މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,631 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9631 ޚަބަރުގެ ތެރެއިން
ފުނަދޫގައި ކުރިއަށް ގެންދިޔަ މޫދު ކަސްރަތު ޕްރޮގްރާމް ނިންމާލައިފި 📍 ށ. ފުނަދޫ

ފުނަދޫގައި ކުރިއަށް ގެންދިޔަ މޫދު ކަސްރަތު ޕްރޮގްރާމް ނިންމާލައިފި

ށ. ފުނަދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ކުރިއަށް ގެންދިޔަ މޫދު ކަސްރަތު ޕްރޮގްރާމް ނިންމާލައިފިއެވެ. ހުސްވި ފެބްރުއަރީ މަހުގެ 16 އިން ފެށިގެން މި މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގެ ކިލާސްތައް ކުރިއަށް ގެންގޮސްފައި ވަނީ އެރަށުގެ އެއާޕޯޓްގެ ދެކުނުން އޮންނަ ނިކަގަސް ބީޗް ސަރަޙައްދުގައެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސް ދެއްވީ، ފާތިމަތު ނަޝްފާއެވެ. ފުނަދޫގެ ކަނބަލުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި އެރަށުގެ 33 ކަނބަލެއް […]

ޙުސައިން ޝަހުދީ
ކުޅުދުއްފުށީ ޓިވެޓް ސެންޓަރު ގާއިމުކޮށް، އަންނަ އަހަަރު ހިދުމަތްދިނުމަށް އަމާޒުހިފައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ޓިވެޓް ސެންޓަރު ގާއިމުކޮށް، އަންނަ އަހަަރު ހިދުމަތްދިނުމަށް އަމާޒުހިފައިފި

ކުޅުދުއްފުށީ ސިޓީގައި ސަރުކާރުން ގާއިމުކުރަން ނިންމާފައިވާ ”ސްޓޭޓް އޮފް ދަ އާޓް ޓިވެޓް ސެންޓަރ” ގާއިމުކޮށް، އަންނަ އަހަރު މެދުތެރޭ އެ ސެންޓަރުގެ ޚިދުމަތް ފެށުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރް އޮފް ހަޔަރ އެޑިއުކޭޝަނުން ވިދާޅުވެއްޖެއެވެ. އެ މިނިސްޓްރީއިން މިހެން ވިދާޅުވީ، ރައީސް އިބްރާޙީމް މުޙައްމަދު މިއަހަރުގެ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު ރައްޔިތުންގެ މަޖިލިސްއަށް އިއްވެވި ރިޔާސީ ބަޔާނުގައި ހާމަކުރެއްވި ރާއްޖޭގެ ތިން ސަރަހައްދެއްގައި ގާއިމުކުރަން ނިންމާފައިވާ ސްޓޭޓް އޮފް...

އަލީ އާދިލް
ބާރަށުން އިތުރު 9 މީހުން ޕޮޒިޓިވްވެއްޖެ 📍 ހއ. ބާރަށް

ބާރަށުން އިތުރު 9 މީހުން ޕޮޒިޓިވްވެއްޖެ

ހއ. ބާރަށުން އިތުރު 9 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ހއ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވީ އިއްޔެ ބާރަށުން ނެގި 158 ސާމްޕަލްގެ ތެރެއިން މިހާތަނަށް 9 މީހެއްގެ ސާމްޕަލް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެހެންކަމުން އެ ރަށުން ޕޮޒިޓިވްވި މީހުންގެ ޢަދަދު 22 އަށް އެރީއެވެ. ބާރަށުން ހޯމް ކަރަންޓީން ފުރިހަމަ ކުރި 9 މީހަކު ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ މި މަހުގެ 1 ވަނަ ދުވަހުގެ ރެއެވެ. އަދި އެމީހުންނާއި އިތުރު މީހުން […]

ޙުސައިން ޝަހުދީ
ކުޅުދުއްފުށި ސިޓީގައި އިތުރު ވޯޓު ފޮއްޓެއް ބަހައްޓަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީގައި އިތުރު ވޯޓު ފޮއްޓެއް ބަހައްޓަނީ

ކުޅުދުއްފުށި ސިޓީގައި އިތުރު ވޯޓު ފޮއްޓެއް ބެހެއްޓުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ. އީސީއިން އިއްޔެ ކުރި އިޢުލާނެއްގައި ބުނެފައިވަނީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގައި ކުޅުދުއްފުށި ސިޓީއަށް ވޯޓުލާ މަރުކަޒެއް އިތުރު ވެފައިވާކަމަށެވެ. އެގޮތުން ކުޅުދުއްފުށީގައި ވޯޓުފޮށި ބަހައްޓަން ނިންމާފައިވަނީ ޔޫތް ސެންޓަރުގައެވެ. މި ފޮށްޓަށް ވޯޓުލާނީ ކުޅުދުއްފުށި ސިޓީއަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ...

އިބްރާހިމް އަސްވާޤް
މުރައިދޫ އޮތީ އެންމެ ގާތްއެކުވެރިޔާ ބާރަށާއެކުގައި 📍 ހއ. ބާރަށް

މުރައިދޫ އޮތީ އެންމެ ގާތްއެކުވެރިޔާ ބާރަށާއެކުގައި

ހއ. ބާރަށުން މިހާތަނަށް 22 މީހަކު ކޯވިޑް-19އަސޤ ޕޮޒިޓިވްވެ، ރައްޔިތުން ހާސްކަންމަތީ ތިބި ދަނޑިވަޅުގައި އަވަށްޓެރި މުރައިދޫ ރައްޔިތުންގެ ފަރާތުން، ބާރަށު ރައްޔިތުންނަށް ހިތްވަރުދީ އެހީތެރިވުމުގެ ގޮތުން ރޯ މަސް ހަދިޔާ ކޮށްފިއެވެ. ބާރަށުން ހޯމް ކަރަންޓީން ފުރިހަމަ ކުރި 9 މީހަކު ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ މި މަހުގެ 1 ވަނަ ދުވަހުގެ ރެއެވެ. އަދި އެމީހުންނާއި އިތުރު މީހުން ބައްދަލުވެފައި ވުމުން ޖެހިގެންއައި ދުވަހު 6 މީހެއްގެ ސާމްޕަލް ނެގިއެވެ. އޭގެ ތެރެއިން 4 ސާމްޕަލެއް ވަނީ […]

ޙުސައިން ޝަހުދީ
ކެލާއާއި، ވައިކަރަދޫ މަސްމާރުކޭޓް އެޅުމުގެ މަޝްރޫއުތައް ހަވާލުކޮށްފި 📍 ހދ. ވައިކަރަދޫ

ކެލާއާއި، ވައިކަރަދޫ މަސްމާރުކޭޓް އެޅުމުގެ މަޝްރޫއުތައް ހަވާލުކޮށްފި

ހއ. ކެލާ އަދި ހދ. ވައިކަރަދޫ މަސްމާރުކޭޓް އެޅުމުގެ މަޝްރޫއު، އެ ދެރަށު ކައުންސިލްއާއި ހަވާލުކޮށްގެން ކުރިޔަށްގެންދިޔުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. އެ ދެ ރަށުގެ އިތުރުން ބ. ފުޅަދޫ ކައުންސިލް އިދާރާ އެޅުމުގެ މަޝްރޫއު ވެސް ވަނީ އެރަށު ކައުންސިލްއާއި ހަވާލުކޮށްގެން ކުރިޔަށްގެންދިޔުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި ތިން ރަށުގެ ކައުންސިލާއި އެ މަޝްރޫޢުތައް ހަވާލުކުރުމުގެ އެއްބަސް ވުމުގައި ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ)އާއި އެ ތިން ރަށުގެ ކައުންސިލާއެކު ސޮއިކޮށްފައި ވަނީ އިއްޔެއެ...

ޝިއުނާ އާދަމް
ދިއްދޫން ދެ މީހަކު ޕޮޒިޓިވް ވެއްޖެ 📍 ހއ. ދިއްދޫ

ދިއްދޫން ދެ މީހަކު ޕޮޒިޓިވް ވެއްޖެ

ހއ. ދިއްދޫގައި ހޯމް ކަރަންޓީނުގައި ތިބި 2 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިިވް ވެއްޖެއެވެ. އެމީހުން ޕޮޒިޓިވްވެފައިވާކަން އެނގުނީ ހޯމް ކަރަންޓީނުގެ 10 ދުވަސް ހަމަވެގެން ނެގި ރިލީޒް ސާމްޕަލުންނެވެ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވީ، މިފަހަރު ޕޮޒިޓިވްވި ދެ މީހުންނަކީ ހޯމް ކަރަންޓީނު ނިންމި 8 މީހެއްގެ ތެރޭން ދެ މީހެއް ކަމަށެވެ. ޕޮޒިޓިވްވީ ދެ ދިވެހީންނެވެ. އެ މައުލޫމާތު ހާމަކުރަށް ވަމުން، ދިއްދޫ ކައުންސިލުން ވިދާޅުވީ، ދިއްދޫއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުން […]

ޔުމްނާ ޢަލީ
ބާރަށުން އިތުރު 158 ސާމްޕަލް ނަގައިފި

ބާރަށުން އިތުރު 158 ސާމްޕަލް ނަގައިފި

ހއ. ބާރަށުން ހޯމް ކަރަންޓީން ފުރިހަމަ ކުރި ބަޔަކު ކޯވިޑަށް ޕޮޒިޓިވްވެ، އެ މީހުން އިތުރު މީހުންނާއި ބައްދަލުވެފައި ވުމުން ނެގި ސާމްޕަލްތަކުން ވެސް ބަޔަކު ޕޮޒިޓިވް ވުމުން، އެރަށުން އިތުރު 158 ސާމްޕަލެއް ނަގައިފިއެވެ. ބާރަށުން ހޯމް ކަރަންޓީން ފުރިހަމަ ކުރި 9 މީހަކު ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ މި މަހުގެ 1 ވަނަ ދުވަހުގެ ރެއެވެ. އަދި އެމީހުންނާއި އިތުރު މީހުން ބައްދަލުވެފައި ވުމުން ޖެހިގެންއައި ދުވަހު (އިއްޔެ) 6 މީހެއްގެ ސާމްޕަލް ނެގިއެވެ. […]

ޙުސައިން ޝަހުދީ
ނައިވާދޫ ސްކޫލުގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް 📍 ހދ. ނައިވާދޫ

ނައިވާދޫ ސްކޫލުގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް

ހދ. ނައިވާދޫ ސްކޫލުގެ ދަރިވަރުންނަށާއި މުދައްރިސުންނަށް އަދި އެސްކޫލުގެ ބެލެނިވެރިންނަށް އަމާޒުކޮށްގެން  ”ސައިބަ ކްރައިމް އެވެއާނަސް” ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްދެއްވީ، ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ނެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 28 ން މި ހިނގާ މާރޗު މަހުގެ 1 ވަނަ ދުވަހަށް ނައިވާދޫ ސްކޫލްގަ އެވެ. މި ޕްރޮގްރާމުގައި، އެންޓި ސޯޝަލް ބިއޭވިއަރ އާ ބެހޭގޮތުންނާއި، އިންޓަނެޓް ރައްކާތެރިގޮތުގައި ބޭނުން ކުރާނެ […]

ޙުސައިން ޝަހުދީ
މާއުނގޫދޫ ސްކޫލް މަލްޓި ޕާޕަސް ހޯލް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ

މާއުނގޫދޫ ސްކޫލް މަލްޓި ޕާޕަސް ހޯލް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ށ. މާއުނގޫދޫ ސްކޫލް މަލްޓި ޕާޕަސް ހޯލް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ޢިއުލާންކޮށްފި އެވެ. މިކަމަށް ފުރުޞަތު ހުޅުވާލައި، މިނިސްޓްރީ އޮފް ފިނޭންސްއިން ކުރި ޢިއުލާނެއްގައި ބުނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެދިލެއްވުމުގެ މަތިން ށ. މާއުނގޫދޫ ސްކޫލް މަލްޓި ޕާޕަސް ހޯލް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. އެހެން ކަމުން މިމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ  ފުރުޞަތު މިކަމަށް  ޝަރުޠުހަމަވާ  ހުރިހާ  ފަރާތްތަކަށް ފިނޭން މިނިސްޓްރީއިން ވަނީ ހުޅުވާލާފަ އެވެ. މިމ...

ޖަލްވާން ޖާދުﷲ
ފޭދޫ ސްކޫލްގެ 8 ކްލާސްރޫމާއި، މަލްޓި ޕާޕަސް ހޯލް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަން ޢިއުލާންކޮށްފި 📍 ށ. ފޭދޫ

ފޭދޫ ސްކޫލްގެ 8 ކްލާސްރޫމާއި، މަލްޓި ޕާޕަސް ހޯލް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަން ޢިއުލާންކޮށްފި

ށ. ފޭދޫ ސްކޫލްގައި 8 ކްލާސްރޫމާއި، މަލްޓި ޕާޕަސް ހޯލެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން ޢިއުލާންކޮށްފި އެވެ. މިކަމަށް ފުރުޞަތު ހުޅުވާލައި، މިނިސްޓްރީ އޮފް ފިނޭންސްއިން ކުރި ޢިއުލާނެއްގައި ބުނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެދިލެއްވުމުގެ މަތިން ށ. ފޭދޫ ސްކޫލްގައި 8 ކްލާސްރޫމާއި، މަލްޓި ޕާޕަސް ހޯލެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. އެހެން ކަމުން މިމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ  ފުރުޞަތު މިކަމަށް  ޝަރުޠުހަމަވާ  ހުރިހާ  ފަރާތްތަކަށް ފިނޭން މިނިސްޓްރީއިން ވަނީ […]

ޙުސައިން ޝަހުދީ
ބާރަށުން އިތުރު 4 މީހުން ޕޮސިޓިވް ވެއްޖެ 📍 ހއ. ބާރަށް

ބާރަށުން އިތުރު 4 މީހުން ޕޮސިޓިވް ވެއްޖެ

ހއ. ބާރަށުގައި ހޯމް ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރި 9 މީހެއް ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު، އެމީހުންނާއިސީދާ ބައްދަލުވި މީހުންގެ ގޮތުގައި ނެގި 6 މީހުންގެ ތެރެއިން 4 މީހުން ޕްސިޓިވް ވެއްޖެ އެވެ. ހއ. އަތޮޅު ހޮސްޕިޓަލުން މިކަން ވަނީ މިނޫހަށް ކަށަވަރުކޮށްދީފަ އެވެ. އަދި އިތުރަށް ބަލަން ޖެހޭކަންކަން ބެލުމަށް ހއ. ދިއްދޫއިން 4 ޓީމު އިހަވަންދޫއިން 2 ޓީމެއް ބާރަށަށް ދަތުރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ. ބާރަށް މޮނިޓަރިން ހާލަތަށް ގެނެސް […]

އިބްރާހިމް އަސްވާޤް
މާރަންދޫ ސިއްޙީ މަރުކަޒުގެ މަސައްކަތް ހަވާލުކުރި ދުވަހު ބޭނުންވާ ސާމާނު ރަށަށް ގެނެސްފި 📍 ހއ. މާރަންދޫ

މާރަންދޫ ސިއްޙީ މަރުކަޒުގެ މަސައްކަތް ހަވާލުކުރި ދުވަހު ބޭނުންވާ ސާމާނު ރަށަށް ގެނެސްފި

ހއ. މާރަންދޫ ސިއްޙީ މަރުކަޒަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތް ހަވާލުކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެމަސައްކަތް ކުރުމަށް ބޭނުންވާ ސާމާނު ރަށަށް ގެންގޮސް މަސައްކަތް ފަށައިފި އެވެ. މާރަންދޫގެ ސިއްޙީ މަރުކަޒަށް އިތުރުކުރެވޭ އިމާރާތުގެ އެއްބަސްވުމުގައި ސޮއި ކުރީ އިއްޔެގެ ވަގުތެއްގައެވެ. މި މަސައްކަތަށް ބޭނެންވާ ސާމާނު އެރަށަށް ގެންގޮސް މަސައްކަތް ފަށާފައި ވަނީ ވެސް އިއްޔެގެ ވަގުތެއްގަ އެވެ. އިހަވަންދޫ ދާއިރާގެ މެންބަރ މުޙައްމަދު ޝިފާޢު ވިދާޅުވީ ލާމަރުކަޒީ ޤާނޫނަށް ގެނެވުނު ބަދަލާއެކު ކައުން...

Thiladhun
ބާރަށުން ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުންގެ ގޮތުގައި ހަ މީހުން! 📍 ހއ. ބާރަށް

ބާރަށުން ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުންގެ ގޮތުގައި ހަ މީހުން!

ހއ. ބާރަށުގައި ހޯމް ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރި 9 މީހެއް ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު، އެމީހުންނާއިސީދާ ބައްދަލުވި މީހުންގެ ގޮތުގައި 6 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށް ހއ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ. ބާރަށް މޮނިޓަރިން ހާލަތަށް ގެނެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްފެށީ އިއްޔެއެވެ. އެރަށުން ބަޔަކު ޕޮޒިޓިވްވިކަން އެނގުނީ އިއްޔެ ރެޔެއެވެ. އެ އެންމެންނަކީ ވެސް ހޯމްކަރަންޓީނު ނިންމައި، ނެގި ރިލީޒް ސާމްޕަލުން ޕޮޒިޓިވްވި މީހުންނެވެ. ބާރަށުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި އުމުރުން 7...

ޝިއުނާ އާދަމް
ށ. ފޭދޫ އާއި ނޫމަރާގައި ހޭލުންތެރިކުރުމުގެ ޕޮރޮގްރާމެއް ފުލުހުން ހިންގައިފި 📍 ށ. ފޭދޫ

ށ. ފޭދޫ އާއި ނޫމަރާގައި ހޭލުންތެރިކުރުމުގެ ޕޮރޮގްރާމެއް ފުލުހުން ހިންގައިފި

ށ. ފޭދޫ އާއި ށ ނޫމަރާގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ށ. ފުނަދޫ ޕޮލިސް ސްޓޭޝަނާއި ށ. ފޯކައިދޫ އަދި ށ. ފީވައް ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގައިފިއެވެ. ފުލުހުން އެދެރަށުގައި ވިޔަފާރިކުރާ ތަންތަނަށާއި ގޭގެއަށް ޒިޔާރަތްކޮށް މައުލޫމާތު ދީފައިވަނީ މިދިޔަ ހަފްތާގަ އެވެ. ފުލުހުންގެ މަސައްކަތްތަކާ ގުޅޭގޮތުންނާއި ރައްޔިތުންނަށް ދިމާވާ ދަތިތަކާއި ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން މައުލޫމާތު ހޯދާފައިވާކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި ރީލޯޑްއާއި ރާސްޓަސްގެ މައްސަލަތަކަށް ސަމާލުވެ، އެކަންކަމުން ރައްކާ...

އަލީ އާދިލް