ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ހއ. ދިއްދޫގައި އިމާރާތްކޮށް ނިމިފައިވާ 250 ހައުސިންގ ޔުނިޓުގެ ތެރެއިން 245 ހައުސިންގ ޔުނިޓަށް މަހު ކުލި ދައްކަން ދިއްދޫ ކައުންސިލްގެ އިދާރާއިން އަންގައިފިއެވެ.
ދިއްދޫ ކައުންސިލްގެ އިދާރާއިން ނެރުނު އިއުލާނެއްގައި ބުނެފައިވާގޮތުން މަހު ކުލި ދައްކަންޖެހޭ ފަރާތްތަކުން 01 މާރޗް އިން ފެށިގެން، އެއްބަސްވުމުގައިވާ ގޮތުގެމަތިން އެޗް.ޑީ.އެފް.ސީ އަށް މަހު ކުލި ދައްކަމުން ގެންދިއުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެ އިދާރާއަށް ވަނީ އަންގާފަކަމަށެވެ.
ދިއްދޫގައި އިމާރާތްކޮށް ނިމިފައިވާ 250 ހައުސިންގް ޔުނިޓުގެ ރަޖިސްޓްރީ ހެދުމާއި، ބިމުގެ ދަފްތަރު އަދާހަމަ ކުރުމުގެ މަސައްކަތް ދިއްދޫ ކައުންސިލުންވަނީ ހުސްވި އަހަރުގެ އޮކްޓޯބަރު މަހު ކުރިއަށްގެންގޮސްފައި ވެއެވެ.
ފުރަތަމަ ބުރުގައި ދޫކުރި 135 ހައުސިންގް ޔުނިޓާއި، ދެވަނަ ބުރުގައި ދޫކުރި 110 ހައުސިންގް ޔުނިޓްގެ ރަޖިސްޓްރީ ހެދުމުގެ މަސައްކަތާއި، ބިމުގެ ދަފްތަރު އަދާ ހަމަކުރުމުގެ މަސައްކަތްވަނީ ހުސްވި އަހަރު ފަށާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!