ހއ. ކެލާއިން ކޯވިޑް-19 އަށް އިތުރު 9 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

ކެލާ ކައުންސިލްގެ ރައީސް އާދަމް ގުފްރާން “ތިލަދުން” އަށް އެކަން ޔަޤީން ކޮށްދެއްވާ ފައެވެ.

Ad
rt

ގުފްރާން ވިދާޅުވީ ޕޮޒިޓިވްވި އިތުރު 9 މީހުންނަކީ އެރަށާއި މާލެއާއި ދެމެދު ދަތުރުކުރާ ބޯޓުން ދަތުރުކުރި ބަޔެއްކަމަށް މަޢުލޫމާތު ދީފައިވެއެވެ. އެމީހުންގެ ޓެސްޓުގެ ނަތީޖާ ލިބިފައިވަނީ މިރޭގެ ވަގުތެއްގައި ކަމަށް ގުފްރާން ބުނެފައިވެއެވެ.

ގުފްރާން ވިދާޅުވީ އެންމެ ފުރަތަމަ މާލެދަތުރު ކުރާ ބޯޓުގެ ކެޕްޓަން ކޯވިޑަށް ޓެސްޓް ކުރީ މީގެ ދެދުވަސް ކުރިން ބަލީގެ އަލާމާތް ހުރުމުން ކަމަށެވެ. މިގޮތުން ފުރަތަމަ ނެގި ސާމްޕަލް ނެގިޓިވްވި ކަމަށާއި، ޕޮޒިޓިވް ވިކަން އަންގާފައި ވަނީ ދެ ވަނައަށް ނެގި ސާމްޕަލް ކަމަށް އެނާ ވިދާޅުވިއެވެ. މިވަގުތު ކެލާ އިން7 ގެޔެއް ހުރީ ކަރަންޓީން ކުރެވިފައެވެ.

މިރޭ ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ކެލާގެ ބޯޓެއްގެ ކެޕްޓަން ކޮވިޑަށް ޕޮޒިޓިވްވެ، އެކޭސްގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތުން އިތުރު 9 ފަރާތެއް ކޯވިޑަށް ޓެސްޓު ކުރެވި ބައްޔަށް ޕޮޒިޓިވްވެފައިވާކަން ދެނިގަނެވިފައި ވާކަމަށެވެ.

ނަޒްލާ ވިދާޅުވި ގޮތުގައި އެ ބޯޓު މާލޭގައި ދެ ހަފުތާ ވަންދެން އޮތުމަށް ފަހު ރަށަށް ފުރީ މިމަހުގެ 24 ވަނަ ދުވަހެވެ. އޭރު ވެސް ބަލީގެ އަލާމާތް ކެޕްޓަންގެ ގައިގައި ހުރި ކަމަށް އެމީހާ މައުލޫމާތުދޭ ކަމަށާއި ބައްޔަށް ޓެސްޓްކުރީ އަތޮޅަށް ދިއުމަށް ފަހު ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

ހއ. ކެލާއިން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ފުރަތަމަ މީހާ، ށ. ފުނަދޫގައި ޤާއިމުކޮށް ފައިވާ ޒޯން 1 ގެ ކޯވިޑް-19 އަށް ފަރުދޭ މަރުކަޒު، ށ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ވަނީ ގެންގޮސްފައެވެ. ށ. އަތޮޅު ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރުގައި ފަރުވާ ދޭން ފަށާފައި ވައިވާ، ހއ. ކެލާގެ މި މީހާއަކީ އެ ރަށާއި، މާލެއާއި ދެމެދު ދަތުރުކުރާ ސަވާރީ ބޯޓުގެ ކެޕްޓަނެވެ.

ތިލަދުން | Thiladhunކޯވިޑް-19: ކެލާއިން ޕޮޒިޓިވްވި މީހާއަށް ށ. އަތޮޅު ފެސިލިޓީގައި ފަރުވާ ދެނީހއ. ކެލާއިން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހާ، ށ. ފުނަދޫގައި ޤާއިމުކޮށް ފައިވާ ޒޯން 1 ގެ ކޯވިޑް-19 އަށް ފަރުދޭ މަރުކަޒު، ށ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށައިފިއެވެ. ށ....

ރާއްޖެއިން ކޯވިޑް ޖެހިފައިވާ ޖުމްލަ މީހުންގެ އަދަދަަކީ، 3567 އެވެ. އޭގެ ތެރެއިން މިވަގުތު ފަރުވާ ދެމުން ދަނީ 983 މީހުންނަށެވެ. އެއާއެކު ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ ޖުމަލް 2554 އަށް އަރާފައެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 16 މީހަކު ނިޔާވެފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ 10 ދިވެހިންނާއި 6 ބިދޭސީންނެވެ.