މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:30 އިން 23:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (19:00 އިން 01:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,624 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9624 ޚަބަރުގެ ތެރެއިން
ށ. އަތޮޅު ކޯވިޑް ފެސިލިޓީގައި އެޑްމިޓްކުރި ފުރަތަމަ ބަލި މީހާ ރަނގަޅުވެގެން ދޫކޮށްލައިފި 📍 ހއ. ކެލާ

ށ. އަތޮޅު ކޯވިޑް ފެސިލިޓީގައި އެޑްމިޓްކުރި ފުރަތަމަ ބަލި މީހާ ރަނގަޅުވެގެން ދޫކޮށްލައިފި

ށ. އަތޮޅު ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރުގައި ފުރަތަމަ އެޑްމިޓް ކުރި ކޯވިޑް ބަލިމީހާ ރަނގަޅު ވެގެން ދޫކޮށްލައިފިއެވެ. ށ. އަތޮޅު ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރުގައި އެޑްމިޓްކުރި ފުރަތަމަ ކޯވިޑް ބަލި މީހާ މިއަދު ދޫކޮށްލާފައި ވާކަމަށެވެ. ކޯވިޑް-19ގެ ބަލިމީހެއްގެ ގޮތުގައި އެ ސެންޓަރުގައި ފުރަތަމަ އެޑްމިޓްކުރީ ހއ. ކެލާ ސަވާރީ ބޯޓުގެ ކެޕްޓަނެވެ. އޭނާ އެޑްމިޓް ކުރީ ހުސްވި ޖުލައި މަހުގެ […]

ޝިއުނާ އާދަމް
ކޮމަންޑޫ ބަނދަރު ހެދުމުގެ 73 އިންސައްތަ މަސައްކަތް ވަނީ ނިންމާލެވިފައި- އެމްޓީސީސީ 📍 ށ. ކޮމަންޑޫ

ކޮމަންޑޫ ބަނދަރު ހެދުމުގެ 73 އިންސައްތަ މަސައްކަތް ވަނީ ނިންމާލެވިފައި- އެމްޓީސީސީ

ށ. ކޮމަންޑޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތުގެ 73 އިންސައްތަ މަސައްކަތް މިހާރު ނިންމާލެވުފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ. ކޮމަންޑޫ ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށް ދާގޮތާއި ގުޅޭ އެންމެފަހުގެ މަޢުލޫމާތު ހިއްސާކޮށް، އެމްޓީސީސީއިން ކޮށްފައިވާ ޓުވީޓްގައި ބުނެފައި ވަނީ މި މަޝްރޫޢުގެ ތެރެއިން ކޮމަންޑޫ ބަނދަރުގެ އެއްގަމުތޮށީގެ ގައު އެތުރުމުގެ މަސައްކަތް މުޅިން ނިމިފައި ވާކަމަށާއި އަދި މިހާރު ކުރިއަށް ދަނީ އެއްގަމު ތޮށީގެ ކެޕިންގ ބ...

އިބްރާހިމް ޚަލީލް
މިނިސްޓަރު އަމީން އުޅުއްވިނަމަ ކޯވިޑްގެ ކުރިން ދާއިރާގެ ސިއްޙީ ކަންކަން ހައްލުވީސް: ރާޢީ 📍 ހދ. މަކުނުދޫ

މިނިސްޓަރު އަމީން އުޅުއްވިނަމަ ކޯވިޑްގެ ކުރިން ދާއިރާގެ ސިއްޙީ ކަންކަން ހައްލުވީސް: ރާޢީ

ދާއިރާގެ ސިއްޙީ ކަންކަން ރަނގަޅު ކުރެއްވުމަކީ މެމްބަރު ރާޢީ ވަރަށް އިސްކަމެއްދެއްވާ، ވަރަށް ބޮޑު އަމާޒެއް ކަމަށާއި، ހެލްތު މިނިސްޓަރު އަމީން އުޅުއްވިނަމަ ކޯވިޑްގެ ކުރިން ދާއިރާގައި ހުރި ސިއްޙީ ކަންކަން ހައްލުވީސް ކަމަށް މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެ އެވެ. ދިވެހި ޗެނަލުން ގެނެސްދިން “ހަވާސާ” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރާޢީ ވިދާޅުވީ ދާއިރާގެ ސިއްޙީ ކަންކަން ހައްލުކޮށް، އެ ދާއިރާއަށް ބޭނުންވާ ތަރައްޤީ ގެނައުމަށް އޭނާއަށް ގިނަ މަސައްކަތްތަކެއް މަޖިލިސް ތެރެއިން […]

ޝިއުނާ އާދަމް
އެސްޓީއޯއިން ކޯވިޑް ފެސިލިޓީތަކުގައި މެޑިކަލް އިކުއިޕްމަންޓްތައް އިންސްޓޯލްކޮށް ނިންމާލައިފި

އެސްޓީއޯއިން ކޯވިޑް ފެސިލިޓީތަކުގައި މެޑިކަލް އިކުއިޕްމަންޓްތައް އިންސްޓޯލްކޮށް ނިންމާލައިފި

ރާއްޖޭގެ ހަތް ސަރަޙައްދެއްގައި ޤާއިމުކޮށްފައިވާ ކޯވިޑް ފެސިލިޓީތަކަށް ފޮނުވާފައިވާ މެޑިކަލް އިކުއިޕްމަންޓްތައް އިންސްޓޯލްކޮށް ނިމިފައިވާ ކަމަށް އެސްޓީއޯއިން ހާމަކޮށްފިއެވެ. އެސްޓީއޯއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މިމަޝްރޫޢުގެ ދަށުން ހއ.އިހަވަންދޫއާއި، ށ.ފުނަދޫއާއި، ބ،އޭދަފުއްޓާއި، ލ.ގަމާއި، ގއ.އަތޮޅާއި، ފުވައްމުލަކާއި، އައްޑޫސިޓީގައި އިކުއިޕްމަންޓް އިންސްޓޯލްކޮށް ނިމިފައިވާ ކަމަށެވެ. މާލޭގެ އިތުރުން ރާއްޖޭގެ ހަތް ސަރަޙައްދެއްގައި މިހާރު ކޯވިޑަށް ފަރުވާދެވޭނެ އިންތިޒާމުވަނީ ހަމަޖައްސާފައެވެ....

ޝިއުނާ އާދަމް
ރިޓޯ ސޮލިއުޝަންސް އިން ހަނިމާދޫ މިސްކިތްތަކަށް ވޯޓަރ ޕިއުރިފައި މެޝިން ހަދިޔާ ކޮށްފި 📍 ހދ. ހަނިމާދޫ

ރިޓޯ ސޮލިއުޝަންސް އިން ހަނިމާދޫ މިސްކިތްތަކަށް ވޯޓަރ ޕިއުރިފައި މެޝިން ހަދިޔާ ކޮށްފި

ބޯން ބޭނުން ކުރާ ފެން ސާފު ކޮށްދޭ ވޯޓަރ ޕިއުރިފައި މެޝިންތަކެއް ރިޓޯ ސޮލިއުޝަން ގެ ފަރާތުން ހދ. ހަނިމާދޫ މިސްކިތްތަކަށް ހަދިޔާ ކޮށްފިއެވެ. މިގޮތުން ރިޓޯ ސޮލިއުޝަންސް ގެ ފަރާތުން ވަނީ 4 ވޯޓަރ ޕިއުރިފައި މެޝިން ހަނިމާދޫ ކައުންސިލަށް ހަވާލު ކޮށްފައިއެވެ. ހަނިމާދޫ ކައުންސިލްގެ ރައީސް ޢަބުދުއް ސަލާމް ޢަލީ “ތިލަދުން”އަށް ވިދާޅުވީ، ރިޓޯ ސޮލިއުޝަންސް ގެ ފަރާތުން ހަނިމާދޫ މިސްކިތްތަކަށް ހަދިޔާ ކުރި 4 ވޯޓަރ ޕިއުރިފައި މެޝިންގެ ތެރެއިން 3 މެޝިން […]

އަޙްމަދު ވަހީދު
އަފީފުއްދީން ސްކޫލުން ފުރަތަމަ އޯލެވެލް ނިންމި ދަރިވަރުންގެ އެހީތެރިކަން އެ ސްކޫލަށް 📍 ހދ. ކުޅުދުއްފުށި

އަފީފުއްދީން ސްކޫލުން ފުރަތަމަ އޯލެވެލް ނިންމި ދަރިވަރުންގެ އެހީތެރިކަން އެ ސްކޫލަށް

ކުޅުދުއްފުށީ ސިޓީގެ އަފީފުއްދީން ސްކޫލުން ފުރަތަމަ އޯލެވެލް ނިންމި ދަރިވަރުންގެ އެހީތެރިކަން އެ ސްކޫލަށް ފޯރުކޮށް ދީފިއެވެ. މިގޮތުން އެ ސްކޫލުން ފުރަތަމަ އޯލެވެލް ނިންމި ދަރިވަރުންގެ ފަރާތުން އެ ސްކޫލަށް ވަނީ 7 ހާސް ރުފިޔާގެ، ފައިސާގެ އެހީތެރިކަން ފޯރު ކޮށްދީފައި އެވެ. އެ އެހީތެރިކަމާއި ގުޅިގެން އަފީފުއްދީން ސްކޫލުން ބުނެފައި ވަނީ އެ ސްކޫލުން އެންމެ ފުރަތަމަ އޯލެވެލް ނިންމި ބެޗްގެ ދަރިވަރުންގެ ފަރާތުން ސްކޫލަށް ދިން ހަދިޔާއާއިއެކު އެކުދިންގެ ހިތުގައި ސްކޫލަށް އޮތް […]

ޝިއުނާ އާދަމް
ޗައިނާ އެއިޑްގެ ދަށުން ކެލާ އާއިއެކު އިތުރު 4 ރަށެއްގައި ސާފު ބޯފެން ފޯރުކޮށްދޭ ނިޒާމު ޤާއިމު ކޮށްދެނީ 📍 ހއ. ކެލާ

ޗައިނާ އެއިޑްގެ ދަށުން ކެލާ އާއިއެކު އިތުރު 4 ރަށެއްގައި ސާފު ބޯފެން ފޯރުކޮށްދޭ ނިޒާމު ޤާއިމު ކޮށްދެނީ

ޗައިނާ-އެއިޑް މަޝްރޫޢޫގެ ދަށުން ހއ. ކެލާ ހިމެނޭހެން އިތުރު 4 ރަށެއްގައި ސާފު ބޯފެން ފޯރުކޮށްދޭ ނިޒާމު ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ރާއްޖޭގެ 5 ރަށެއްގައި މައިކްރޯ-ގްރިޑް ސީވޯޓަރ ޑީސެލިނޭޝަން މަޝްރޫޢުތަކުގައި ސޮއިކުރެއްވިކަން ހާމަ ކުރަށްވާފައި އެވެ. މި އެއްބަސްވުމުގެ ދަށުން ސާފު ބޯފެން ފޯރުކޮށްދޭ ނިޒާމު ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ، ހއ. ކެލާގެ އިތުރުން ކ. ކާށިދޫ، ޅ. އޮޅުވ...

ޝިއުނާ އާދަމް
ނޮޅިވަރަންފަރު ޚަދީޖާ އެދެނީ އެހީތެރިކަމުގެ އަތަކަށް! 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު ޚަދީޖާ އެދެނީ އެހީތެރިކަމުގެ އަތަކަށް!

ހދ.ނޮޅިވަރަންފަރު، ބަޝީރީމަންޒިލް، ޚަދީޖާ ހަސަން އައިޑީކާޑް ނަމްބަރ A226477 ގެ ބޮލުގައި ބްރެއިން ޓިއުމަރއެއް އުފެދި ކުއްލި ގޮތަކަށް ދެވަނަ އޮޕަރޭޝަނެއް ކުރަން ޖެހުމާއި ގުޅިގެން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ. 59 އަހަރުގެ ޚަދީޖާގެ ބޮލުގައި ޓިއުމަރއެއް އުފެދުމާއި ގުޅިގެން ފުރަތަމަ އޮޕަރޭޝަންކޮށް އެ ޓިއުމަރ ނަގާފައިވަނީ 2018 ވަނަ އަހަރު ގެ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު ކުރެވުނު އޮޕަރޭޝަނެއްގައެވެ. އެ އޮޕަރޭޝަނަށްފަހު ޚަދީޖާގެ ހާލު ކޮންމެވެސް ވަރަކަށް ރަނގަޅުވެފައި ވީނަމަވެސް، އަނެއްކާވެސ...

އިބްރާހިމް ޚަލީލް

މަޢުސޫމް އިސްތިއުފާ ދެއްވައިފި

ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްގެ ގޮތުގައި ހުންނެވި މުހައްމަދު މައުސޫމް ފަނޑިޔާރުކަމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ. މަޢުސޫމް އިސްތިޢުފާ ދެއްވާފައިމިވަނީ ފަނޑިޔާރުކަމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ދިރާސާ ކުރުމަށްފަހު އޭނާ ވަކިކުރަން އެ ކޮމިޓީން ވެސް ނިންމައިފައިވަނިކޮންނެވެ. މައުސޫމް މިއަދު އާންމުކުރެއްވި ލިޔުމެއްގައި ބުނެފައިވަނީ، އެ މައްސަލާގައި ދިފާއީގޮތުން ހުށަހެޅި އެއްވެސް ހެއްކަކަށް ބެލުމެއް ނެތ...

އަލީ އާދިލް
📍 ށ. ފުނަދޫ

"ށ. ފުނަދޫ" ގެ ތާރީޚުން ތަންކޮޅެއް!

ފުނަދޫއަކީ މީގެ އެތައް ސަތޭކަ އަހަރެއްކުރިންވެސް މީހުން އުޅެފައިވާ ރަށެއްކަން އެނގޭ ތާރީޚީ ހެކިތައްފުނަދޫގެ އެކި ސަރަހައްދުތަކުން ފެނިފައި ވެއެވެ. ފުނަދޫގެ އެކި ސަރަހައްދުތައް ކޮންނައިރު ފެންނަމުންދާ މިނިކަށިތައް މިއީ މިކަމަށް ބާރުލިބޭ ހެތްކެކެވެ. އަދި ފެންނަ ބައެއް އާސާރީ ތަކެތި މިކަމަށް ހެކިވެއެވެ. ތާރީޚީ ކަންކަމަށް ލޯބިކުރައްވާ އެކަންކަން ބަލާހޯއްދަވާ ފަރާތެއް ކަމުގައިވާ ފުނަދޫގެ ކުރީގެ ބޮޑުކަތީބު އަލްފާޟިލް އަހުމަދު ނަސީމް ވިދާޅުވާގޮތުގައި ފުނަދޫއަކީ ކުރިން މީހުން އުޅެފައިވާ ރަށެއްކަން އެނގޭ...

އާދަމް ޝަރީފް
ނެއްލައިދޫ ބަނދަރުގެ 30 އިންސައްތަ މަސައްކަތް ނިންމާލައިފި 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ބަނދަރުގެ 30 އިންސައްތަ މަސައްކަތް ނިންމާލައިފި

ހދ. ނެއްލައިދޫ ބަނދަރު މަރާމާތުކުރުމުގެ މަސައްކަތުގެ %30 ނިމިފައި ވާކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ. އެމްޓީސީސީއިން ކުރި ޓުވިޓެއްގައި އިތުރަށް ބުނެފައިވަނީ މި މަޝްރޫޢުގެ ތެރެއިން ބަނދަރު ފުން ކުރުމުގެ %45 މަސައްކަތްވެސް ވަނީ ނިމިފައިވާކަމަށެވެ. މި މަޝްރޫޢުގެ ދަށުން 22،860 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ބޭސިން ފުންކުރުމާއި، 10،294 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކޮށް މަރާމާތު ކުރުމާއި، 164 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ. މީގެއިތުރުން 224...

ޖަލްވާން ޖާދުﷲ
ބޯކޮށް ވާރޭވެހި ކުޅުދުއްފުށީ ސިޓީގެ ބައެއް ގެތަކަށް ފެން ވަދެއްޖެ 📍 ހދ. ކުޅުދުއްފުށި

ބޯކޮށް ވާރޭވެހި ކުޅުދުއްފުށީ ސިޓީގެ ބައެއް ގެތަކަށް ފެން ވަދެއްޖެ

މިހާރު ރާއްޖޭގެ އުތުރަށް ކުރަމުންދާ ވިއްސާރާގައި ކުޅުދުއްފުށީ ސިޓީއަށް ބޯކޮށް ވާރޭ ވެހި، އެ ސިޓީގެ ބައެއް ގޭ ތަކަށް ފެން ވަދެއްޖެ އެވެ. އެމްއެންޑީއެފްއިން ބުނީ މި ވިއްސާރާގައި ކުޅުދުއްފުށީ ސިޓީގެ 5 ގެއަކަށް ފެން ވަދެފައިވާ ކަމަށް މަޢުލޫމާތު ލިބިފައި ވާ ކަމަށެވެ. އެ ސިޓީއަށް ބޯކޮށް ވާރޭ ވެހި ބައެއް ސަރަޙައްދު ތަކުގައި ފެން ބޮޑުވެފައިވާ ކަމުގެ ރިޕޯޓު ލިބުމާއި ގުޅިގެން އެމްއެންޑީއެފް ނޯތު އޭރިއާގެ ސިފައިން ފެން ހިއްކުމުގެ މަސައްކަތުގައި ހަރަކާތްތެރި […]

ޝިއުނާ އާދަމް

މައުސޫމް ވަކިކުރަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައިފި

ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމް ފަނޑިޔާރުކަމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ދިރާސާ ކުރުމަށްފަހު އޭނާ ވަކިކުރަން އެ ކޮމިޓީން ވެސް ނިންމައިފިއެވެ. ޖިންސީ ފުރައްސާރަ އާއި ރިޝްވަތުގެ ތުޙުމަތުގައި ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މަގާމުން ވަކިކުރަން ޖޭއެސްސީން މަޖިލީހަށް ހުށައަޅާފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުގައެވެ. މެޖިސްޓްރޭޓް މައުސޫމް ވަކިކުރަން ނިންމައި ޖުޑިޝަރީ ކޮމިޓީގެ ރިޕ...

އަލީ އާދިލް
ސަމާލުވޭ! އުތުރަށް ޔެލޯ އެލާޓް، 50 މޭލަށް ވައިގަދަވާނެ

ސަމާލުވޭ! އުތުރަށް ޔެލޯ އެލާޓް، 50 މޭލަށް ވައިގަދަވާނެ

ގުގުރުމާއެކު ބޯކޮށް ވާރޭވެހުން، އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް ލަފާކޮށް އުތުރަށަ ޔެލޯ އެލާޓް ނެރެފިއެވެ. މޫސުމާއިބެހޭ ގައުމީ އިދާރާއިން މި އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާއި ހަމައަށެވެ. މި އެލާޓްގެ ވަގުތު ހެނދުނު 07:45 އިން ހެނދުނު 11:45 އަށް ދެމިގެންދާނެ ކަމަށް ބުނެފައިވެއެވެ. އުތުރަށް ޔެލޯ އެލާޓް ނެރެފައިވާއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓވެސް ވަނީ ނެރެފައެވެ. އަދި މިއަދު މޫސުމަށް ސަމާލުވުމަށްވެސް މެޓް އޮފީހުން […]

ޖަލްވާން ޖާދުﷲ
ބޮޑުތަކުރުފާނުގެ ލީޑަރޝިޕުގެ އަސާސްތައް (ޕްރިންސިޕަލްސް)

ބޮޑުތަކުރުފާނުގެ ލީޑަރޝިޕުގެ އަސާސްތައް (ޕްރިންސިޕަލްސް)

ބޮޑުތަކުރުފާނަކީ ހަރުދަނާ ލީޑަރޝިޕް އަސާސް (ޕްރިންސިޕަލް) ތަކެއްގެ މަތީގައި ސާބިތުވެ ހުންނެވި ބޭފުޅެކެވެ. އެ އަސާސްތަކާއި މިއަދު ލީޑަރެއްގެ ކިބައިގައި ހުންނަން ބާރުއަޅައި ދަސްކޮށްދެވޭ ލީޑަރޝިޕް ޕްރިންސިޕަލްތަކާ މާބޮޑު ތަފާތެއް ނެތެވެ. މިކަމުން ދައްކައިދެނީ ބޮޑު ތަކުރުފާނުގެ ލީޑަރޝިޕުގެ ހަރުދަނާ ކަމެވެ. ތިރީގައި މި ލިޔަނީ ބޮޑުތަކުރުފާނުގެ ހަޔާތުން އަޅުގަނޑަށް ފާހަގަ ކުރެވުނު ލީޑަރޝިޕް ޕްރިންސިޕަލްތަކެވެ. އެ ތަކުރުފާނުގެ ޤައުމީ ޖިހާދުގައި އަދި ރާއްޖޭގެ ރަސްކަމުގައި ރެދަލި ކުރެއްވި ދުވަސްވަރު ކުރައ...

ޢަބްދުﷲ ސަޢީދު