ހއ. ދިއްދޫގައި ޢީދު ނަމާދުކުރުން އޮންނާނީ ބޮޑުޖަމާޢަތުގައި ކަމަށް ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާއިން ހާމަކޮށްފިއެވެ.
އިއްޔެ އެކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ 1441 ވަނަ އަހަރުގެ އަޟްޙާ ޢީދު ނަމާދު ދިއްދޫގައި ބޮޑު ޖަމާޢަތުގައި ކުރުމަށް ކައުންސިލުން ވަނީ ހަމަޖައްސާފައިކަމަށެވެ.
ބޮޑު ޖަމާޢަތުގައި ކުރެވޭ ޢީދު ނަމާދުކުރުމަށް ހަމަޖެހިފައިވަނީ ދިއްދޫ އުތުރު ސަރަޙައްދުގައި ހުރި ފެން ޕްލާންޓް ކައިރީގައި އޮންނަ ހުސްބިމުގައެވެ. ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރިނަމަވެސް މަސްޖިދުއް ރަޙްމާ (ދިއްދޫ ދެކުނު މިސްކިތް)ގައި ޢީދު ނަމާދުކުރުމަށް ހަމަޖެހިފައިވާކަމަށް އެކައުންސިލުން ދަންނަވާފައިވެ އެވެ.
މޫސުންގޯސްވެ ވިއްސާރަވެއްޖެ ހާލަތެއްގައި ދިއްދޫގެ ހުކުރުކުރާތިން މިސްކިތުގައިވެސް ޢީދު ނަމާދުކުރެވޭނެ ވާހަކަ ދަންނަވާފައިވެއެވެ. މާދަމާ ހެނދުނު ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރުމުގެ ތައްޔާރީތައް އެރަށުގައި އަންނަނީ ވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!