މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:30 އިން 23:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (19:00 އިން 01:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,624 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9624 ޚަބަރުގެ ތެރެއިން
ފިނޭގެ ރަހަތަކާއި އެކު، "ބަށި މުސަންމާ" 📍 ހދ. ފިނޭ

ފިނޭގެ ރަހަތަކާއި އެކު، "ބަށި މުސަންމާ"

ބަށި މުސަންމާއަކީ ރާއްޖޭގެ އެކި ހިސާބުގައި ތައްޔާރު ކުރަމުންދާ ކެއުމުގެ ބާވަތެކެވެ. އެކި ހިސާބުގައި ތައްޔާރު ކުރާގޮތާއި، ތައްޔާރު ކުރަން ބޭނުން ކުރާ ބާވަތްތައްވެސް ތަފާތު ވެދާނެއެވެ. ހދ. ފިނޭ މީހުން ތައްޔާރު ކުރާ ބަށި މުސަންމާގެ ރަހަ، އެއް ފަހަރުވެސް ބަލައިފި ނަމަ ދެވަނަ ފަހަރުވެސް ކާން ބޭނުންވާހާ ރަހަ މީރެވެ. މިހަފުތާގައި މިގެނެސް ދެނީ އެރަށު މީހުން ބަށި މުސަންމާ ތައްޔާރު ކޮށް އުޅޭ ގޮތެވެ. ބަށީގައި ތައްޔާރު ކުރާ މި ކާނާގެ ބާވަތަކީ […]

ޝިއުނާ އާދަމް
ށ.ފުނަދޫގައި ކޯވިޑް-19އަށް ފަރުވާދިނުމަށް ހެދި މަރުކަޒު ހުޅުވައި ޙިދުމްތަދޭން ފަށައިފި

ށ.ފުނަދޫގައި ކޯވިޑް-19އަށް ފަރުވާދިނުމަށް ހެދި މަރުކަޒު ހުޅުވައި ޙިދުމްތަދޭން ފަށައިފި

ށ.ފުނަދޫގައި ކޯވިޑް-19އަށް ފަރުވާދިނުމަށް ހެދި މަރުކަޒު ހުޅުވައި ޙިދުމްތަދޭން ފަށައިފިކަމަށް ހެލްތު މިނިސްޓްރީއިން ހާމަކޮށްފިއެވެ. ރާއްޖޭގެ 5 ސަރަހައްދެއްގައި ކޯވިޑް-19އަށް ފަރުވާދިނުމަށް ސަރުކާރުން ޤާއިމްކޮށްފައިވާ މަރުކަޒުތަކުގެ ތެރެއިން ބ.އޭދަފުށްޓާއި ށ.ފުނަދޫގައި ހެދި މަރުކަޒުތައް ހުޅުވައި ޙިދުމްތަދޭން ފަށައިފައިވަނީ މިއަދުއެވެ. މި ދެމަރުކަޒު ހުޅުވުމަށް އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ބ.އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރާއި ށ.ފުނަދޫ ހޮސްޕިޓަލްގެ މެނޭޖަ ވިދާޅުވީ މުވައްޒ...

ޔުމްނާ ޢަލީ
ކޯވިޑް-19 އާއި ގުޅިގެން ހއ. އަތޮޅު ކައުންސިލުން ފަންޑެއް ހުޅުވައިފި

ކޯވިޑް-19 އާއި ގުޅިގެން ހއ. އަތޮޅު ކައުންސިލުން ފަންޑެއް ހުޅުވައިފި

ކޯވިޑް-19 އާއި ގުޅިގެން ދިމާވާ ކަންކަމުގައި ޚަރަދުކުރުމަށް ” ކޯވިޑް-19 ރިލީފް ފަންޑު ” ގެނަމުގައި ހއ. އަތޮޅު ކައުންސިލުން ފަންޑެއް ހުޅުވައިފިއެވެ. ހއ. އަތޮޅު ކައުންސިލްގެ ފަރާތުން ހުޅުވި މިފަންޑުގެ ބޭނުމަކީ ކޯވިޑް-19 އާއި ގުޅިގެން ރަށު ކައުންސިލްތަކުން ކުރަންޖެހޭ މުހިންމު ޚަރަދުތައް ކުރެވޭނެގޮތް ހަމަޖައްސައި ދިނުން ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ. އެކައުން ސިލުން ވަނީ މިފަންޑަށް ތިންލައްކަ ރުފިޔާ ކަނޑައަޅާފައި އެވެ. ފަންޑުން ފައިސާ ދޫކުރުމަށް އަތޮޅު ކައުންސިލްގެ 153 ވަނަ […]

ޝިއުނާ އާދަމް
ބާރަށު ގެެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި 📍 ހއ. ބާރަށް

ބާރަށު ގެެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ހއ. ބާރަށު ގެެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ގެއެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ. ބާރަށު ކައުންސިލްގެ ރައީސް އަލީ ސަމީމް ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވާފައި ވާގޮތުގައި އެރަށުގައި ހިނގި މިއަލިފާނުގެ ހާދިސާގައި އަލިފާން ރޯވެފައި ވަނީ އެރަށު އޭސިއާ ގޭ ނަމަކަށް ކިޔާގެއެއްގައެވެ. އަލިފާން ރޯވެފައި ވަނީ މިއަދުގެ 11:50 ހާއިރުގައި ކަމަށާއި، އަދި 12:15 ހާއިރު އަލިފާން ނިވާލާފައި ވާކަމަށާއި އަލިފާން ނިއްވާލާފައި ވަނީ ރަށުގެ ރައްޔިތުންނާއި ފުލުހުން ގުޅިގެން ކުރި […]

ޖަލްވާން ޖާދުﷲ
އިންޑިއާގެ ބައިވެރިވުމާއި އެކު ހަނިމާދޫ އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫޢު ފަށަނީ 📍 ހދ. ހަނިމާދޫ

އިންޑިއާގެ ބައިވެރިވުމާއި އެކު ހަނިމާދޫ އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫޢު ފަށަނީ

އިންޑިއާގެ ބައިވެރިވުމާއި ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމުގެ މަޝްރޫއަށް ފަށަން ނިންމާފައި ވާކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނެފިއެވެ. ރާއްޖޭގައި ހުންނަވާ އިންޑިއާގެ ޑެޕިއުޓީ ހައިކޮމިޝަނާ ރޯހިތު ރަތިޝް މީޑިއާއަށް ވިދާޅުވީ މި އަހަރު ނިމެންވާއިރަށް އެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ލަފާކުރަށްވާ ކަމަށެވެ. އިންޑިއާ އާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރުތައް ފެށުމުން މި މަޝްރޫޢުގެ ކޮންސަލްޓެންޓުން ރާއްޖެ އަންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ....

ޔުމްނާ ޢަލީ
އުތެމަ ޖަމްޢިއްޔާ އަށް ފިޔަވަޅު އެޅުމަށް ނެއްލައިދޫ ކައުންސިލުން ގޮވާލައިފި 📍 ހދ. ނެއްލައިދޫ

އުތެމަ ޖަމްޢިއްޔާ އަށް ފިޔަވަޅު އެޅުމަށް ނެއްލައިދޫ ކައުންސިލުން ގޮވާލައިފި

ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ “އުތެމަ” ޖަމްޢިއްޔާއިން އިސްލާމް ދީނާ ޚިލާފު ރިޕޯޓެއް ނެރެފައި ވާކަމަށާއި، އެކަމުގައި ޝާމިލުވާ ފަރާތްތަކަށް ޤާނޫނީ ފިޔަވަޅު އަޅައި ދިނުމަށް ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލުން ގޮވާލައިފިއެވެ. ނެއްލައިދޫ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ “އުތެމަ” އިން 22 ޖޫން 2020 އިން 10 ޖުލައި 2020 އަށް ޖެނީވާގައި އޮންނަ ސީޑޯ ކޮމެޓީގެ 76 ވަނަ ބައްދަލުވުމަށް ހުށަހެޅި ރިޕޯޓުގައި އެމްޑީއެންގެ ރިޕޯޓު ބަލައިގަ...

އިބްރާހިމް ޚަލީލް
އެމްޓީސީސީއިން ހޯރަފުށީ އެއަރޕޯޓް ސަރަޙައްދުގައި ރުއްގަސް އިންދައި ދީފި 📍 ހއ. ހޯރަފުށި

އެމްޓީސީސީއިން ހޯރަފުށީ އެއަރޕޯޓް ސަރަޙައްދުގައި ރުއްގަސް އިންދައި ދީފި

ހއ. ހޯރަފުށީ އެއަރޕޯޓު ތަރައްޤީކުރާ ސަރަހައްދުގައި ރުއްގަސް އިންދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާމްސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިން ކޮށްދީފިއެވެ. ހޯރަފުށީ އެއަރޕޯޓް ހަދާ ސަރަޙައްދުގައި މި އިންދުނު ރުއްގަހަކީ، ށ. ފީވަކުގައި ފަށާފައިވާ ބަނދަރު ހެދުމުގެ މަޝްރޫއު ހިންގުމަށް، އެ ސަރަހައްދުން ނަގަން ޖެހޭ ރުއްގަސް ކަމަށް އެމްޓީސީއިން ބުންޏެވެ. މި ރުއްގަސް ނެގިފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓަރކްޗަރ، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސ...

ޝިއުނާ އާދަމް
އައުޓް ޑޯ ޖިމް ހަދާ ރަށްތަކުގެ ތެރޭގައި އުތުރުގެ 4 އަތޮޅުން 15 ރަށް

އައުޓް ޑޯ ޖިމް ހަދާ ރަށްތަކުގެ ތެރޭގައި އުތުރުގެ 4 އަތޮޅުން 15 ރަށް

ރާއްޖޭގެ 61 ރަށެއްގައި އައުޓް ޑޯ ޖިމް ގާއިމްކުރުމަށް ބޭނުންވާ ސާމާނު ހަވާލު ކުރުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވާފައިވާއިރު މިރަށްތަކާއި ބެހޭ މަޢުލޫމާތު ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފު އާންމުކުރައްވައިފިއެވެ. ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފު މީސްމީޑީޔާގައި އާންމުކުރި ލިސްޓްގައި އައުޓް ޑޯ ޖިމް ގާއިމު ކުރުމަށް ހަމަޖެހިފައިވާ 61 ރަށުގެ ތެރޭގައި ހިމެނެނީ އުތުރުގެ 15 ރަށެވެ. އެގޮތުން ހއ އަތޮޅުން ބާރަށް، ތަކަންދޫ، މުރައިދޫ ހދ އަތޮޅުން ކުޅުދުއްފުށި ސިޓީ، ކުމުންދޫ، ނޭކުރެންދޫ، ވައިކަރަދޫ، […]

ހުސައިން ހަބީބް
ނޭކުރެންދޫ ކަނޑޫ ގަސްތައް މަރުވާ ސަބަބު ހޯދުމަށް ސަރުކާރުން ކުރި ދިރާސާ ނިންމާލައިފި 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫ ކަނޑޫ ގަސްތައް މަރުވާ ސަބަބު ހޯދުމަށް ސަރުކާރުން ކުރި ދިރާސާ ނިންމާލައިފި

ހދ. ނޭކުރެންދޫގެ ކަނޑޫފަލުން ގިނަ ޢަދަދެއްގެ ކަނޑޫ ގަސްތައް މަރުވާ ސަބަބު ދެނެގަތުމަށްޓަކައި ސަރުކާރުން އެރަށަށް ދިޔަ ޓީމުގެ މަސައްކަތް ނިންމާލައިފިއެވެ. ތިން މީހުންގެ މައްޗަށް އެކުލެވޭ އެ ޓީމު ނޭކުރެންދޫގައި ދެ ދުވަސް ހޭދަކޮށްފައިވެއެވެ. މިޓީމު ވަނީ ނޭކުރެންދޫ ކަނޑޫފަލުގައި، އެ ކަނޑޫފަލުގެ ގިނަ ޢަދަދެއްގެ ކަނޑޫގަސްތައް މަރުވަމުންދާ ސަބަބު ހޯދުމުގެ ދިރާސާތައް ކޮށްފައެވެ. ނޭކުރެންދޫ ކައުންސިލްގެ ރައީސް ޢަލީ އާދަމް “ތިލަދުން”އަށް ވިދާޅުވީ ސަރުކާރުން އެރަށަށް ޒިޔާރަތްކުރި ޓީމުން އެ ރަށުގެ ކަނޑޫފަލު...

ޝިއުނާ އާދަމް
އުތެމަ ޖަމްޢިއްޔާގެ ރިޕޯޓް ތަހުޤީގުކޮށް ފިޔަވަޅު އެޅުމަށް ވަށަފަރު ކައުންސިލުން ގޮވާލައިފި 📍 ހއ. ވަށަފަރު

އުތެމަ ޖަމްޢިއްޔާގެ ރިޕޯޓް ތަހުޤީގުކޮށް ފިޔަވަޅު އެޅުމަށް ވަށަފަރު ކައުންސިލުން ގޮވާލައިފި

އެމްޑީއެންގެ ރިޕޯޓް ތަޙްޤީގުކުރި އުސޫލުން އުތެމައިގެ ރިޕޯޓު ވެސް ތަހުޤީޤުކޮށް، މިކަމުގައި ޝާމިލުވާ އެންމެހައި ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލައި ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލުގެ އިދާރާއިން ނޫސްބަޔާނެއް ނެރެފިއެވެ. އެ ކައުންސިލުން މިކަމާއި ގުޅިގެން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގަމުންދާ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކުން “ޕްރިލިމިނަރީ އެސެސްމެންޓް އޮންޑް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ގެ ނަމުގައި އާންމުކުރި ރިޕޯޓުގ...

އިބްރާހިމް ޚަލީލް
މާފަރު އެއާޕޯޓު ކޯވިޑް ޓެސްޓް ސެންޓަރު ހުޅުވައިފި 📍 ނ. މާފަރު

މާފަރު އެއާޕޯޓު ކޯވިޑް ޓެސްޓް ސެންޓަރު ހުޅުވައިފި

ނ. މާފަރުގައި ތަރައްޤީކޮށް ފައިވާ، މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމްކުރި ކޯވިޑް ޓެސްޓް ސެންޓަރު މިއަދު ހުޅުވައިފިއެވެ. އެ ސެންޓަރު ހުޅުވުމުގެ ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީވާޗުއަލްކޮށެވެ. މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ބައިވެރިވެ ވަޑައިގެންނެވި ކަމަށް ހެލްތު މިނިސްޓްރީއިން ވަނީ ހާމަ ކުރަށްވާފައެވެ. މި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލައި، ފަތުރު ވެރިކަމަށް ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް ފަށާފައި ވާއިރު، މާފަރު އެއާޕޯޓު އޮތް ސަރަހައްދަކ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ސިޓީގައި ޤާއިމްކުރާ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމާއި ގުޅޭގޮތުން ޚިޔާލު ހޯދަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ސިޓީގައި ޤާއިމްކުރާ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމާއި ގުޅޭގޮތުން ޚިޔާލު ހޯދަނީ

ކުޅުދުއްފުށީ ސިޓީގައި ޤާއިމްކުރާ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމާއި ގުޅޭގޮތުން ކުޅުދުއްފުށީގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ސާރވޭއެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް އެންވަޔަރަންމެންޓް މިނިސްޓްރީއިން ބުނެފިއެވެ. އެ މިނިސްޓްރީއިން މިއަދު ބުނީ އެކްސެލަރޭޓިންގ ރިނިއުވަބަލް އެނާރޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާރޖީ މަޝްރޫޢުގެ ދަށުން ހދ. ކުޅުދުއްފުށީގައި ޤާއިމްކުރާ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމާއި ގުޅޭގޮތުން ކުޅުދުއްފުށީގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ސާރވޭއެއް ކު...

ޝިއުނާ އާދަމް
ބަލި މީހުންނަށް ޒިޔާރަތް ކުރުން ވަގުތީ ގޮތުން ކޭއާރުއެޗް އިން  މެދު ކަނޑާލައިފި

ބަލި މީހުންނަށް ޒިޔާރަތް ކުރުން ވަގުތީ ގޮތުން ކޭއާރުއެޗް އިން މެދު ކަނޑާލައިފި

ރާއްޖޭގެ އުތުރުގެ ބައެއް ރަށްތަކުން ކޯވިޑް-19 ފެންނަމުންދާތީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އެޑްމިޓް ކުރެވިފައިވާ ބަލިމީހުންނަށް ޒިޔާރަތްކުރުން އެ ހޮށްޕިޓަލުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މިކަން ހާމަކުރައްވައި މިއަދު އެ ހޮށްޕިޓަލުން ނެރެފައިވާ އިޢުލާނުގައި ބުނެފައިވަނީ މުޅި ދުނިޔެއަށް ދިމާވެފައި މިވާ ކޯވިޑް-19 ގެ ވަބާ ތަޖުރިބާ ކުރަމުންދާއިރު، ދިވެހިރާއްޖޭގެ އުތުރުގެ ސަރަޙައްދުން ވެސް މިވަނީ ކޯވިޑް-19 ފެނިފައި ކަމަށާއި، ކަންމިހެން އޮތުމާއިއެކު، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އެ...

އިބްރާހިމް ޚަލީލް
އެމްޓީސީސީއިން ހޯރަފުށީ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ފަށައި، އޭދަފުށީ މަގުތަކުގެ %79 މަސައްކަތް ނިންމައިފި 📍 ހއ. ހޯރަފުށި

އެމްޓީސީސީއިން ހޯރަފުށީ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ފަށައި، އޭދަފުށީ މަގުތަކުގެ %79 މަސައްކަތް ނިންމައިފި

ހއ. ހޯރަފުށީ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް ފަށައި، ބ. އޭދަފުށީގެ މަގުތަކުގެ 79 އިންސައްތަ މަސައްކަތް މޯލްޑިވްސް ޓްރާމްސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިން ނިންމައިފިއެވެ. އެމްޓީސީއިން ބުނީ ހޯރަފުށީގެ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް 12 ޖުލައި 2020 ގައި އެރަށުގައި ފަށާފައި. ވާކަމަށެވެ. މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން އެ މަޝްރޫޢުގެ މަސައްކަތް އެމްޓީސީއާއި ހަވާލު ކޮށްފައި ވަނީ 11 ސެޕްޓެމްބަރ...

ޔުމްނާ ޢަލީ
ހޯރަފުށީގައި ފެން ބަންދު ކުރާ ޕްލާންޓްގެ އަމަލީ މަސައްކަތް ފަށަނީ 📍 ހއ. ހޯރަފުށި

ހޯރަފުށީގައި ފެން ބަންދު ކުރާ ޕްލާންޓްގެ އަމަލީ މަސައްކަތް ފަށަނީ

ހޯރަފުށީގައި ބިއްލޫރި ފުޅީގައި ފެން ބަންދު ކުރާ ޕްލާންޓް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ފަށަން ތައްޔާރުވެފައިވާކަމަށް ފެނަކަ ކޯޕަރޭޝަން އިން ހާމަކޮށްފިއެވެ. އިންޑިއާ ސަރުކާރުގެ މާލީ އެހީތެރިކަމާއި އެކު ހޯރަފުށީ ކައުންސިލުން ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތްތައް ހަވާލުކޮށްފައިވަނީ ފެނަކަ ކޯރޕަރޭޝަނާއެވެ. މިއަދު މި މަޝްރޫޢުގައި ހިމެނޭ ފަރާތްތަކުން ވަނީ ފެނަކަ ކޯޕަރޭޝަންގެ އިދާރާގައި ބައްދަލުވުމެއް ބާއްވާފައެވެ. މި ޕްލާންޓް ގާއިމްކުރުމަށްޓަކައި އެރަށު ވޯޓާ ސަޕްލައި ޕްލާންޓް ހުރި ސަރަހައްދުގ...

ޒިޔާން އަމްޖަދު