މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:30 އިން 23:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (19:00 އިން 01:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,624 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9624 ޚަބަރުގެ ތެރެއިން
ފޮއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު މިމަހުގެ ނިޔަލަށް ނިންމާލެވޭނެ: އެމްޓީސީސީ 📍 ނ. ފޮއްދޫ

ފޮއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު މިމަހުގެ ނިޔަލަށް ނިންމާލެވޭނެ: އެމްޓީސީސީ

ނ. ފޮއްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް މި ހިނގާ ޖުލައި ނަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އެމަޝްރޫޢުގެ މަސައްކަތް ކުރަމުންދާ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ން ބުނެފިއެވެ. މިއަހަރުގެ ފެބްރުއަރީ މަހުގެ 25 ގައި އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މިމަޝްރޫޢޫގެ މަސައްކަތް ހަލުވިކަމާއި ކުރެވެމުންދާއިރު، މިހާރު ކުރިއަށް ދަނީ ޖިއޯ ބޭގް ޖެހުމުގެ މަސައްކަތް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. 7612،602.00 ރުފިޔާގެ މިމަޝްރޫޢު މަސައްކަތުގެ އީއައިއޭ ހަދ...

ޔުމްނާ ޢަލީ
މަރޮށި ހިމެނޭހެން 4 ރަށެއްގެ ބަނދަރުގެ މަސައްކަތް ކުރުމަށް ކުރިމަތިލާން ހުޅުވާލައިފި 📍 ށ. މަރޮށި

މަރޮށި ހިމެނޭހެން 4 ރަށެއްގެ ބަނދަރުގެ މަސައްކަތް ކުރުމަށް ކުރިމަތިލާން ހުޅުވާލައިފި

ށ. މަރޮށި ހިމެނޭހެން ހަތަރު ރަށެއްގެ ބަނދަރުގެ މަސައްކަތް ކުރުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް އެ މަސައްކަތްތަކަށް ކުރިމަތި ލުމުގެ ފުރުޞަތު ފިނޭންސް މިނިސްޓްރީން ހުޅުވާލައިފިއެވެ. މިގޮތުން އެ މިނިސްޓްރީއިން ހުޅުވާލާފައި ވަނީ ށ. މަރޮށީ ބަނދަރު އަޕްގްރޭޑުކުރުމުގެ މަސައްކަތުގެ އިތުރުން ބ. ހިތާދޫ ބަނދަރު ބޭރުތޮއްޓާއި އެއްގަމު ތޮށި ހެދުމުގެ މަސައްކަތާއި، މ. މުލީ ބަނދަރު ރީކޮންސްޓްރަކްޝަން މަސައްކަތް އަދި ވ. ތިނަދޫ ބަނދަރު އަޕްގްރޭޑު ކުރުމުގެ މަސައްކަތް ކުރުމަށް ކުރިމަތި ލުމަށެވެ. މިމަސައްކަތްތަކ...

ޔުމްނާ ޢަލީ
ގެތަކާއި ހަމައަށް ރަށް ގިރަމުން ދާއިރު މަޑަކުން ނުތިބެވޭނެ، ހައްލު ހޯދައިދޭން ޖެހޭ: މެމްބަރު ޝާހިދު

ގެތަކާއި ހަމައަށް ރަށް ގިރަމުން ދާއިރު މަޑަކުން ނުތިބެވޭނެ، ހައްލު ހޯދައިދޭން ޖެހޭ: މެމްބަރު ޝާހިދު

ށ. ފުނަދޫ ގިރަމުންގޮސް މީހުން ދިރިއުޅޭ ގެތަކާއި ހަމައަށް ގިރައި، ގޭގެއަށާއި މީހުންނަށް ގެއްލުންވާން ފެށީމާ މަޑުން ނުތިބެވޭނެ ކަމަށާއި، އެރަށް ގިރަމުންދާ މައްސަލައަށް ހައްލު ބޭނުންވާކަމަށް ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ. މެމްބަރު ޝާހިދު މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 16 ވަނަ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 170 ވަނަ މާއްދާގެ ދަށުން، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސަނީފް ހުށަހަޅުއްވާފައިވާ […...

ޝިއުނާ އާދަމް
ޖިންސީ އަނިޔާގެ ލިބުނު ކުއްޖާގެ މަންމަ އިހުމާލުވެފައިވާ ކަމަށްބުނެ މާފުށީގައި މުޒާހަރާ ކޮށްފި 📍 ހދ. ހަނިމާދޫ

ޖިންސީ އަނިޔާގެ ލިބުނު ކުއްޖާގެ މަންމަ އިހުމާލުވެފައިވާ ކަމަށްބުނެ މާފުށީގައި މުޒާހަރާ ކޮށްފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި، އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު އިހުމާލު ވެފައިވާ ކަމަށް ތުހުމަތުކޮށް އޭނާއާ މެދު ފިޔަވަޅު އަޅަން ގޮވާލައި، މާފުށީގައި ބަޔަކު އިހުތިޖާޖްކޮށްފިއެވެ. ފުލުހުން ބުނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހެއްގެ އިހުމާލުވާކަމަށް އެ މީހާއާ މެދު ފިޔަވަޅު އެޅުމަށް ގޮވާލައި މާފުށީގައި ބަޔަކު އިހުތިޖާޖު ކުރަމުންދާ ކަމަށެވެ. ފުލުހުން ގެންދަނީ އިހުތިޖާޖު ހިނގާ ސަަރަހައްދުގައި ސަލާމަތީ ކަންތައްތައް ބަލަހައްޓަ...

ޝިއުނާ އާދަމް
ކެލާ އާއި ނޭކުރެންދޫގެ ކަނޑޫގަސްތައް މަރުވާ ސަބަބު ހޯދުމަށް ސަރުކާރުގެ ޓީމެއް އުތުރަށް 📍 ހއ. ކެލާ

ކެލާ އާއި ނޭކުރެންދޫގެ ކަނޑޫގަސްތައް މަރުވާ ސަބަބު ހޯދުމަށް ސަރުކާރުގެ ޓީމެއް އުތުރަށް

ހއ. ކެލާ އަދި ހދ. ނޭކުރެންދޫގެ ކަނޑޫފަލުން ގިނަ ޢަދަދެއްގެ ކަނޑޫ ގަސްތައް މަރުވާ ސަބަބު ދެނެގަތުމަށްޓަކައި ސަރުކާރުގެ ޓީމެއް އުތުރަށް ދަތުރުކޮށް، މަސައްކަތް ފަށައިފިއެވެ. މި ދެރަށުގެ ކަނޑޫފަލުގެ ކަނޑޫ ގަސްތައް މަރުވާ ސަބަބު ދެނެގަތުމަށް އުތުރަށް ދަތުރުކުރި ޓީމުގައި ހިމެނެނީ އީޕީއޭއާއި، ފިޝަރީޒް މިނިސްޓްރީގެ އޮފިޝަލުންނެވެ. މި ޓީމު މިހާރު ވަނީ ކެލާއަށް ގޮސް މަސައްކަތް ފަށާފައެވެ. ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ ކެލާ އާއި ނޭކުރެންދޫ ކަނޑޫފަލުން ގިނަ ޢަދަދެއްގެ ކަނޑޫގަސްތައް މަރުވަމުން ދާތީ، […]

ޝިއުނާ އާދަމް
ނޭކުރެންދޫއިން ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކުގެ މަޢުލޫމާތު ހޯދަނީ 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫއިން ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކުގެ މަޢުލޫމާތު ހޯދަނީ

ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫއިން ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުމުގެ މަސައްކަތަށް ބޭނުންވާ މަޢުލޫމާތު ނޭކުރެންދޫ ކައުންސިލުގެ އިދާރާއިން ހޯދަން ފަށައިފިއެވެ. މިކަމާއި ގުޅިގެން މިއަދު އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ ނޭކުރެންދޫއިން ބަންޑާރަގޯތި ބޭނުންވާ ފަރާތްތަކުގެ މަޢުލޫތު ހޯދުމަށް ބޭނުންވާތީ ގޯތި ބޭނުންވާ ފަރާތްތަކުން 04 އޮގަސްޓް 2020 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން އެއިދާރާއަށް ދުރުވެ ނަންނޯޓް ކުރައްވަމުން ގެންދިއުމަށް އެދޭކަމަށެވެ. އެރަށުން ގޯތި ބޭނުންވާ ފަރާ...

އިބްރާހިމް ޚަލީލް
ރިޒް ކުންފުންޏަށް ތުހުމަތު ކުރެވޭ ބޮޑެތި މައްސަލަތަކެއް ބަލަނީ 📍 ށ. މިލަންދޫ

ރިޒް ކުންފުންޏަށް ތުހުމަތު ކުރެވޭ ބޮޑެތި މައްސަލަތަކެއް ބަލަނީ

ބ. ބޮޑު ފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތާއި ހަވާލުވެފައިވާ އާރުއައިއެކްސް(ރިޒް) ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް، ތުހުމަތު ކުރެވޭ މައްސަލަތަކެއްގެ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ ރިޒް ކުންފުނީގެ މައްޗަށް ބިދޭސީންނަށް މަޖުބޫރުކޮށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިންގައި، މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކޮށް، ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން އެކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފީއާއި ފައިސާ ނުދައްކާ މަސައްކަތްތެރިންގެ ހައްގުތ...

ޝިއުނާ އާދަމް
ތިލަދުންމަތީގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުމަށް ހއ. އަތޮޅުގެ މެންބަރުން، އެސްޓީއޯގެ އެމްޑީއާއި އެކު މަޝްވަރާކޮށްފި

ތިލަދުންމަތީގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުމަށް ހއ. އަތޮޅުގެ މެންބަރުން، އެސްޓީއޯގެ އެމްޑީއާއި އެކު މަޝްވަރާކޮށްފި

ހއ އަތޮޅުގަ މަސްފެކްޓްރީ އެއް އެޅުމާއި ތިލަދުންމަތީގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) މެދުވެރިކޮށް އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުމާއި ގުޅޭގޮތުން ހއ. އަތޮޅަށް ނިސްބަތްވާ މަޖިލިސް މެންބަރުން، އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ޙުސައިން ޢަމްރު އާއި އެކު މަޝްވަރާ ކުރައްވައިފިއެވެ. މިބައްދަލުވުމާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ހއ. ދިއްދޫ ދާއިރާގެ މަޖިލިސް މެންބަރ އަބްދުﷲ ވަހީދު ވިދާޅުވީ އެސްޓީއޯގެ ދަށުން ހިންގާ މިފްކޯ، މޯލްޑިވް ގޭސް އަދި އެ ނޫން ވެސް ކުންފުނިތަކުން ފޯރުކޮށްދ...

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށި ސިޓީ ފަޅުގައި އަޅާފައިއޮތް ޑިންގިއަކުން އައުޓްބޯޑު އިންޖީނެއް ވަގަށް ނެގި ދެމީހުން ހައްޔަރުކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީ ފަޅުގައި އަޅާފައިއޮތް ޑިންގިއަކުން އައުޓްބޯޑު އިންޖީނެއް ވަގަށް ނެގި ދެމީހުން ހައްޔަރުކޮށްފި

ހދ. ކުޅުދުއްފުށި ސިޓީގެ ފަޅުގައި އަޅާފައިއޮތް ޑިންގީއެއްގައި ހަރުކޮށްފައިހުރި އައުޓްބޯޑު އިންޖީނެއް ވަގަށްނަގާފައިވަނިކޮށް އެއިންޖީނު ހޯދައި، ދެ މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ ފިރިހެނެކެވެ. މިމައްސަލައާއި ގުޅިގެން ފުލުހުން ބުނެފައިވަނީ، އެދެ މީހުން ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށި ފަޅުތެރޭގައި އަޅާފައި އޮތް  ޑިންގީއެއްގައި ހަރުކޮށްފައިހުރި 25 ހޯސްޕަވަރުގެ ސުޒުކީ އިންޖީނެއް ވަގަށް ނަގާފައިވާކަމަ...

އަލީ އާދިލް
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކޯވިޑް-19 އަށް ޓެސްޓް ކުރެވޭނެ އިންތިޒާމް ހަމަޖައްސައިފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކޯވިޑް-19 އަށް ޓެސްޓް ކުރެވޭނެ އިންތިޒާމް ހަމަޖައްސައިފި

ސަރުކާރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ކޮރޯނާ ވައިރަސްއަށް ޓެސްޓް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރއެޗް) ގައި ތައްޔާރު ކުރާ ޕީސީއާރު ލެބްގެ މަސައްކަތް ނިމި މިހާރު ޓެސްޓް ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް އެހޮސްޕިޓަލުން ހާމަކޮށްފިއެވެ. އެހޮސްޕިޓަލުން ބުނެފައިވަނީ އާރުއެޗުގެ ލެބް ޓެކްނޮލޮޖިސްޓުން އައިޖީއެމްއެޗުގައި ތިން ހަފްތާގެ ތަމްރީނު ޕްރޮގުރާމެއް ފުރިހަމަ ކޮށްފައިވާކަމަށާއި ކޭއާރުއެޗުގައި ބޭނުންކުރާ ޕީސީއާރ...

އިބްރާހިމް އަސްވާޤް
މި ފޮޓޯތަކުން "އެންމެ ބޮޑު ކަނޑޫފާ" ހަލާކުވަމުންދާ މިންވަރު ވަޒަންކޮށްލާ! 📍 ހދ. ނޭކުރެންދޫ

މި ފޮޓޯތަކުން "އެންމެ ބޮޑު ކަނޑޫފާ" ހަލާކުވަމުންދާ މިންވަރު ވަޒަންކޮށްލާ!

ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫގައި އޮންނަ ކަނޑޫ ފަލަކީ ރާއްޖޭގައި އޮތް އެންމެ ބިޔަ އެއް ކަނޑޫފަލެވެ. ޤުދުރަތީ މި ބޮޑު ހަދިޔާ އަޅުގަނޑުމެން އަތުން ބީވެދާނެ ކަމުގެ ބިރު މިވަނީ ހީވެފައެވެ. ނޭކުރެންދޫގައި އޮންނަ މި ކަނޑޫފާ ހަލާކުވަމުންދާތީ އެރަށު ކައުންސިލުން އަންނަނީ ގިނަމަސައްކަތް ތަކެއްކުރަމުންނެވެ. މިކަން ކަމާބެހޭ ފަރާތްކުގެ ސަމާލުކަމަށް ގެނައުމަށް ގިނަގުނަ މަސައްކަތް ތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން ކަނޑުފާ ހަލާކުވެފައިވާ މިންވަރު ބަޔާންކޮށްދިނުމަށް ނޭކުރެންދޫ ކައުންސިލުން މިވަނީ ކަނޑ...

ޙުސައިން ޘަޤީފް
"ކޭލު ފޯ": ވަރުދާގެ އެ ހަނދާނާއި، ތައްޔާރު ކުރާނެ ގޮތް! 📍 ހދ. ފިނޭ

"ކޭލު ފޯ": ވަރުދާގެ އެ ހަނދާނާއި، ތައްޔާރު ކުރާނެ ގޮތް!

ކޭލުގައި ތައްޔާރުކުރާ ކާނާގެ ބާވަތެއް ކަމަށްވާ “ކޭލު ފޯ” ވާހަކަ އަޑު އެހިން ހެއްޔެވެ؟ މިއީ މީގެ އަހަރުތަކެއް ކުރިން ރާއްޖޭގެ ބައެއް ހިސާބުތަކުގައި ކޭލުން ތައްޔާރުކޮށް އުޅުނު ކާނާގެ ބާވަތެކެވެ. ތިޔަ ރަށުގައި އެއްވެސް އިރެއްގައި “ކޭލު ފޯ” ތައްޔާރު ކުރިހެއްޔެވެ؟ މި ކާނާގެ ބާވަތާއި ގުޅިގެން އެކި ރަށްރަށުގައި ޒަމާންވީ ހަނދާންތަކެއްވެސް އެބަހުއްޓެވެ. މިފަހަރު އަނެއްކާވެސް މިގެނެސްދެނީ ހދ. ފިނޭއަށް ނިސްބަތްވާ ވަރުދާ އަޙްމަދު ކިޔައިދިން ” ކޭލު ފޯ” އާއި ގުޅިފައިވާ ހދ. […]

ޝިއުނާ އާދަމް
ހދ. އަތޮޅު ކައުންސިލުން ދެމުން ގެންދާނެ ޓްރާންސްޕޯޓްގެ ޚިދުމަތްތައް އާންމުކޮށްފި

ހދ. އަތޮޅު ކައުންސިލުން ދެމުން ގެންދާނެ ޓްރާންސްޕޯޓްގެ ޚިދުމަތްތައް އާންމުކޮށްފި

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ޚިދުމަތްތަކުގެ ތެރެއިން ހދ.އަތޮޅު ކައުންސިލުގެ އިދާރާއިން، ދެމުން ގެންދާނެ ޚިދުމަތްތައް އާންމުކޮށްފިއެވެ. ޖުލައި ހަތަރުވަނަ ދުވަހުން ފެށިގެން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ޚިދުމަތްތަކުގެ ތެރެއިން އެ ކައުންސިލުން ދެމުން ގެންދާނެ ޚިދުމަތްތައް އާންމުކޮށް، މިއަދި  ކުރި އިޢުލާނުގައިވަނީ އެ ކައުންސިލުން ދެމުންގެންދާނެ ޖުމްލަ އަށް ޚިދުމަތެއް ހާމަކުރައްވާފައެވެ. އެ ޚިދުމަތްތަކުގެ ތެރޭގައި ހިމެނެނީ: އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އާކުރުން. (ގެއްލިގެން، ޙަލާ...

އިބްރާހިމް ޚަލީލް
ތިލަދުންމަތީގެ އަޑު އިނގިރޭސި ބަހުން އިއްވުމަށް "ތިލަދުންމަތި ޓައިމްސް"

ތިލަދުންމަތީގެ އަޑު އިނގިރޭސި ބަހުން އިއްވުމަށް "ތިލަދުންމަތި ޓައިމްސް"

ތިލަދުންމަތީގެ އަޑު އިނގިރޭސި ބަހުން އިއްވުމަށް “ތިލަދުން” ނޫހުގެ ކުޑައިގެ ދަށުން ނެރޭ އިނގިރޭސި އެޑިޝަން ފަރުމާކޮށް މިއަދުން ފެށިގެން، އިނގިރޭސި ޚަބަރުތަކާއި ރިޕޯޓްތައް ގެނެސްދޭން ފަށައިފި އެވެ. ތިޔަ އެންމެހާ ކިޔުންތެރިންނަށްވެސް “ތިލަދުން” ނޫހުގެ ކުޑައިގެ ދަށުން ނެރޭ އިނގިރޭސި އެޑިޝަން އަށް މަރުޙަބާ ކިޔަމެވެ. “ތިލަދުންމަތީ ޓައިމްސް” ގެ ނަމުގައި ނެރެންފެށި މިވެބްސައިޓްގައި ދިވެހި ބަހުން ލިޔެފައި ހުންނަ ޚަބަރުތައް އިނގިރޭސިބަހަށް ތަރުޖަމާކުރުމުގެ ބަދަލުގައިި، އިނގިރޭސި ބަހުން އޮރިޖިނަލް ކޮންޓެން...

ތިލަދުން
ކުޅުދުއްފުށިން ވަގަށް ނަގާފައިވާ ދެ ގްރައިންޑަރު ހޯދައި މީހަކު ހައްޔަރުކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށިން ވަގަށް ނަގާފައިވާ ދެ ގްރައިންޑަރު ހޯދައި މީހަކު ހައްޔަރުކޮށްފި

ހދ.ކުޅުދުއްފުށިގައި މަސައްކަތް ކުރަމުންދާ ސައިޓަކުން ވަގަށް ނަގާފައިވާ ދެ ގްރައިންޑަރު ހޯދައި، މިތަކެތި ވަގަށް ނެގިކަމަށް ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށްފިއެވެ. މި މައްސަލާއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ދިވެހި ފިރިހެނެކެވެ. މީމީހާއަކީ ވައްކަމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެކެވެ. އެމީހާ ހައްޔަރުކޮށްފައިވަނީހދ.ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު ވައްކަމުގެ މައްސަލައަކާ ގުޅިގެން މި ހިނގާ ޖުލައި މަހު 01 ވަނަ ދުވަހުގެ ވަގުތެއްގައެވެ.  ވަގަށް ނަގާފައިވާ ދެ ގްރައިންޑަރު ހޯދާ...

ޔުމްނާ ޢަލީ