މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:30 އިން 23:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (19:00 އިން 01:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,624 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9624 ޚަބަރުގެ ތެރެއިން
މަސްތުވާތަކެއްޗާއެކު ށ.ފުނަދޫން ޒުވާނަކު ހައްޔަރުކޮށްފި 📍 ށ. ފުނަދޫ

މަސްތުވާތަކެއްޗާއެކު ށ.ފުނަދޫން ޒުވާނަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުނަދޫގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިކަމަށް ފުލުހުން ހާމަކޮށްފިއެވެ. ފުލުހުން ބުނެފައިވަނީ ފުނަދޫގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ޖުލައި 20 ވަނަ ދުވަހު 14:14 އެހާކަންހާއިރު ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އެރަށު ބަނދަރު ސަރަހައް...

އަލީ އާދިލް
އެފް.ސީ ފްރިގޭޓަރގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހޯރަފުށީގައި ހަރަކާތްތަކެއް ހިންގައިފި 📍 ހއ. ހޯރަފުށި

އެފް.ސީ ފްރިގޭޓަރގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހޯރަފުށީގައި ހަރަކާތްތަކެއް ހިންގައިފި

ހއ. ހޯރަފުށީ ސްޕޯޓްސް ކުލަބު އެފް.ސީ ފްރިގޭޓަރގެ ފުރަތަމަ އަހަރީ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. ފްރިގޭޓަރއިން ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި އެކުވެރި ކަމުގެ އަންހެން ވޮލީ މެޗެއް ހއ. މޮޅަދޫއާއި އެފް.ސީ ފްރިގޭޓަރ އާއި ދެމެދު ކުޅުމުގެ އިތުރުން އެކުވެރިކަމުގެ ފުޓްސަލް މެޗެއް ހއ. އުލިގަމާއި އެފް.ސީ ފްރިގޭޓަރ އާއި ދެމެދު ކުޅެވުނެވެ. އަހަރީ ދުވަހާއި ގުޅުވައިގެން ދެންކުރިއަށްގެންދިޔައީ ހއ. ހޯރަފުށީގައި ދިރިއުޅުއްވާ ޒުވާނުންނަށް ހުޅުވާލައިގެން “އެފް.ސ...

އިބްރާހިމް އަސްވާޤް
އުތުރާއި ދެކުނުގެ ޓޫރިޒަމް ބިންތަކުން ނަގާ ކުލި ކުޑަ ކުރުމަކީ ކުރެވުނު އެތައް ދުވަހެއްގެ އިންތިޒާރެއް: ޔާސިރު

އުތުރާއި ދެކުނުގެ ޓޫރިޒަމް ބިންތަކުން ނަގާ ކުލި ކުޑަ ކުރުމަކީ ކުރެވުނު އެތައް ދުވަހެއްގެ އިންތިޒާރެއް: ޔާސިރު

ރާއްޖޭގެ އުތުރާއި ދެކުނުގައި ޓޫރިޒަމް ކުރިއަރުވަން، އެ ސަރަހައްދުތަކުގައި ޓޫރިޒަމަށް ދޫކުރާ ބިމުން ނަގާ ކުލި ކުޑަ ކުރަން ސަރުކާރުން ނިންމެވުމަކީ އުތުރާއި ދެކުނު ރައްޔިތުންގެ އެތައް ދުވަހެއްގެ އިންތިޒާރެއް ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު ޢަަބުދުއްލަޠީފް ވިދާޅުވެއްޖެއެވެ. ޔާސިރު އެހެން ވިދާޅުވީ ރާއްޖޭގެ އުތުރާއި ދެކުނުގައި ޓޫރިޒަމް ކުރިއަރުވަން، އެ ސަރަހައްދުތަކުގައި ޓޫރިޒަމަށް ދޫކުރާ ބިމުން ނަގާ ކުލި ކުޑަ ކުރަން ސަރުކާރުން ނިންމެވުމާއި ގުޅިގެން އެކަން ފާހަގަ ކުރަށްވާ ކުރެއްވި...

ޝިއުނާ އާދަމް
އެސްޓީއޯ ހޯރަފުށީ ފިހާރައިން ވިއްކާ ކޮންސްޓްރަކްޝަން ސާމާނު ޑެލިވަރީ ކޮށްދޭނެ ފާރާތެއް ހޯދަނީ 📍 ހއ. ހޯރަފުށި

އެސްޓީއޯ ހޯރަފުށީ ފިހާރައިން ވިއްކާ ކޮންސްޓްރަކްޝަން ސާމާނު ޑެލިވަރީ ކޮށްދޭނެ ފާރާތެއް ހޯދަނީ

ހއ. ހޯރަފުށީގައި ހުންނަ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ފިހާރައިން ވިއްކާ ކޮންސްޓްރަކްޝަން ސާމާނު ހޯރަފުށީގައި ޑެލިވަރީ ކޮށްދޭނެ ފާރާތެއް ހޯދަން ދެވަނަ ފަހަރަށް ޢިއުލާން ކޮށްފިއެވެ. އެސްޓީއޯ ހޯރަފުށީ ފިހާރައިން ވިއްކާ ކޮންސްޓްރަކްޝަން ސާމާނު، އެރަށަށް ޑެލިވަރީ ކޮށްދޭނެ ފާރާތެއް ހޯދަން ޢިއުލާނު ކޮށްފައި ވަނީ އެމަސައްކަތް ކުރުމަށް ހަވާލުވާ ފަރާތެއްގެ އަމިއްލަ ވެހިކަލާއި، މީހުން ބޭނުން ކޮށްގެން އެ މަސައްކަތް ކުރާ ގޮތަށް، 1 އަހަރު ދުވަހަހުގެ މުއްދަތަށެވެ. އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯ...

ޔުމްނާ ޢަލީ
ހއ. ދައްޕަރުގައި ވިލާ އަދި އެޕާޓްމެންޓްތައް އެޅުމުން "ރެސިޑެންސް ވިސާ" ދިނުމަށް ސަރުކާރުން ވިސްނަނީ

ހއ. ދައްޕަރުގައި ވިލާ އަދި އެޕާޓްމެންޓްތައް އެޅުމުން "ރެސިޑެންސް ވިސާ" ދިނުމަށް ސަރުކާރުން ވިސްނަނީ

ހއ. ދައްޕަރުގައި ވިލާ އަދި އެޕާޓްމެންޓްތައް އެޅުމުން، އެތަންތަން ގަންނަ ފަރާތްތަކަށް ރެސިޑެންސް ވިސާ ދިނުމުގެ ވިސްނުމެއް ސަރުކާރުން ގެންގުޅެމުން އަންނަކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އަލްއުސްތާޛު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ. މިނިސްޓަރ ފައްޔާޒް މިހެން ވިދާޅުވެފައިވަނީ ދިވެހިރާއްޖެއިން ބޭރުގެ ފަރާތްތަކަށް ދިގު މުއްދަތުގެ ރެސިޑެންސް ވިސާ ދިނުމާ ބެހޭގޮތުން އިމިޤްރޭޝަން ގާނޫނަށް ގެނައުމަށް ހުށައެޅިފައިވާ އިސްލާހުތަކާއި މެދު ވާހަކަދެއްކުމަށް މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ...

އަލީ އާދިލް

ޖިންސީ ފުރައްސާރަ އާއި ރިޝްވަތުގެ ތުޙުމަތުގައި ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މަގާމުން ވަކިކުރަން މަޖިލީހަށް

ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ. ޖޭއެސްސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މައުސޫމްއާ ގުޅޭގޮތުން އެ ކޮމިޝަނުން ތަހުގީގު ކުރަމުންދިޔަ މައްސަލަތަކުގެ ތެރެއިން، ހދ.ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ގަޟިއްޔާއެއް ނިންމުމުގައި މައުސޫމް ރިޝްވަތު ނަގާފައިވާ ކަމާއި، ރިޝްވަތުގެ އެހެން މުއާމަލާތްތައް ވެސް ކޮށްފައިވާކަން ސާބިތުވެފައިވާ ކަމަށެވެ. މީގެ އިތުރުން ވ...

އަލީ އާދިލް
ފޯކައިދޫ ބަނދަރުގެ ނުރައްކާ ހާލަތު ފެނިގެންދާ ވީޑިއޯއެއް! 📍 ށ. ފޯކައިދޫ

ފޯކައިދޫ ބަނދަރުގެ ނުރައްކާ ހާލަތު ފެނިގެންދާ ވީޑިއޯއެއް!

މިދުވަސް ވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑުގަދަ ވިއްސާރަ ދުވަސް ވަރަކަށް ވެފައި، މޫސުމާ ބެހޭ ޤައުމީ އިދާރާއިން، މޫސުން ގޯސްވާނެކަމަށް ލަފާކޮށް އަންނަނީ އެލާޓުތަށް ނެރެމުންނެވެ. މޫސުން ގޯސް ކަނޑު ގަދަ ދުވަސްތަކުގައި އެންމެ ބޮޑު ތަކުލީފެއް އުފުލަން ޖެހޭ ރަށްތައް ރާއްޖޭގައި ވަރަށް ގިނައެވެ. ބަނދަރު ހަލާކުވުމުގެ ސަބަބުން ނާއި ބަނދަރު ޑިޒައިންކޮށްފައިވާ ގޮތުން ނުވަތަ ބަނދަރު ހެދިފައިވާ ދިމާއެއްގެ ގޮތުން ބަޔެއް ރަށްރަށުގެ ބަނދަރު ބޭނުން ނުކުރެވޭ ހާލަތަށް ދިއުމަކީ އާންމުކަމެކެވެ. އެގޮތުން […]

އަލީ އާދިލް
ކޭއާރއެޗް ބޮޑުކޮށް، މަރާމާތު ކުރުމުގެ މަޝްރޫޢު ބާރަށް ކުރިއަށް

ކޭއާރއެޗް ބޮޑުކޮށް، މަރާމާތު ކުރުމުގެ މަޝްރޫޢު ބާރަށް ކުރިއަށް

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރއެޗް) ބޮޑުކޮށް، މަރާމާތު ކުރުމުގެ މަޝްރޫޢުގެ ދަށުން ވާޑް އިމާރާތް އެޅުމަށް ބޭނުންވާ ތަނބު ޖެހުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ފަށައިފިއެވެ. އެމްޓީސީސީއިން މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ހިއްސާކުރަމުން ބުނެފައިވަނީ މި އިމާރާތުގެ ފުރަތަމަ ޝީޓު އެޅުމުގެ މަސައްކަތް އޯގަސްޓް މަހުގެ ފުރަތަމަ ހަފްތާގައި ފެށޭނެކަމަށާއި މި މަޝްރޫޢުގެ ދަށުން އިމާރާތްކުރުމުގެ މަސައްކަތް ފަށާފައިވަނީ 1 ޖޫން 2020 ގައިކަމަށެވެ. މި މަޝް...

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށިން ނޮޅިވަރަމަށް މަސްތުވާތަކެތި އެތެރެކުރި 2 މީހަކު ހައްޔަރުކޮށްފި

ކުޅުދުއްފުށިން ނޮޅިވަރަމަށް މަސްތުވާތަކެތި އެތެރެކުރި 2 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ހދ.ނޮޅިވަރަމަށް އެތެރެކުރަން އުޅުނު މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފިކަމަށް ފުލުހުން ހާމަކޮށްފިއެވެ. ފުލުހުން ބުނެފައިވަނީ ކުޅުދުއްފުށިން ފުރައިގެން ނޮޅިވަރަމަށް ދަތުރުކުރަމުންދާ ދާ ފެރީއަކުން ނޮޅިވަރަމަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މި ޖުލައި 16 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ 22 އަހަރާއި، 24 އަހަރުގެ ދިވެހި ދެ ފ...

ޔުމްނާ ޢަލީ
ވައިކަރަދޫއިން ފުރި ލޯންޗެއް ފަރަށް އަރައިފި 📍 ހދ. ވައިކަރަދޫ

ވައިކަރަދޫއިން ފުރި ލޯންޗެއް ފަރަށް އަރައިފި

ހދ. ވައިކަރަދޫއިން ފުރި ލޯންޗެއް ފަރަށް އަރައިފިއެވެ. ވައިކަރަދޫ ކައުންސިލްގެ ނައިބް ރައީސް އަބްދުﷲ ވާފިރު ބުނެފައިވަނީ މިއީ ދެމީހުން ނާއިއެކު ދަތުރު ކުރި ލޯންޗެއްކަމަށެވެ. ވާފިރު ބުނެފައިވަނީ މިއީ ޓުވިންސް 1 ނަމަކަށް ކިޔާ ލޯންޗެއްކަމަށާއި މި ލޯންޗު ވައިކަރަދޫގެ ފަރުތެރެއަށް ރާޅާ ޖަހާލާފައިވާކަމަށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ހދ. ނައިވާދޫ ލޯންޗެކެވެ. ފަރަށް އެރުމުގެ ސަބަބުން ލޯންޗުން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުންވެފައި ނުވާކަމަށް ވާފިރު ބުނެފައިވެއެވެ. މިހާރު މިލޯންޗުވަނީ ވައި...

އަލީ އާދިލް
ވައިކަރަދޫގައި ޝަމީމް ދޮންބެގެ އުފެއްދުމެއް ނެތް ގެއެއް ނެތް!

ވައިކަރަދޫގައި ޝަމީމް ދޮންބެގެ އުފެއްދުމެއް ނެތް ގެއެއް ނެތް!

އަޅުގަނޑުމެންގެ ކާބަފައިންނަކީ އަމިއްލަ މަސައްކަތުން ދިރިއުޅުމުގެ ކަންކަން ފުއްދައިގެން އުޅުނު މަސައްކަތްތެރި ބައެކެވެ. އުފެއްދުންތެރި ބައެކެވެ. ހީވާގި ކަމާއެކު ކަންކަމާމެދު ޖެހިލުންނުވެ، ކެރިގެން ކުރިމަތިލާ ކާމިޔާބު ހޯދާފައިވާ ބައެކެވެ. ދިމާވާ އެކި ކަންކަމުގައި ކަންކަން ކުރެވޭނެ އެންމެ ފަސޭހަ އަވަސް މަގެއް ފަހިކުރުމަށް އާއީޖާދުތައް ހޯދާ އުޅުނު ބަޔެކެވެ. ހދ. ވައިކަރަދޫ، މެދަ، މުޙައްމަދު ޝަމީމަކީ ވެލްޑިންގެ މަސައްކަތަށް ކުޅަދާނަ މީހެކެވެ. ދަގަނޑުން ތަކެތި އަމިއްލައަށް ފަރުމާކޮށް ހަދާ އުފެއްދުންތެ...

އިބްރާހިމް ޚަލީލް
ބާރަށަށް އެތެރެކުރަން އުޅުނު މަސްތުވާތަކެއްޗާއެކު 2 މީހަކު ހައްޔަރުކޮށްފި 📍 ހއ. ބާރަށް

ބާރަށަށް އެތެރެކުރަން އުޅުނު މަސްތުވާތަކެއްޗާއެކު 2 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ހއ.ބާރަށުގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ. މާލެއިން ފުރައިގެން ބާރަށަށް ދަތުރުކުރަމުންދާ ބޯޓަކުން ބާރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މި ޖުލައި 17 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަ...

ޔުމްނާ ޢަލީ
ބާރަށު ދެކުނު ޒުވާނުން، އެއްސައިކަލެއްގެ މަތީ ކޮންމެ އަހަރަކު ތަފާތު ފޮޓޯއެއް! 📍 ހއ. ބާރަށް

ބާރަށު ދެކުނު ޒުވާނުން، އެއްސައިކަލެއްގެ މަތީ ކޮންމެ އަހަރަކު ތަފާތު ފޮޓޯއެއް!

ތަފާތު ގޮތްގޮތަށް ފޮޓޯއެއްނަގައި، އެ އެހެން މީހުންނަށް ހިއްސާކޮށްލުމަކީ މާބޮޑު އުފަލެއް ގެނުވާކަމަކަށް މިއަދު މިވަނީ ވެފައެވެ. ސޯޝަލް މީޑީއާގެ އެކިއެކި ވަސީލަތްތައް މެދުވެރިކޮށް ތަފާތު ވިސްނުންތަކުގެ މައްޗަށް ނެގިފައިވާ ތަފާތު ހިތްގައިމު ފޮޓޯތައް ކޮންމެ ދުވަހަކު ވެސް ފެންނަމުންދެއެވެ. އިންސަޓަގްރާމްގެ ސްޓޯރީތަކުންނާއި ފޭސްބުކް ޕޯސްޓުތަކުންނާއި ވައިބާރ ގުރޫޕްތަކުގެ އިތުރުން ޓްވިޓަރ އެކައުންޓް ތަކުންނެވެ. މި ހިއްސާކޮށްލާ ފޮޓޯތަކަކީ ވެސް ފޭސްބުކުން ފެނުނު ވަރަށް ތަފާތު ފޮޓޯތަކެކެވެ. ހއ.ބާރަށު ދެކުނ...

އިބްރާހިމް ޚަލީލް
ކުރިއަށް އޮންނަ ދެ ހަފްތާއަށް އެޕޮއިންޓްމަންޓް ހެދޭ ގޮތަށް ކޭއާރުއެޗްއިން ބަދަލު ގެނެސްފި

ކުރިއަށް އޮންނަ ދެ ހަފްތާއަށް އެޕޮއިންޓްމަންޓް ހެދޭ ގޮތަށް ކޭއާރުއެޗްއިން ބަދަލު ގެނެސްފި

ކުރިއަށް އޮންނަ ދެ ހަފްތާއަށް އެޕޮއިންޓްމަންޓް ހެދޭ ގޮތަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ބަދަލު ގެނެސްފިކަމަށް އެހޮސްޕިޓަލުން ބުނެފިއެވެ. އެހޮސްޕިޓަލުން މިއަދު ބުނެފައިވަނީ އެޕޮއިންޓްމަންޓް ހެއްދުމުގައި ހުރި ދަތި ކަމަށް އިތުުރު ލުޔެއް ހޯދައިދިނުމުގެ ގޮތުން މިއަދުން ފެށިގެން އެޕޮއިންޓްމަންޓްސް ކުރިއަށް އޮންނަ ދެ ހަފްތާއަށް ހެދޭ ގޮތަށް ވަނީ ބަދަލު ގެނެވިފައިކަމަށެވެ. ހުކުރު ދުވަހުގެ 14:00 އިން 15:00 އާ ދެމެދު ގިނަ ފަރާތްތަކަކުން ގުޅުއްވާތީ އެ ވަގުުތުތަކުގައި ގުޅުއްވުމުގައި ދަތ...

އިބްރާހިމް އަސްވާޤް
މާދަމާއިން ފެށިގެން ކޭއާރުއެޗްގައި މެމޯގުރަފީގެ ހިދުމަތް ފަށަނީ 📍 ހދ. ކުޅުދުއްފުށި

މާދަމާއިން ފެށިގެން ކޭއާރުއެޗްގައި މެމޯގުރަފީގެ ހިދުމަތް ފަށަނީ

މާދަމާއިން ފެށިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި މެމޯގުރަފީގެ ހިދުމަތް ފެށިގެން ދާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ. އެ ހޮސްޕިޓަލްގައި މެމޯގުރަފީގެ ހިދުމަތް ފެށިގެން ދިޔުމުން އުރަމަތީގެ ކެންސަރާ ދެކޮޅަށް ކުރާ މަސައްކަތުގައި އިތުރު ކުރިއެރުންތަކެއް ލިބިގެން ދާނެ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ. މީގެ އިތުރުން ރައްޔިތުންގެ މި ހިދުމަތް ހޯދަން އުފުލާ ތަކުލީފަށާއި ޖީބަށް ބޮޑެތި ލުއިތަކެއް ލިބިގެން ދާނެ ކަމަށާއި، އަދި ބަލީގެ ކުރީކޮޅު ބަލި ދެނެގަތުމަށް ބޮޑު […]

ޔުމްނާ ޢަލީ