އެމްއާރުއައި ހަދަން މާލެ ދިއުން ނިމުމަކަށް، ކޭއާރުއެޗްގައި އެ ޚިދުމަތް ދޭން ފަށައިފި
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި މެގްނެޓިކް ރެސޮނެންސް އިމޭޖިން (އެމްއާރުއައި)ގެ ހިދުމަތް ރަސްމީކޮން ފަށައިފި އެވެ. ނޮދަން އޮފީސް ކޮމްޕްލެކްސްގެ ހޯލުގައި މިއަދު ކުރިއަށް ދިޔަ ހާއްސަ ރަސްމިއްޔާތުގައި މި ހިދުމަތް ފައްޓަވާދެއްވީ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް އެވެ. މިރަސްމިއްޔާތުގައި ކުޅުދުއްފުށީ ދެކުނުދާއިރާގެ މަޖިލިސް މެންބަރު ޔާސިރު ުއަބްދުލް ލަތީފްގެ އިތުރުން ކުޅުދުއްފުށީގައި ހުންނަ ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ. މިއީ މާލެ ފިޔަ...