📍 ހދ. ނޮޅިވަރަންފަރު
އިހަވަންދޫ އިމަގުގެ ''މަންސަފާ'' ހަރަކާތުގެ ފުރަތަމަ ދަތުރު ނޮޅިވަރަންފަރަށް
ހއ. އިހަވަންދޫގައި ފުޅާ ދާއިރާއެއްގައި އިޖުތިމާއީ ހަރަކާތްތައް ހިންގަމުން އަންނަ، އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއިން ”މަންސަފާ”ގެ ނަމުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ އުނގަންނައި ދިނުމުގެ ހަރަކާތުގެ ފުރަތަމަ ދަތުރު ހދ. ނޮޅިވަރަންފަރަށް ކޮށްފިއެވެ. މިއީ ރާއްޖޭގެ މަދަރުސާތަކުގެ ދަރިވަރުން ”އޭ” ލެވެލް އަދި ”އޯ” ލެވެލް އިމްތިހާނަށް ތައްޔާރުކޮށް ދިނުމަށް އެހީތެރިވުމަށް އިމަގުން ފަށާފައިވާ ހަރަކާތެކެވެ. މިގޮތުން މި ހަރަކާތުގެ ދަށުން އެހީތެރިކަމަށް އެދޭ މަދަރުސާތަކަ...