މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:30 އިން 23:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (19:00 އިން 01:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,624 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9624 ޚަބަރުގެ ތެރެއިން
ތިލަދުންމަތި އުފެއްދި ޝަޚްޞިއްޔަތުން: ދިއްދޫ ޢަބްދުލްޙަކީމް ޢުޘްމާން (ޙަކީމްބެ) 📍 ހއ. ދިއްދޫ

ތިލަދުންމަތި އުފެއްދި ޝަޚްޞިއްޔަތުން: ދިއްދޫ ޢަބްދުލްޙަކީމް ޢުޘްމާން (ޙަކީމްބެ)

ހއ. ދިއްދޫ އަންޑާޕޫލުގޭ އަލްމަރްޙޫމް ޢަބްދުލްޙަކީމް ޢުޘްމާން (ޙަކީމްބެ) އަކީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު އޮފީހުގެ އިސް މަޤާމްތަކެއް ފުރުއްވާފައިވާ، ތެދުވެރި، އިޚްލާޞްތެރި ބޭފުޅެކެވެ. ޙަކީމްބެ އެންމެ ފުރަތަމަ ވަޒީފާ އަދާކުރައްވަން ފެއްޓެވީ ތިލަދުންމަތި ދެބައިކުރެއްވުމުގެ ކުރިން ހ.އަތޮޅު ނޮޅިވަރަންފަރުގައި ހުރި ތިލަދުންމަތީ އަތޮޅު އޮފީހުގައެވެ. އެއިރު ޙަކީމްބެއަކީ އެ އޮފީހުގެ ކާތިބެކެވެ. 21 މެއި 1958 (02 ޛުލްޙިއްޖާ 1377) ވީ ބުދަ ދުވަހު ތިލަދުންމަތި ދެބައި ކުރައްވައި، ތިލަދުންމަތީ އުތުރުބުރީގެ އ...

އަބްދުﷲ ނަޢީމް
ނޮޅިވަރަމު ކައުންސިލް ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން ވަސާޗީއަށް

ނޮޅިވަރަމު ކައުންސިލް ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން ވަސާޗީއަށް

ހދ. ނޮޅިވަރަމު ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި ފުރަތަމަ ފުޓުސަލް މުބާރާތް، ނޮޅިވަރަމު ކައުންސިލް ފުޓްސަލް ޗެލެންޖް 2020 ގެ ޗެމްޕިއަންކަން ވަސާޗީ ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗް ކުޅެވުނީ ރޭގައެވެ. މިމުބާރާތުގެ ޗެމްޕިއަންކަން ވަސާޗީ ހޯދީ 7-1 ގެ ނަތީޖާއަކުން ފައްސ ޓީމުގެ މައްޗަށް ކުރި ހޯދައިގެންނެވެ. މި މުބާރާތުގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ވަސާޗީގެ އަބްދުއްރަހީމް އަބޫބަކުރެވެ. އޭނާއަކީ މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަޤާމު ހޯދި […]

ޝިއުނާ އާދަމް
އިހަވަންދޫ "މިސްކިތްމަގު މައިޒާން" ހުޅުވައިފި، ވަރަށް ޗާލު 📍 ހއ. އިހަވަންދޫ

އިހަވަންދޫ "މިސްކިތްމަގު މައިޒާން" ހުޅުވައިފި، ވަރަށް ޗާލު

ހއ.އިހަވަންދޫގެ އިރު އުތުރު ފަރާތު އަތިރިމަތީން ގޮނޑަކަށް ވެފައިވާ މިސްކިތްމަގު ނަމަކަށް ކިޔާ ސަރަހައްދު ސާފުކޮށް ރީތި މައިޒާނެއްގެ ގޮތުގައި ތަރައްޤީކޮށް ހުޅުވައިފިއެވެ. މި މައިޒާނަށް ދީފައިވާ ނަމަކީ މިސްކިތްމަގު މައިޒާނެވެ. އެ ރަށުގެ ހައެއްކަ ޒުވާނުންގެ އިސްނެގުމުގެ މަތިން އެ ރަށުގެ ކައުންސިލާ ވެސް މަޝްވަރާ ކުރެވިގެން ފެށިގެންދިޔަ މި މަސައްކަތް ފުރިހަމަ ކަމާއި ކާމިޔާބުކަމާއިއެކު ނިންމާލެވިފައި ވަނީ އެ ޒުވާނުންގެ އާއިލާތަކާއި އަދި އެ ހިސާބުގަނޑުގެ އެންމެހާ ބޭފުޅުންގެ ބުރަ މަސައްކަތާއި އެކުގައެވެ...

އިބްރާހިމް ޚަލީލް
ކުމުންދޫގެ ޒުވާނުން ރަށުގެ ތަރައްޤީއަށް ވަރުބަލިކަމެއްނެތި 📍 ހދ. ކުމުންދޫ

ކުމުންދޫގެ ޒުވާނުން ރަށުގެ ތަރައްޤީއަށް ވަރުބަލިކަމެއްނެތި

ސޯޝަލް މީޑިއާގެ ނުފޫޒަކީ މިއަދު ވަރަށް ވެސް ގަދަ ނުފޫޒެކެވެ. ކުރެވޭ ރަނގަޅު ފައިދާހުރި ކަންކަން ގިނަބަޔަކު ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކުރަމުން ދާދިއުމުގެ ފައިދާ ސީދާ ގޮތުންނާއި ނުސީދާގޮތުން މުޖުތަމަޢަށް ކުރަމުންދާކަމީ މިއަދު ފެންނަމުންދާ ހަޤީޤަތެވެ. ކޯވިޑް ބަލިމަޑުކަން އަޅުގަނޑުމެން ވަށާލުމުގެ ސަބަބުން ރިސޯޓުތައް ބަނދު ކުރުމާއި ގުޅިގެން ރިސޯޓުތަކުގައި ވަޒީފާގައި ތިބި ގިނަ ޒުވާނުން އެބައި މީހުންގެ އުފަން ރަށަށް އައިސް ގިނަދުވަސްތަކެއް ވަންދެން ތިބެން ޖެހުމުގެ ސަބަބުން އެ ޒުވާނުންގެ ވަގުތުތަ...

އިބްރާހިމް ޚަލީލް
ދިއްދޫގައި ވޮލީ ޓްރެއިނިންގ ޕްރޮގްރާމެއް ހިންގަނީ 📍 ހއ. ދިއްދޫ

ދިއްދޫގައި ވޮލީ ޓްރެއިނިންގ ޕްރޮގްރާމެއް ހިންގަނީ

ހއ. ދިއްދޫގައި ވޮލީ ޓްރެއިނިންގ ޕްރޮގްރާމެއް ހިންގަން ނިންމައި، އެ ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ. މި ވޮލީ ޓްރެއިނިންގ ޕްރޮގްރާމަކީ ދިއްދޫ އިޖްތިމާއީ މަރުކަޒާއި އަދި ދިއްދޫ ޕޮލިސް ގުޅިގެން ހިންގާ ޓްރެއިނިންގ ޕްރޮގްރާމެކެވެ. އެރަށުގެ ވޮލީ ކުޅުންތެރިން ތަމްރީނު ކުރުމަށް ހިންގާ މި ވޮލީ ޓްރެއިނިންގ ޕްރޮގްރާމް ހިންގުމަށް ނިންމާފައި ވަނީ 7 ސެޕްޓެމްބަރ 2020 އިން 22 ސެޕްޓެމްބަރ 2020 އަށެވެ. މި ޓްރެއިނިންގ ޕްރޮގްރާމް ހިންގުމަށް ފުރުޞަތު ހުޅުވާލަމުން ދިއްދޫ އިޖްތިމާއީ […]

އަޙްމަދު ވަހީދު
ތިން ސިއްހީ މަރުކަޒެއް ގުޅިގެން ހޯރަފުށީ އެއަރޕޯރޓްގައި ގަސްއިންދައިފި 📍 ހއ. ހޯރަފުށި

ތިން ސިއްހީ މަރުކަޒެއް ގުޅިގެން ހޯރަފުށީ އެއަރޕޯރޓްގައި ގަސްއިންދައިފި

ހއ. ހޯރަފުށީގައި ތަރައްގީ ކުރަމުންދާ އެއަރޕޯރޓް ފެހިކުރުމުގެ ޕްރޮގްރާމްގައި ހޯރަފުށީ ދާއިރާއަށް ނިސްބަތްވާ ތިން ސިއްހީ މަރުކަޒަކުން ބައިވެރި ވެއްޖެއެވެ. އިއްޔެ ކުރިއަށްދިޔަ މި ހަރަކާތުގައި ގަސްއިންދުމުގައި ބައިވެރިވެފައި ވަނީ ހޯރަފުށީ ސިއްހީ މަރުކަޒުގެ އިތުރުން އުލިގަމާއި، ތުރާކުނު ސިއްހީ މަރުކަޒުންނެވެ. މި ގަސްއިންދުމުގެ ހަރަކާތާއި ގުޅިގެން ހޯރަފުށީ ކައުންސިލުން ބުނީ ހޯރަފުށީ އެއަރޕޯރޓް ފެހިކުރުމުގެ 100000 ގަސް އިންދުމުގެ ޕްރޮގްރާމްގައިހޯރަފުށީ ސިއްހީ މަރުކަޒާއި، އުލިގަމް ސިއްހީ މަރުކަޒާއި އަދި...

ޔުމްނާ ޢަލީ
އިހަވަންދޫން ކޯވިޑް-19އަށް ޕޮޒިޓިވް އެންމެން ރަނގަޅުވެއްޖެ 📍 ހއ. އިހަވަންދޫ

އިހަވަންދޫން ކޯވިޑް-19އަށް ޕޮޒިޓިވް އެންމެން ރަނގަޅުވެއްޖެ

ހއ. އިހަވަންދޫން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުން ތެރެއިން ބަލިން ރަނގަޅުނުވެ ތިބި ދެމީހުން، ބަލިން ރަނގަޅު ވުމުން ދޫކޮށް ލައިފިއެވެ. އެއާއިއެކު އެރަށުން ކޯވިޑަށް ޕޮޒިޓިވްވި އެންމެން ރަނގަޅުވީއެވެ. އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަޒުކަޒުން ބުނީ އެރަށުން ކޯވިޑަށް ޕޮޒިޓިވްވި އެންމެން ބަލިން ރަނގަޅުވުމާއި އެކު މިހާރު ދޫކޮށްލާފައި ވާކަމަށެވެ. އެރަށު ތަޚުތު ބޯޓުގެ ކޭހާއި، 242 ބޯޓުގެ ކޭހާއިގުޅިގެން ކޯވިޑަށް ޕޮޒިޓިވްވީ ޖުމްލަ ފަސް މީހެކެވެ. އޭގެ ތެރެއިން ތިން މީހުން ކުރިން […]

އަޙްމަދު ވަހީދު
ނޮޅިވަރަންފަރު ރުއްގަނޑު ބީޗު: ހިތްގައިމު އަރާމު މަންޒިލެއް 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު ރުއްގަނޑު ބީޗު: ހިތްގައިމު އަރާމު މަންޒިލެއް

ކޯވިޑް-19 ގެ ފުރަބަންދުގެ ތެރޭގައި އެންމެ ފޯރިއާއިއެކު ބައެއް ރަށްރަށުގައި ކުރެވުނު އެއް ކަމަކީ، ފިނި މައިޒާންތައް ހެދުމާއި، އަރާމު ކޮށްލަން ގޮނޑުދޮށްތައް ފައްކާ ކުރުން ފަދަ ކަންކަމެވެ. އެގޮތުން ހދ. ނޮޅިވަރަންފަރުގެ ޒުވާނުންތަކެއް ވެސް މިވަނީ އެ ޒުވާނުންގެ ބުރަ މަސައްކަތުން، އެ ޒުވާނުންގެ ފަންނުވެރިކަން ފެނިގެންދާ މަންޒިލެއް އެރަށުގެ ގޮނޑުދޮށުގައި ތަރައްޤީކޮށްފަ އެވެ. އެ މަންޒިލަށް އެ ޒުވާނުން ދީފައިވާ ނަމަކީ، “ނޮޅިވަރަންފަރު ރުއްގަނޑު ބީޗް” އެވެ. އެތަން ހަދާފައި ވަނީ އެރަށުގެ ފަރު […]

ޙުސައިން ޝަހުދީ
ބާރަށު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ މުވައްޒަފެއްގެ ސައިކަލުގައި ރޯކޮށްލައިފި 📍 ހއ. ބާރަށް

ބާރަށު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ މުވައްޒަފެއްގެ ސައިކަލުގައި ރޯކޮށްލައިފި

ހއ. ބާރަށު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ މުވައްޒަފެއްގެ ސައިކަލުގައި ރޯކޮށްލައިފި އެވެ. ތިލަދުންއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފުލުހުން ބުނީ ބާރަށު ގެއެއްގެ ކައިރީ ޕާކުކޮށްފައިވާ ސައިކަލެއްގައި ރޭ 03:00 އެހާކައްހާއިރު ރޯކޮށްލާފައިވާކަމުގެ މައްސަލައެއް ފުލުހުންނަށް ހުށައެޅިފައިވާކަމަށެވެ. ފުލުހުން ބުނީ ރޯކޮށްލި ސައިކަލަށް ބޮޑެތި ގެއްލުންތަކެއް ވެފައިކަމަށާއި އެސައިކަލަކީ ބާރަށު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ސިވިލް މުވައްޒަފެއްގެ ސައިކަލެއްކަމަށެވެ. މިމައްސަލައާއި ގުޅިގެން އަދި އ...

އަލީ އާދިލް
"އެގްރޯ ނެޓް" އާ  އެކު ދަނޑުވެރިކަން ކުރުމަށް، ކެލާ ކައުންސިލުން ހުޅުވާލައިފި 📍 ހއ. ކެލާ

"އެގްރޯ ނެޓް" އާ އެކު ދަނޑުވެރިކަން ކުރުމަށް، ކެލާ ކައުންސިލުން ހުޅުވާލައިފި

އެގްރޯ ނޭޝަނަލްއާއި ގުޅިގެން ކޮންޓްރެކްޓް ފާމިންގެ ދަށުން ހއ. ކެލާގައި ދަނޑުވެރިކަން ކުރަންބޭނުންވާ ކެލާ ދަނޑުވެރިންނަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ. ކެލާ ކައުންސިލުން ބުނީ އެގްރޯ ނޭޝަނަލްއާއި ގުޅިގެން ކޮންޓްރެކްޓް ފާމިންގެ ދަށުން ހއ. ކެލާގައި ދަނޑުވެރިކަން ކުރަންބޭނުންވާ ކެލާ ދަނޑުވެރިންނަށް އެ ފުރުޞަތު ހުޅުވާލާފައި ވާ ކަމަށެވެ. ‏ކެލާ ކައުންސިލުން ބުނީ އެރަށަކީ ދަނޑުވެރިކަން ދިރުވާ އާލާކުރުމުގެ މަޤްޞަދުގައި ސަރުކާރުން އުފައްދާފައިވާ ކުންފުނި، އެގްރޯ ނެޝެނަލް ކޯޕަރޭޝަންއިން ކުރިއަށް ގެންދާ ކޮން...

ޝިއުނާ އާދަމް
ބަހަޔޯ ހޭންޑް ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ސްޓޫޑިއޯ ގާރލްސްއަށް 📍 ހދ. ނޮޅިވަރަމް

ބަހަޔޯ ހޭންޑް ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ސްޓޫޑިއޯ ގާރލްސްއަށް

ހދ. ނޮޅިވަރަމްގައި ކުރިއަށް ގެންދިޔަ ބަހަޔޯ ޢީދު ކަޕް ހޭންޑް ބޯލް 2020، މުބާރާތުގެ ޗެމްޕިއަންކަން ސްޓޫޑިއޯ ގާރލްސް ހޯދައިފިއެވެ. ނޮޅިވަރަމް ޒުވާނުންތަކެއް އިސްނަގައިގެން ބޭއްވި ބަހަޔޯ ޢީދު ކަޕް ހޭންޑް ބޯޅަ 2020 މުބާރާތު ވަނަތަކަށް ހޮވުނު ޓީމުތަކަށާއި، ކުޅުންތެރިންނަށް އިނާމުތައް ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މި ހަފުތާގައި އެވެ. ބަހަޔޯ ޢީދު ކަޕް ހޭންޑް ބޯލް މުބާރާތުގެ ފައިނަލް މެޗްގައި، ސްޓޫޑިއޯ ގާރލްސް ޗެމްޕިއަންކަން ހޯދީ މުބާރާތުގެ ރަނަރަޕް ޗަކުލީ ގާލްސްގެ މައްޗަށް 2-1 […]

އަޙްމަދު ވަހީދު
"ތިލަދެކުނު މަލަސް" ހދ. އަތޮޅުގެ 10 ސްކޫލެއްގައި ފަށައިފި

"ތިލަދެކުނު މަލަސް" ހދ. އަތޮޅުގެ 10 ސްކޫލެއްގައި ފަށައިފި

ޅެން ހެދުމުގެ އަސާސީ ހުނަރު އުނގައްނައިދޭ އޮންލައިން ކޯހެއް “ތިލަދެކުނު މަލަސް” ގެ ނަމުގައި ތިލަދުންމަތީ ދެކުނުބުރީ ދިހަ ސްކޫލެއްގައި ފަށައިފިއެވެ. މި ކޯހަކީ ހަނިމާދޫ ސްކޫލުގެ އިސްނެންގެވުމުގެ މަތީން ތިލަދުންމަތީ ދެކުނުބުރީގެ 10 ސްކޫލަކާއި އީސަ އޮންލައިން ޕޯޓްރީ (އީ.އޯ.ޕީ) ގުޅިގެން އެ ސްކޫލުތަކުގެ ގުރޭޑް އަށަކުން ފެށިގެން މަތީގެ ގްރޭޑުތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ ކޯހެކެވެ. 18 އޯގަސްޓް 2020 ވީ އަންގާރަ ދުވަހު ފަށާފައިވާ މި ކޯހުގައި ކިޔަވައި ދިނުމަށް ހަމަޖެހިފައިވަނީ ޖުމްލަ […]

އިބްރާހިމް ޚަލީލް
ކާށިދޫއާއި ފާދިއްޕޮޅުގެ ރައްޔިތުން، ސިއްޙީ ޚިދުމަތް ހޯދުމަށް "މާލެ ނޫންގޮތެއް" ހޯދައިފި 📍 ހދ. ކުޅުދުއްފުށި

ކާށިދޫއާއި ފާދިއްޕޮޅުގެ ރައްޔިތުން، ސިއްޙީ ޚިދުމަތް ހޯދުމަށް "މާލެ ނޫންގޮތެއް" ހޯދައިފި

ކޯވިޑް19 އާއި ގުޅިގެން ގުރޭޓަރ މާލެ ލޮކްޑައުންކުރުމާއި ގުޅިގެން ސިއްހީ ހިދުމަތްތަައް ހޯދުމަށް މާލެއަށް ދިއުމަށް ދަތިވެފައިވާތީ ކ. ކާށިދޫއާއި ފާދިއްޕޮޅުގެ ރައްޔިތުން، ސިއްހީ ޚިދުމަތް ހޯދުމަށް “މާލެ ނޫންގޮތެއް” ހޯދައިފި އެވެ. ރައްޔިތުންނަށް ފަސޭހަ ކަމާއެކު މި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކ.ކާށިދޫ، މައިދޫ ސްޕީޑުން ހާއްސަ ދަތުރުތަކެއް އަންނަނީ ކުޅުދުއްފުށި ސިޓީއަށް ކުރަމުންނެވެ. ކާށިދޫއާއި މާލެއާއި ދެމެދު ދަތުރުކުރާ ފެރީ ލޯންޗެއް ކަމުގައިވާ މައިދޫ ސްޕީޑް ލޯންޗުން ކުޅުދުއްފުށި ސިޓީގެ އިތުރުން ހިންނަ...

އަލީ އާދިލް
މޮޅަދޫ ލަގްޒަރީ ފުޓްސެލް ލީގް 2020ގެ ޗެމްޕިއަންކަން ޗިލް ބްރޯސް ހޯދައިފި 📍 ހއ. މޮޅަދޫ

މޮޅަދޫ ލަގްޒަރީ ފުޓްސެލް ލީގް 2020ގެ ޗެމްޕިއަންކަން ޗިލް ބްރޯސް ހޯދައިފި

ހއ. މޮޅަދޫގައި ކުރިއަށް ދިޔަ ލަގްޒަރީ ފުޓްސެލް ލީގް 2020ގެ ޗެމްޕިއަންކަން ޗިލް ބްރޯސް ހޯދައިފި އެވެ. މި މުބާރާތަކީ މޮޅަދޫ ކައުންސިލް މެންބަރު އަޙްމަދު ރިފާއު އިންތިޒާމް ކޮށްގެން މި ހިނގާ އޯގަސްޓް 13 އިން 17 މޮޅަދޫގައި ކުރިއަށް ގެންދިޔަ މުބާރާތެކެވެ. މުބާރާތުގައި 4 ޓީމެއް ވާދަކޮށްފައި ވެއެވެ. އެ ޓީމު ތަކަކީ އެފް ސީ އޯޝަން، ވަޑި އެފް ސީ، އެފް ސީ ޕްރިޑޭޓާރސް އަދި ޗިލް ބްރޯސްއެވެ. މި މުބާރާތުގެ ވެމްޕިއަންކަން […]

ޝިއުނާ އާދަމް
ނޭކުރެންދޫ ކައުންސިލުގެ ރަސްމީ ލިޔުންތަކުގައި "ސޭވް ނޭކުރެންދޫ ކަނޑޫފާ" ހޭޝްޓެގް 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫ ކައުންސިލުގެ ރަސްމީ ލިޔުންތަކުގައި "ސޭވް ނޭކުރެންދޫ ކަނޑޫފާ" ހޭޝްޓެގް

ސޭވް ނޭކުރެންދޫ ކަނޑޫފާ ކެމްޕޭން އިތުރަށް ފުޅާކުރުމުގެ ގޮތުން ހދ. ނޭކުރެންދޫ ކައުންސިލުގެ ރަސްމީ ލިޔުންތަކުގައި “ސޭވް ނޭކުރެންދޫ ކަނޑޫފާ” ހޭޝްޓެގް ބޭނުން ކުރަން ނިންމައިފިއެވެ. ނޭކުރެންދޫ ކައުންސިލުން މި ނިންމުން ނިންމީ ރާއްޖޭގެ އެންމެ ބޮޑު ކަނޑޫފާ މަރުވަމުންދާތީ އެކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމާއި ސޭވް ނޭކުރެންދޫ ކަނޑޫފާ ކެމްޕޭން އިތުރަށް ފުޅާކުރުމުގެ ގޮތުން ކަމަށް އެ ކައުންސިލުން ވަަނީ ބުނެފައެވެ. “‏ރާއްޖޭގެ އެންމެ ބޮޑު ކަނޑޫފާ މަރުވަމުންދާތީ އެކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލ...

ޙުސައިން ޝަހުދީ