ހއ. ކެލާއިން ކޯވިޑް-19 އަށް މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

ކެލާ ކައުންސިލްގެ ރައީސް އާދަމް ގުފްރާން “ތިލަދުން” އަށް އެކަން ޔަޤީން ކޮށްދެއްވާ ފައެވެ.

Ad
rt

ގުފްރާން ވިދާޅުވީ ޕޮޒިޓިވްވި މީހާއަކީ އެރަށާއި މާލެއާއި ދެމެދު ދަތުރުކުރާ ބޯޓެއްގައި މަސައްކަތްކުރާ ފިރިހެނެއްކަމަށެވެ. މިމީހާއަކީ އެރަށުގައި ކަރަންޓީންގައި ހުރި މީހެއް ނޫންކަމަށް ވެސް ގުފްރާން ވިދާޅުވިއެވެ.

ގުފްރާން ވިދާޅުވީ އެމީހާ ކޯވިޑަށް ޓެސްޓް ކުރީ ބަލީގެ އަލާމާތް ހުރުމުން ކަމަށެވެ. މިގޮތުން ފުރަތަމަ ނެގި ސާމްޕަލް ނެގިޓިވް ވި ކަމަށާއި، ޕޮޒިޓިވް ވިކަން އަންގާފައި ވަނީ ދެ ވަނައަށް ނެގި ސާމްޕަލް ކަމަށް އެނާ ވިދާޅުވިއެވެ.

އޭނާގެ ކޯވިޑަށް ޓެސްޓް ކުރުމަށް ނެގި ދެވަނަ ސާމްޕަލް ޕޮޒިޓިވް ވިކަން އެރަށަށް އަންގާފައި ވަނީ ރޭގައި ކަމަށް ވެސް ގުފްރާން ވިދާޅު ވިއެވެ.

ރާއްޖެއިން ކޯވިޑް ޖެހިފައިވާ ޖުމްލަ މީހުންގެ އަދަދަަކީ، 3369 އެވެ. އޭގެ ތެރެއިން މިވަގުތު ފަރުވާ ދެމުން ދަނީ 792 މީހުންނަށެވެ. އެއާއެކު ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ ޖުމަލް 2547 އަށް އަރާފައެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 15 މީހަކު ނިޔާވެފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ 9 ދިވެހިންނާއި 6 ބިދޭސީންނެވެ.

ރާއްޖެއިން މިހާތަނަށް މިބައްޔަށް ޓެސްޓް ކުރުމަށް 74،107 ސާމްޕަލެއް ނަގާފައިވާއިރު، އައިސޮލޭޝަން ގައި 602 މީހުން ތިބި އިރު، ކަރަންޓީނު ފެސިލިޓީގައި މިވަގުތު މީހަކު ނެތެވެ.