ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޓިވެޓް އޮތޯރިޓީއާ ގުޅިގެން ކުރިއަަށްގެންދާ މި ޕްރޮގްރާމުގައި ބައިވެރިވާ މީހުންނަށް އެސްޓީއޯގައި މަސައްކަތުގެ ތަޖުރިބާ ލިބޭނެ އެވެ. އަދި ޓިވެޓް އޮތޯރިޓީ މެދުވެރިކޮށްކިޔަވައިދިނުން ވެސް ކުރިއަށްދާނެ އެވެ.

Ad
rt

މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 25 ގެ ކުރިން ފޯމު ހުށަހަޅަން ޖެހޭނެއެވެ. ފޯމު އެ ކުންފުނީގެ ވެބްސައިޓުން މިހާރު ޑައުންލޯޑުކުރެވޭނެ އެވެ.

އެސްޓީއޯއިން މައުލޫމާތު ދޭގޮތުގައި މި ޕްރޮގްރާމް ކުރިއަށްދާނީ 6 މަސް ދުވަހުގެ ނިޔަލަށެވެ. ޕްރޮގްރާމް ނިމުމުން ބައިވެރިންނަށް ލެވެލް 3 ގެ ސެޓިފިކެޓެއްލިބޭނެ އެވެ.

މި ޕްރޮގްރާމުގައި މައިގަނޑު ހަތަރު ދާއިރާއަކުން ތަމްރީން ދޭނެއެވެ. މީގެ ތެރޭގައި އައިޓީއާއި އިލެކްޓްރިޝަން އާއި ރީޓެއިލް ސާވިސް އަދި އޮޓޯމޯޓިވް މެއިންޓެނެންސްހިމެނެ އެވެ.

މީގެ ތެރެއިން އައިޓީ ފިޔަވައި އެހެން ދާއިރާތަކަށް އުމުރުން 18 އަހަރުވެފައި ޕްރައިމެރީ ތައުލީމް ލިބިފައިވާ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެ އެވެ. އައިޓީ ގައިބައިވެރިވެވޭނީ އޯލެވެލް ނިންމާފައިވާ މީހުންނަށް އެކަންޏެވެ.