އާންމު ތަންތަނުގައި އުޅޭ އިރު، މާސްކް އެޅުން މަޖުބޫރު ކަމެއްގެ ގޮތުގައި ސަރުކާރުން ނިންމައިފި އެވެ.

ސަރުކާރުން މިގޮތައް ނިންމާ އިޢުލާންކޮށްފައިވަނީ ރައީސް އޮފީހުން މިއަދު ކުރި ޓްވީޓެއްގައެވެ. އެ ޓުވީޓުގައި ބުނެފައިވަނީ އެގޮތަށް ނިންމީ، ކޯވިޑް-19 ޖެހޭ މީހުން އަނެއްކާ ވެސް ގިނަވަމުން ދާތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނޭޝަނަލް ޓާސްކް ފޯސްއާ އެއްކޮށް ބޭއްވެވި ބައްދަލު ކުރެއްވުމުގައި ކަމަށެވެ.

Ad
rt

އެ އޮފީހުން އަދި ބުނެފައި ވަނީ މީހުންނާ ބައްދަލު ކުރުން މަދު ކުރުމަށާއި ގޭގައި ތިބެ މަސައްކަތް ކުރެވޭ ނަމަ ގޭގައި މަސައްކަތް ކުރުމަށް އަދި ގިނަގިނައިން އަތް ދޮވުމަށް ސަރުކާރުން ބާރު އަޅާ ކަމަށެވެ.

ރާއްޖެ އަލުން ފުރަބަންދަކަށް ދިޔުމަކީ އެއްވެސް ބައެއްގެ މަސްލަހަތުގައި އޮތް ކަމެއް ނޫން ކަމަށް މިއަދުގެ ބައްދަލުވުމުގައި އެއްބަސް ވެވުނު ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.