މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,631 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9631 ޚަބަރުގެ ތެރެއިން
ބާރަށުގެ ހާލަތު: 58 ސާމްޕަލްގެ ތެރެއިން 3 މީހަކު ޕޮޒިޓިވް ވެއްޖެ 📍 ހއ. ބާރަށް

ބާރަށުގެ ހާލަތު: 58 ސާމްޕަލްގެ ތެރެއިން 3 މީހަކު ޕޮޒިޓިވް ވެއްޖެ

ހއ. ބާރަށުން އިއްޔެ ނެގި 58 ސާމްޕަލްގެ ތެރެއިން 3 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އެރަށުން އިތުރު 3 މީހަކު ޕޮޒިޓިވްވުމާއެކު، އެ ރަށުން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 36 އަށް އަރާފައެވެ. ހއ. އަތޮޅު ހޮސްޕިޓަލުން ވަނީ މިކަން މިނޫހަށް ކަށަވަރުކޮށްދީފަ އެވެ. އިއްޔެ އެރަށުން ނެގި 58 ސާމްޕަލްގެ ތެރޭގައި ހިމެނެނީ ޑައިރެކްޓް ކޮންޓެކްޓް ވެގެން ނެގުނު 44 މީހަކާއި އަލާމާތްތައްފެނިގެން ނެގުނު 4 މީހެއްގެ އިތުރުން ރެންޑަމްކޮން […]

އިބްރާހިމް އަސްވާޤް
މެންބަރު އަޙްމަދު ބާރަށު ރައްޔިތުންނަށް ޓަނެއްހާ މަސް ހަދިޔާކޮށްފި 📍 ހއ. ބާރަށް

މެންބަރު އަޙްމަދު ބާރަށު ރައްޔިތުންނަށް ޓަނެއްހާ މަސް ހަދިޔާކޮށްފި

ކޯވިޑްގެ ހާލަތުގެ ސަބަބުން ފުރަބަންދު ހާލަތުގައި އޮތް ހއ. ބާރަށަށް، ރައްޔިތުންގެ މަޖިލީހުގައި އެރަށް ތަމްސީލް ކުރަށްވާ، ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބުދުﷲ ރޯ މަސް ހަދިޔާކުރަށްވައިފި އެވެ. މެންބަރު އަޙްމަދު ބާރަށު ރައްޔިތުންނަށް ހަދިޔާ ކުރެއްވީ، 979 ކިލޯ ރޯމަހެވެ. އަޙްމަދު ވަނީ މިމަހުގެ 9 ވަނަ ދުވަހު، 13،750 ފޭސް މާސްކާއި، 360 ފުޅި ހޭންޑް ސެނިޓެއިޒަރ ވެސް ބާރަށަށް ހަދިޔާ ކުރަށްވާފަ އެވެ. މެންބަރު އަޙްމަދުގެ އެހީތެރިކަން ބާރަށަށް ފޯރުކޮށްދިން އިރު، […]

ޔުމްނާ ޢަލީ
ފޯކައިދޫ ކޮމިޔުނިޓީ ސެންޓަރ ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ކައުންސިލާއި ހަވާލުކޮށްފި 📍 ށ. ފޯކައިދޫ

ފޯކައިދޫ ކޮމިޔުނިޓީ ސެންޓަރ ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ކައުންސިލާއި ހަވާލުކޮށްފި

ށ. ފޯކައިދޫ ކޮމިޔުނިޓީ ސެންޓަރ ޕްރޮޖެކްޓް ފޯކައިދޫ ކައުންސިލުން ކުރިޔަށްގެންދިމަށް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ. އިންޑިޔާ ސަރުކާރުގެ ހިލޭއެހީގެ ދަށުން ގާއިމުކުރުމަށް ހަމަޖެހިފައިވާ މި ޕްރޮޖެކްޓް ކައުންސިލުން ކުރިއަށް ގެންދިއުމަށް ހަވާލުކުރުމުގެ ރަސްމިއްޔާތު އޮތީ ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ)ގައި މިއަދު އެވެ. ޒޫމް މެދުވެރިކޮށް ބޭއްވި ރަސްމިއްޔާތެއްގައި އެލްޖީއޭގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު ފާތިމަތު އަފްޝަން ލަތީފެވެ. އަދި ކައުންސިލުތަކުގެ ފަރާތުނ...

އަލީ އާދިލް
ހުސޭނުބޭގެ މަރު: އުމުރު ދުވަހުގެ ޖަލު ހުކުމަކުން 15 އަހަރަށް ކުޑަކޮށްފި 📍 ހއ. ހޯރަފުށި

ހުސޭނުބޭގެ މަރު: އުމުރު ދުވަހުގެ ޖަލު ހުކުމަކުން 15 އަހަރަށް ކުޑަކޮށްފި

ހއ. ހޯރަފުށީގައި ރަހީނުކޮށް، މަރާލި ހުސައިން މުހައްމަދު މަނިކު (ހުސޭނުބެ) ގެ މަރުގެ މައްސަލާގައި ޖަލަށްލި އޭނާއަށް ބޮޑުބޭބެ ކިޔާ މުހައްމަދު ލަތީފް އަދަބު 15 އަހަރުގެ ޖަލު ހުކުމަކަށް ހައި ކޯޓުން ކުޑަކޮށްފި އެވެ. 2010 ވަނަ އަހަރު ހުސޭނުބޭގެ ގެއިން ވައްކަން ކުރުމަށްޓަކައި އޭނާ ރަހީނުކޮށްގެން ގެންގުޅެނިކޮށް މަރުވި މައްސަލާގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ ކްރިމިނަލް ކޯޓުން އުމުރު ދުވަހުގެ ޖަލު ހުކުމެއް 2016 ގައި އިއްވީ އޭނާއަށް ބޮޑުބޭބެ ކިޔާ އެރަށު ޅޮހީގެ، […]

އަލީ އާދިލް
ލަންދޫ އެއްގަމު ތޮށި ލުމުގެ މަސައްކަތް އަންނަ ހަފުތާގައި ފަށަނީ 📍 ނ. ލަންދޫ

ލަންދޫ އެއްގަމު ތޮށި ލުމުގެ މަސައްކަތް އަންނަ ހަފުތާގައި ފަށަނީ

ނ. ލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެއްގަމު ތޮށި ލުމުގެ މަސައްކަތް އަން ހަފުތާގައި ފެށޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް  ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. މި މަސައްކަތް ފެށުމުގެ ގޮތުން އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކްތަކާއެކު އެމްޓީސީސީގެ ބާރޖް މިހާރުވަނީ ލަންދޫއަށް ފުރާފައެވެ. މި މަޝްރޫއުގެ ދަށުން، 25،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 256  މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 401 މީޓަރުގެސަރަޙައްދެއ...

އަޙްމަދު ވަހީދު
ބާރަށުގެ ޢަދަދުމައްޗަށް، އިތުރު 2 މީހަކު ޕޮޒިޓިވްވެއްޖެ 📍 ހއ. ބާރަށް

ބާރަށުގެ ޢަދަދުމައްޗަށް، އިތުރު 2 މީހަކު ޕޮޒިޓިވްވެއްޖެ

ހއ. ބާރަށުން އިތުރު 2 މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. އެރަށުން އިތުރު 2 މީހަކު ޕޮޒިޓިވްވުމާއެކު، އެ ރަށުން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 33 އަށް އަރާފައެވެ. ބާރަށު ކައުންސިލްގެ ނައިބު ރައީސް އަލީ ޝަމީމް ”ތިލަދުން”އަށް ވިދާޅުވީ، އެރަށުން އިތުރު 2 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ މިއަދު ކަމަށެވެ. ”ބައްޔަށް ޝައްކުވެގެން އިއްޔެ ނެގުނު 4 މީހެއްގެ ސާމްޕަލްގެ ތެރެއިން 2 މީހެއްގެ ސާމްޕަލް ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައި” ޢަލީ […]

ޙުސައިން ޝަހުދީ
އުރީދޫ ފައިބަރ ބްރޯޑްބޭންޑުގެ ހިދުމަތް މާއުނގޫދޫއަށް

އުރީދޫ ފައިބަރ ބްރޯޑްބޭންޑުގެ ހިދުމަތް މާއުނގޫދޫއަށް

އުރީދޫ މޯލްޑިވްސްގެ ސުޕަނެޓް ފައިބަރ ބްރޯޑްބޭންޑުގެ ހިދުމަތް ށ. މާއުނގޫދޫއަށް ތާއަފުކޮށްފިއެވެ. މިއާއެކު މިހާރު އެ ރަށަށް 100 އެމްބީޕީއެސްއާ ހަމައަށް ހަލުވި ސްޕީޑުގައި އިންޓަނެޓް ލިބޭނެކަމަށް އުރީދޫ އިން ބުންޏެވެ. ހައި ސްޕީޑުގެ އިތުރުން ބޮޑެތިއެލަވަންސްތައް ލިބޭ ޕެކޭޖްތައްވެސް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. މީގެ އިތުރުން މާއުނގޫދޫ އިން ސުޕަނެޓް ހިދުމަތް ހޯދާ ފުރަތަމަ 20 ކަސްޓަމަރުންނަށް މައިކްރޮސޮފްޓް 360 ލައިސެންސްވެސް ލިބޭނެއެވެ. އުރީދޫގެ އެކްޓިންގް ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒ...

އަޙްމަދު ވަހީދު
ހދ. އަތޮޅު ކައުންސިލް ވޮލީ މުބާރާތުގެ ގުރުއަތު ލައިފި

ހދ. އަތޮޅު ކައުންސިލް ވޮލީ މުބާރާތުގެ ގުރުއަތު ލައިފި

ހދ. އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ހދ.އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން  ކުރިއަށް ގެންދިއުމަށް އިއުލާން ކޮށްފައިވާ ވޮލީ މުބާރާތުގެ ގުތުއަތުލުން ބާއްވައިފިއެވެ. މި މުބާރާތުގެ އަންހެން އަދި ފިރިހެން ކެޓަގަރީގެ ގުރުއަތުލުން 09 މާޗް 2021 ގައި ބާއްވާފައިވާއިރު މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 12 މާޗް 2021 ވާ ހުކުރު ދުވަހުއެވެ. މާޗް މަހުގެ 12 އިން 28 އަށް ނޮޅިވަރަންފަރު ވޮލީކޯޓުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފުރަތަމަ މެޗުގައި ހުކުރު ދުވަހުގެ […]

އިބްރާހިމް ޚަލީލް
ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް، ތިލަދުންމައްޗަށް ވައިޓް އެލާޓް ނެރެފި

ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް، ތިލަދުންމައްޗަށް ވައިޓް އެލާޓް ނެރެފި

ބޮޑު ތިލަދުންމަތީގެ އަތޮޅުތަކަށް މޫސުން ގޯސްވެ ހއ. އަތޮޅުން ފެށިގެން ށ. އަތޮޅަށް ވައިޓް އެލާޓް ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ށ. އަތޮޅަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު ހަވީރު 18:30 އިން ފެށިގެން މިރޭގެ 22:00 އާ ހަމައަށެވެ. ރާއްޖޭގެ މޫސުން ކުރިއަށް ލަފާކޮށް […]

ޖަލްވާން ޖާދުﷲ
މާލޭގެ ހަލަބޮލި މާހައުލުގައި ދިރިއުޅެނީ ކީއްވެ؟

މާލޭގެ ހަލަބޮލި މާހައުލުގައި ދިރިއުޅެނީ ކީއްވެ؟

ކޮވިޑް-19ގެ ރާޅު މާލެތެރެއަށް ބީއްސާލީންސުރެ ބައްޔާއެކު ފެތުރެމުން ދިޔަ އެއް ވާހަކައަކީ ބަލިމަޑުކަމުގެ ރާޅުގެ އަސަރު ފިލަންދެން ތޮއްޖެހިފައިވާ މާލޭގެ ގެތަކުގައި ކެތްނުވާނެ ވާހަކައެވެ. ވައި ދައުރުނުވާ ގޮތަށް ވަށައިގެން ބަންދުވެއިވާ “ކޮށި”ތަކަށް އިރުގެ އަލިކަންވެސް ނުލިބޭ ވާހަކައެވެ. މާލެ ބަންދު ކޮށްފިނަމަ އާމްދަނީ ހޯދަން އޮތް މަގުވެސް ބަންދުވާނެ ވާހަކައެވެ. ދެން އިވިގެންދިއައީ “ރާއްޖެތެރޭގެ” ރައްޔިތުން މޭލެ ދޫކޮށް އެބައެއްގެ ރަށަށް ދިރިއުޅުން ބަދުލުކުރަން އަޑުގަދަ ފަރާތަކުން ގޮވާލި އެޑެއެވެ. މިއީ...

ފާޠިމަތު ޝިފާ
ބާރަށުގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފި

ބާރަށުގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފި

ކޯވިޑް-19ގެ ހާލަތުގެ ސަބަބުން، ހއ. ބާރަށުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވާލުތައް އިތުރަށް ވަރުގަދަ ކޮށްފިއެވެ. ބާރަށު ކައުންސިލްގެ ނައިބު ރައީސް ޢަލީ ޝަމީމް ”ތިލަދުން”އަށް ވިދާޅުވީ، އެރަށުގެ ހާލަތު މިވަގުތު އޮތްގޮތުން އިތުރު ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ. މިގޮތުން އެ ރަށުގެ ފިހާރަ، ކެފޭ، ރެސްޓޯރެންޓް އަދި ހޮޓާތައް މިއަދުން ފެށިގެން ބަންދުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިއަދުން ފެށިގެން އެތަންތަނުން ދޭނީ ޑެލިވަރީގެ ޚިދުމަތްކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ”ރަށުގެ ހާލަތު އާންމު ގޮތެއްގައި ރ...

ޙުސައިން ޝަހުދީ
މެންބަރު އަޙްމަދުގެ އެހީތެރިކަން ބާރަށަށް 📍 ހއ. ބާރަށް

މެންބަރު އަޙްމަދުގެ އެހީތެރިކަން ބާރަށަށް

ކޯވިޑްގެ ހާލަތުގެ ސަބަބުން ފުރަބަންދު ހާލަތުގައި އޮތް ހއ. ބާރަށަށް، ރައްޔިތުންގެ މަޖިލިސްގައި އެރަށް ތަމްސީލް ކުރަށްވާ، ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބުދުﷲ ފޭސް މާސްކާއި، ސެނިޓެއިޒަރ ހަދިޔާ ކުރަށްވައިފިއެވެ. މިގޮތުން މެންބަރު އަޙްމަދު ވަނީ 13،750 ފޭސް މާސްކާއި، 360 ފުޅި ހޭންޑް ސެނިޓެއިޒަރ ބާރަށަށް ހަދިޔާ ކުރަށްވާފަ އެވެ. https://twitter.com/NannaSoru/status/1368845909153447938?s=19 މެންބަރު އަޙްމަދުގެ އެހީތެރިކަން ބާރަށަށް ފޯރުކޮށްދިން އިރު، އަވަށްޓެރި މުރައިދޫން ވެސް ވަނީ ދެ ދުވަސް މަތީން...

ޝިއުނާ އާދަމް
"ކޫލްޓެމްޕް" ކުޅުދުއްފުށި ސިޓީއަށް! ކޮލެޓީ މުދާ ހެޔޮއަގުގައި ލިބޭނެ 📍 ހދ. ކުޅުދުއްފުށި

"ކޫލްޓެމްޕް" ކުޅުދުއްފުށި ސިޓީއަށް! ކޮލެޓީ މުދާ ހެޔޮއަގުގައި ލިބޭނެ

ކޫލްޓެމްޕް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފިހާރައެއް ކުޅުދުއްފުށި ސިޓީގައި ހުޅުވައިފިއެވެ. “ކޫލްޓެމްޕް ކުޅުދުއްފުށި”ގެ ނަމުގައި ހުޅުވި މި ފިހާރަ އިއްޔެ ހުޅުއްވައިދެއްވީ އެ ރަށުގެ ކައުންސިލް ރައީސް އަބްދުލް ލަތީފް ހަސަން އެވެ. މި ފިހާރަ ހުޅުވާފައިވަނީ ކުޅުދުއްފުށީގެ ކޮރަލް ދަނޑު ކައިރި މެގްމާގައެވެ. ކޫލްޓެމްޕްގެ އެހެން ފިހާރަތަކާއެއްގޮތަށް މި ފިހާރައިން ވެސް ރެފްރިޖަރޭޝަން އަދި އެއާކޮންޑިޝަންގެ ސްޕެއާ ޕާރޓްސް ލިބެން ހުންނާނެއެވެ. އަދި އިތުރު ތަފާތު ބާވަތްތަކުގެ ހާޑްވެއާ ވެސް ލިބެން ހުންނާނެއެވެ...

އަޙްމަދު ވަހީދު
ބާރަށަށް އިތުރު ހާސްކަން، ޕޮޒިޓިވްވި ޢަދަދު 31 އަށް! 📍 ހއ. ބާރަށް

ބާރަށަށް އިތުރު ހާސްކަން، ޕޮޒިޓިވްވި ޢަދަދު 31 އަށް!

ހއ. ބާރަށުން އިތުރު 6 މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. އެރަށުން އިތުރު ބަޔަކު ޕޮޒިޓިވްވުމާއެކު، އެ ރަށުން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 31 އަށް އަރާފައެވެ. ހއ. އަތޮޅު ހޮސްޕިޓަލުން ވަނީ ބާރަށުން ނެގުނު ސާމްޕަލްތަކުގެ ތެރެއިން އިތުރު 6 މީހެއްގެ ސާމްޕަލެއް ޕޮޒިޓިވްވެފައިވާކަން ”ތިލަދުން”އަށް ކަށަވަރުކޮށް ދެއްވާފައެވެ. ”އިތުރު 6 މީހެއް ޕޮޒިޓިވްވިކަން ވަނީ އަންގާފައި، އަދި ވެސް ނަތީޖާ ނުލިބޭ ސާމްޕަލް އެބަހުރި” ހއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އުޘްމާން އަޝްރަފް ވިދާޅުވިއެވެ. […]

ޙުސައިން ޝަހުދީ
ށ. ފޭދޫ ބަނދަރުގެ މަސައްކަތް ކުރިއަށް 📍 ށ. ފޭދޫ

ށ. ފޭދޫ ބަނދަރުގެ މަސައްކަތް ކުރިއަށް

ށ. ފޭދޫ ބަނދަރުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަހައްދު ފުންކުރުމުގެ މަސައްކަތެވެ. މި މަޝްރޫޢުގެ ދަށުން، 27،500 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 378 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 90 މީޓަރުގެސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 276 މީޓަރުގެ ސަރަޙައްދެއްގައި އެއް...

އަޙްމަދު ވަހީދު