މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,631 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9631 ޚަބަރުގެ ތެރެއިން
ތިލަދުންމަތީގެ އިތުރު 4 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒު ގާއިމުކުރަން ސޮއިކޮށްފި

ތިލަދުންމަތީގެ އިތުރު 4 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒު ގާއިމުކުރަން ސޮއިކޮށްފި

ތިލަދުންމަތީގެ އިތުރު 4 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒު ގާއިމު ކުރުމަށް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ. ޒޯން 1 ގެ ކުނި މެނޭޖުކުރުމުގެ މަޝްރޫއުގެ ދަށުން، އިތުރު ހަތަރު ރަށެއްގެ ކައުންސިލްތަކާއިއެކު އެންވަޔަރަންމަންޓް މިނިސްޓްރީން އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުން އޮތީ މިއަދު ކުރިއަށް ދިޔަ އޮންލައިން ރަސްމިއްޔާތެއްގައެވެ. މިގޮތުން މިފަހަރު ސޮއިކުރި ހަތަރު ރަށަކީ، ހއ. ފިއްލަދޫ، ހއ. ބާރަށް، ށ. ކޮމަންޑޫ އަދި ށ. ފުނަދޫ އެވެ. މިމަހުގެ 18 ވަނަ ދުވަހު ވެސް […]

ޔުމްނާ ޢަލީ
ފުނަދޫން ވެކްސިން ޖަހަން ބޭނުންވާ 18 އަހަރުން މަތީ މީހުން ދެނެގަންނަނީ 📍 ށ. ފުނަދޫ

ފުނަދޫން ވެކްސިން ޖަހަން ބޭނުންވާ 18 އަހަރުން މަތީ މީހުން ދެނެގަންނަނީ

ށ. ފުނަދޫގައި ދިރިއުޅޭ މީހުންގެ ތެރެއިން، ކޯވިޑް ވެކްސިން ޖަހަން ބޭނުންވާ ޢުމުރުން 18 އަހަރުން މަތީ މީހުންގެ ޢަދަދު ދެނެގަތުމުގެ މަސައްކަތް ށ. އަތޮޅު ހޮސްޕިޓަލުން ފަށައިފިއެވެ. ފުނަދޫގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލުން މިއަދު އާންމު ކުރި ދެންނެވުމެއްގައި ބުނީ، ފުނަދޫގައި ދިރިއުޅޭ މީހުންގެ ތެރެއިން، ކޯވިޑް ވެކްސިން (ކޮވިޝީލްޑް) ޖަހަން ބޭނުންވާ ޢުމުރުން 18 އަހަރުން މަތީ މީހުންގެ ޢަދަދު ދެނެގަންނަން އެ ހޮސްޕިޓަލުން ބޭނުންވާ ކަމަށެވެ. މިގޮތުން އެފަދަ މީހުން މިއަދުން […]

ޖަލްވާން ޖާދުﷲ
ބައެއް ޚިދުމަތް ތަކަށް ވަނީ ބުރޫއަރާފައި: ކޭއާރުއެޗް

ބައެއް ޚިދުމަތް ތަކަށް ވަނީ ބުރޫއަރާފައި: ކޭއާރުއެޗް

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގެ ބައެއް ޚިދުމަތްތަކަށް ބުރޫ އަރާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ. އެ ހޮސްޕިޓަލުން ޚިދުމަތް ހޯދާ މީހުންގެ ސަމާލުކަމަށް އެކަން ގެންނަމުން އެ ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލްގެ ބައެއް ޚިދުމަތްތަކަށް ބުރޫއަރަން ދިމާވީ އެ ހޮސްޕިޓަލްގެ ސާވާ އަދި ބައެއް ކޮމްޕިއުޓަރުތަކަށް ކުއްލިއަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. މިގޮތުން ހޮސްޕިޓަލުގެ ކިއު ސިސްޓަމާއި، މެމޯ ހެއްދުމުގައި އަދި ބައެއް ކަހަލަ އެހެނިހެން ހިދުމަތްތަކަށް ބުރޫއަރާފައިވާކަމަށް އެ ހޮ...

ޔުމްނާ ޢަލީ
ފީވަކު ކަނޑޫފަލުގެ ބޮޑު ސަރަހައްދެއްގައި ރޯކޮށްލައިފި

ފީވަކު ކަނޑޫފަލުގެ ބޮޑު ސަރަހައްދެއްގައި ރޯކޮށްލައިފި

ށ. ފީވަކު ކަނޑޫފަލުގެ ބޮޑު ސަރަހައްދެއްގައި ރޯކޮށްލައިފިއެވެ. އެރަށު ކައުންސިލްގެ ރައީސް އަޙްމަދު ޢާދިލް މިހާދިާއާއި ގުލިގެން “ތިލަދުން” އަށް މަޢުލޫމާތު ދެމުން ބުނީ އެސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުލޭކަމުގެ މަޢުލޫމާތު އެކައުންސިލް އަށް ރިޕޮޓްކޮށްފައިވަނީ މިރޭ 8:30 ހާއިރު ކަމަށެވެ. ކައުންސިލް އާއި ފުލުހުން އަދި އާންމުން ގުޅިގެން ކުރި މަސައްކަތުން 2 ގަޑިއިރެއްހާއިރުގެ ތެރޭގައި އަލިފާންގަނޑު ނިއްވާލެވިފައިވަނީކަމަށް އާދިލް ވިދާޅުވި އެވެ. އާދިލް އިތުރަށް ވިދާޅުވީ އެސަރަހައްދަކީ ގ...

އަލީ އާދިލް
ށ. ފޭދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް ޕޮޒިޓިވްވެއްޖެ 📍 ށ. ފޭދޫ

ށ. ފޭދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް ޕޮޒިޓިވްވެއްޖެ

ށ. ފޭދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. ފޭދޫ ސިއްޙީ މަރުކަޒުން ބުނީ އެރަށުގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާކަމަށެވެ. އެ މީހާއަކީ މާލެއިން އެރަށަށް ގޮސް،  11 ފެބްރުއަރީ 2021 ވަނަ ދުވަހު އެރަށުގައި ހޯމް ކަރަންޓީނުވި 9 މީހުންގެ ތެރެއިން މީހެއް ކަމަށް ވެސް ފޭދޫ ސިއްޙީ މަރުކަޒުން ބުންޏެވެ. އެމީހާ ޕޮޒިޓިވް ވުމުން އެމީހާ އިތުރު 14 ދުވަހަށް ހޯމް ކަރަންޓީނު […]

ޙުސައިން ޝަހުދީ
ދިއްދޫ ތަރައްޤީވުމުން އޭގެ ފައިދާ ލިބޭނީ މުޅި އަތޮޅަށް: ސިރާޖް 📍 ހއ. ދިއްދޫ

ދިއްދޫ ތަރައްޤީވުމުން އޭގެ ފައިދާ ލިބޭނީ މުޅި އަތޮޅަށް: ސިރާޖް

ހއ. ދިއްދޫ ތަރައްޤީވުމަކީ އޭގެ މަންފާ މުޅި ހއ. އަތޮޅަށް ކުރާނެ ކަމެއް ކަމުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައި ދިއްދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވާ އަދި މިހާރު ވެސް ހއ އަތޮޅު ކައުންސިލްގައި ދިއްދޫ ތަމްޞީލްކުރައްވާ މެމްބަރު ޢަބްދުﷲ ސިރާޖް ވިދާޅުވެއްޖެއެވެ. ސިރާޖް މިހެން ވިދާޅުވީ، އެމްޑީޕީގެ ފަރާތުން ހއ ދިއްދޫ ކައުންސިލާއި، ހއ ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ހއ. އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންނާއެކު […]

އަލީ އާދިލް
ހއ. އުތީމާއި ހއ. ދިއްދުއާ ހުރި ގުޅުން (2)

ހއ. އުތީމާއި ހއ. ދިއްދުއާ ހުރި ގުޅުން (2)

ކުރީ އަދަދާއި ގުޅޭ: ދިއްދޫއަކީ އުތީމުގެއުތުރުން އުތީމާ އެންމެގާތަށް އޮންނަ ރަށެވެ. އުތީމުޚާންދާނުގެ މެމްބަރުން އުތީމުގައި ވަޒަންވެރިވެލައްވައިގެން އުޅުއްވި ދުވަސްވަރު އުތީމަކީ ރުއްގަސް މަދު ރަށަކަށް ވުމުން އުތީމު ޢާއިލާގެ ފަރާތުން ދިއްދޫގައި ރުއްއަޅުއްވައި އެރަށް، ދިރުވުމަށް މަސައްކަތްކުރެއްވި ކަމުގަ ވިސްނެ އެވެ. ދިއްދޫއަކީ މަހަށް ދިއުމަށް ފަސޭހަ ރަށަކަށް ވާތީ އެދުވަސްވަރުވެސް މަސްވެރިން، އިރުވައި މޫސުމުގައި މަހަށްދާން ދިއްދޫއަށް އައިސް ބަނޑަހަޖަހައިގެން ތިބޭ ރަށަކަށްވެސް ވެދާނެއެވެ. އެހެން ވެއް...

ތިލަދުން
ހއ. އަތޮޅުގެ ޕީއެސްއައިޕީގެ މަޝްރޫޢުތަކަށް 416 މިލިއަން ރުފިޔާ ޚަރަދު ކޮށްފި

ހއ. އަތޮޅުގެ ޕީއެސްއައިޕީގެ މަޝްރޫޢުތަކަށް 416 މިލިއަން ރުފިޔާ ޚަރަދު ކޮށްފި

ތިލަދުންމަތީގެ ހއ. އަތޮޅުގައި ވޭތުވި ދެ އަހަރުގެ ތެރޭގައި ތަރައްގީގެ މަޝްރޫޢުތައް ހިންގުމަށް ޕަބްލިކް ސެންޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ދަށުން 416 މިލިއަން ރުފިޔާ ޚަރަދު ކުރެވިފައިވާ ކަމަށް ރައީސުލް ޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ފަށާފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާ...

ޙުސައިން ޝަހުދީ
ހަނިމާދޫން މީހަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

ހަނިމާދޫން މީހަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

ހދ. ހަނިމާދޫގައި ހޯމް ކަރަންޓީނުގައި ހުރި އެރަށު އަންހެން ކުއްޖަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އޭނާ ޕޮޒިޓިވްކަން އެނގުނީ ކަރަންޓީނު މުއްދަތު 10 ދުވަސް ހަމަކޮށް ރޭ ނެގި ރިލީޒް ސާމްޕަލުންނެވެ. އެ ސާމްޕަލްގެ ނަތީޖާލިބި، އޭނާ ކޯވިޑްއަށް ޕޮޒިޓިވްވިކަން އެނގުނީ މިރެއެވެ. ޕޮޒިޓިވްވި އަންހެން ކުއްޖާއާއިއެކު އެއް ގޭގައި އިތުރު އަންހެން ކުއްޖަކު ވެސް ހޯމް ކަރަންޓީނުގައި ހުއްޓެވެ. ނަމަވެސް އެ ކުއްޖާ ކޯވިޑަށް ޕޮޒިޓިވް ވެފައެއް ނުވެއެވެ. ހަނިމާދޫން ކޯވިޑް ޕޮޒިޓިވް ކޭހެއް […]

ޖަލްވާން ޖާދުﷲ
އުލިގަމުގައި މަދިރި އުފެދި އާލާވާ ތަންތަން ނައްތާލުމުގެ ޕްރޮގުރާމެއް ހިންގައިފި

އުލިގަމުގައި މަދިރި އުފެދި އާލާވާ ތަންތަން ނައްތާލުމުގެ ޕްރޮގުރާމެއް ހިންގައިފި

ހއ. އުލިގަމުގައި މަދިރި އުފެދި އާލާވާ ތަންތަން ނައްތާލުމުގެ ޕްރޮގުރާމެއް ހިންގައިފި އެވެ. އުލިގަމް ކައުންސިލުން ވިދާޅުވީ، މިޕްރޮގްރާމަކީ އުލިގަމު ކައުންސިލާ އުލިގަމު ޞިއްޙީމަރުޒުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށެވެ. އަދި މި ޕްރޮގްރާމްގައި އެރަށުގެ ހުރިހާ މުއައްސަސާތަކާއި ޢާއްމުރައްޔިތުން ބައިވެރިވެފައިވާ ކަމަށް އެ ކައުންސިލުން ވިދާޅުވިއެވެ. އުލިގަމް ކައުންސިލުން ވިދާޅުވި ގޮތުގައި މިޕްރޮގުރާމުގެ ދަށުން ކުރެވުނު މަސައްކަތުން އެރަށުގެ ކުނިގޮނޑުތަކުގައި ހުރި ފެންހަރުލާ ޒާތުގެ ތަ...

ޔުމްނާ ޢަލީ
''ރޯ ފުއްގުޅައެއް ރައްޔިތުންނަށް ކާންދޭންވާނީ ރޯފިލުވައިގެން'': ދިއްދޫ ރައްޔިތުންގެ އަޑު 📍 ހއ. ދިއްދޫ

''ރޯ ފުއްގުޅައެއް ރައްޔިތުންނަށް ކާންދޭންވާނީ ރޯފިލުވައިގެން'': ދިއްދޫ ރައްޔިތުންގެ އަޑު

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ހއ. ދިއްދޫގައި އިމާރާތްކޮށް ނިމިފައިވާ ހައުސިން ޔުނިޓްތަކުގެ ތެރެއިން 245 ހައުސިންގ ޔުނިޓަށް މަހު ކުލި ދައްކަން ދިއްދޫ ކައުންސިލްގެ އިދާރާއިން އިއްޔެ އެންގުމުން، އެކަމާއި ކަންބޮޑުވުން ފާޅުކޮށް، މި ހައުސިން ޔުނިޓްތަކަށް ފައިސާ ދެއްކުމަށް ލުއިގޮތެއް ހޯދައިދިނުމަށް ”ދިއްދޫ ރައްޔިތުންގެ އަޑު”އިން ގޮވާލައިފިއެވެ. ”ދިއްދޫ ރައްޔިތުންގެ އަޑު”އަކީ ދިއްދޫ ރައްޔިތުންގެ އަޑުއިއްވައި، ރައްޔިތުންގެ ހައްގުތަކަށް ވަކާލާތުކޮށް، ރަށުގެ ތަރައްގީއަށާއި ކުރިއެރުމަށް ބިނާ...

އަލީ އާދިލް
ކުމުންދޫ އަންހެން ވޮލީ ޓީމާއި މެންބަރު ރާޢީ ބައްދަލުކުރަށްވައިފި 📍 ހދ. ކުމުންދޫ

ކުމުންދޫ އަންހެން ވޮލީ ޓީމާއި މެންބަރު ރާޢީ ބައްދަލުކުރަށްވައިފި

ހދ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އަަންނަ މާރިޗްމަހު ފަށާ ވޮލީ މުބާރާތުގައި ބައިވެރިވާ އެއަތޮޅު ކުމުންދޫ ކަނބަލުންގެ ވޮލީ ޓީމާއި، ރައްޔިތުންގެ މަޖިލިސްގައި ކުމުންދޫ ތަމްސީލްކުރާ މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ބައްދަލުކުރަށްވައިފިއެވެ. ކުމުންދޫ ކަނބަލުންގެ ވޮލީ ޓީމެއް، މިއަހަރު ހދ. އަތޮޅު ކައުންސިލުން ބާއްވާ ވޮލީ މުބާރާތުގައި ބައިވެރިކުރަނީ ކުމުންދޫ ކައުންސިލްގެ ބެލުމުގެ ދަށުންނެވެ. ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު ހިމެނޭހެން އެރަށު އަންހެން ވޮލީ ޓީމާއިއެކު އޮން...

އަލީ އާދިލް
ވައިކަރަދޫ ކަނޑޫފަލަށް ދިރުމެއްނުލިބި ނެތިދަނީ 📍 ހދ. ވައިކަރަދޫ

ވައިކަރަދޫ ކަނޑޫފަލަށް ދިރުމެއްނުލިބި ނެތިދަނީ

އުތުރުގެ އެކިރަށްރަށުން، ކަނޑޫފަލަކަށްފަހު ކަނޑޫފަލެއް މަރުވަމުންދާކަމުގެ ހިތްދަތި ޚަބަރު މިދިޔަ އަހަރުތެރޭގައި ވަނީ އިވިގެން ގޮސްފައެވެ. ވެށި ދެކެ ލޯބިވާ، ވެށީގެ މުހިންމުކަން އިޙްސާސްވާ ކޮންމެ މީހަކަށްމެ އެ ޚަބަރުން ހިތްދަތިކަން ލިބުނެވެ. މިގޮތުން މިދިޔަ އަހަރުވަނީ އުތުރުގެ ބޮޑުތިލަދުންމައްޗަށް ނިސްބަތްވާ ހދ. ވައިކަރަދޫ ކަނޑޫފާ ނެތި ހިނގައިދާނެކަމުގެ ބިރުބޮޑުވެ، ނުރައްކަލުގެ ތެރޭގައިވާކަން ވެސް ހާމަވެފައެވެ. އެކަން ތިލަވެގެން ދިޔައީ އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެރަށުގެ ޒުވާނެއް ކަމ...

ޙުސައިން ޝަހުދީ
ދިއްދޫގެ 245 ހައުސިންގ ޔުނިޓުގެ މަހު ކުލި ދައްކަން އަންގައިފި 📍 ހއ. ދިއްދޫ

ދިއްދޫގެ 245 ހައުސިންގ ޔުނިޓުގެ މަހު ކުލި ދައްކަން އަންގައިފި

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ހއ. ދިއްދޫގައި އިމާރާތްކޮށް ނިމިފައިވާ 250 ހައުސިންގ ޔުނިޓުގެ ތެރެއިން 245 ހައުސިންގ ޔުނިޓަށް މަހު ކުލި ދައްކަން ދިއްދޫ ކައުންސިލްގެ އިދާރާއިން އަންގައިފިއެވެ. ދިއްދޫ ކައުންސިލްގެ އިދާރާއިން ނެރުނު އިއުލާނެއްގައި ބުނެފައިވާގޮތުން މަހު ކުލި ދައްކަންޖެހޭ ފަރާތްތަކުން 01 މާރޗް އިން ފެށިގެން، އެއްބަސްވުމުގައިވާ ގޮތުގެމަތިން އެޗް.ޑީ.އެފް.ސީ އަށް މަހު ކުލި ދައްކަމުން ގެންދިއުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން...

Thiladhun
ތިލަދުންމަތީގެ 9 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒު ގާއިމުކުރަން ސޮއިކޮށްފި

ތިލަދުންމަތީގެ 9 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒު ގާއިމުކުރަން ސޮއިކޮށްފި

ތިލަދުންމަތީގެ 9 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒު ގާއިމު ކުރުމަށް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ. މި އެއްބަސްވުމުގައި ސޮއިކުރުން އޮތީ މިއަދު އެންވަޔަރަންމަންޓް މިނިސްޓްރީގައި ކުރިއަށް ގެންދިޔުމަށް ރަސްމިއްޔާތެއްގައެވެ. މީގެ ތެރެއިން ހދ. ހަނިމާދޫ ފިޔަވައި ތިލަދުންމަތީގެ އަނެއް އަށް ރަށުގެ ކައުންސިލުން ސޮއިކުރީ އޮންލައޮންކޮށް ކުރިއަށް ގެންދިޔަ އެ ރަސްމިއްޔާތުގެ ތެރެއިން އެރަށެއްގެ ކައުންސިލް އިދާރާގައި ތިބެގެންނެވެ. ހަނިމާދޫ ކައުންސިލުން ވަނީ އެ ރަސްމިއްޔާތުގައި ބައިވެރިވުމަށް އެންވަޔަ...

ޔުމްނާ ޢަލީ