މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:30 އިން 23:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (19:00 އިން 01:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,624 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9624 ޚަބަރުގެ ތެރެއިން
އިހަވަންދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު 22 އިންސައްތަ މަސައްކަތް ނިމިއްޖެ: އެމްޓީސީސީ 📍 ހއ. އިހަވަންދޫ

އިހަވަންދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު 22 އިންސައްތަ މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

ހއ. އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ %22 މަސައްކަތް ނިމިފައިވާ ކަމަށް، އެ މަޝްރޫޢޫގެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ބުނެފިއެވެ. އެގޮތުން މި މަޝްރޫޢުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ބަނދަރު ފުން ކުރުމުގެ މަސައްކަތް ކަމަށާއި، މި މަސައްކަތުގެ %46 ވަނީ މިހާރު ނިމިފައިވާ ކަމަށް އެކުންފުނިން ވަނީ ބުނެފައި ވެއެވެ. މި މަޝްރޫޢުގެ ދަށުން 21،295 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް ބިން […]

ޖަލްވާން ޖާދުﷲ
📍 ހއ. އިހަވަންދޫ

އިހަވަންދޫން އިތުރު ދެ މީހުން ކޯވިޑް-19 ބަލިން ރަނގަޅުވެއްޖެ

ހއ. އިހަވަންދޫން ކޯވިޑް-19 އަށް ޕޮޒިޓިވްވި އިތުރު ދެ މީހުން ބަލިން ރަނގަޅު ވުމުން ދޫކޮށް ލައިފިއެވެ. އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަޒުކަޒުން ބުނީ އެރަށުން ދެވަނަ އަދި ތިން ވަނައަށް ކޯވިޑަށް ޕޮޒިޓިވްވި މީހުން ބަލިން ރަނގަޅުވުމާއި އެކު މިހާރު ދޫކޮށްލާފައި ވާކަމަށެވެ. އެރަށުން އެންމެ ފުރަތަމަ ޕޮޒިޓިވްވި މީހާ ވެސް ބަލިން ރަނގަޅުވުމާއި އެކު އިއްޔެވަނީ ދޫކޮށްލާފައި އެވެ. އިއްޔެ ބަލިން ރަނގަޅުވެފައި ވަނީ އިހަވަންދޫ 242 ބޯޓުގެ ކޭޝިއަރެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި […]

ޙުސައިން ޝަހުދީ
ށ. ފުނަދޫ ފަޅުވީ ކީއްވެ؟ 📍 ށ. ފުނަދޫ

ށ. ފުނަދޫ ފަޅުވީ ކީއްވެ؟

ށ. ފުނަދޫ އާބާދުވާން ފެށި ތާރީޚެއް ކަމަށް އެނގެން އޮންނަ ތާރީޚަކީ 1 ޖަނަވަރީ 1968 އެވެ. އެއީ މިއަތޮޅު ޅައިމަގުގައި ހުރި ށ. އަތޮޅު އޮފީސް ފުނަދޫއަށް ބަދަލު ކުރި ދުވަހެވެ. ދަނޑިފަނުންނާއި ތޮށަލިން އަތޮޅު އޮފީހުގެ އިމާރާތް ފުނަދޫގައި އަޅައި އެތަނުގައި ޤައުމީ ދިދަ ނެގުނު ދުވަހެވެ. އެ އިމާރާތް ހުރީ މިހާރުގެ އަތޮޅު އޮފީހުގެ ހުޅަނގުން އޮތް ބިމުގައެވެ. އެހެނަސް ފުނަދޫއަކީ އޭގެ މާކުރިންވެސް މީހުން އުޅެފައިވާ ރަށެކެވެ. ބޮޑު އާބާދީއެއް އޮތް […]

އާދަމް ޝަރީފް
އިހަވަންދޫ: ކޯވިޑް-19 އަށް ޕޮޒިޓިވްވި ފުރަތަމަ މީހާ ފަސޭހަވެއްޖެ 📍 ހއ. އިހަވަންދޫ

އިހަވަންދޫ: ކޯވިޑް-19 އަށް ޕޮޒިޓިވްވި ފުރަތަމަ މީހާ ފަސޭހަވެއްޖެ

ހއ. އިހަވަންދޫން ކޯވިޑް-19 އަށް ޕޮޒިޓިވްވި ފުރަތަމަ މީހާ ބަލިން ފަސޭހަވުމުން ދޫކޮށްލައިފިއެވެ. އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަޒުކަޒުން ބުނީ ކޯވިޑް-19 އަށް އެރަށުން އެންމެ ފުރަތަމަ ޕޮޒިޓިވްވި މީހާ ބަލިން ރަނގަޅުވުމާއި އެކު މިހާރު ދޫކޮށްލާފައި ވާކަމަށެވެ. އެމީހާ ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ކަރަންޓީނުގެ މުއްދަތުގައި ދެއްވި އެއްބާރުލެއްވުމަށާއި ކެތްތެރިކަމަށްޓަކައި ޝުކުރުދަންނަވާ ކަމަށް ވެސް އެ ޞިއްޙީ މަރުކަޒުން ވަނީ ބުނެފައެވެ. “ކޯވިޑް-19 އަށް ހއ. އިހަވަންދޫން އެންމެ ފުރަތަމަ ފައްސިވި މީހާ ބަ...

ޝިއުނާ އާދަމް
އުތުރުގެ ތިން ރަށަކުން މަސްތުވާތަކެތި ހޯދައި މީހަކު ހައްޔަރުކޮށްފި 📍 ށ. ފޯކައިދޫ

އުތުރުގެ ތިން ރަށަކުން މަސްތުވާތަކެތި ހޯދައި މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން  ށ. ކޮމަންޑޫ އާއި ށ. ފޯކައިދޫ އަދި ނ. މަނަދޫގައި ހިންގި އޮޕަރޭޝަންތަކެއް މަސްތުވާތަކެތި ހޯދައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މި އޮޕަރޭޝަންތައް ހިންގާފައި ވަނީ ފުލުހުންގެ އިންޓެލިޖެންސާއި ށ. ކޮމަންޑޫ ޕޮލިސް ސްޓޭޝަން، ށ. ފޯކައިދޫ ޕޮލިސް ސްޓޭޝަން އަދި ނ. މަނަދޫގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން އޮގަސްޓް މަހުގެ 13 ވަނަ ދުވަހު ކަމަށެވެ. މި އޮޕަރޭޝަންތަކުގައި ށ. ކޮމަންޑޫން ވަނީ 22 އަހަރުގެ […]

ޔުމްނާ ޢަލީ
މަކުނުދޫގައި މަޝްރޫޢުތައް ކުރިއަށް 📍 ހދ. މަކުނުދޫ

މަކުނުދޫގައި މަޝްރޫޢުތައް ކުރިއަށް

ހދ. މަކުނުދޫގައި މިވަގުތު ކުރިއަށްދާ ޕްރޮޖެކްޓްތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް މަކުނުދޫ ދާއިރާގެ މެންބަރ މުޙައްމަދު ރާޢީ ހިއްސާ ކުރައްވައިފިއެވެ. މިވަގުތު ކުރިއަށްދާކަންކަމާއި ކުރިއަށް ރޭވިފައިހުރިކަންކަމަށް އަލިއަޅުވާލައްވާ މީސްމީޑިޔާގައި ރާޢީ ކުރެއްވި ޕޯސްޓެއްގައި ވަނީ 7 ޕްރޮޖެކްޓްއެއް ފާހަގަ ކުރައްވާފައެވެ. އެގޮތުން އޯޕިޑް ފަންޑުގެ ދަށުން ފެނާއި ނަރުދަމާގެ މަސައްކަތް މި އަހަރު ފެށިގެން ދާނެކަމަށް ވަނީ ވިދާޅުވެފައެވެ. ދެވަނަ ކަމަކަށް ފެނަކަ އައުއިމާރާތް އަޅަން އިއުލާން ކޮށްފައިވާކަމަށާއި އ...

އަލީ އާދިލް
ހަނިމާދޫ ސްކޫލް ގޯތިތެރޭގައި ފެންބޮޑުވުން ހައްލުކުރުމަށް ވެލިއަޅަންް ފަށައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ސްކޫލް ގޯތިތެރޭގައި ފެންބޮޑުވުން ހައްލުކުރުމަށް ވެލިއަޅަންް ފަށައިފި

ހަނިމާދޫ ސްކޫލް ގޯތިތެރޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ގޯތި ތެރެއަށް ވެލިއެޅުމުގެ މަސައްކަތް ފަށައިފިއެވެ. މީގެ ދެދުވަސް ކުރިން ފަށާފައިވާ މި މަސައްކަތް ކުރަމުން ދަނީ އެމްޓީޓީސީގެ އެހީތެރިކަމާއިއެކު، ހަނިމާދޫ ކައުންސިލުންނެވެ. ހަނިމާދޫ ކައުންސިލްގެ ރައީސް ޢަބުދުއްސަލާމް ޢަލީ “ތިލަދުން” އަށް ވިދާޅުވީ ހަނިމާދޫ ސްކޫލްގެ ގޯތި ތެރޭގައި ފެން ބޮޑުވުމުގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް، އެ މަސައްކަތަށް ބޭނުންވާނެ ވެލި ރަށުގެ ބަނދަރު އިތުރަށް ތަރައްޤީ ކުރުމަށް ކޮންނަ ސަރަޙައްދުން ހަމަޖައްސަވ...

ޔުމްނާ ޢަލީ
ހޯރަފުށީ އެއަރޕޯރޓް ފެހިކުރުމުގެ ޕްރޮގްރާމްގައި އެމްއެންޑީއެފުން ބައިވެރިވެއްޖެ 📍 ހއ. ހޯރަފުށި

ހޯރަފުށީ އެއަރޕޯރޓް ފެހިކުރުމުގެ ޕްރޮގްރާމްގައި އެމްއެންޑީއެފުން ބައިވެރިވެއްޖެ

ހއ. ހޯރަފުށީގައި ތަރައްގީ ކުރަމުންދާ އެއަރޕޯރޓް ފެހިކުރުމުގެ ޕްރޮގްރާމްގައި އެމްއެންޑީއެފުން ބައިވެރި ވެއްޖެއެވެ. އެމްއެންޑީއެފުން ބުނީ ހޯރަފުށީގައި ތަރައްގީ ކުރަމުންދާ އެއަރޕޯރޓް ފެހިކުރުމަށް ހޯރަފުށީ ކައުންސިލުން ކުރިއަށް ގެންދާ ޕްރޮގްރާމްގައި އެމްއެންޑީއެފްގެ ނޯދަން އޭރިއާގެ ސިފައިން މިއަދު ބައިވެރިވެފައި ވާ ކަމަށެވެ. މިއަދު ކުރިއަށް ދިޔަ ހަރަކާތުގައި އެމްއެންޑީއެފްގެ ނޯދަން އޭރިއާގެ ކޮމާންޑަރ ކާނަލް އިސްމާއިލް ޝަރީފް ވެސް ބައިވެރިވެ ވަޑައިގެންފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. މިއަދު ހ...

ޝިއުނާ އާދަމް
ކުރިނބީއިން މީހަކު ކޯވިޑް19 އަށް ޕޮޒިޓިވްވެއްޖެ 📍 ހދ. ކުރިނބީ

ކުރިނބީއިން މީހަކު ކޯވިޑް19 އަށް ޕޮޒިޓިވްވެއްޖެ

ހދ. ކުރިނބީއިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. ޕޮޒިޓިވްވެފައިވަނީ 42 އަހަރުގެ ފިރިހެނެއްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ކުރިނބީ ކައުންސިލްގެ ރައީސް މުޙައްމަދު އަފްރާހް ވިދާޅުވީ އެމީހާ އަކީ އެ ރަށުގައި ހޯމް ކަރަންޓީނުގައި ހުރި މީހެއްކަމަށެވެ. އެމީހާގެ ޕޮޒިޓިވް ނަތީޖާ ލިބުނީ ކަރަންޓީނުން ދޫކޮށްލުމަށް ޓެސްޓް ހެދުމުންކަމަށް އަފްރާހް ވިދާޅުވިއެވެ. އަފްރާހް އިތުރަށް ވިދާޅުވީ އެމީހާ އަކީ ކުރިނބީ މީހަކާއި ކައިވެނިކޮށްގެން އުޅޭ މީހެއް ކަމަށެވެ. މިއީ ކުރިނބީއިން ކޯވިޑަށް މީހަކު ޕޮޒިޓިވްވި ފުރ...

އިބްރާހިމް އަސްވާޤް
އެއާޕޯޓު ތާރު އަޅާ ސާމާނު އެމްޓީސީސީން ހޯރަފުށްޓަށް ގެންގޮސްފި

އެއާޕޯޓު ތާރު އަޅާ ސާމާނު އެމްޓީސީސީން ހޯރަފުށްޓަށް ގެންގޮސްފި

ހއ. ހޯރަފުށީގައި ތަރައްޤީކުރުމުންދާ އެއާޕޯޓުގައި ތާރު އެޅުއްމަށް ބޭނުންވާ ހުރިހާ ސާމާނެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން އެރަށަށް ގެންގޮސްފިއެވެ. އެމްޓީސީސީން ބުނީ ހއ. ހޯރަފުށީ އެއާޕޯޓު ތަރައްޤީކުރުމަށް ތާރު އެޅުއްމަށް ބޭނުންވާ ހުރިހާ ސާމާނެއް މިހާރު ވަނީ އެރަށަށް ގެންގޮސްފައި ވާކަމަށާއި، މީގެ ތެރެއިން ކޮމްޕެކްޓަރ، ޑަބަލް ޑްރަމް އަދި ބައެއް އެހެން ސާމާނު ވަނީ އިއްޔެ އެރަށަށް ގެންގޮސްފައި ވާކަމަށެވެ. މި މަޝްރޫޢުގެ މަސައްކަތް އޮކްޓޫބަރު މަހުގެ ނިޔަލަށް ނި...

ޔުމްނާ ޢަލީ
ނަރުދޫއަށް ދުވާލުގެ ވަގުތުގައި ކަރަންޓުދެނީ އިރުގެ ހަކަތައިން 📍 ށ. ނަރުދޫ

ނަރުދޫއަށް ދުވާލުގެ ވަގުތުގައި ކަރަންޓުދެނީ އިރުގެ ހަކަތައިން

ށ. ނަރުދޫއަށް ދުވާލުގެ ވަގުތުގައި ކަރަންޓުދިނުމަށް އިރުގެ ހަކަތައިން އުފައްދާ ކަރަންޓުން ބޭނުންކުރަން ފަށައިފިއެވެ. މިކަމާއި ގުޅިގެން ތިލަދުންއަށް މަޢުލޫމާތު ހިއްސާކުރަމުން ނަރުދޫ އިންޖީނުގެ ހިންގުމާއި ހަވާލުވެ ހުރި ޑެޕިއުޓީ މެނޭޖަރ އަލީ ރަމްޒީ ވިދާޅުވީ މިވަގުތު ސޯލާއިން ކަރަންޓު ދެމުންދަނީ ހެނދުނު 7:30 އިން ހަވީރު 5:30 އަށް ކަމަށެވެ. ސޯލާ ސިސްޓަމް ބޭނުން ކުރަން ފެށުމާއެކު ދުވާލަކަށް 200 ލީޓަރ ސޭވް ކުރެވޭނެކަމަށާއި އެއީ 130 ކިލޯ ވޯޓްކަމަށް ރަމްޒީ ވިދާޅުވިއެވެ. އަދި މިބަދަލުގެ ސަބަބުން އެރަށުގައި...

އިބްރާހިމް އަސްވާޤް
📍 ހދ. ވައިކަރަދޫ

"އެގްރޯ ނެޓް" އާ ގުޅިގެން ދަނޑުވެރިކަން ކުރުމުގެ ފުރުޞަތު، ވައިކަރަދޫ ކައުންސިލުން ހުޅުވާލައިފި

“އެގްރޯ ނެޓް” އާ ގުޅިގެން ދަނޑުވެރިކަން ކުރުމުގެ ފުރުޞަތު، ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާއިން ހުޅުވާލައިފި އެވެ. ވައިކަރަދޫ ކައުންސިލްގެ އިދާރާއިން ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ އެގްރޯ ނޭޝަނަލް ކޯޕޮރޭޝަންއަކީ، މައިގަނޑު މަސައްކަތެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާޢަތް ކުރިއަރުވާ އާލާކޮށް، ދަނޑުވެރިން އުފައްދާ އުފެންދުންތައް ހަމައަގުގައި ގަނެ އެތަކެތި މާކެޓަށް ވިއްކުމާއި، އަދި ދިވެހިރާއްޖޭގެ ފުޑް ސަޕްލައި ޗެއިން ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށ...

އަލީ އާދިލް
ކެލާއިން ކޯވިޑަށް ޕޮޒިޓިވްވި މީހުން ބަލިން ރަނގަޅުވެއްޖެ

ކެލާއިން ކޯވިޑަށް ޕޮޒިޓިވްވި މީހުން ބަލިން ރަނގަޅުވެއްޖެ

ހއ. ކެލާ ސަވާރީ ބޯޓު ކޭހާއި ގުޅިގެން ކޯވިޑް-19 ބައްޔަށް ޕޮޒިޓިވްވި 10 މީހުން ރަނގަޅުވެގެން ދޫކޮށް ލައިފިއެވެ. ކެލާ ކައުންސިލުން ބުނީ އެރަށު ސަވާރީ ބޯޓުގެ ކޭހާއި ގުޅިގެން ކޯވިޑަށް ޕޮޒިޓިވްވި 10 މީހުން ބަލިން ރަނގަޅު ވުމާއި ގުޅިގެން ދޫކޮށްލާފައި ވާ ކަމަށެވެ. ކެލާ ސަވާރީ ބޯޓު ކޭހުގައި ފުރަތަމަ ޕޮޒިޓިވްވީ އެ ބޯޓުގެ ކެޕްޓަނެވެ. އޭނާ ޕޮޒިޓިވްވީކަން އެނގުނީ ޖުލައި 27 ވަނަ ދުވަހުގެ ރެއެވެ. އޭނާ ވަނީ ޖުލައި 28 ވަނަ […]

ޔުމްނާ ޢަލީ
އެމްޓީސީސީއިން ލަންދޫ ބަނަދރުގެ މަސައްކަތް ފެށުމަށް ތައްޔާވެއްޖެ 📍 ނ. ލަންދޫ

އެމްޓީސީސީއިން ލަންދޫ ބަނަދރުގެ މަސައްކަތް ފެށުމަށް ތައްޔާވެއްޖެ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ނ. ލަންދޫ ބަނދަރުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމުގައި އެ ކުންފުނިން ހާމަކޮށްފިއެވެ. އެމްޓީސީސީއިން ބުނެފައިވަނީ ލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ބަނދަރު ޑިޒައިންކޮށް ތަރައްޤީ ކުރުމަށް ބޭނުންވާ ބައެއް ސާމާނާއި އަދި މެޝިނަރީ 12 އޯގަސްޓް 2020 ވީ ބުދަ ދުވަހު އެ މަޝްރޫޢު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ސަރަހައްދަށް ގެންދެވިފައިވާ ކަމަށެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދިއުމަށް...

އިބްރާހިމް ޚަލީލް
ހަނިމާދޫގައި ބޭއްވި ފުރަތަމަ ސްޓްރީޓް ސޮކަރ ކަޕްގެ ޗެމްޕިއަންކަން ތާޓީ ޕްލަސްއަށް

ހަނިމާދޫގައި ބޭއްވި ފުރަތަމަ ސްޓްރީޓް ސޮކަރ ކަޕްގެ ޗެމްޕިއަންކަން ތާޓީ ޕްލަސްއަށް

ެއެމް23 ސްޕޯޓްސްގެ ފަރާތުން އިންތިޒާމް ކޮށްގެން “އެމް23 ސްޕޯރޓްސް ސްޓްރީޓް ސޮކަރ ކަޕް 2020” ގެ ނަމުގައި ހދ. ހަނިމާދޫގައި ކުރިއަށް ގެންދިޔަ މުބާރާތުގެ ޗެމްޕިއަންކަން އެއްވެސް މެޗަކުން ބަލިނުވެ ޓީމް ތާޓީ ޕްލަސްއިން ކާމިޔާބު ކޮށްފިއެވެ. ހަނިމާދޫ ކުޅިވަރު ބިމުގައި ހެދިފައިވާ ފުޓްސަލް ދަނޑުގައި އިއްޔެ ހަވީރު ކުރިއަށްދިޔަ ފައިނަލް މެޗުގައި ބައްދަލު ކޮށްފައިވަނީ ތާޓީ ޕުލަސް އަދި ޝީލްޑެވެ. ހަވީރު 16:45 ގައި ފަށައިގެން ކުރިއަށް ގެންދެވުނު މި މެޗުގެ ފުރަތަމަ މިނެޓްގައި ތާޓީ […]

އިބްރާހިމް ޚަލީލް