މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,631 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9631 ޚަބަރުގެ ތެރެއިން
ކުޅުދުއްފުށީ ސިޓީގެ މަގު ހެދުމުގެ މަޝްރޫޢޫ: ދެވަނަ ފިޔަވަހި ފަށަން ސޮއިކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ސިޓީގެ މަގު ހެދުމުގެ މަޝްރޫޢޫ: ދެވަނަ ފިޔަވަހި ފަށަން ސޮއިކޮށްފި

ކުޅުދުއްފުށީ ސިޓީގެ މަގު ހެދުމުގެ މަޝްރޫޢޫގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށުމަށް މިއަދު ސޮއިކޮށްފި އެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ،ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ފާތިމަތު ޝާނާ ފާރޫޤުއެވެ. މި މަސައްކަތުގެ ކޮންޓްރެކްޓަރ ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް މޫސާ ޢަލީ މަނިކެވެ. މި މަޝްރޫޢުގެ ދަށުން ކުޅުދުއްފުށީ ސިޓީގައި 6 ކިލޯމީޓަރުގެ މަ...

ޔުމްނާ ޢަލީ
މިލަންދޫން އެކަކު، ފޭދޫން ދެ މީހުން ޕޮޒިޓިވްވެއްޖެ 📍 ށ. ފޭދޫ

މިލަންދޫން އެކަކު، ފޭދޫން ދެ މީހުން ޕޮޒިޓިވްވެއްޖެ

ށ. މިލަންދޫއިން އެކަކު އަދި އެއަތޮޅު ފޭދޫން ދެ މީހުން ކޯވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އެ ދެ ރަށުން ވެސް ޕޮޒިޓިވްވެފައި ވަނީ، ހޯމް ކަރަންޓީނުގައި ތިބި މީހުންނެވެ. މިލަންދޫ ކައުންސިލުން ރޭ ވިދާޅުވީ، އެރަށުން މީހަކު ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ އެމީހާ ހޯމް ކަރަންޓީނު ފުރިހަމަ ކުރުމުން، މިމަހުގެ 23 ވަނަ ދުވަހު ނެގި ރިލީޒް ސާމްޕަލުން ޕޮޒިޓިވް ވުމުން ކަމަށެވެ. އޭނާ ޕޮޒިޓިވްވުމުން އޭނާ ހުރި ގެ 14 ދުވަހަށް ކަރަންޓީނު ކުރެވިފައިވާ […]

ޔުމްނާ ޢަލީ
ހދ. އަތޮޅު ކައުންސިލް ވޮލީ މުބާރާތަށް ބޮޑު ތަރުހީބެއް

ހދ. އަތޮޅު ކައުންސިލް ވޮލީ މުބާރާތަށް ބޮޑު ތަރުހީބެއް

ހދ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ހދ.އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން  ކުރިއަށް ގެންދިއުމަށް އިއުލާން ކޮށްފައިވާ ވޮލީބޯޅަ މުބާރާތަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ. މި މުބާރާތަކީ ހދ. އަތޮޅުގެ ރަށު ކައުންސިލް އިދާރާތަކަށާއި ހދ. އަތޮޅުގައި ރަޖިސްޓްރީކޮށްގެން ހިންގާ ކްލަބް އަދި ޖަމްޢިއްޔާތަކަށް ބައިވެރި ވެވޭގޮތަށް ދެ ޖިންސަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތުގައި ޖުމްލަ 13 ޓީމަކުން ވަނީ ބައިވެރި ވެފައެވެ. އެއީ ފިރިހެން 6 ޓީމް އަދި އަންހެން 7 ޓީމެވެ. މި […]

އިބްރާހިމް ޚަލީލް
ފަތާ ޓްރެކްއާއިއެކު އިބްރޭގެ ޝުކުރު ޗައިނާއަށް! 📍 ހއ. ކެލާ

ފަތާ ޓްރެކްއާއިއެކު އިބްރޭގެ ޝުކުރު ޗައިނާއަށް!

ޗައިނާ ސަރުކާރުން ހއ. ކެލާއަށް ހަދިޔާކުރި ފަތާ ޓްރެކް ރާވާ ނިންމާލެވުމާއެކު، ރައްޔިތުންގެ މަޖިލިސްގައި ކެލާ ތަމްސީލް ކުރަށްވާ، ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ޗައިނާއަށް ޝުކުރު އަދާކޮށްފިއެވެ. ޗައިނާ ސަރުކާރުން ހއ. ކެލާއަށް ހަދިޔާކުރި ފަތާ ޓްރެކް އެރަށަށް ގެންގޮސްފައިވަނީ ހުސްވި ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ. މިހާރު އެ ޓްރެކް ވަނީ ރާވައި، ކެލާގެ ޒުވާނުންނަށް ބޭނުން ކުރެވޭ ގޮތް ހަދާފަ އެވެ. މިކަންފާހަގަކޮށް އިބްރޭ ކުރެއްވި ޓްވީޓެއްގައި ވަނީ […]

ޔުމްނާ ޢަލީ
ނޭކުރެންދޫ ކޭސްއާއި ގުޅިގެން ނެގި 51 ސާމްޕަލް ނެގެޓިވް 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫ ކޭސްއާއި ގުޅިގެން ނެގި 51 ސާމްޕަލް ނެގެޓިވް

ހދ. ނޭކުރެންދޫގައި ހުރެފައި ރިސޯޓަކަށް ދަތުރުކުރި މީހަކު ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އެރަށުން ނެގި 51 ސާމްޕަލް ނެގެޓިވް ވެއްޖެ އެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ އަޙްމަދު ދާޢުދު ވިދާޅުވީ ނޭކުރެންދޫގެ ކޭސް އާއި ގުޅިގެން ނެގި 51 އެއް ސާމްޕަލްގެ ނަތީޖާ މިރޭ ލިބިފައިވާކަމަށެވެ. އެ ހުރިހާ ސާމްޕަލްއެއް ވެސް ނެގެޓިވް ވެފައިވާކަމަށް އަޙްމަދު ދާޢޫދު ދިވާޅުވި އެވެ. މިކޭސް އާއި ގުޅިގެން ސިއްހީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބެލުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން […]

އިބްރާހިމް އަސްވާޤް
ދިއްދޫން އިތުރު ތިން މީހުން ޕޮޒިޓިވް ވެއްޖެ 📍 ހއ. ދިއްދޫ

ދިއްދޫން އިތުރު ތިން މީހުން ޕޮޒިޓިވް ވެއްޖެ

ހއ. ދިއްދޫގައި ހޯމް ކަރަންޓީނުގައި ތިބި އިތުރު 3 މީހުން ކޯވިޑް-19 އަށް ޕޮޒިޓިިވް ވެއްޖެއެވެ. ދިއްދޫއިން ރޭ ވެސް ވަނީ މީހަކު ޕޮޒިޓިވް ވެފައެވެ. ރޭ ޕޮޒިޓިވްވި މީހާއަކީ ވެސް މިއަދު ޕޮޒިޓިވް ތިން މީހުންނަކީ ވެސް އެރަށުގައި ހޯމް ކަރަންޓީނުގައި ތިބި ދިވެހިންނެވެ. އެމީހުން ޕޮޒިޓިވްވެފައިވާކަން އެނގުނީ ހޯމް ކަރަންޓީނުގެ 10 ދުވަސް ހަމަވެގެން ނެގި ރިލީޒް ސާމްޕަލުންނެވެ. އެ މައުލޫމާތު ހާމަކުރަށް ވަމުން، ދިއްދޫ ކައުންސިލުން ވިދާޅުވީ، ދިއްދޫއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި […]

ޔުމްނާ ޢަލީ
ހދ. އަތޮޅުގައި ހިންގި މަޝްރޫޢުތަކަށް 367 މިލިއަން ރުފިޔާ ޚަރަދުކޮށްފި

ހދ. އަތޮޅުގައި ހިންގި މަޝްރޫޢުތަކަށް 367 މިލިއަން ރުފިޔާ ޚަރަދުކޮށްފި

ހދ. އަތޮޅުގައި ވޭތުވި ދެ އަހަރުގެ ތެރޭގައި ތަރައްގީގެ މަޝްރޫޢުތައް ހިންގުމަށް ޕަބްލިކް ސެންޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ދަށުން 367 މިލިއަން ރުފިޔާ ޚަރަދު ކުރެވިފައިވާ ކަމަށް ރައީސުލް ޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ފަށާފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ކެމްޕެއިން...

ޝިއުނާ އާދަމް
ކުޅުދުއްފުށި ސިޓީގައި ސިންތެޓިކް ޓްރެކް އެޅުމުގެ މަސައްކަތް މިއަހަރު ފަށަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީގައި ސިންތެޓިކް ޓްރެކް އެޅުމުގެ މަސައްކަތް މިއަހަރު ފަށަނީ

ހދ. ކުޅުދުއްފުށި ސިޓީގައި ސިންތެޓިކް ޓްރެކް އެޅުމުގެ މަސައްކަތް މިއަހަރު ފަށަން ނިންމާފައިވާކަމަށް މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ. މަހްލޫފް މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ އަށްވަނަ ޖަލްސާގައި އިއްޔެ ވާހަކަފުޅު ދައްކަވަމުން ނެވެ. މަޙްލޫފް އިތުރަށް ވިދާޅުވީ ކުޅުދުއްފުށީގެ އިތުރުން ރާއްޖޭގެ އިތުރު 3 ރަށެއްގައި ސިންތެޓިކް ދުވާ ޓްރެކް އެޅުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށުމަށް މަސައްކަތް ކުރަމު...

ޝިއުނާ އާދަމް
އަފީފުއްދީން ސްކޫލްގެ އިންކްލޫސިވް ސަޕޯޓް ޔުނިޓްގެ މަސައްކަތް ނިންމާލައިފި

އަފީފުއްދީން ސްކޫލްގެ އިންކްލޫސިވް ސަޕޯޓް ޔުނިޓްގެ މަސައްކަތް ނިންމާލައިފި

ކުޅުދުއްފުށީ ސިޓީގެ އަފީފުއްދީން ސްކޫލްގެ އިންކްލޫސިވް ސަޕޯޓް ޔުނިޓްގެ މަސައްކަތް ނިންމާލައިފިއެވެ. މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވިދާޅުވީ، މިއީ އިންޑިއާ ސަރުކާރުގެ ހިލޭއެހީގެ ދަށުން ކުރިއަށް ގެންދެވުނު މަޝްރޫޢުއެއް ކަމަށެވެ. މި އިންކްލޫސިވް ސަޕޯޓް ޔުނިޓަކީ އަފީފުއްދީން ސްކޫލުގައި ކުރިއަށްގެންދާ އިންކްލޫސިވް އެޑިޔުކޭޝަން ޕްރޮގްރާމުގެ ފެންވަރު ރަނގަޅުކޮށް ހުރިހާ ދަރިވަރުންނަށް ބައިވެރިވެވޭނެ މާޙައުލެެއް ޤާއިމުކުރުމަށް ހިންގުނު މަޝްރޫޢުއެއް ކަމަށް އެ މިނިސްޓްރީއިން ވިދާޅުވެ އެވެ. އަފީފުއްދީން ސްކ...

ޝިއުނާ އާދަމް
ރަޝީދުގެ ސަސްޕެންޝަން މައްސަލަ "ވާނުވާގައި" އޮތުމުން މަޖިލީހަށް 📍 ހއ. އުތީމު

ރަޝީދުގެ ސަސްޕެންޝަން މައްސަލަ "ވާނުވާގައި" އޮތުމުން މަޖިލީހަށް

ހއ. އުތީމު ކައުންސިލުގެ ރައީސް އަބްދުﷲ ރަޝީދު މުއްދަތެއް ނެތްގޮތަށް ސަސްޕެންޑް ކޮށްފައިވާއިރު، އޭނާގެ ސަސްޕެންޝަނާއި މެދު ގޮތެއް ނުނިއްމާ ދިގުދެމިގެންދާތީ އެ މައްސަލަ މިއަދު ރައްޔިތުންގެ މަޖިލިސްއަށް ހުށަހަޅައިފިއެވެ. ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ރަޝީދު ސަސްޕެންޑްކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އެލްޖީއޭ) އިން ރަޝީދަށް، 14 ނޮވެމްބަރ 2020 ހޮނިހިރު ދުވަހު ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އެ އޮތޯރިޓީއަށް ހުށަހަޅާފައިވާ މައްސަލަތަކަކާއި ގުޅިގެން އެ މަހު 8 ވަނަ ދުވަހު...

އަލީ އާދިލް
ނޭކުރެންދޫއިން ރިސޯޓަކަށްދިޔަ މީހަކު ޕޮޒިޓިވް، ރަށް މޮނީޓަރިންއަށް 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫއިން ރިސޯޓަކަށްދިޔަ މީހަކު ޕޮޒިޓިވް، ރަށް މޮނީޓަރިންއަށް

ހދ. ނޭކުރެންދޫގައި ހުރެފައި ރިސޯޓަކަށް ދަތުރުކުރި މީހަކު ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އެ ރަށް މޮނީޓަރިންއަށް ލައިފިއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިކަމާއި ގުޅުން ސިއްހީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބެލުމަށްޓަކައި އެ ރަށް މޮނީޓަރިންއަށް ލާފައިވަނީ މިރޭ 21:33 ގައެވެ. މިކަމާއި ގުޅިގެން އެޗްޕީއޭއިން އާންމު ކޮށްފައިވާ ލިޔުމުގައި އިތުރަށް ވިދާޅުވެފައިވަނީ ނޭކުރެންދޫގައި މިވަގުތު ތިބި އެއްވެސް މީހަކު އެޗްޕީއޭއިން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި އަދި އެޗްޕީއޭގެ...

އިބްރާހިމް ޚަލީލް
އަނެއްކާވެސް ދިއްދޫން މީހަކު ޕޮޒިޓިވް ވެއްޖެ 📍 ހއ. ދިއްދޫ

އަނެއްކާވެސް ދިއްދޫން މީހަކު ޕޮޒިޓިވް ވެއްޖެ

ހއ. ދިއްދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިިވް ވެއްޖެއެވެ. ދިއްދޫ ކައުންސިލްގެ އޮފިޝަލެއް ”ތިލަދުން”އަށް ވިދާޅުވީ، އެރަށުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި އެމީހާއަކީ ދިވެއްސެއް ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވިއެވެ. އެމީހާ ޕޮޒިޓިވްވެފައިވާކަން އެނގުނީ އެމީހާގެ ހޯމް ކަރަންޓީނުގެ 10 ދުވަސް ހަމަވެގެން ނެގި ރިލީޒް ސާމްޕަލުން ކަމަށެވެ. އޭނާއާއި އެއް ގެއެއްގައި އިތުރު ދެމީހަކު ވެސް ހޯމް ކަރަންޓީނުގައި ތިއްބެވެ. އެ […]

ޖަލްވާން ޖާދުﷲ
މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު ނިޔާވެ، ކުޅުދުއްފުށްޓަށް ގެންދަނީ 📍 ހއ. ދިއްދޫ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު ނިޔާވެ، ކުޅުދުއްފުށްޓަށް ގެންދަނީ

ހއ. އަތޮޅު ހޮސްޕިޓަލްގައި އޮތް މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު ނިޔާވެއްޖެ އެވެ. ހއ. ދިއްދޫގައި ހުންނަ އެ ހޮސްޕިޓަލްގައި އެފަދަ ހާދިސާއެއް ހިނގާފައިވާކަމަށް އެ ހޮސްޕިޓަލުން ވަނީ މިނޫހަށް ޔަޤީންކޮށްދީފަ އެވެ. އެ ހޮސްޕިޓަލްގެ މެނޭޖަރ އުޘްމާން އަސްރަފް ”ތިލަދުން” އަށް ވިދާޅުވީ، އެ މާބަނޑު މީހާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އަށް ގެންދިޔުމަށް އެ ހޮސްޕިޓަލްގެ ޑޮކްޓަރުން ލަފާދެއްވާފައިވާ ކަމަށެވެ. އަޝްރަފް ވިދާޅުވީ، އެ ހާދިސާއާއިގުޅޭ އިތުރު މަޢުލޫމާތު ދެއްވޭނީ ޑޮކްޓަރުން އެ […]

ޝިއުނާ އާދަމް
މަކުނުދޫގައި އާ ސިއްހީ މަރުކަޒެއް އިމާރާތްކުރުމަށް ބިން ދޫކުރަން ނިންމައިފި 📍 ހދ. މަކުނުދޫ

މަކުނުދޫގައި އާ ސިއްހީ މަރުކަޒެއް އިމާރާތްކުރުމަށް ބިން ދޫކުރަން ނިންމައިފި

ހދ. މަކުނުދޫގައި އާ ސިއްހީ މަރުކަޒެއް އިމާރާތްކުރުމަށް ބިން ދޫކުރަން ހުއްދަދޭން ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ނިންމައިފިއެވެ. އެ ނިންމުން އެލްޖީއޭއިން ނިންމާފައި ވަނީ އެލްޖީއޭ ބޯޑުގެ 2021 ވަނަ އަހަރުގެ 6 ވަނަ ބައްދަލުވުމުގައި އެވެ. މިގޮތުން އެލްޖީއޭ ބޯޑުގެ ނިންމުމުގައި ބުނެފައި ވަނީ މަކުނުދޫގައި އާ ސިއްހީ މަރުކަޒެއް އިމާރާތްކުރުމަށް 40،000 އަކަފޫޓުގެ ބިމެއް މިނިސްޓްރީއޮފް ހެލްތަށް ދޫކުރުމަށް ހުއްދަ ހޯދުމަށް މަކުނުދޫ ކައުންސިލުން އެދިފައިވާ ކަމަށެވެ. އެ ބިން އެރަށުން ދޫކުރުމަށް […]

ޝިއުނާ އާދަމް
ނޮޅިވަރަމުން މަސްތުވާތަކެއްޗާއި އެކު 2 މީހުން ހައްޔަރު ކޮށްފި

ނޮޅިވަރަމުން މަސްތުވާތަކެއްޗާއި އެކު 2 މީހުން ހައްޔަރު ކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހދ. ނޮޅިވަރަމުން 2 މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ މަސްތުވާތަކެތީގެއެ އޮޕަރޭޝަން ތަކުގެ ތެރެއިން ނޮޅިވަރަމުގައި ހިންގި އޮޕަރޭޝަންއަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިންޓެލިޖެންސާއި ކުޅުދުއްފުށި ޕޮލިސް އަދި ނޮޅިވަރަމް ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށެވެ. މި މަހުގެ 21 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި 31 އަހަރުގެ ދިވެހި ފިރި...

އަލީ އާދިލް