މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:30 އިން 23:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (19:00 އިން 01:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,624 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9624 ޚަބަރުގެ ތެރެއިން
ކެލާ ސްކޫލްގެ ކިޔެވުން ފެށުން އެއް ހަފުތާ ފަސްކޮށްފި 📍 ހއ. ކެލާ

ކެލާ ސްކޫލްގެ ކިޔެވުން ފެށުން އެއް ހަފުތާ ފަސްކޮށްފި

ހއ. ކެލާ ސެއިޚް އިބްރާޙިމް ސްކޫލްގެ ކިޔެވުން ފެށުން އެއް ހަފުތާ ފަސްކޮށްފައި ވާކަމަށް އެ ސްކޫލުން ބުނެފިއެވެ. އެ ސްކޫލުން އެކަން ހާމަކޮށްފައި ވަނީ މިއަދު ބެލެނިވެރިންގެ ސަމާލު ކަމަށް އެދި ނެރެފައިވާ ލިޔުމެއްގައި އެވެ. އެ ސްކޫލުން ބުނީ އެ ނިންމުން ނިންމީ ކޯވިޑް-19 އާއި ގުޅިގެން އެ ސްކޫލްގެ ގިނަ ޓީޗަރުންތަކެއް ހޯމް އައިސޮލޭޝަންގައި ތިބެން ޖެހުމާއި ގުޅިގެން، ކިޔަވައި ދިނުން ކުރިއަށް ގެންދިއުމުގައި ދަތިތަކާއި ކުރިމަތިވެފައި ވާތީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ […]

ޝިއުނާ އާދަމް
އިހަވަންދޫ މޮނީޓަރިން ހާލަތު އުވާލައިފި، ކައުންސިލުން ނިންމީ ފިޔަވަޅުތައް ދަމަހައްޓަން 📍 ހއ. އިހަވަންދޫ

އިހަވަންދޫ މޮނީޓަރިން ހާލަތު އުވާލައިފި، ކައުންސިލުން ނިންމީ ފިޔަވަޅުތައް ދަމަހައްޓަން

ހއ. އިހަވަންދޫ އިން މީހަކު ޕޮޒިޓިވް ވުމާއި ގުޅިގެން އެރަށް ކަރަންޓީނަށްލުމަށްފަހު ރޭ ވަނީ ކަރަންޓީންގެ ހާލަތު ހެލްތު ޕްރޮޓެކްޝަން އެޖެންސީން އުވާލާފައެވެ. ރަށުގެ ކަރަންޓީނުގެ ހާލަތް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އުވާލި ނަމަވެސް ކަރަންޓީންގެ ހާލަތާ ގުޅިގެން ކައުންސިލުން އަޅާފައިވާ ފިޔަވަޅުތައް ދަމަހައްޓަން އިހަވަންދޫ ކައުންސިލުން ވަނީ ނިންމަވާފައެވެ. މި ގޮތުން، ޒަރޫރީ ބޭނުމެއްގައި މެނުވީ ގެއިން ބޭރަށް ނުނިކުތުމަށާއި، ބޭރަށް ނުކުންނައިރު މާސްކް އެޅުމަށާއި، ދޮށީ އުމުރުގެ މީހުންނާއި ކުޑަކުދިން ނަމާ...

ޖަލްވާން ޖާދުﷲ
ބޮޑު ތިލަދުންމައްޗަށް ވައިޓް އެލާޓް: ވައިގަދަވެ، ބޯކޮށް ވާރޭ ވެހޭނެ

ބޮޑު ތިލަދުންމައްޗަށް ވައިޓް އެލާޓް: ވައިގަދަވެ، ބޯކޮށް ވާރޭ ވެހޭނެ

45 މޭލަށް ވައިގަދަވެ، ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް ތިލަދުންމައްޗަށް ވައިޓް އެލާޓް ނެރެފިއެވެ. މިއަދު 13:00 އިން ފެށިގެން ހަވީރު 17:00 އާއި ހަމައަށް ވައިޓް އެލާޓް ނެރެފައިވަނީ ހދ. އަތޮޅުން ފެށިގެން ނ އަތޮޅުގެ ރަށްތަކަށެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ނެރުނު ސަމާލުގެ މެސެޖުގައި ބުނެފައިވަނީ މި ވަގުތުތަކުގެ ތެރޭގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ. Heavy rain and thunderstorms with […]

އަލީ އާދިލް
ދިއްދޫ: "2020 ނައިން އަ ސައިޑް" މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި 📍 ހއ. ދިއްދޫ

ދިއްދޫ: "2020 ނައިން އަ ސައިޑް" މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

ދިއްދޫގައި ބާއްވާ “2020 ނައިން އަ ސައިޑް” ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ހއ. ދިއްދޫ އިޖްތިމާޢީ މަރުކަޒުން އިންތިޒާމް ކޮށްގެން ބާއްވާ “2020 ނައިން އަ ސައިޑް” ފުޓުބޯޅަ މުބާރާތުގައި ބައިވެރިވެ ލައްވަން ބޭނުންފުޅުވާ ފަރާތްތަކަށް މި މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައިވާކަމަށް އެސެންޓަރުން ނެރެފައިވާ އިޢުލާނެއްގައި ވަނީ ބުނެފައެވެ. މިމަހުގެ 7 ވަނަ ދުވަހު ނެރުނު މިއިޢުލާނުގައި ބުނެފައިވަނީ މިމުބާރާތުގައި ބައިވެރިވެ ލެއްވުމަށް ބޭނުންވާ ޓީމްތަކު...

އަލީ އާދިލް
ފިއްލަދޫއިން ތިން މީހަކު ޕޮޒިޓިވް ވެއްޖެ 📍 ހއ. ފިއްލަދޫ

ފިއްލަދޫއިން ތިން މީހަކު ޕޮޒިޓިވް ވެއްޖެ

ހއ. ފިއްލަދޫއިން ތިން މީހަކު ޕޮޒިޓިވް ވެއްޖެއެވެ. ފިއްލަދޫއިން ޕޮސިޓިވްވެފައިވަނީ އެ ރަށު ޑީއެމްއެމްއޭ އެކްސްޕްރެސް5  ބޯޓުގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ ދެ މީހުންނާއި ދިވެއްސެކެވެ. ފިއްލަދޫ ކައުންސިލްގެ ރައީސް ފަލާޙް ބުނެފައިވަނީ އެމީހުންގެ ނަތީޖާ ލިބިފައިވަނީ މިރޭގެ ވަގުތެއްގައި ކަމަށެވެ. މިވަގުތު ބަނގުލަދޭސް 2 މީހުން އެކަހެރި ކުރެވިފައިވާކަމަށާއި ދިވެހިމީހާވެސް ހުރީ އެކަހެރިކުރެވިފައިކަމަށް އަދި އެމީހާއާއި އިތުރުބަޔަކު ބައްދަލުވެފައިވޭތޯ ބަލާ އެމީހުންގެ ސާންޕަލް ނެގުމުގެ މަސައްކަތް ކުރަމު...

ޔުމްނާ ޢަލީ
ނައިވާދޫގައިހުރި 68 އަހަރުގެ މީހަކު ޕޮޒިޓިވް ވެއްޖެ 📍 ހދ. ނައިވާދޫ

ނައިވާދޫގައިހުރި 68 އަހަރުގެ މީހަކު ޕޮޒިޓިވް ވެއްޖެ

ހދ. ނައިވާދޫގައި ހުރި 68 އަހަރުގެ މީހަކު ކޯވިޑް19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. ނައިވާދޫއިން ވާހަކަ ދެއްކި މީހަކު މަޢުލޫމާތުދެމުން ބުނެފައިވަނީ އެމީހާއަކީ މާލޭގައި ހުރުމަށްފަހު އެރަށަށްގޮސް ހޯމް ކަރަންޓީނުގައި ހުރި މީހެއްކަމަށެވެ. އެމީހާއަކީ އެރަށު މީހެއްނޫން ކަމަށާއިއެއީ މާލެއަށް ނިސްބަތްވާ މީހެއްކަމަށް ބުނެފައިވެއެވެ. އެމީހާ ކޯވިޑަށް ޕޮސިޓިވްކަން އެނގުނީ ކަރަންޓީންގެ 14 ދުވަހުގެ މުއްދަތު ފުރިހަމަ ކުރުމުން ޓެސްޓު ކުރުމުންނެވެ. އެޗްއީއޯސީން ބުނެފައިވަނީ ނައިވާދޫން ކޮވިޑް-19 އަށް ޕޮޒިޓިވެވެފައިވަނީ...

އަލީ އާދިލް
އިހަވަންދޫއިން އިތުރު 2 ބިދޭސީއަކު ޕޮޒިޓިވް ވެެއްޖެ 📍 ހއ. އިހަވަންދޫ

އިހަވަންދޫއިން އިތުރު 2 ބިދޭސީއަކު ޕޮޒިޓިވް ވެެއްޖެ

ހއ. އިހަވަންދޫއިން އިތުރު 2 ބިދޭސީއަކު މިރޭ ޕޮޒިޓިވްވެ އެރަށުން މިބަލި ޖެހުނު މީހުންގެ އަދަދު ފަހަކަށް އަރައިފިއެވެ. އިހަވަންދޫ އާމިނާ ދިޔޯ ހެލްތުސެންޓަރ އިން މަޢުލޫމާތުދޭގޮތުގައި މިދިޔަ އަންގާރަދުވަހު އެރަށުން ނެގިފައިވާ 41 ސާންޕަލްއެއްގެ ތެރެއިން މިއަދު ޕޮޒިޓިވްވެފައިވަނީ 2 މީހުންކަމަށާއި ނަތީޖާ ނުލިބޭ 24 ސާންޕަލްއެއް އެބަހުރިކަމަށެވެ. އަދި15 ސާންޕަލްއެއް ނެގެޓިވްވެފައިވާކަމަށް އެސެންޓަރުން މަޢުލޫމާތު ދެއެވެ. ޕޮޒިޓިވްވެފައިވަނީ ތަހުތު ބޯޓުގެ ފަޅުވެރިންގެ ގޮތުގައި މަސައްކަތްކުރާ 2 ބިދޭސީންނެވެ....

އިބްރާހިމް އަސްވާޤް
ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގައި އޮންނަ "ލޭލާގައު" 📍 ހއ. އުތީމު

ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގައި އޮންނަ "ލޭލާގައު"

އުތީމަކީ ތާރީޚީ ރަށެކެވެ. ދިވެހިންގެ ޤައުމީ ބަޠަލް އުތީމު ބޮޑުތަކުރުފާނު އުފަންވެ ވަޑައިގެން އަދި ތުއްޕުޅު ދުވަސްވަރާ ޒުވާންދުވަސްވަރު ހޭދަކުރެއްވި އުތީމުގައި އެ ތަކުރުފާނާ ގުޅުންހުރި ތަފާތު އެތައް އާޘާރެއް ފެންނަން އެބަހުއްޓެވެ. ތާރީޚީ ފޮތްތަކުން އެނގެންހުރި މަޢުލޫމާތުގެ އަލީގައި އެނގި ކަށަވަރުވާ ބައެއް އާޘާރުތަކާއި، ދޫދޫ މަތިން ދެކެވެމުން އަންނަ ވާހަކަތަކާ ގުޅުން ހުރި ބައެއް އާޘާރުވެސް އުތީމުގައި ފެންނަން އެބަހުއްޓެވެ. އެ ގޮތުން ބޮޑުތަކުރުފާނުގެ ވާހަކާގައި ލޭލާ ގަލުގެ ނަމުން މަޝްހޫރުވެފައި އޮތ...

ތިލަދުން
މޫސުން ގޯސްވެ ރާއްޖޭގެ އުތުރަށް ހުދު ސަމާލު ނެރެފި

މޫސުން ގޯސްވެ ރާއްޖޭގެ އުތުރަށް ހުދު ސަމާލު ނެރެފި

މޫސުން ގޯސްވެ ވައިބާރު ވާނެ ކަމަށް ލަފާކޮށް ހއ.އަތޮޅުން ފެށިގެން ޅ.އަތޮޅަށް ހުދު ސަމާލު ނެރެފި އެވެ. މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ހއ.އަތޮޅުން ފެށިގެން މެދުރާއްޖެތެރެއިން ޅ. އަތޮޅާ ދެމެދުގެ ސަރަހައްދުތަކަށެވެ. ހަވީރު 17:00 އިން މިރޭގެ 22:00 އަށް ނެރެފައިވާ ހުދު ސަމާލްގައި ބުނެފައިވަނީ، ސަމާލުގެ ވަގުތުގައި އެސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި ވައިގަދަވާނެ ކަމަށާއީ ވިލާ ގަނޑުގައި އިތުރަށް ވައި ބާރުވެ ކަނޑުތައް ގަދަވާނެކަމަށެވެ. “ކުރިއަށް އޮތް ވަގުތުތަކަށް މޫސުން […]

ޖަލްވާން ޖާދުﷲ
ޔުނެސްކޯގެ ދާއިމީ ލިސްޓުގައި "އިހަވަންދޫ ހިރިގަލު މިސްކިތް" ހިމެނުމަށްކުރާ އުންމީދު ދޫކޮށެއް ނުލާނަން: ޠާރިޤު 📍 ހއ. އިހަވަންދޫ

ޔުނެސްކޯގެ ދާއިމީ ލިސްޓުގައި "އިހަވަންދޫ ހިރިގަލު މިސްކިތް" ހިމެނުމަށްކުރާ އުންމީދު ދޫކޮށެއް ނުލާނަން: ޠާރިޤު

ޔޫއެން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން (ޔުނެސްކޯ)ގެ ދާއިމީ ލިސްޓުގައި ހއ. އިހަވަންދޫ ހިރިގަލު މިސްކިތް ހިމެނުމަށްކުރާ އުންމީދު ދޫކޮށެއް ނުލާނެކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މުޙައްމަދު ޠާރިޤު ވިދާޅުވެއްޖެއެވެ. މިއަދު ޠާރިޤު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމެނިފައިވާ އިހަވަންދޫ ހުކުރު މިސްކިތް، ޔުނެސްކޯގެ ދާއިމީ ލިސްޓުގައި ހިރިގަލު މިސްކިތްތައް ހިމެނުމަށްކުރާ އުންމީދު ދޫކޮށެއް ނުލާނެކަމަށާއި މިދައުރުގެ ތެރޭގައ...

އިބްރާހިމް އަސްވާޤް
ކޮއްކޮ އޮތީ ނަފުސާނީ ބައްޔަކަށް ފަރުވާހޯދުމަށް އެނދުމަތިކުރެވިފައި: ޝިފާޢު

ކޮއްކޮ އޮތީ ނަފުސާނީ ބައްޔަކަށް ފަރުވާހޯދުމަށް އެނދުމަތިކުރެވިފައި: ޝިފާޢު

ހއ. އިހަވަންދޫގައި ކަރަންޓީންގައި ހުއްޓާ މިރޭގެވަގުތެއްގައި ފިލައިގެން ގޮސްފައިވަނީ ނަފުސާނިބައްޔަކަށް ފަރުވާހޯދުމަށް އެނދުމަތިކުރެވިފައިވާ ކޮއްކޮއެއްކަމަށް އިހަވަންދޫ ދާއިރާގެ މެންބަރ މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ. “ފިލައިގެން އުޅެނީ އިހަވަންދޫ ދާއިރާގެ މަޖިލިސް މެންބަރުގެ ކޮއްކޮ” ކަަމަށް ބަޔެއް ނޫސްތަކުން މިރޭ ރިޕޯޓްކޮށްފައިވާތީ އެކަމާއި ހިތްހަމަނުޖެހުން ފާޅުކުރަމުން މިރޭ ޝިފާޢު ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ މިރޭގެ ވަގުތެއްގައި އޭނާގެ ކޮއްކޮ ސިއްހީ މަރުކަޒުން ނިކުތުމުން ނޫސްތަކުން ޚަ...

އަލީ އާދިލް
އިހަވަންދޫގައި ކަރަންޓީނުގައި ހުރިމީހަކު ފިލައިގެން ހޯދަނީ

އިހަވަންދޫގައި ކަރަންޓީނުގައި ހުރިމީހަކު ފިލައިގެން ހޯދަނީ

ހއ. އިހަވަންދޫގައި ކަރަންޓީނުގައި ހުރިމީހަކު ޑޮކްޓަރަށް ދެއްކުމަށް އާމިނާ ދިޔޯ ޞިއްޙީ މަރުކަޒަށް ގެންދިއުމުން ފިލައިފި އެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ވަނީ މިކަން “ތިލަދުން” އަށް ޔަގީންކޮށްދީފައެވެ. ރަޝީދު އިތުރަށް ބުނީ އެމީހާ ހޯދުމުގެ މަސައްކަތް މިހާރު ކުރަންމުން އަންނަކަމަށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާއަކީ ހާލުބެލުމުގެ ޕޮޓަލްދަށުން ރަޖިސްޓްރީވެގެން އެރަށަށް ގޮސްފައިވާ މީހެކެވެ. އެމީހާ އަކީ އުމުރުން 32 އަހަރުގެ މީހެކެވެ. ފުލުހުންނާއި އާންމު ރައްޔިތުން ގުޅިގެނ...

އަލީ އާދިލް
އުތުރުގެ 4 ރަށެއް ކަރަންޓީނު ކޮށްފި 📍 ހއ. އިހަވަންދޫ

އުތުރުގެ 4 ރަށެއް ކަރަންޓީނު ކޮށްފި

ހއ. އިހަވަންދޫ ތަހުތު ބޯޓާއި، 242 ބޯޓުން ދަތުރު ކުރިބަޔަކު ކޯވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެން އެ ބޯޓު ބަނދަރުކުރި އުތުރުގެ ހަތަރު ރަށެއް ކަރަންޓީނު ކޮށްފައި ވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަނާކޮށްފިއެވެ. މިގޮތުން އެޗްޕީއޭއިން އަރައި ފޭބުން މަނާކޮށް، ކަރަންޓީނު ކުރީ އެ ދެ ބޯޓު ނިސްބަތްވާ ހއ. އިހަވަންދޫގެ އިތުރުން ހދ. ގެ 3 ރަށް ކަމަށްވާ ފިނޭ، ނޮޅިވަރަމް އަދި މަކުނުދޫ އަށެވެ. އެޗްޕީއޭއިން އެރަށްތަކަށް އަރާ ފޭބުން […]

ޝިއުނާ އާދަމް
އަޅުގަނޑާއި ސަވާރީ ބޯޓު ކެޕްޓަނާއި ނޯތު ހާބަރުން ބައްދަލުވި: އެމްޕީ ޝަރީފް 📍 ހއ. ކެލާ

އަޅުގަނޑާއި ސަވާރީ ބޯޓު ކެޕްޓަނާއި ނޯތު ހާބަރުން ބައްދަލުވި: އެމްޕީ ޝަރީފް

ކެލާ ދާއިރާގެ މެމްބަރު އިބްރާޙީމް ޝަރީފާއި، ހއ. ކެލާ ސަވާރީ ބޯޓާއި ގުޅުވައިގެން ދައްކަނީ ދޮގުވާހަކައެއް ކަމަށާއި، އޭނާއާއި އެ ބޯޓުގެ ކެޕްޓަނާއި ނޯތު ހާބަރުން ބައްދަލުވި ކަމަށް އޭނާ ވިދާޅުވެއްޖެއެވެ. މެމްބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) މިހެން ވިދާޅުވީ ކުރަށްވާފައިވާ ޓުވީޓެއްގައެވެ. އެ ޓުވީޓްގައި އޭނާއާއި، ކެލާ ސަވާރީ ބޯޓާއި ގުޅުވައިގެން ދައްކާ ވާހަކަ ދޮގު ކުރަށްވާފައި ވާއިރު، އެއީ ކޮން ވާހަކަ އެއްކަން ވިދާޅު ވެފައެއް ނުވެއެވެ. މެމްބަރު އިބްރާޙީމް ޝަރީފް ވިދާޅުވީ، […]

އަލީ އާދިލް
242 ބޯޓުގެ އިތުރު ފަޅުވެރިއަކު ޕޮޒިޓިވްވެ އިހަވަންދޫ ހާސްކަމުގެ ތެރެއަށް! 📍 ހއ. އިހަވަންދޫ

242 ބޯޓުގެ އިތުރު ފަޅުވެރިއަކު ޕޮޒިޓިވްވެ އިހަވަންދޫ ހާސްކަމުގެ ތެރެއަށް!

242 ބޯޓުގެ އިތުރު ފަޅުވެރިއަކު މިރޭ ކޯވިޑް19 އަށް ޕޮޒިޓިވްވެ ހއ. އިހަވަންދޫއިން މިބަލި ޖެހުނު މީހުންގެ އަދަދު ތިނަކަށް އަރައިފިއެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ބުނެފައިވަނީ މިރޭ ދަންވަރު ޕޮޒިޓިވްވެފައިވަނީ 242 ބޮޓުގެ ފަޅުވެރިއެއް ކަމަށާއި އެއީ ދިވެއްސެއްކަމަށެވެ. ކޮމިއުނިޓީ ސްޕްރެޑްއަކަށް ދިއުމުގެ ކުރިން ރަށް ފުރަބަންދަކަށް ދާންޖެހިދާނެ، ގޭގައި ތިއްބަވާ، ބައްދަލުވާ އަދަދު މަދުކުރޭ، އަޅަމެން އެންމެންނަށް ހެޔޮ ރަޙްމަތް ލައްވާށި، ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ފޭސްބުކްގ...

އިބްރާހިމް އަސްވާޤް