މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:30 އިން 23:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (19:00 އިން 01:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,624 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9624 ޚަބަރުގެ ތެރެއިން
އައިޑިއާސް ޖަމިއްޔާގެ ފަރާތުން ކެލާގެ އެކި ސަރަހައްދު ތަކުގައި ޑަސްބިން ބަހައްޓައިފި 📍 ހއ. ކެލާ

އައިޑިއާސް ޖަމިއްޔާގެ ފަރާތުން ކެލާގެ އެކި ސަރަހައްދު ތަކުގައި ޑަސްބިން ބަހައްޓައިފި

އައިޑިއާސް ޖަމިއްޔާގެ ފަރާތުން ހއ. ކެލާގެ އެކި ސަރަހައްދު ތަކުގައި ޑަސްބިން ބަހައްޓައިފި އެވެ. އައިޑިއާސް ޖަމިއްޔާގެ ފަރާތުން ޑަސްބިން ބަހައްޓާފައިވަނީ ކެލާ ޔޫތު ސެންޓަރު، ބަނދަރު އަދި އޭ.ޓީ.އެމް ސަރަހައްދުގައެވެ. މިއީ އައިޑިއާސް އާއި އޮލިވް ރިޑްލީ ޕްރޮޖެކްޓް ގުޅިގެން ކެލާގައި ހިންގާ “ޓާރޓަލް  އެކްސްޕެޑިޝަން” ޕްރޮގުރާމްގެ ކޮމިއުނިޓީ ފަންޑްގެ ދަށުން، ކެލާގެ އާންމު ސަރަހައްދުތަށް ސާފްތާހިރުކޮށް ބެހެއްޓުމުގެ ގޮތުން ކުރެވޭ މަސައްކަތެކެވެ. މި ޑަސްބިންތައް ބެލެހެއްޓުމަށް ހަމަޖެހިފައި ވަނީ ކެލާ ކައުންސ...

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށީ ހޮސްޕިޓަލް ކެންސަރަށް ޚާއްސަ ނުކުރެވެންވީ ސަބަބެއް ނެތް: ޔާސިރު

ކުޅުދުއްފުށީ ހޮސްޕިޓަލް ކެންސަރަށް ޚާއްސަ ނުކުރެވެންވީ ސަބަބެއް ނެތް: ޔާސިރު

ކުޅުދުއްފުށީ ހޮސްޕިޓަލް ކެންސަރަށް ޚާއްސަ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްޤީ ނުކުރެވެންވީ ސަބަބެއް ނެތްކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު ޔާސިރު އަބުދުލް ލަޠީފް ވިދާޅުވެއްޖެއެވެ. “އަލި ރަން މުތް” ފޭސްބުކް ޕޭޖުން ގެނެސްދެމުން ދާ ސިލްސިލާއެއް ކަމަށްވާ ދެމެހެއްޓެނިވި ލާމަރުކަޒީގެ ވާހަކަ ދައްކާލަމާގެ ތިން ވަނަ އެޕިސޯޑުގައި “މާލެ ތޮއްޖެހި އަތޮޅުތައް ފަޅުވުން ” މިމައުލޫއަށް ވާހަކަ ދައްކަވަމުން ޔާސިރު ވިދާޅުވީ މަރުކަޒީ ކުރެވެން ފެށިތާ މިހާރު ފަންސާހަކަށް އަހަރު ވެއްޖެ ކަމަށެވެ. އެހެންކ...

ޔުމްނާ ޢަލީ
އެމްޓީސީސީއިން ކެލާ ބަނދަރު ހެދުމުގެ މަޝްރޫޢު ނިންމާލައިފި 📍 ހއ. ކެލާ

އެމްޓީސީސީއިން ކެލާ ބަނދަރު ހެދުމުގެ މަޝްރޫޢު ނިންމާލައިފި

ހއ.ކެލާ ބަނދަރު ހެދުމުގެ ދެވަނަ ފިޔަވަހި މަސައްކަތްތައް ނިންމާލެވިފައިވާކަމަށް މޯލްޑިވްސް ޓްރާމްސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ. ޒަމާނީ ފެންވަރުގެ ބަނދަރެއް ކެލާގައި ތަރައްޤީކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ކެލާ ފަޅުން 3496 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމާއި، 12،768 ކިއުބިކް މީޓަރުގެ ނެރު ފުންކުރުން، 30 މީޓަރުގެ ބޭރު ތޮއްޓެއް ލުމާއިއެކު 220 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން ސަރުކާރުން ވަނީ އެމްޓީސީސީ އާއި ހަވާލުކޮށްފައެވެ....

ޖަލްވާން ޖާދުﷲ
މިޑްލް ސްޕޯޓްސްގެ ފަރާތުން ދިއްދޫ ބަނދަރުގައި 7 ޑަސްބިން ބަހައްޓައިފި 📍 ހއ. ދިއްދޫ

މިޑްލް ސްޕޯޓްސްގެ ފަރާތުން ދިއްދޫ ބަނދަރުގައި 7 ޑަސްބިން ބަހައްޓައިފި

ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ޖަމްޢިއްޔާގެ ފަރާތުން އެ ރަށު ބަނދަރުގެ ހަތް ސަރަހައްދެއްގައި ކުނިއެޅުމަށް ޓަކައި ޑަސްބިން ބަހައްޓައިފިއެވެ. އެ ޖަމްޢިއްޔާއިން މަޢުލޫމާތު ދީފައިވާ ގޮތުގައި މި ހިނގާ 2020 ވަނަ އަހަރު އެ ޖަމްޢިޔާއިން ވާނީ ދިއްދޫގެ ތިމާވެށި ހިމާޔަތް ކުރުމަށް ޕްރޮގުރާމްތަކެއް މިހާރުވެސް ހިންގާފައި ކަމަށާއި، މިގޮތުން މި ހަރަކާތަކީ ވެސް އެ ލިސްޓަށް އިތުރުވެގެން ދިޔަ ކަމެއްކަމުގައެވެ. ޑަސްބިން ބެހެއްޓުމަށް ބަނދަރު ޚީޔާރުކުރެވުނު އެންމެ ބޮޑު އެއް ސަބަބަކީ، ދިއްދޫގެ ބަނދަރު ހިމެނޭ […]

އިބްރާހިމް ޚަލީލް
ނޮޅިވަރަމުގައި ހުރި އިތުރު މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ނޮޅިވަރަމުގައި ހުރި އިތުރު މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ހދ ނޮޅިވަރަމުގައި ހޯމް ކަރަންޓީނުގައި ހުރި އިތުރު މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. ނޮޅިވަރަމުން ވާހަކަ ދެއްކި މީހަކު ބުނެފައިވަނީ މިއަދު އެރަށުން ޕޮޒިޓިވް ވެފައިވަނީ އިއްޔެ ޕޮޒިޓިވް ވެފައިވާ މީހާގެ ބޭބެ އެވެ. އެދެމީހުން ވެސް އުޅެމުންއައީ އެއްގެޔެއްގައެވެ. އެމީހާއަކީވެސް މިމަހު 6 ވަނަ ދުވަހު މާލެއިން އެރަށަށް ދިޔަ މީހެކެވެ. އެމީހާއާއި އެކު އިތުރު ބަޔަކުވެސް އެރަށަށް ގޮސްފައިވާތީ އެމީހުންގެ ސާމްޕަލްވެސް މިހާރުވަނީ ނަގާފައެވެ. އެމީހުން އެރަށް ގެންދިޔަ ލޯންޗުގެ ފަޅުވެރިންގެ ސާމަޕަލް ނުނަގާ...

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އެޕޮއިންޓްމެންޓްއެއް ހެއްދުނީ 532 ފަހަރު ގުޅައިގެން

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އެޕޮއިންޓްމެންޓްއެއް ހެއްދުނީ 532 ފަހަރު ގުޅައިގެން

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން (ކޭއާރުއެޗް) އެޕޮއިންޓްމެންޓް ހެއްދުމަށް ދަތިތަކެއް ހުރުމުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ. ހދ. ނެއްލައިދޫއަށް ނިސްބަތްވާ ޒުވާނަކު ހިތްހަމަ ނުޖެހުން ފާޅުކޮށް ބުނެފައިވަނީ އެހޮސްޕިޓަލުން އެޕޮއިންޓްމެންޓް ހެއްދުނީ 532 ފަހަރު ގުޅައިގެންކަމަށެވެ. މިކަމަށް ހައްލެއް ބޭނުންވާކަމަށް ބުނެ އެޒުވާނާވަނީ ކޯލް ކުރި އަދަދުގެ ސްކްރީންސޮޓްއެއްވެސް ހިއްސާކޮށްފައެވެ. އެޕޯސްޓްއަށް އިތުރަށް ހިޔާލު ފާޅުކުރި ކުމުންދޫ ކަނބަލަކު ހިއްސާ ކޮށްފައިވާ ފޮޓޯއިން ފެންނަ ގޮތުގައި އެހޮސް...

ޖަލްވާން ޖާދުﷲ
ޙިމާޔަތްކޮށްފައިވާ “ކޭލަކުނު” ވަގުތީ ގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދަނީ

ޙިމާޔަތްކޮށްފައިވާ “ކޭލަކުނު” ވަގުތީ ގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދަނީ

ދިވެހިރާއްޖޭގެ ތިމާވެށި ޙިމާޔަތްކޮށް ރައްކާތެރިކުރުމާބެހޭ ޤާނޫނު (ނަންބަރު:4/93) ގެ ދަށުން ޙިމާޔަތްކޮށްފައިވާ ހދ.ކޭލަކުނު ވަގުތީ ގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ހދ އަތޮޅު ކައުންސިލުން އިޢުލާންކޮށްފިއެވެ. މިކަމަށް ހުޅުވާލެވިފައިމިވަނީ،  ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުގެ އިތުރުން ހދ.އަތޮޅު ރަށު ކައުންސިލްގެ އިދާރާތަކަށް ކަމަށް ހދ އަތޮޅު ކައުންސިލުން ނެރެފައިވާ އިޢުލާނުގައި ބުނެފައިވެއެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުން އޮންނާނީ، 2020 ޖުލައި 09 ދުވަހުން ފެށިގެން މި...

ޖަލްވާން ޖާދުﷲ
ހަނިމާދޫ މަގުތައް ހެދުމުގައި ހުރި ކަންބޮޑުވުން ހައްލުކޮށްދިނުމަށް އެދި ޒުވާނުން އަޑު އުފުލައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ މަގުތައް ހެދުމުގައި ހުރި ކަންބޮޑުވުން ހައްލުކޮށްދިނުމަށް އެދި ޒުވާނުން އަޑު އުފުލައިފި

ހަނިމާދޫގެ މަގުތައް ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު އެކަމުގައި ހުރި ބައެއް ހިތްތަމަނުޖެހުންތަކާއި ގުޅިގެން ހަނިމާދޫގެ ޒުވާނުން ނުކުމެ އެކަމުގައި ރައްޔިތުންނަށް ދަތިވާ ކަންތައްތައް އިސްލާހުކުރުމަށް ގޮވާލައި އަޑު އުފުލައިފިއެވެ. މިއަދު މި މެންދުރުގެ ވަގުތުގައި މި އެއްވުން ބާއްވާފައިވަނީ ހަނިމާދޫ ރަސްމީ ބޯޅަދަނޑު ކައިރީގައިވާ ކާނޭޝަން މަގުގައެވެ. މި އެއްވުމުގައި އެ ޒުވާނުންވަނީ މަގުހެދުމުގައި ހުރި ހިތްހަމަނުޖެހުންތައް ހާމަކުރުމުގެ ގޮތުން މެސެޖްތައް ލިޔެ...

އިބްރާހިމް ޚަލީލް
ނޮޅިވަރަމުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ނޮޅިވަރަމުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ހދ ނޮޅިވަރަމުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. ނަން ހާމަ ކުރަން ބޭނުންނުވާ ފަރާތަކުން “ތިލަދުން” އަށް ޔަޤީންކޮށްދީފައިވާ ގޮތުގައި ޕޮޒިޓިވްވި މީހާއަކީ މިމަހު 6 ވަނަ ދުވަހު މާލެއިން އެރަށަށް ދިޔަ ޒުވާނެކެވެ. އެމީހާއާއި އެކު އިތުރު ބަޔަކުވެސް އެރަށަށް ދިޔަކަމަށާއި ހޯމްކަރަންޓީނުގައި އެމީހާއާއި އެކު ތިބީ ދެމީހުން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ޕޮޒިޓިވްވެފައިވާ މީހާއަކީ އެރަށު ކައުންސިލް އިދާރާގައި މަސައްކަތް ކުރަމުން އަންނަ ފަރާތެކެވެ. ރަށުގައި އުޅުމަށްފަހު...

އަލީ އާދިލް
މާއުނގޫދުއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު 20 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފި

މާއުނގޫދުއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު 20 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ށ. ފުނަދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ށ. މާއުނގޫދުއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިކަމަށް ފުލުހުން ހާމަކޮށްފިއެވެ. މިމައްސަލައާއި ގުޅިގެން ފުލުހުން ބުނެފައިވަނީ މާލެއިން ފުރައިގެން މާއުނގޫދުއަށް ދަތުރުކުރަމުންދާ ބޯޓަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މި ޖުލައި މަހު 08 ވަނަ ދުވަހު ހިންގި އެ އޮޕ...

އަލީ އާދިލް
ހއ. އަތޮޅުގެ ހުރިހާ މެންބަރުން އެކީ، ކޮންމެ ދުވަހަކު ވުޒާރާއަކަށް!

ހއ. އަތޮޅުގެ ހުރިހާ މެންބަރުން އެކީ، ކޮންމެ ދުވަހަކު ވުޒާރާއަކަށް!

ރައްޔިތުންގެ މަޖިލީހުގެ ތިލަދުންމަތީ އުތުރުބުރި ތަމްސީލު ކުރައްވާ މެމްބަރުން ސަރުކާރު ވުޒާރާތަކާއި އެކު ސިލްސިލާ ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފިއެވެ. ތިލަދުންމަތީގައި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ފުރުޞަތުތައް ފަހިކުރުމާ ބެހޭ ގޮތުން އިއްޔެވަނީ މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އަލްފާޟިލާ ޒަހާ ވަޙީދުއާ އެކު ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުންތަކާއި ބެހޭގޮތުން ދާއިރާގެ މެންބަރ އަބްދުﷲ ވަހީދުބުނެފައިވަނީ މި ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެ ހެޔޮ ނަތީޖާ...

ޔުމްނާ ޢަލީ
ހަނިމާދޫ މަގުހެދުން: މިވަގުތު އިސްލާހު ނުކޮށްފިނަމަ މުސްތަޤުބަލުގައި އިތުރު ތުރާލެއް! 📍 ހދ. ހަނިމާދޫ

ހަނިމާދޫ މަގުހެދުން: މިވަގުތު އިސްލާހު ނުކޮށްފިނަމަ މުސްތަޤުބަލުގައި އިތުރު ތުރާލެއް!

ޤައުމުގައި އޮންނާނީ ދެފަޅިއެވެ. އެއްފަޅިއަކީ ސަރުކާރު ފަޅިއެވެ. އަނެއްފަޅިއަކީ ސަރުކާރާއި އިދިކޮޅުފަޅިއެވެ. އެ ދޭތެރޭގެ މެދެއް ނޯންނާނެއެވެ. އެ އިރެއްގައި އޮންނަ ސަރުކާރަކުން ކުރާ ކޮންމެ ކަމަކީ، އެކަމަކީ އަދި އެންމެ ރަނގަޅު ކަމެއް ނޫންކަމުގައި ވިޔަސް، އަދި އެކަން ހަމައެދަނީ އެންމެ ރަނގަޅަށް ނޫންކަން އެނގިތިބެމެ، އެކަން އެ އޮތީ ހަމަ އެންމެ ރަނގަޅަށޭ ބުނެ ބަހަނާވެސް ދައްކާނެއެވެ. މިއީ ސަރުކާރަށް ތާއީދުކުރާ މީހުންގެ ގޮތެވެ. ދެންއޮތީ އިދިކޮޅެވެ. އެއިރެއްގައި އޮންނަ ސަރުކާރަކުން ރައްޔިތުންނަށް ފައިދާ...

އިބްރާހިމް ޚަލީލް
ނ. އަތޮޅު ހޮސްޕިޓަލުގައި ކާމިޔާބު ކަމާއި އެކު ބޮޑު އޮޕަރޭޝަނެއް ކޮށްފި

ނ. އަތޮޅު ހޮސްޕިޓަލުގައި ކާމިޔާބު ކަމާއި އެކު ބޮޑު އޮޕަރޭޝަނެއް ކޮށްފި

ނ. އަތޮޅު ހޮސްޕިޓަލުގައި ކާމިޔާބު ކަމާއެކު ލެޕްރޮޓޮމީ އޮޕަރޭޝަނެއް ކޮށްފިކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ. ނ. އަތޮޅު ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުގައި ލެޕްރޮޓޮމީ އޮޕަރޭޝަނެއް، އެ ހޮސްޕިޓަލްގެ ޑޮކްޓަރުންގެ ޓީމަކުން ކާމިޔާބު ކަމާއި އެކު ކޮށްފިކަމަށެވެ. މި އޮޕަރޭޝަނުގައި އަންހެނެއްގެ ބަނޑުގެ ތިރިން ކަފާލައި އޯވަރީ އަށް ދިމާވެފައިވާ މައްސަލަ ރަނގަޅުކޮށް އަލުން އޯވަރީ އޭގެ މަހައްލަށް ރުޖޫއަކޮށްފައި ވާކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. އެ ހޮސްޕިޓަލުން ވަނީ މި ކާމިޔާބީ ފާހަގަކޮށް އެކަމުގައި ބައިވެރިވި...

ޝިއުނާ އާދަމް
ނޭކުރެންދޫ ކަނޑޫފާ ހިމާޔަތް ކުރުމަށް، ކަމާގުޅުން ހުރި އިދާރާ ތަކާއި އެކު ރާޢީ މަޝްވަރާކޮށްފި 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫ ކަނޑޫފާ ހިމާޔަތް ކުރުމަށް، ކަމާގުޅުން ހުރި އިދާރާ ތަކާއި އެކު ރާޢީ މަޝްވަރާކޮށްފި

ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު ކަނޑޫފާ ކަމުގައިވާ ހދ.ނޭކުރެންދޫ ކަނޑޫފަލުން ގިނައަދަދެއްގެ ކަނޑޫގަސްތައް މަރުވަމުންދާތީ އެ ކަނޑޫފާއަށް ދިމާވެފައިވާ މައްސަލަތައް ދެނެގަނެ އެކަމަށް ހައްލު ހޯދުމުގެ ގޮތުން ކަމާގުޅުންހުރި ސަރުކާރުގެ އިދާރާތަކާއި މަކުނުދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރު މުހައްމަދު ރާއީ މަޝްވަރާ ކުރައްވައިފިއެވެ. މިކަން ހާމަކުރައްވައި ރާއީ މިރޭ ކުރައްވާފައިވާ ޓްވީޓްގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށާއި އަދި އެންވަޔަރމެންޓް މިނިސްޓަރ އަދި ފިޝަރީޒް އެންޑް އ...

އިބްރާހިމް ޚަލީލް
ކެލާގައި ގާއިމުކުރާ ކުނިކޮށީގެ މަސައްކަތްތައް ނިންމަން ހަވާލުކޮށްފި 📍 ހއ. ކެލާ

ކެލާގައި ގާއިމުކުރާ ކުނިކޮށީގެ މަސައްކަތްތައް ނިންމަން ހަވާލުކޮށްފި

ހއ. ކެލާގައި ގާއިމްކުރަން ހަމަޖެހިފައިވާ، ކުނި މެނޭޖުކުރާ މަރުކަޒުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް ކުންފުންޏަކާއި ހަވާލުކޮށްފިއެވެ. މި މަސައްކަތަކީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަންނީ ބޭފުޅުންގެ ލަފައާއިއެކު ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަސައްކަތް ބީލަން އުސޫލުން ހަވާލުކޮށްފައިވަނީ “މަންގަނޑު” ކުންފުންޏާކަމަށާއި އަދި މި މަސައްކަތަކީ އެރަށަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ހައްލެއް ހޯދައި ދިނުމަށް ކުރިއަށް ގެންދެވޭ މަސައްކަތެއް ކަމުގައި އެންވަޔަރަންމެންޓް މިނިސްޓްރީން މަޢުލޫމާތު...

އިބްރާހިމް ޚަލީލް