މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,631 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9631 ޚަބަރުގެ ތެރެއިން
ކަނޑިތީމުގައި އައިޔޫއެމްގެ ކޯސްތަކެއް ފަށަނީ 📍 ށ. ކަނޑިތީމު

ކަނޑިތީމުގައި އައިޔޫއެމްގެ ކޯސްތަކެއް ފަށަނީ

ށ. ކަނޑިތީމުގައި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ކޯސްތައް ފެށުމަށް ނިންމާފައިވާ ކަމަށް ކަނޑިތީމު ކައުންސިލުން ބުނެފިއެވެ. އެ ކައުންސިލުން ކުރި ޢިއުލާނެއްގައި ބުނީ އެރަށުގައި އައިޔޫއެމްގެ ކޯސްތަކެއް ކުރިއަށް ގެންދަން އެކައުންސިލުން ނިންމާފައި ވާކަމަށެވެ. މިގޮތުން އެރަށުގައި އެ ޔުނިވަސިޓީގެ 5 ކޯހެއް ހިންގަން ނިންމާފައިވާ ކަމަށް އެ ކައުންސިލުން ބުނެއެވެ، އެ ކޯސްތަކަކީ: ސެޓްފިކެޓް 3 އިން ޤިރާއަތުލް ޤުރުއާން ސެޓްފިކެޓް 2 އިން ޤިރާއަތުލް ޤުރުއާން ސެޓްފިކެޓް 1 އިން […]

ޔުމްނާ ޢަލީ
ކެލާއިން މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ 📍 ހއ. ކެލާ

ކެލާއިން މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ހއ. ކެލާގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. ކެލާ ކައުންސިލުން ބުނީ، ހއ ކެލާ ވީވަރު ގޭގައި ހޯމް ކަރަންޓީންގައި ހުރި ފަރާތެއްގެ ގައިން ބަލީގެ އަލާމާތްތައް ފެނިގެން ނެގުނު ސާމްޕަލްގެ ނަތީޖާ ވަނީ ޕޮޒިޓިވް ވެފައިކަމަށެވެ. ޕޮޒިޓިވް ވެފައިވާ މީހާއަށް އަވަސް ޝިފާއަކަށް އެދޭ ކަމަށް ކެލާ ކައުންސިލުން ބުންޏެވެ. “ހޯމް ކަރަންޓީނަށް މާލެއިން އައިސް ތިބޭ ފަރާތްތަކަށް ޒިޔާރަތް ކުރުމަކީ ރައްކާތެރި ކަމެއްނޫން އަދި އެޗްޕީއޭ އިން މަނާވެސް ކޮށްފައިވާ […]

އިބްރާހިމް އަސްވާޤް
ހދ. އަތޮޅު ކައުންސިލްގެ ވޮލީ މުބާރާތް ނޮޅިވަރަންފަރުގައި، ބައިވެރިވާން ހުޅުވާލައިފި

ހދ. އަތޮޅު ކައުންސިލްގެ ވޮލީ މުބާރާތް ނޮޅިވަރަންފަރުގައި، ބައިވެރިވާން ހުޅުވާލައިފި

ހދ. އަތޮޅު ކައުންސިލުން އިންތިޒާންކޮގެން އެ އަތޮޅުގެ ދެ ޖިންސަށް ހުޅުވާލައިގެން ބާއްވާ ވޮލީ މުބާރާތް ހދ. ނޮޅިވަރަންފަރުގައި ބާއްވަން ނިންމައި، ބައިވެރިވާން ފުރުޞަތު ހުޅުވާލައިފިއެވެ. މިގޮތުން ހދ. އަތޮޅު ކައުންސިލުން މިއަދު ކުރި އިޢުލާންނުގައި ބުނެފައިވަނީ، މި މުބާރާތް ކުރިއަށްދާނީ އަންނަ 08 މާރިޗު 2021 އިން ފެށިގެން ހދ. ނޮޅިވަރަންފަރުގައި ކަމަށެވެ. މިމުބާރާތުގައި ބައިވެރިވާން އެދޭ ހދ. އަތޮޅުގެ އަންހެން އަދި ފިރިހެން ވޮލީ ޓީމްތަކަށް މުބާރާތުގައި ބައިވެރިވުމަށް އެދޭފޯމް ހުށަހެޅުމަށް ފުރުޞަތު ހުޅުވ...

ޖަލްވާން ޖާދުﷲ
ތަޢުޒިޔާ: މާރަންދޫއަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި އިބްރާހިމް ވަޙީދު! 📍 ހއ. މާރަންދޫ

ތަޢުޒިޔާ: މާރަންދޫއަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި އިބްރާހިމް ވަޙީދު!

ތިލަދުންމަތީ އުތުރުބުރީ މާރަންދޫ އަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި އިބްރާހިމް ވަޙީދު ނިޔާވެއްޖެ އެވެ. އިބްރާޙިމް ވަހީދު ނިޔާވެފައިވަނީ އިއްޔެގެ ވަގުތެއްގައި މާލޭގައެވެ. ވަހީދުގެ މައްޗަށް ކުރެވުނު ކަށުނަމާދު އޮތީ މިޔަދު މެންދުރުނަމާދުގެ ފަހުގައި މަސްޖިދު ތަޢާވުން (އާސަހަރާ މިސްކިތް) ގަ އެވެ. ވަހީދު ނިޔާވި އިރު އުމުރަކީ 60 އަހަރެވެ. މާރަންދޫ ކައުންސިލްގެ އިދާރާއިން ނެރުނު ތަޢުޒިޔާ މެސެޖުގައި ބުނެފައިވަނީ ސަރުކާރަށާއި މިރަށުގެ ރައްޔިތުންނަށް އަގުހުރި ޚިދުމަތްތަކެތް ކުރައްވާފައިވާ މިއިދާރާގެ ޑިޕ...

އަލީ އާދިލް
ރިލްވާން އުޅުނު ފްލެޓް ކައިރިން ފެނުނު ވަޅިއާއިގުޅޭ މައުލޫމާތު ދޭ މީހަކަށް ފަސް ލައްކަ ރުފިޔާ ހުށަހަޅައިފި

ރިލްވާން އުޅުނު ފްލެޓް ކައިރިން ފެނުނު ވަޅިއާއިގުޅޭ މައުލޫމާތު ދޭ މީހަކަށް ފަސް ލައްކަ ރުފިޔާ ހުށަހަޅައިފި

ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން މައްސަލައިގައި އޭނާ ގެއްލުނު ރޭ، އޭނާ ދިރިއުޅުނު ފްލެޓު ކައިރިން ފެނުނު ވަޅިއާއި ގުޅޭ ސާބިތުހިފޭ ސައްހަ މައުލޫމާތު ފޯރުކޮށްދޭ މީހަކަށް 500،000 ރުފިޔާގެ ފައިސާ އިނާމެއް ހުށަހަޅައިފި އެވެ. ގޮތް ނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން މިއަދު ވަނީ އެ ވަޅީގެ ފޮޓޯއެއް އާންމުކޮށް، ބަޔާނެއް އާންމު ކޮށްފަ އެވެ. އެ ބަޔާނުގައި އެ ކޮމިޝަނުން ބުނީ އެ ވަޅިއަކީ އޯގަސްޓް 7، 2014 […]

Thiladhun
މަކުނުދޫއަށް އާ ޖަނަރޭޓަރެއް ގެންގޮސްފި 📍 ހދ. މަކުނުދޫ

މަކުނުދޫއަށް އާ ޖަނަރޭޓަރެއް ގެންގޮސްފި

ފެނަކައިގެ ފަރާތުން ހދ. މަކުނުދޫއަށް އާ 600 ކިލޯވޯޓުގެ އާ ޖަނަރޭޓަރު ސެޓެއް ގެންގޮސްފިއެވެ. މަކުނުދޫގެ ކަރަންޓްގެ ޚިދުމަތް ރަނގަޅު ކުރުމަށްޓަކައި، އެރަށަށް އާ ޖަނަރޭޓަރު ސެޓެއް ގެންގޮސްފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ. އެ ޖަނަރޭޓަރު އެރަށަށް ލިބުމާއި ގުޅިގެން މަކުނުދޫ ކައުންސިލުން ވަނީ އެކަމަށްޓަކައި ރައީސް ޞާލިހަށާއި، ފެނަކައަށާއި އަދި އެރަށް ރައްޔިތުން މަޖިލިސްގައި ތަމްސީލް ކުރަށްވާ، މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީއަށް އެރަށުގެ ރައްޔިތުންގެ ނަމުގައި ޝުކުރު ދަންނަވާފަ އެވެ. ފެނަކައ...

ޔުމްނާ ޢަލީ
ށ. ފޭދޫ ފުޓްސަލް ދަނޑު ހުޅުވައިފި 📍 ށ. ފޭދޫ

ށ. ފޭދޫ ފުޓްސަލް ދަނޑު ހުޅުވައިފި

ށ. ފޭދޫގައި ސަރުކާރުން ތަރައްގީ ކުރި ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވައިފިއެވެ. ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި އެ ދަނޑު ހުޅުއްވައި ދެއްވީ ފޭދޫ ކައުންސިލްގެ ރައީސް މުޙައްމަދު ސާމިރާއި، އެ އަތޮޅު ގޮއިދޫ ކައުންސިލްގެ ރައީސް އިބްރާޙީމް ޝާހިދެވެ. ފޭދޫ ދަނޑު ރަސްމީކޮށް ހުޅުވުމުގެ ގޮތުން ފޭދޫއާއި ގޮއިދޫއާއި ދެމެދު ވަނީ އެކުވެރިކަމުގެ ފުޓްސަލް މެޗެއް ކުޅެފައެވެ. މި މެޗް 8-1 ލަނޑުން ކާމިޔާބު ކުރީ ގޮއިދޫ ޓީމެވެ. ފޭދޫ ކައުންސިލްގެ ރައީސް މުޙައްމަދު ސާމިރު […]

ޙުސައިން ޝަހުދީ
ކޭއާރުއެޗްއިން ހަތްދިހަ އަހަރުން މަތީ މީހުންނަށް އިތުރު ތިން ދުވަހު ކޯވިޑް ވެކްސިން ދޭނެ

ކޭއާރުއެޗްއިން ހަތްދިހަ އަހަރުން މަތީ މީހުންނަށް އިތުރު ތިން ދުވަހު ކޯވިޑް ވެކްސިން ދޭނެ

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން ކުރިއަށް ގެންދާ ކޯވިޑް ވެކްސިން ދިނުމުގެ ޕްރޮގްރާމްގެ ދަށުން،  އުމުރުން 70 އަހަރުން މަތީ މީހުންނަށް ކޯވިޑް19 ވެކްސިން ދިނުމަށް މިހާރު ކުރިއަށް ގެންދާ ޕްރޮގްރާމްގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ. އެ ހޮސްޕިޓަލުން ވަނީ މިމަހުގެ 4 ،5 އަދި 6 ވަނަ ދުވަހު ވެސް އުމުރުން 70 އަހަރުން މަތީ މީހުންނަށް ކޯވިޑް ވެކްސިން ދީފައެވެ. މިއަދު އެ ހޮސްޕިޓަލުން ވިދާޅުވީ އެ އުމުރުގެ މީހުންނަށް […]

ޝިއުނާ އާދަމް
ގެސްޓްހައުސް އަޅަން ބިން ދޫކުރާއިރު ކެލާ ރައްޔިތުންނަށް ފަހިވާގޮތަށް އުސޫލު އެކުލަވާލަން އެދެފި 📍 ހއ. ކެލާ

ގެސްޓްހައުސް އަޅަން ބިން ދޫކުރާއިރު ކެލާ ރައްޔިތުންނަށް ފަހިވާގޮތަށް އުސޫލު އެކުލަވާލަން އެދެފި

ހއ. ކެލާގައި ގެސްޓްހައުސް ތަރައްގީކޮށް ހިންގަން ބިން ދޫކުރާއިރު އެރަށުގެ ރައްޔިތުންނަށް އެ ބިންތައް ކާމިޔާބު ކުރެވޭނެ ގޮތަށް ބިންތައް ދޫކުރުމުގެ މަރުހަލާގެ ކަންކަން ބައްޓަންކޮށްދިނުމަށް ހއ. އަތޮޅު ކައުންސިލްގައި ކެލާ ދާއިރާ ތަމްސީލް ކުރަށްވާ، ހއ. އަތޮޅު ކައުންސިލް ޕީޕީއެމް މެންބަރު ޢަބުދުﷲ އިންފާޒް ރަޝީދު އެދި ވަޑައިގެންފިއެވެ. އޭނާ މިގޮތަށް އެދި ވަޑައިގަތީ އިއްޔެ ކެލާ ކައުންސިލަށް ފޮނުވި ސިޓީއެއްގަ އެވެ. އެސިޓީގައި އޭނާ ވަނީ 2014 ވަނަ އަހަރުން ފެށިގެން އޭނާއާއި، ކެލާ […]

އަލީ އާދިލް
ތިލަދުންމަތީ ހުނަރުވެރިން: ރަންވަނަ ތަކާއިއެކު ރަޝީދު އެންމު އުހުގައި

ތިލަދުންމަތީ ހުނަރުވެރިން: ރަންވަނަ ތަކާއިއެކު ރަޝީދު އެންމު އުހުގައި

ކުރިއަށް ދިއުމަށް ހިތުގައި ޝަޢުޤުވެރިކަން އޮންނަ މަސައްކަތަކުން، ބޭނުންވާ މަންޒިލަށް ވާސިލް ވުމުގައި ދިމާވާ ހުރަސްތަކަކީ ގިނަފަހަރު މާ ބޮޑު މައްސަލައަކަށް ނުވެއެވެ. ސަބަބަކީ އެކަމަކަށް ހިތުގައި އުފެދިފައި އޮންނަ ލޯތްބެވެ. އާދަޔާއި ޚިލާފު ޝަޢުޤެވެ. އާއިލާގެ ތެރޭގައި ކޭކުއެޅުމާއި، ކެއްކުމުގެ މަސައްކަތް ކުރާތަންފެނި އެ މަސައްކަތަށް ޝަޢުޤުވެރިކަން އުފެދުނު، ހދ. ފިނޭއަށް އުފަން އަބްދުއްރަޝީދު ޢަބުދު ﷲ އަކީ، މިއަދު މުޅި ރާއްޖޭގައި ވެސް ތިބި އެންމެ ކުޅަދާނަ ކޭކުއެޅުން ތެރިންގެ ތެރެއިން އެކަކެވެ. އާންމު...

އިބްރާހިމް ޚަލީލް
އިމާދުއްދީން ސްކޫލްގެ ޕްރިންސިޕަލަކަށް މަމްދޫޙް

އިމާދުއްދީން ސްކޫލްގެ ޕްރިންސިޕަލަކަށް މަމްދޫޙް

މާލޭ ސިޓީގެ އިމާދުއްދީން ސްކޫލްގެ ޕްރިންސިޕަލްގެ މަގާމަށް ހިރިޔާ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަޤާމްގައި ހުންނެވި ޢަލީ މަމްދޫޙު ހަމަޖައްސައިފިއެވެ. ޢަލީ މަމްދޫހަކީ ށ. ކޮމަންޑޫއަށް ނިސްބަތްވެ ވަޑައިގަންނަވާ ހިންގުންތެރި ބޭފުޅެކެވެ. މަމްދޫހްވަނީ މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލް ކުރައްވާފައެވެ. އަދި މިހާރު އޭނާ ގެންދަވަނީ ޕީއެޗްޑީ ފުރިހަމަ ކުރެއްވުމުގެ އެންމެ ފަހު މަރުހަލާ ކަޑައްތު ކުރަށްވަމުންނެވެ. ތަޢުލީމީ ބާރުތައް ރަށްފުށަށް ބަހާލުމާއި ގުޅޭ ގޮތުން މަމްދޫހު ޕީއެޗްޑީ ހައްދައިވ...

ޝިއުނާ އާދަމް
ހއ. އަތޮޅު ހޮސްޕިޓަލަށް އިތުރު ޑިޖިޓަލް އެކްސްރޭ މެޝިނަކާއި، ސްކޭން މެޝިނެއް ފޮނުވައިފި

ހއ. އަތޮޅު ހޮސްޕިޓަލަށް އިތުރު ޑިޖިޓަލް އެކްސްރޭ މެޝިނަކާއި، ސްކޭން މެޝިނެއް ފޮނުވައިފި

ހއ. އަތޮޅު ހޮސްޕިޓަލަށް، އިތުރު ޕޯޓެބަލް ޑިޖިޓަލް އެކްސްރޭ މެޝިނަކާއި، ޕޯޓެބަލް ޑިޖިޓަލް ސްކޭން މެޝިނެއް ފޮނުވައިފި އެވެ. ސަރުކާރުން ހއ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލަށް މި ފޮނުވި ޕޯޓެބަލް ޑިޖިޓަލް އެކްސްރޭ މެޝިނާއި، ޕޯޓެބަލް ޑިޖިޓަލް ސްކޭން މެޝިނަކީ ކޯވިޑާއި ގުޅިގެން ޖަޕާން ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރި ސިއްހީ ސާމާނުތަކުގެ ތެރޭން، އެ ހޮސްޕިޓަލަށް ލިބުނު ދެ މެޝިން ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ. މީގެ ތެރެއިން ޕޯޓެބަލް ޑިޖިޓަލް އެކްސްރޭ މެޝިން […]

ޝިއުނާ އާދަމް
ހޯރަފުށި އަދި ފީއަލީގައި ގާއިމުކުރާ އައިސްޕްލާންޓްގެ އީއައިއޭ ހަދައި ދޭނެ ފަރާތެއް ހޯދަނީ 📍 ހއ. ހޯރަފުށި

ހޯރަފުށި އަދި ފީއަލީގައި ގާއިމުކުރާ އައިސްޕްލާންޓްގެ އީއައިއޭ ހަދައި ދޭނެ ފަރާތެއް ހޯދަނީ

ހއ. ހޯރަފުށި އަދި ފ. ފީއަލީގައި ގާއިމުކުރާ އައިސްޕްލާންޓްގެ އީއައިއޭ ހަދާދޭނެ ފަރާތެއް ހޯދަން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)އިން ޢިއުލާން ކޮށްފިއެވެ. މިފްކޯއިންކުރި ޢިއުލާނެއްގައި ބުނީ މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން، މިހިނގާ ފެބުރުވަރީ މަހުގެ 10 ވާ ބުދަ ދުވަހުގެ މެންދުރު 12:00ގެ ކުރިން އެކުންފުނީގެ އީ- މެއިލް corporate@mifco.com.mv  މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ހުޅުވާލާކަމަށެވެ. މި މަސައްކަތަށް ކުރިމަތިލުމަށް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ދޫކުރެވޭ މ...

ޔުމްނާ ޢަލީ
ދިއްދޫގައި ކުރިއަށް ގެންދާ ސިންގަލް ޔޫސް ޕުލާސްޓިކް ފުޅި އެއްކުރުމުގެ މިއަހަރުގެ ހަރަކާތް ފަށަނީ 📍 ހއ. ދިއްދޫ

ދިއްދޫގައި ކުރިއަށް ގެންދާ ސިންގަލް ޔޫސް ޕުލާސްޓިކް ފުޅި އެއްކުރުމުގެ މިއަހަރުގެ ހަރަކާތް ފަށަނީ

ހއ. ދިއްދޫ މިޑްލް ސްޕޯޓްސް ކްލަބާއި، އެރަށުގައި ހުންނަ ހއ. އަތޮޅު ތަޢުލީމީ މަރުކަޒު ގުޅިގެން މިދިޔަ އަހަރުވެސް ކުރިއަށް ގެންދިޔަ ”ސިންގަލް ޔޫސް ޕުލާސްޓިކް ފުޅި އެއް ކުރުމުގެ ހަރަކާތް” މިއަހަރު ވެސް ކުރިއަށް ގެންދަން ނިންމައިފިއެވެ. މިގޮތުން މިއަހަރުގެ ހަރަކާތުގެ ފުރަތަމަ ކަލެކްޝަން މި މަހުގެ 16 އަދި 17 ވަނަ ދުވަހު ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ. ހއ. އަތޮޅު ތަޢުލީމީ މަރުކަޒުން ހާމަކުރަށްވާ ގޮތުގައި މި ހަރަކާތުގެ ދަށުން އެއްކުރެވޭ ޕްލާސްޓިކް ފުޅިތައް ބަލައިގަތުމަށް ނިންމާފައިވަނީ […]

ޙުސައިން ޝަހުދީ
އައިސީޔޫގައި ފަރުވާ ދެމުންދާ ނޮޅިވަރަމް އިމްރާނަށް ލޭ ބޭނުންވޭ، އެހީތެރިވެދެއްވާ! 📍 ހދ. ނޮޅިވަރަމް

އައިސީޔޫގައި ފަރުވާ ދެމުންދާ ނޮޅިވަރަމް އިމްރާނަށް ލޭ ބޭނުންވޭ، އެހީތެރިވެދެއްވާ!

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އައިސީޔޫގައި ފަރުވާ ދެމުންދާ ހދ. ނޮޅިވަރަމް، ނައިޓް ޑްރީމް، އުމުރުން 28 އަހަރުގެ އިމްރާން އަލީއަށް ”ބީ” ޕޮޒިޓިވް ލޭ ބޭނުންވާ ކަމަށް މޯލްޑިވްސް ބްލަޑް ޑޯނާސްއިން ބުނެފިއެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މެންދަމު 2:15 ހާއިރު މާލޭ ވިޔަފާރި ބަނދަރުގައި ހިނގި ނުރައްކާތެރި ހާދިސާއެއްގައި، ގައިމަށްޗަށް ކާޕެޓް ރޯލެއް ވެއްޓި އިމްރާނަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ. އިމްރާނަކީ މާލޭ ވިޔަފާރި ބަނދަރު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް […]

ޝިއުނާ އާދަމް