މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,631 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9631 ޚަބަރުގެ ތެރެއިން
ހަނިމާދޫ ރިހެބުގައި ހުރި ޒުވާނަކު ނިޔާވެއްޖެ 📍 ހދ. ހަނިމާދޫ

ހަނިމާދޫ ރިހެބުގައި ހުރި ޒުވާނަކު ނިޔާވެއްޖެ

ހދ. ހަނިމާދޫގައި ގާއިމުކޮށްފައި ހުންނަ ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިޔުނިޓީ ރިހެބިލިޓޭޝަން ސެންޓަރއިން ފަރުވާ ހޯދަން ގޮސްހުރި ޒުވާނަކު ނިޔާވެއްޖެއެވެ. ހަނިމާދޫ ކައުންސިލްގެ ވަގުތީ އެސްޖީ އިބްރާޙީމް ޢަލީ ”ތިލަދުން”އަށް ވިދާޅުވީ އެ ޒުވާނަ ނިޔާވެފައިވާ ކަމުގެ މައުލޫމާތު އޭނާއަށް ލިބިވަޑައިގަތީ 11:45 ހާއިރު ކަމަށެވެ. މިވަގުތު ހަނިމާދޫގައި ތިއްބަވާ ފުލުހުންނާއި، ހަނިމާދޫ ސިއްހީ މަރުކަޒުގެ ޓީމެއް އެތަނުގައި ހަރަކާތްތެރިވަމުންދާ ކަމަށް އިބްރާޙީމް ވިދާޅުވިއެވެ. ”ކުއްލި ގޮތަކަށް އެކުއްޖާ މި ނިޔާވީ،...

ޔުމްނާ ޢަލީ
މިލަދުންމަޑުލު ކައުންސިލްތަކުގެ ރޭންކިންގ 2019: 1 ވަނައަށް ފުނަދޫ އާއި މަގޫދޫ 📍 ށ. ފޯކައިދޫ

މިލަދުންމަޑުލު ކައުންސިލްތަކުގެ ރޭންކިންގ 2019: 1 ވަނައަށް ފުނަދޫ އާއި މަގޫދޫ

ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސްގެ 2019 ވަނަ އަހަރުގެ ނަތީޖާއިން ށ. އަތޮޅުން 1 ވަނަ ރަށުގެ ގޮތުގައި ށ. ފުނަދޫ ކައުންސިލް އަދި ނ. އަތޮޅުން 1 ވަނަ ރަށުގެ ގޮތުގައި ނ. މަގޫދޫ ކައުންސިލް ހޮވިއްޖެ އެވެ. 2021 ވަނަ އަހަރުގެ ލާމަރުކަޒީ ދުވަސް ފާހަގަކުރުމަށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީއިން އިއްޔެ ބޭއްވި ޙަފްލާގައި ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސްގެ 2019 ގެ ނަތީޖާތައް އިޢުލާނުކޮށްދެއްވީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފެވެ. […]

އަލީ އާދިލް
ތިލަދުންމަތީ ކައުންސިލްތަކުގެ ރޭންކިންގ 2019: 1 ވަނައަށް ތުރާކުނު އަދި ނެއްލައިދޫ 📍 ހއ. ތުރާކުނު

ތިލަދުންމަތީ ކައުންސިލްތަކުގެ ރޭންކިންގ 2019: 1 ވަނައަށް ތުރާކުނު އަދި ނެއްލައިދޫ

ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސްގެ 2019 ވަނަ އަހަރުގެ ނަތީޖާއިން ހއ. އަތޮޅުން 1 ވަނަ ރަށުގެ ގޮތުގައި ތުރާކުނު ކައުންސިލް އަދި ހދ. އަތޮޅުން 1 ވަނަ ރަށުގެ ގޮތުގައި ހދ. ނެއްލައިދޫ ކައުންސިލް ހޮވިއްޖެ އެވެ. 2021 ވަނަ އަހަރުގެ ލާމަރުކަޒީ ދުވަސް ފާހަގަކުރުމަށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީއިން އިއްޔެ ބޭއްވި ޙަފްލާގައި ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސްގެ 2019 ގެ ނަތީޖާތައް އިޢުލާނުކޮށްދެއްވީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފެވެ. […]

އަލީ އާދިލް
ކައުންސިލްސް ޕާފޯމަންސް އިންޑެކްސް 2019: އަތޮޅުތަކުން އެންމެ ފުލަށް ހދ. އަތޮޅު ކައުންސިލް

ކައުންސިލްސް ޕާފޯމަންސް އިންޑެކްސް 2019: އަތޮޅުތަކުން އެންމެ ފުލަށް ހދ. އަތޮޅު ކައުންސިލް

ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސްގެ 2019 ވަނަ އަހަރުގެ ނަތީޖާއިން އަތޮޅުތަކުގެ ބައިން އެންމެ ދަށް އިންޑެކްސް އެއް ހޯދި ކައުންސިލްއަކަށް ހދ. އަތޮޅު ކައުންސިލް ވެއްޖެ އެވެ. 2021 ވަނަ އަހަރުގެ ލާމަރުކަޒީ ދުވަސް ފާހަގަކުރުމަށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީއިން ބޭއްވި ޙަފްލާގައި ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސްގެ 2019 ގެ ނަތީޖާތައް އިޢުލާނުކޮށްދެއްވީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފެވެ. މިގޮތުން ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސްގެ ނަތީޖާއިން އެއްވަ...

އަލީ އާދިލް
ނޭކުރެންދޫ މޮނިޓަރިންގެ ހާލަތުން ނަގައިފި 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫ މޮނިޓަރިންގެ ހާލަތުން ނަގައިފި

ހދ.ނޭކުރެންދޫ މޮނިޓަރިން ހާލަތުން ނަގާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އެރަށު ކައުންސިލަށް އަންގައިފިއެވެ. ނޭކުރެންދޫ މޮނިޓަރިން ހާލަތުން ނަގާފައި ވަނީ މިރޭ 20:42 ގައި އެވެ. އެ ރަށް މޮނިޓަރިން ހާލަތަށް ގެނެސްފައިވަނީ 22 ފެބްރުއަރީ 2021 ވަނަ ދުވަހުގެ ރޭ 21:33 ގައެވެ. (އެޗްޕީއޭ) އިން ނޭކުރެންދޫ މޮނިޓަރިން ހާލަތުން ނެގިކަން އަންގައި ފޮނުވި ލިއުމުގައި ބުނެފައި ވަނީ، އެ ރަށް މޮނިޓަރިން ހާލަތުން ނެގީ ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ޤާނޫނު […]

އިބްރާހިމް ޚަލީލް
ރައްޔިތުންގެ ނަފުސާނީ، ޖިސްމާނީ ދުޅަހެޔޮކަމަށް ހިތްފަސޭހަ މައިޒާންތައް ތަރައްގީ ކުރާނަން: އާޠިފާ 📍 ހދ. ކުޅުދުއްފުށި

ރައްޔިތުންގެ ނަފުސާނީ، ޖިސްމާނީ ދުޅަހެޔޮކަމަށް ހިތްފަސޭހަ މައިޒާންތައް ތަރައްގީ ކުރާނަން: އާޠިފާ

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކްޕާޓީ (އެމްޑީޕީ)ގެ ކައުންސިލެއް އިންތިހާބުވެއްޖެނަމަ، ކުޅުދުއްފުށީ ސިޓީގެ ރައްޔިތުންގެ ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ހިތްފަސޭހަ މައިޒާންތައް ތަރައްގީކުރަށްވާނެ ކަމަށް ކުޅުދުއްފުށި މެދު ދެކުނު ދާއިރާގެ ގޮނޑިއަށް އެ ޕާޓީގެ ޓިކެޓުގައި ވާދަ ކުރަށްވާ އާޠިފާ ޢަލީ ވިދާޅުވެއްޖެއެވެ. އާޠިފާ މިހެން ވިދާޅުވީ، ރޭ ބޭއްވި އެމްޑީޕީގެ ”ރަށްވެހި ފަތިސް” ކެމްޕޭން ރީ ލޯންޗިންގ ޖަލްސާގެ ތެރެއިން، ކުޅުދުއްފުށީ ސިޓީގައި ކުރިއަށްދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އާޠިފާ ވިދާ...

ޝިއުނާ އާދަމް
ސްމާޓް ސިޓީ ކޮންސެޕްޓަށް ކައުންސިލް އޮޓޮމޭޓްކުރެވި ހިތުމަތްތައް ރައްޔިތުން ގާތަށް ގެނެސްދެވޭނެ: އާތިފް

ސްމާޓް ސިޓީ ކޮންސެޕްޓަށް ކައުންސިލް އޮޓޮމޭޓްކުރެވި ހިތުމަތްތައް ރައްޔިތުން ގާތަށް ގެނެސްދެވޭނެ: އާތިފް

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކްޕާޓީ (އެމްޑީޕީ)ގެ ކައުންސިލެއް އިންތިހާބުވެއްޖެނަމަ، ސްމާޓް ސިޓީ ކޮންސެޕްޓަށް ކައުންސިލް އޮޓޮމޭޓްކުރެވި ހިތުމަތްތައް ރައްޔިތުން ގާތަށް ގެނެސްދެވޭނެ ކަމަށް އެ ޕާޓީގެ ޓިކެޓުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރު ކަމުގެ މަގާމަށް ކުރިމަތިލައްފައިވާ ކެނޑިޑޭޓް މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ. ރޭ ބޭއްވި ރަށްވެހި ފަތިސް ކެމްޕޭން ރީ ލޯންޗިންގ ޖަލްސާގައި އާތިފް ވިދާޅުވީ، ލާމަރުކަޒީ ނިޒާމަކީ 2010 ވަނަ އަހަރު އެމް.ޑީ.ޕީ އިން އުފަންކުރި ނިޒާމެއް ކަމަށް ވިޔަސް އެކަމުގެ ފޮނި މޭވާ ވަނ...

އަލީ އާދިލް
ވާހަކަ: ނާ ބަންނަ އަޑިގަނޑު (6 ވަނަ ބައި)

ވާހަކަ: ނާ ބަންނަ އަޑިގަނޑު (6 ވަނަ ބައި)

ކުރީ ޢަދަދާއި ގުޅޭ: “މެންދުރަށް ތި ތައްޔާރުކުރަނީ ކޯއްޗެއްތަ؟” ދަލޭކަ ބަދިގެ ތެރޭގައި އުޅެނިކޮށް، ދަލޭކަގެ އެކުވެރި ރުގިއްޔާ ބަދިގެ ދޮރުމައްޗަށް ހުއްޓި އެހިއެވެ. “މާޅޮސް ކެޔޮކޮޅެއް މަޑުކޮށްލަނީ.” އުނދުނުގެ ދަރުތައް މަގަތަށް ދަމާލައި ގިނި މަޑުކޮށްލަމުން ދަލޭކަ ބުންޏެވެ. “ގޭގޭ ދޮށަށް ތިޔަ ހިނގަނީ މިހާރު މެންދުރަށް ކެއްކީތަ؟” އެންމެން އަވަދިނެތި މެންދުރަށް ކައްކަން އުޅޭ މި ވަގުތުގައި ރުގިއްޔާ މިހެން އައިސް މި ތާ ހުއްޓުނީމާ އެ ވާހަކަ ނުދައްކައެއް ދަލޭކައަކަށް ނުހުރެވުނެވެ. “މި […]

ޢާޠިފާ ޒަކަރިއްޔާ
ހޯމްކަރަންޓީނުގައި ހުއްޓާ ޕޮޒިޓިވްވި މިލަންދޫ މީހާ، 7 މީހަކާއި ބައްދަލުވި! 📍 ށ. މިލަންދޫ

ހޯމްކަރަންޓީނުގައި ހުއްޓާ ޕޮޒިޓިވްވި މިލަންދޫ މީހާ، 7 މީހަކާއި ބައްދަލުވި!

ށ. މިލަންދޫގައި ހޯމް ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރި މީހެއް ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު އޭނާއާއި ސީދާ ބައްދަލުވި މީހުންގެ ގޮތުގައި 7 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށް މިލަންދޫ ސިއްހީ މަރުކަޒުން ވިދާޅުވެއްޖެއެވެ. އެކަން ހާމަކޮށްފައި ވަނީ އެ ސިއްޙީ މަރުކަޒުގެ ރަސްމީ ފޭސްބުކް ޕޭޖްގައި މިއަދު މެންދުރުކުރި ޕޯސްޓެއްގަ އެވެ. ”23 ފެބްރުއަރީ 2021 ވަނަ ދުވަހު، މިލަންދޫއިން ހޯމް ކަރަންޓީނު ފުރިހަމަ ކުރި ފަރާތެއް ކޯވިޑް19 އަށް ފައްސިވުމާއި ގުޅިގެން، އޭނާއާއި ޑައިރެކްޓް ކޮށްޓެކްޓުވި 7 މީހުންގެ […]

ޔުމްނާ ޢަލީ
ހޯމް ކަރަންޓީނުގައި ހުރި މީހެއް ޕޮޒިޓިވްވެ، މިލަންދޫ މޮނިޓަރިންނަށް 📍 ށ. މިލަންދޫ

ހޯމް ކަރަންޓީނުގައި ހުރި މީހެއް ޕޮޒިޓިވްވެ، މިލަންދޫ މޮނިޓަރިންނަށް

ށ. މިލަންދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑަށް ޕޮޒިޓިވްވެ، އެރަށް މޮނިޓަރިންނަށް ލައިފިއެވެ. މިލަންދޫ ކައުންސިލްގެ ޒިންމާދާރު އިސްވެރިޔާ އަޙްމަދު ޝިޔާމް ”ތިލަދުން”އަށް ވިދާޅުވީ، އެރަށު ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި އޭނާ ޕޮޒިޓިވްވިކަން އެނގުނީ އުސޫލާއެއްގޮތަށް ކަރަންޓީނު ފުރިހަމަކޮށްނެގި ރިލީޒް ސާމްޕަލުން ކަމަށް އޭނާ ވިދާޅުވިއެވެ. ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑަށް ޕޮޒިޓިވް ވުމުން، ހެލްތް ޕްރޮޓެކްޝަން އޭޖެންސީން (އެޗްޕީއޭ)އިން އެރަށް މޮނ...

ޔުމްނާ ޢަލީ
އުރީދޫ ސުޕަނެޓް ށ. ގޮއިދޫއަށް 📍 ށ. ގޮއިދޫ

އުރީދޫ ސުޕަނެޓް ށ. ގޮއިދޫއަށް

އުރީދޫގެ ސުޕްނެޓް ހިދުމަތް ށ. ގޮއިދޫއަށް ތައާރަފު ކޮށްފިއެވެ. އުރީދޫ އިން ބުނީ 100 އެމްބީޕީއެސް ހަލުވި ސްޕީޑާއެކު، ބޮޑެތި އެލަވަންސްތައް ލިބޭ ޕެކޭޖްތަކުގެ އިތުރުން ގޮއިދޫ އިން މިހާރު ސުޕަނެޓްގެ ހިދުމަތް ހޯދާ ފުރަތަމަ 20 ފަރާތަކަށް މައިކްރޮސޮފްޓް 360 ލައިސެންސް ވެސް ލިބޭނެ ކަމަށެވެ. އުރީދޫގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސާ އިންޓަނެޓަށް ބަރޯސާވާ މިންވަރު މިހާރު އިތުރުވެ، އަސާސީ ހިދުމަތަކަށް ވެފައިވާ ކަމަށެވެ. އެގޮތުން ކުދިންގެ ކިޔެވުމަށާއި،ގޭގައި ތިބެގެން މަސައްކަތްކުރުމަށާއި ސިއްހީ ހިދުމަތް […]

އަޙްމަދު ވަހީދު
ށ. އަތޮޅުން ނުވަ ސަތޭކައަށްވުރެ ގިނަ މީހުން ވެކްސިން ޖަހައިފި

ށ. އަތޮޅުން ނުވަ ސަތޭކައަށްވުރެ ގިނަ މީހުން ވެކްސިން ޖަހައިފި

ށ. އަތޮޅު ރަށްތަކުން 9 ސަތޭކައަށްވުރެ ގިނަ މީހުން ކޯވިޑް ވެކްސިން ޖަހައިފިއެވެ. އިއްޔެގެ ނިޔަލަށް އެ އަތޮޅުގެ މީހުންއުޅޭ 14 ރަށަކުން 963 މީހުންގެ ވަނީ ކޯވިޑް ވެކްސިން ޖަހާފައެވެ. ށ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އަޙްމަދު ޒުމްރަތު ”ތިލަދުން”އަށް ވިދާޅުވީ، އެ އަތޮޅުން އިއްޔެގެ ނިޔަލަށް 963 މީހުންގެ ވަނީ ކޯވިޑް ވެކްސިން ޖަހާފަ ވާއިރު، އޭގެ ތެރެއިން އަތޮޅު ހޮސްޕިޓަލުން ވެކްސިން ދިން މީހުންގެ ޢަދަދަކީ 201 ކަމަށެވެ. ”އަތޮޅުތެރޭގެ ފުރަތަމަ ބުރު ވަނީ ނިމިފައި، […]

ޔުމްނާ ޢަލީ
ދިއްދޫގައި ގާއިމުކުރާ ޖޫނިއަރ ކޮލެޖްގެ ކިޔެވުން އަންނަ އަހަރު ފެށޭނެ: މިނިސްޓަރު

ދިއްދޫގައި ގާއިމުކުރާ ޖޫނިއަރ ކޮލެޖްގެ ކިޔެވުން އަންނަ އަހަރު ފެށޭނެ: މިނިސްޓަރު

މިއަހަރުގެ ޕީއެސްއައިޕީގެ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ ހއ. ދިއްދޫގައި ޖޫނިއަރ ކޮލެޖެއް ގާއިމު ކުރުމުގެ މަޝްރޫޢުގެ މަސައްކަތްނިމި، އެ ކޮލެޖްގެ ފުރަތަމަ ބެޗްގެ ދަރިވަރުން ކިޔަވުން އަންނަ އަހަރު ފެށޭނެ ކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ޙަސަން ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ، ދިއްދޫގައި މަތީ ތަޢުލީމު ފުޅާކުރުމަށް، 2021 ވަނަ އަހަރުގެ ދައުލަތުގެ ޕީއެސްއައިޕީގެ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ ދިއްދޫ ޖޫނިއަރ ކޮލެޖްގެ ކަންކަމާއި ބެހޭ ގޮތުން މަޝްވަރާކޮށް އެންމެ ފަހުގެ [...

އަލީ އާދިލް
ނޭކުރެންދޫއާއި މުރައިދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރު ކޮށްދޭނޭ ފަރާތެއް ހޯދަނީ 📍 ހއ. މުރައިދޫ

ނޭކުރެންދޫއާއި މުރައިދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރު ކޮށްދޭނޭ ފަރާތެއް ހޯދަނީ

ހދ. ނޭކުރެންދޫ އަދި ހއ. މުރައިދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރު ކޮށްދޭނޭ ފަރާތެއް ހޯދަން، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ޢިއުލާން ކޮށްފިއެވެ. މިގޮތުން ޔޫތު މިނިސްޓްރީއިން މިއަދު ކުރި ޢިއުލާންގައި ވަނީ އެ މަސައްކަތްތަކަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ކުރިމަތިލާން ހުޅުވާލާފަ އެވެ. ނޭކުރެންދޫ ދަނޑުގެ ސަބްބޭސް ތައްޔާރު ކުރުމަށް ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ތާރީޚަކީ އަންނަ މާރިޗް މަހުގެ 9ވާ އަންގާރަ ދުވަހުގެ […]

ޖަލްވާން ޖާދުﷲ
ކެލާ ފުޓްބޯޅަ ދަނޑުގެ ރޮސްޓްރަމް ޤާއިމް ކޮށްދޭނެ ބަޔަކު ހޯދަން ޢިއުލާންކޮށްފި 📍 ހއ. ކެލާ

ކެލާ ފުޓްބޯޅަ ދަނޑުގެ ރޮސްޓްރަމް ޤާއިމް ކޮށްދޭނެ ބަޔަކު ހޯދަން ޢިއުލާންކޮށްފި

ހއ. ކެލާ ފުޓްބޯޅަ ދަނޑުގެ ރޮސްޓްރަމް ޤާއިމް ކޮށްދޭނެ ފަރާތެއް ހޯދަން، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ޢިއުލާން ކޮށްފިއެވެ. މިގޮތުން ޔޫތު މިނިސްޓްރީއިން މިއަދު ކުރި ޢިއުލާންގައި ވަނީ އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ކުރިމަތިލާން ހުޅުވާލާފަ އެވެ. އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ތާރީޚަކީ އަންނަ މާރިޗް މަހުގެ 9ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އެވެ. އަންދާސީ ހިސާބު ހުށަހަޅަން ދާން […]

ޝިއުނާ އާދަމް