ދައްޕަރު އިންވެސްޓްމެންޓަކީ ޢަރަބިން ދެކެމުން އައި ހުވަފެނެއް: އެމްޕީ ޝަރީފް
ހއ. ދައްޕަރު އިންވެސްޓްމެންޓަކީ ޢަރަބިން ދެކެމުން އައި ހުވަފެނެއް ކަމަށާއި، އެ ރަށަކީ ދުބާއީގެ ކޮންސެޕްޓަށް ހިންގޭނެ ވިޔަފާރިއެއް ކަމަށް ރައްޔިތުންގެ މަޖިލިސްގެ ކެލާ ދާއިރާގެ މެމްބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ. ޝަރީފް ވިދާޅުވީ ދައްޕަރަކީ ރިއަލްސްޓޭޓް އުސޫލުން ދިގުމުއްދަތަށް ފަތުރުވެރިންނަށް ކުއްޔަށް ހިފޭ ގޮތަށް ތަރައްޤީ ކުރުމަށް ސަރުކާރުން ޕްލޭން ކުރަމުންދާ ރަށެއް ކަމަށެވެ. އެރަށް ތަރައްޤީކޮށް ހިންގުމަށް ސަރުކާރުން ނިންމާފައި ވަނީ ޓޫރިސްޓް ރިސޯޓުތައް ގޮތަށް، އެހެން އުސޫލެއ...