒުވާނުންތަކެއް ގުޅިގެން 2013 ވަނަ އަހަރު ވުޖޫދަށް ގެނައި “ހިރިޒިލް” ޓީމަކީ ރަށުގެ އިޖުތިމާޢީ ދުޅަހެޔޮކަމަށް، އެ ޓީމް އުފެދުނު ދުވަހުން ފެށިގެން މަސައްކަތް ކުރަމުން އަންނަ ހަރަކާތްތެރި، ހިރިމަރަދޫއަށް ޚިދުމަތްތެރި ޓީމެކެވެ. “ހިރިޒިލް” އިން ދަނީ 2013 ވަނަ އަހަރުން ފެށިގެން އެ ރަށުގެ ޒުވާނުންނަށް [...

ހުސައިން ހަބީބް
ބޮޑުތަކުރުފާނުގެ ލީޑަރޝިޕްގެ ޓްރައިޓްސް (ޒާތީ ސިފަތައް)

ބޮޑުތަކުރުފާނުގެ ލީޑަރޝިޕްގެ ޓްރައިޓްސް (ޒާތީ ސިފަތައް)

ލީޑަރޝިޕް ޓްރައިޓްސް ނުވަތަ ލީޑަރޝިޕް ކޮލިޓީސް ތަކަކީ އަބަދާ އަބަދުވެސް ރަނގަޅުކޮށް ކުރިއެރުވޭ، އެ ލީޑަރެއްގެ ޒާތީ ސިފަތަކެކެވެ. އުތީމު ތުޑިމަތީގައި މަޅިފަތި ޖައްސަވަން އުޅުއްވި ދުވަސްވަރުން ފެށިގެން ލީޑަރޝިޕް ޓްރައިޓްސް ތަކެއް ބޮޑުތަކުރުފާނުގެ ހަޔާތްޕުޅުގައި ދިޔައީ ބިންވަޅު ނެގެމުންނެވެ. ބައްޕާފުޅާއި ބޮޑުބޭބޭފުޅުގެ އަރިހުން ކިޔަވާ ވިދާޅުވުމަށްފަހު އިންޑިއާގެ ބޭދާޅީއަށް ވަޑައިގެން ކިޔަވާ ވިދާޅުވުމުގެ ސަބަބުން ލީޑަރޝިޕްގެ ހަރުދަނާ ޒާތީ ސިފަތަކެއްގެ ވެރި ޝަޚްސިއްޔަތަކަށް ވެވަޑައި ގެންނެވިއެވެ. ލިބ...

ޢަބްދުﷲ ސަޢީދު
އިހަވަންދޫ 242 ބޯޓުގެ ކޭޝިއަރ ކޯވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ 📍 ހއ. އިހަވަންދޫ

އިހަވަންދޫ 242 ބޯޓުގެ ކޭޝިއަރ ކޯވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

ހއ. އިހަވަންދޫން 242 ބޯޓުގެ ކޭޝިއަރ ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. އިހަވަންދޫ ކައުންސިލުގެ ރައީސް މުޙައްމަދު ރަޝީދު ވަނީ މިނޫހަށް މިކަން ކަށަވަރު ކޮށްދެއްވާފައެވެ. އެރަށުން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ ބަލީގެ އަލާމާތްތަކެއް ހުރި މީހަކު ޓެސްޓު ކުރުމުން ކަމަށް ރަޝީދު ބުނެފައިވެއެވެ. މާލެ އިން އިހަވަންދޫއަށް ދަތުރުކުރި މީހަކު ކޯވިޑް-19 ޕޮޒިޓިވްވުމާއި ގުޅިގެން އެރަށް މިހާރު ވަނީ ކަރަންޓީނު ކޮށްފައެވެ. އެގޮތުން އެރަށަށް މީހުން އަރައިފޭބުން ހެލްތު ޕޮރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) […]

ޔުމްނާ ޢަލީ
ނޭކުރެންދޫ ރައްޔިތުންގެ ހިތުގައި ކަނޑޫފަލަށް އޮތް ލޯތްބާއި އެކު "ކަނޑޫ ޢީދު އުފާ" ފާހަގަ ކުރަނީ 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫ ރައްޔިތުންގެ ހިތުގައި ކަނޑޫފަލަށް އޮތް ލޯތްބާއި އެކު "ކަނޑޫ ޢީދު އުފާ" ފާހަގަ ކުރަނީ

ރާއްޖޭގެ އެންމެ ބޮޑު ކަނޑޫފާ އޮތް ރަށަކީ ހދ. ނޭކުރެންދޫ އެވެ. އެ ރަށުގެ ރައްޔިތުންނަށާއި ވެއްޓަށް ލޯބި އޮތް ކޮންމެ މީހަކަށް މޮޅިވެރިކަން ގެނުވާފައި މިވަނީ އެރަށުގެ ކަނޑޫފަލުން ގިނަ އަދަދެއްގެ ކަނޑޫ ގަސްތައް މަރުވެ، ނެތިގެން ދާ މައްސަލައެވެ. އުތުރުގެ ކަނޑޫފާތަކަށް ދިމާވެފައި މިވާ މައްސަލައަށް އަދި ހައްލެއް ނުލިބި އޮތް އިރު، ނޭކުރެންދޫ ރައްޔިތުން ދަނީ އެރަށުގެ ކަނޑޫފަލުގެ ހިމާޔަތުގައި ފުޅާ ކެމްޕޭނެއް ކުރަމުންނެވެ. އެ ރަށުގެ ރަށްޔިތުން ތިބީ އެރަށުގެ ކަނޑޫ […]

ޝިއުނާ އާދަމް
ލައިސާ: ޗެސް މުބާރާތް ތަކުން ގިނަ ވަނަ ތަކަކާއި އެކު ޤައުމު ފަޚުރުވެރިވާ ނަމަކަށް! 📍 ހދ. ހަނިމާދޫ

ލައިސާ: ޗެސް މުބާރާތް ތަކުން ގިނަ ވަނަ ތަކަކާއި އެކު ޤައުމު ފަޚުރުވެރިވާ ނަމަކަށް!

ހދ.ހަނިމާދޫ، ބްލިސް، މަރިޔަމް ލައިސާ އަބްދުއްރަޝީދަކީ ތާޖުއްދީން ސްކޫލްގެ ގްރޭޑް ނުވައެއްގައި ތަޢުލީމު ހާސިލު ކުރަމުންދާ ދަރިވަރެކެވެ. ލައިސާ ޗެސްކުޅެން ފަށާފައިވަނީ އޭނާގެ އުމުރުން އެންމެ  ބާރަ އަހަރުގައެވެ. އެއީ 2017 ވަނަ އަހަރުއެވެ. ލައިސާ ޗެސް ކުޅެންފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސްކޫލް ލެވެލްގެ އިތުރުން ޤައުމީ ލެވެލްގައި ވެސް ވަނީ ފާހަގަ ކޮށްލެވޭ ފަދަ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. މިގޮތުން ލައިސާ ހޯދާފައިވާ ބައެއް ކާމިޔާބީތަކަށް ބަލައިލުމުން ލައިސާގެ މި ޅައުމުރުގައި ވެސް ވަނީ […]

އިބްރާހިމް ޚަލީލް
އަހަރެން ދުށް "ބޮޑުމަސް" ބޭނުމުގެ ކުޅިވަރު

އަހަރެން ދުށް "ބޮޑުމަސް" ބޭނުމުގެ ކުޅިވަރު

މިއީ 1980 ގެ އަހަރުތަކުގައި މިލަދުންމަޑުލު ދެކުނުބުރީ މަނަދޫގައި ބޮޑު މަސް ބޭނުމުގެ ކުޅިވަރު (މަނަދޫ މީހުން ކިޔާގޮތުންނަމަ “ބޮޑުމަސް ދުއްވުން”) ކުޅޭ ގޮތެވެ. އަޅުގަނޑުގެ މަންމަގެ ބައްޕަ (މާފަ) އަލްމަރުޙޫމް އިބްރާހީމް ޙަސަން އަކީ އިރުމަތީ އަވަށުގެ އެ ދުވަސްވަރުގެ ކުޅިވަރުގެ މުރީދެވެ. އަޅުގަނޑު އެންމެ ހަނދާން ހުންނަ ބޮޑުމަސް ދުއްވި ރެއަކީ އަވަށު ވާދައިގައި ބޮޑު ހަމަނުޖެހުންގަނޑަކަށް ނުގޮސް އެކަމަކު ވަރަށް އަޑުގަދަކޮށް ހޫނު ޒުވާބުތަކެއް ދެ އަވަށް ދެމެދުގައި ހިނގި ރެއެކެވެ. އެކަމެއް […]

ޢަބްދުﷲ ސަޢީދު
މޫސުން ގޯސްވެ ތިލަދުންމަތިން ޅ. އަތޮޅަށް ޔެލޯ އެލާޓް!

މޫސުން ގޯސްވެ ތިލަދުންމަތިން ޅ. އަތޮޅަށް ޔެލޯ އެލާޓް!

މޫސުން ގޯސްވެ، ތިލަދުންމަތިން ޅ. އަތޮޅަށް ޔެލޯ އެލާޓް ނެރެފި އެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ޅ އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 09:30 އިން ފެށިގެން މެންދުރު 13:30 އާއި ހަމައަށެވެ. މެޓް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި އެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރުން އެކަށީގެންވެއެވެ. މޫސުން ގޯސްވާނޭކަމަށް ލަފާކުރެވޭތީ މެޓް އޮފީހުންވަނީ މިއަދު ހެނދުނު […]

އިބްރާހިމް އަސްވާޤް
އާންމު ހާލަތަށް ދެވެންދެން މިއަދުން ފެށިގެން ކެލާ މިސްކިތް ތަކުގައި ޖަމާއަތް ނުހަދާނެ 📍 ހއ. ކެލާ

އާންމު ހާލަތަށް ދެވެންދެން މިއަދުން ފެށިގެން ކެލާ މިސްކިތް ތަކުގައި ޖަމާއަތް ނުހަދާނެ

ހއ. ކެލާ އިން ކޯވީޑް ކޭސްތަކެއް ފެނިފައި ވާތީ، ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ މިއަދުން ފެށިގެން އާންމު ހާލަތަށް އަންނަންދެން އެ ރަށުގެ ހުރިހާ މިސްކިތްތަކެއްގައި ޖަމާއަތް ނުހެދުމަށް ނިންމާފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ. ކެލާ ކައުންސިލް އިދާރާއިން ހާމަ ކުރަށްވާފައި ވާގޮތުގައި އެރަށުން ގިނަ އަދަދެއްގެ މީހުން ކޯވިޑަށް ޕޮޒިޓިވް ވުމުން މިއަދު ފަތިސް ނަމާދުން ފެށިގެން އާންމު ހާލަތަށް އަންނަން ދެން އެ ރަށުގެ ހުރިހާ މިސްކިތްތަކެއްގެ ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދު […]

ޔުމްނާ ޢަލީ
މޫސުން ގޯސްވެ ތިލަދުންމަތިން ހުވަދު އަތޮޅަށް ވައިޓް އެލާޓް!

މޫސުން ގޯސްވެ ތިލަދުންމަތިން ހުވަދު އަތޮޅަށް ވައިޓް އެލާޓް!

މޫސުން ގޯސްވެ، ތިލަދުންމަތިން ހުވަދު އަތޮޅަށް ވައިޓް އެލާޓް ނެރެފި އެވެ. މޫސުން ގޯސްވާނޭކަމަށް ލަފާކުރެވޭތީ މޫސުމާއި ބެހޭ އިދާރާއިން ވައިޓް އެލާޓް ނެރެފައި ވަނީ ހއ އަތޮޅުން ފެށިގެން ގދ އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 07:00 އިން ފެށިގެން  މެންދުރު 13:00 އާއި ހަމައަށެވެ. މެޓް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި އެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް […]

އިބްރާހިމް އަސްވާޤް
މަކުނުދޫގައި "ޢީދު ބޮނޑި" ހަދާގޮތް ދައްކުވައިދޭ ވަރަށް ޝަޢުގުވެރި ފޮޓޯ ސްޓޯރީއެއް! 📍 ހދ. މަކުނުދޫ

މަކުނުދޫގައި "ޢީދު ބޮނޑި" ހަދާގޮތް ދައްކުވައިދޭ ވަރަށް ޝަޢުގުވެރި ފޮޓޯ ސްޓޯރީއެއް!

ހުއްބޮނޑި، ކުހުރު، އުހިބޮނޑި، އާރުސް އަދި ބޭނޑި މިނަންތަކަކީ، މުޅިން އައު ނަންތަކަކަށް ވެދާނެއެވެ. ނަމަވެސް މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީދަށް ތައްޔާރުކުރާ ކެއުމުގެ ޚާއްސަ ބާވަތެއްކަމުގައިވާ، “އީދު ބޮނޑި” އަށް ދެވިފައިވާ ނަން ނަމެވެ. ރާއްޖޭގެ އެންމެ އުތުރުން ހދ. އަތޮޅުން “އެކަހެރިވެފައި” އޮންނަ ހދ. މަކުނުދޫ ގައި، އެރަށު ރައްޔިތުން ކޮންމެ އަހަރަކު އީދަށް ތައްޔާރުކުރާ “އީދު ބޮނޑީ”ގެ ވާހަކަ އަކީ ވަރަށް ޝަޢުގުވެރި ވާހަކަ އެކެވެ. މަކުނުދޫގައި ޒަމާނުންސުރެއް އީދު ބޮނޑި ހިލާ […]

ހުސައިން ހަބީބް
ދިއްދޫ މިސްކިތްތަކުގައި ޖަމާޢަތް ހަދައިގެން ނަމާދު ކުރުން ހުއްޓާލައިފި 📍 ހއ. ދިއްދޫ

ދިއްދޫ މިސްކިތްތަކުގައި ޖަމާޢަތް ހަދައިގެން ނަމާދު ކުރުން ހުއްޓާލައިފި

ހއ. ދިއްދޫ މިސްކިތްތަކުގައި ޖަމާޢަތް ހަދައިގެން ނަމާދު ކުރުން ވަގުތީގޮތުން ހުއްޓާލާފައިވާކަމަށް ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާއިން ބުނެފިއެވެ. ދިއްދޫ ކައުންސިލުން ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ކެލާ ސަވާރީބޯޓްގެ ފަޅުވެރިން ކޯވިޑް19 އަށް ފައްސި ވެފައިވުމާއި، އެ ބޯޓުގެ ފަޅުވެރިންނާ ދިއްދޫގެ ވަރަށްގިނަ ފަރާތްތަކެއް ކޮންޓެކްޓް ވެފައިވާތީ، 2020 ޖުލައި 30 އިން ފެށިގެން ދިއްދޫ މޮނިޓަރިންގ ހާލަތަށް ގެނެވިފައިވާކަމަށް އެޗްޕީއޭ އިން އެ ކައުންސިލަށްވަނީ އަންގާފަކަމަށެވެ. ސަވާރީ...

އިބްރާހިމް އަސްވާޤް
ތިލަދުންމަތީގެ 4 ރަށެއް މޮނީޓަރިން އަށް

ތިލަދުންމަތީގެ 4 ރަށެއް މޮނީޓަރިން އަށް

ތިލަދުންމަތީގެ 4 ރަށެއް މޮނީޓަރިންގެ ހާލަތަށް ހެލްތު ޕޮރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އިން ގެނެސްފި އެވެ. އެޗްޕީއޭއިން މޮނިޓަރިންގއަށް ލާފައިވާކަން އަންގާލިޔުން ފޮނުވާފައިވާ ރަށްރަށަކީ ހއ. ކެލާ، ހއ. ދިއްދޫ، ހއ. ވަށަފަރު އަދި ހދ. ނޮޅިވަރަންފަރެވެ. އެޗްޕީއޭއިން އެރަށްތަކަށް ފޮނުވާފައިވާ ލިއުމުގައި ބުނެފައިވަނީ ކޯވިޑު 19 އާ ގުޅިގެން، ޞިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތު ޕޮރޮޓެކްޝަން އެޖެންސީން ވަކިގޮތެއް އަންގަންދެން ފޭބުމާއި، އެ އެޖެން...

ޔުމްނާ ޢަލީ