މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,631 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9631 ޚަބަރުގެ ތެރެއިން
"ފެންގަނޑަކުން، ވެލިގަނޑަކުން، ބައިމިލިއަންގެ އާމްދަނީ ވައްދާ ބޮޑު ޖަވާހިރަކަށް ހޯރަފުށީ އެއާޕޯޓު": ސައްލެ

"ފެންގަނޑަކުން، ވެލިގަނޑަކުން، ބައިމިލިއަންގެ އާމްދަނީ ވައްދާ ބޮޑު ޖަވާހިރަކަށް ހޯރަފުށީ އެއާޕޯޓު": ސައްލެ

”ފެންގަނޑަކުން، ވެލިގަނޑަކުން، ބައިމިލިއަންގެ އާމްދަނީ ރަށަށް ވައްދާ ބޮޑު ޖަވާހިރަކަށް” ހޯރަފުށީ އެއާޕޯޓް ވެގެން ގޮސްފައިވާ ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެ އެވެ. ސައްލެ މިހެން ވިދާޅުވީ، ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީ)އިން އެ އެއާޕޯޓުން 45 ވަޒީފާގެ ފުރުޞަތެއް މިއަދު ހުޅުވާލުމުން އެކަމަށް އިޝާރާތް ކުރައްވަމުންނެވެ. ހޯރަފުށީ އެއާޕޯޓުން 45 ވަޒީފާގެ ފުރުޞަތު ޢިއުލާން ކުރުމާއި ގުޅިގެން ސައްލެ ”ތިލަދުން”އަށް ވިދާޅުވީ، ހަގީގީ ލާމަރުކަޒީވުމަކީ، ރަ...

ޝިއުނާ އާދަމް
ހޯރަފުށީ އެއާޕޯޓުން 45 ވަޒީފާގެ ފުރުޞަތު! 📍 ހއ. ހޯރަފުށި

ހޯރަފުށީ އެއާޕޯޓުން 45 ވަޒީފާގެ ފުރުޞަތު!

ހއ. ހޯރަފުށީ އެއާޕޯޓުގެ އެކި ދާއިރާތަކުން ގިނަ ވަޒީފާތަކެއް ޢިއުލާން ކޮށްފިއެވެ. މި ގޮތުން ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީ)އިން މިއަދު ކުރި ޢިއުލާނެއްގައި ވަނީ އެ އާޕޯޓުން 45 ވަޒީފާގެ ފުރުޞަތު ހުޅުވާލާފައެވެ. ހޯރަފުށީ އެއާޕޯޓުން ޢިއުލާންކޮށްފައިވާ ވަޒީފާތައް ފަޔަރ އޮފިސަރ (1) ސަބް އޮފިސަރ (1) ލީޑިން ފަޔަރ މޭން (1) ޖޫނިއަރ އެއާޕޯޓް ފަޔަރ ފައިޓަރ (2) އެއާޕޯޓް ފަޔަރ ފައިޓަރ ޓްރެއިނީ (4) އީއެމްޓީ ފަޔަރ ފައިޓަރ ޓްރޭނީ (2) […]

ޔުމްނާ ޢަލީ
މުރައިދޫން މިފަހަރު ބާރަށަށް ފޮނުވީ ކާޑާއި ނޫޑްލުސް 📍 ހއ. ބާރަށް

މުރައިދޫން މިފަހަރު ބާރަށަށް ފޮނުވީ ކާޑާއި ނޫޑްލުސް

ހއ. ބާރަށުން ކޯވިޑް-19 ކޭސްތަކެއް ފެނުމާއި ގުޅިގެން މާރިޗް 2 ވަނަ ދުވަހުން ފެށިގެން އެރަށަށް ފުރަބަންދުގެ ހާލަތުގައި އޮތްއިރު، އަވަށްޓެރި މުރައިދޫގެ ރައްޔިތުންގެ ހިތުގައި ބާރަށުގެ އަޚުންނާއި އުޚުތުންނާމެދު އޮތް ލޯތްބާއި، ކުލުނު އަނެއްކާ ވެސް ދައްކާލައިފިއެވެ. މިގޮތުން މުރައިދޫ ރައްޔިތުންގެ ފަރާތުން އިއްޔެ ބާރަށު ރައްޔިތުންނަށް ވަނީ 28 ބަސްތާ ކާޑާއި އަދި 20 ކޭސް ނޫޑްލްސް ނޫޑްލުސް ހަދިޔާކޮށްފައެވެ. މިވަގުތު ބާރަށުގައި މީހުން އުޅޭ ގޭބިސީތަކުގެ ނިސްބަތުން 28 ބަސްތާ ކާޑުން، ކޮންމެ ގޭ […]

ޙުސައިން ޝަހުދީ
ށ. އަތޮޅު ހޮސްޕިޓަލުގެ އެކްސްޓެންޝަން އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ށ. ފުނަދޫ

ށ. އަތޮޅު ހޮސްޕިޓަލުގެ އެކްސްޓެންޝަން އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަނީ

ށ. އަތޮޅު ހޮސްޕިޓަލުގެ އެކްސްޓެންޝަން އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން ޢިއުލާންކޮށްފި އެވެ. މިކަމަށް ފުރުޞަތު ހުޅުވާލައި، މިނިސްޓްރީ އޮފް ހެލްތުއިން ކުރި ޢިއުލާނެއްގައި ބުނީ އެ މިނިސްޓްރީގެ ދަށުން ހިނގަމުންދާ ށ. އަތޮޅު ހޮސްޕިޓަލުގެ އެކްސްޓެންޝަން އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުވާ ކަމަށެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 07  މާރިޗު 2021 ވާ އާދިއްތަ  ދުވަހުން ފެށިގެން 16 މާރިޗު  2021  ވާ އަންގާރަ ދުވަހުގެ  މެންދުރުފަހު 13:30 ގެ ނިޔަލަށް، އެކަމަށް ތައްޔާރުކުރެވިފައިވާ ރެޖިސްޓްރޭޝަން […]

ޙުސައިން ޝަހުދީ
އަތޮޅު ކައުންސިލަށް މިދިޔަ އަހަރުގެ އަހަރީ ރިޕޯރޓް ފޮނުވީ ހދ. ގެ 4 ރަށަކުން

އަތޮޅު ކައުންސިލަށް މިދިޔަ އަހަރުގެ އަހަރީ ރިޕޯރޓް ފޮނުވީ ހދ. ގެ 4 ރަށަކުން

ފާއިތުވި 2020 ވަނަ އަހަރުގެ ހދ.އަތޮޅުގެ ރަށްތަކުގެ ރަށު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްސީލް ހިމެނޭ ރިޕޯޓް ކަނޑައެޅިފައިވާ މުއްދަތުގައި ހދ. އަތޮޅު ކައުންސިލަށް ފޮނުވާފައިވަނީ އަތޮޅުގެ ހަތަރު ރަށަކުން ކަމުގައި ހދ. އަތޮޅު ކައުންސިލުން ހާމަކޮށްފިއެވެ. ކަނޑައޅިފައިވާ މުއްދަތުގައި ރިޕޯޓް ފޮނުވާފައިވާ ރަށު ކައުންސިލް އިދާރާތަކަކީ ހދ. ހަނިމާދޫ ކައުންސިލް އިދާރާ، ހދ. ނެއްލައިދޫ ކައުންސިލް އިދާރާ، ހދ. ކުރިނބީ ކައުންސިލް އިދާރާގެ އިތުރުން ހދ. ވައިކަރަދޫ ކައުންސިލުގެ އިދާރާ އެވެ. ހދ.އަތޮޅު ކައުންސިލ...

އިބްރާހިމް ޚަލީލް
ފޭދޫގައި މަދިރި އާލާވުން މަދުކުރުމަށް ޕްރޮގްރާމެއް 📍 ށ. ފޭދޫ

ފޭދޫގައި މަދިރި އާލާވުން މަދުކުރުމަށް ޕްރޮގްރާމެއް

ށ. ފޭދޫގައި މަދިރި މަދިރި އާލާވުމުގެ ފުރުޞަތު ވީހާވެސް ކުޑަކުރުމަށް މަދިރި އުފެދޭ ތަންތަނަށް ކެމިކަލް އެޅުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ. މި ޕްރޮގްރާމަކީ ފޭދޫ ކައުންސިލާއި، ފޭދޫ ސިއްހީ މަރުކަޒު ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން އެރަށުގެ ކަނޑޫފާ، ކުޅި، ފާތަކަށް ކެމިކަލް އެޅުން ކުރިއަށް ގެންދަން ނިންމާފައިވާއިރު، ކެމިކަލް ފޯރުކޮށްދީފައި ވަނީ ށ. އަތޮޅު ހޮސްޕިޓަލުންނެވެ. ފޭދޫ ކައުންސިލްގެ ރައީސް މުޙައްމަދު ސާމިރު ”ތިލަދުން”އަށް ވިދާޅުވީ، އެރަށަކީ ގިނަ ކަނޑޫފާތަކެއ...

ޙުސައިން ޝަހުދީ
މިޑްލް ސްޕޯޓްސް ކްލަބުގެ ފުރަތަމަ ޤުރުއާން މުބާރާތް ފަށައިފި 📍 ހއ. ދިއްދޫ

މިޑްލް ސްޕޯޓްސް ކްލަބުގެ ފުރަތަމަ ޤުރުއާން މުބާރާތް ފަށައިފި

ހއ. ދިއްދޫގެ މަދަނީ ޖަމިއްޔާއެއް ކަމަށްވާ، މިޑްލް ސްޕޯޓްސް ކްލަބުގެ ފުރަތަމަ ޤުރުއާން މުބާރާތް ފަށައިފިއެވެ. 3 ދަންފަޅި އަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ކިޔެވުން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ. މި މުބާރާތުގައި 11 އުމުރު ފުރާއަކުން ޖުމްލަ 354 ކުދިން ވަނީ ބައިވެރިވެފަ އެވެ. އެ އުމުރުފުރާ ތަކަކީ، ނާސަރީ/ބޭބީ ނާސަރީ، އެލްކޭޖީ، ޔޫކޭޖީ، 7 އަހަރުން ދަށް، 9 އަހަރުން ދަށް، 11 އަހަރުން ދަށް، 13 […]

ޙުސައިން ޝަހުދީ
ކެލައަކީ ތިލަދުންމަތީގެ ރަންބިސް އަޅާ "ކުކުޅު ހާއްޔަކަށް" ހަދާނަން: ޙުސައިން ޙަމީދު 📍 ހއ. ކެލާ

ކެލައަކީ ތިލަދުންމަތީގެ ރަންބިސް އަޅާ "ކުކުޅު ހާއްޔަކަށް" ހަދާނަން: ޙުސައިން ޙަމީދު

ހއ. ކެލައަކީ ތިލަދުންމަތީގެ ރަންބިސް އަޅާ ކުކުޅު ހާއްޔަކަށް ހަދާނެކަމުގައި ކެލާ ކައުންސިލްގެ ރައީސްކަމަށް ވާދަކުރައްވާ ޙުސައިން ޙަމީދު ވިދާޅުވެއްޖެ އެވެ. ޙުސައިން ޙަމީދު މިހެން ވިދާޅުވީ ކެލާގައި ރޭ ބޭއްވުނު އެ.މް.ޑީ.ޕީގެ “ތަރައްޤީ އަށް ޖަންޕެއް” މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ކެލާ ކައުންސިލްގެ ރައީސްކަމަށް ވާދަކުރައްވާ ކެންޑިޑޭޓް ޙުސައިން ޙަމީދު ވިދާޅުވިގޮތުގައި ކެލައަށް މި ދޫކޮށްލަނީ ރަންބިސް އަޅާ 12 ކުކުޅާއި 2 ހާ ކަމަށެވެ. މިއީ ޓުވަރިޒަމަށް ހުޅުވިގެންދާ ދޮރުތަކެއްކަމަށާއި ކެލާގެ ރައ...

އަލީ އާދިލް
ބާރަށުން ޕޮޒިޓިވްވި މީހުންގެ ޢަދަދު 25 އަށް 📍 ހއ. ބާރަށް

ބާރަށުން ޕޮޒިޓިވްވި މީހުންގެ ޢަދަދު 25 އަށް

ހއ. ބާރަށުން އިތުރ 3 މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެ، އެ ރަށުން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 25 އަށް އަރައިފިއެވެ. ހއ. އަތޮޅު ހޮސްޕިޓަލުން ވަނީ ބާރަށުން ނެގުނު ސާމްޕަލްތަކުގެ ތެރެއިން އިތުރު 3 މީހެއްގެ ސާމްޕަލެއް ޕޮޒިޓިވްވެފައިވާކަން ”ތިލަދުން”އަށް ކަށަވަރުކޮށް ދެއްވާފައެވެ. އެ ހޮސްޕިޓަލުން ވިދާޅުވި ގޮތުގައި އެންމެ ފަހުން މާލެ ފޮނުވުނު ހުރިހާ ސާމްޕަލެއްގެ ނަތީޖާ އަދި ނުލިބެއެވެ. ބާރަށުގައި އެކުގައި ހޯމް ކަރަންޓީން ފުރިހަމަ ކުރި 9 މީހަކު ކޯވިޑަށް ޕޮޒިޓިވްވިކަން […]

ޙުސައިން ޝަހުދީ
ދިއްދޫން އެދުމުން މިއަހަރު ކޮންމެހެންވެސް ''އަމާންވެށި'' ގާއިމުކޮށްދޭން ބޭނުންވި: މިނިސްޓަރު 📍 ހއ. ދިއްދޫ

ދިއްދޫން އެދުމުން މިއަހަރު ކޮންމެހެންވެސް ''އަމާންވެށި'' ގާއިމުކޮށްދޭން ބޭނުންވި: މިނިސްޓަރު

ހއ. ދިއްދޫގައި ”އަމާންވެށި” ގާއިމުކޮށް، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންބަލައި ބޮޑުކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭން ދިއްދޫ ކައުންސިލުން މިދިޔަ އަހަރު އެދުމުން، މިއަހަރު ކޮންމެހެންވެސް އެކަން ކޮށްދިނުމަށް ބޭނުންފުޅުވިކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ ވިދާޅުވެއްޖެ އެވެ. އެކަމަނާ މިހެން ވިދާޅުވީ، ޖެންޑާ މިނިސްޓްރީއިން ދިއްދޫގައި ގާއިމުކުރި ”ހއ. އަމާންވެށި” ހުޅުވުމަށް މިއަދު އެރަށަށް ވަޑައިގެން، އެކަމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި...

ޝިއުނާ އާދަމް
ހއ. އަމާންވެށި ހުޅުވައިފި 📍 ހއ. ދިއްދޫ

ހއ. އަމާންވެށި ހުޅުވައިފި

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ހއ. އަތޮޅުގައި ގާއިމުކުރި ”ހއ. އަމާންވެށި” ހުޅުވައިފިއެވެ. މި އަމާންވެށި ހުޅުވީ، މިއަދު ހއ. އަތޮޅުގެ ވެރިކަންކުރާ ރަށް، ހއ. ދިއްދޫގައެވެ. ދިއްދޫގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި، މިތަން ހުޅުއްވައި ދެއްވީ، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ އެވެ. މި އަމާންވެށި ހިންގަމުން ދާނީ، ދިއްދޫގައި ހުންނަ ޖެންޑަރ މިނިސްޓްރީގެ، ހއ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ ދަށުންނެވެ. […]

ޔުމްނާ ޢަލީ
ތިލަދުންމަތީ ހުނަރުވެރިން: ށ. މިލަންދޫއިން ފޮޓޯނަގާ މާޚް! 📍 ށ. މިލަންދޫ

ތިލަދުންމަތީ ހުނަރުވެރިން: ށ. މިލަންދޫއިން ފޮޓޯނަގާ މާޚް!

ލިބޭ ހުސްވަގުތު ފުރާލުމަށްޓަކައި ބޭނުންތެރި މަސައްކަތެއް ކޮށްލުމަކީ ވަރަށް މުހިންމު ކަމެކެވެ. އެކަމުގެ ސަބަބުން ދިރިއުޅުމަށް އެތައްފައިދާތަކެއް ކުރުވައެވެ. ހުސްވަގުތު ރަނގަޅު ގޮތުގައި ބޭނުން ކުރެވުމެވެ . އެ ވަގުތުގައި ކުރެވޭ އިތުރު މަސައްކަތުން އާމްދަނީއެއް ހޯދުމުގެ އިތުރުން، ކުރާހިތްވާ ކަމެއް ކޮށްލެވުމުން ހިތަށާއި ނަފްސަށް ލިބިދޭ އުފާވެރިކަމެވެ. ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ މި ޒަމާނުގައި ވަރަށްގިނަ ޒުވާނުން، އެ ޒުވާނުންގެ ހުސްވަގުތު ފުރާލުމަށް ޓަކައި ފޮޓޯނަގައިގެން ހިތްހަމަ ޖެހުން ހޯދައެވ...

އިބްރާހިމް ޚަލީލް
ކުމުންދޫގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި 📍 ހދ. ކުމުންދޫ

ކުމުންދޫގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

‎ހދ.ކުމުންދޫގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. ކުމުންދޫ ކައުންސިލުން ހިއްސާކޮށްފައިވާ ގޮތުގައި އެ ރަށު ބަނދަރު ސަރަހައްދާކައިރި ހިސާބު ވަލުތެރޭގައި އަލިފާން ރޯވެފައިވަނީ މިއަދު 11:00 ހާއިރުއެވެ. ކުމުނދޫ ކައުންސިލާއި އާންމު ރައްޔިތުންނާއި އެމެއެންޑީއެފް ނޮދަން އޭރިއާ ހދ.ކުޅުދުއްފުށީ ފަޔަރސްޓޭސަނުން ގުޅިގެންކުރި މަސައްކަތުން އަލިފާންގަނޑު މިހާރުވަނީ ކޮންޓްރޯލް ކުރެވިފައެވެ. މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފް އިން ވިދާޅުވެފައިވަނީ ހދ.ކުމުންދޫ ވަލުތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން...

އިބްރާހިމް ޚަލީލް
ބޮޑުތިލަދުންމަތީގައި ހައި-ސްޕީޑް ފެރީގެ ޚިދުމަތް ގާއިމުކުރުމުގެ މަޝްރޫޢުގެ ސާވޭ ފަށައިފި

ބޮޑުތިލަދުންމަތީގައި ހައި-ސްޕީޑް ފެރީގެ ޚިދުމަތް ގާއިމުކުރުމުގެ މަޝްރޫޢުގެ ސާވޭ ފަށައިފި

ބޮޑުތިލަދުންމަތީގައި ގާއިމުކުރާ އިންޓެގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް ގާއިމުކުރުމުގެ މަޝްރޫޢުގެ ސާވޭ ފަށައިފިއެވެ. މިގޮތުން އެ ސާވޭ ކުރުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޓީމަކާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮންޕެނީ (އެމްޓީސީސީ)ގެ ޓީމެއް މިއަދު ވަނީ އެ ސަރަހައްދަށް ދަތުރު ކޮށްފައެވެ. ޕްލޭނިން މިނިސްޓްރީއިން ވިދާޅުވީ، ހއ. ހދ. އަދި ށ އަތޮޅުގައި އިންޓެގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް ގާއިމުކުރުމުގެ މަޝްރޫޢާ ގުޅޭ ގޮތ...

ޝިއުނާ އާދަމް
ބާރަށުން ނެގި ސާމްޕަލްތަކުގެ އަދަދު 216 އަށް! 📍 ހއ. ބާރަށް

ބާރަށުން ނެގި ސާމްޕަލްތަކުގެ އަދަދު 216 އަށް!

ހއ. ބާރަށުން މިހާތަނަށް 22 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު، އެރަށުން ރޭގެ ނިޔަލަށް 216 މީހެއްގެ ސާމްޕަލް ނަގައިފިއެވެ. ހއ. އަތޮޅު ހޮސްޕިޓަލުން ހާމަކުރެއްވި ގޮތުގައި، ކޯވިޑަށް ޓެސްޓް ކުރުމަށް ރޭގެ ނިޔަލަށް އެރަށުން ވަނީ 216 މީހެއްގެ ސާމްޕަލް ނަގާފައެވެ. ބާރަށުގައި އެކުގައި ހޯމް ކަރަންޓީން ފުރިހަމަ ކުރި 9 މީހަކު ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ މި މަހުގެ 1 ވަނަ ދުވަހުގެ ރެއެވެ. އަދި އެމީހުންނާއި އެރަށުތެރެއިން އިތުރު މީހުން ބައްދަލުވެފައި ވުމުން، ޑައިރެކްޓް ކޮންޓެކްޓުންގެ […]

ޙުސައިން ޝަހުދީ