މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,631 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9631 ޚަބަރުގެ ތެރެއިން
ހިރިމަރަދޫ މީހަކު އުމުރަށް ޖަލަށްލާން ހުކުމްކޮށްފި 📍 ހދ. ހިރިމަރަދޫ

ހިރިމަރަދޫ މީހަކު އުމުރަށް ޖަލަށްލާން ހުކުމްކޮށްފި

ހދ. ހިރިމަރަދޫގައި މަސްތުވާތަކެތި ގެންގުޅުނު މީހަކު އުމުރަށް ޖަލަށްލައި، އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކުރަން ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ހދ. ހިރިމަރަދޫ، ހިޔާވަހި އަހުމަދު ނަބީހު ފެބްރުއަރީ، 2016 ގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކޮށް އެރަށުން އޭނާ ހައްޔަރުކޮށް ސުވާލު ކުރުމަށް ފަހު އެރަށު ހޮޅުއަށި ސަރަހައްދުގައި މަސްތުވާތަކެތި ހުންނާނެ ކަމަށް އޭނާ ބުނުމުން އެ ސަރަހައްދުގައި ހުރި ހޮޅުގަނޑެއްގެ ތެރެއިން ފުލުހުންނަށް އޭނާ ދެއްކި ކޮތަޅެއްގެ ތެރެއިން މަސްތުވާތަކެތި ފެނުނެވެ...

އަލީ އާދިލް
ޖެންޑާ މިނިސްޓްރީގެ ކެއާ ޕެކޭޖު، ބާރަށުގެ 61 ގޭބިސީއަކަށް 📍 ހއ. ބާރަށް

ޖެންޑާ މިނިސްޓްރީގެ ކެއާ ޕެކޭޖު، ބާރަށުގެ 61 ގޭބިސީއަކަށް

މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން ހއ. ބާރަށުގެ 61 ގޭބިސީއަކަށް ކެއާ ޕެކޭޖު ފޮނުވައިފިއެވެ. ކޯވިޑް-19ގެ ކޭސްތަކެއްފެނި، މިމަހުގެ 1 ވަނަ ދުވަހުގެ ރޭ މޮނިޓަރިން ހާލަތަށް ގެނެވުނު ބާރަށް އަދި ވެސް އޮތީ އެހާލަތުގައި، އަރާފޭބުން މަނާ ކޮށްފައެވެ. ބާރަށު ކައުންސިލްގެ ނައިބް ރައީސް ޢަލީ ޝަމީމް ”ތިލަދުން”އަށް ވިދާޅުވީ، ޖެންޑާ މިނިސްޓަރީގެ ފަރާތުން މިއަދު އެރަށަށް ފޮނުވި ކެއާ ޕެކޭޖްތައް ރަށަށް ލިބުމާއެކު އެ ޕެކޭޖްތަކުގެ ހައްގުވެރިންނަށް ހަވާލުކުރެވިފަ ވާކަމަށެވެ. […]

ޝިއުނާ އާދަމް
ހއ. އަމާންވެށިން ޕޮޒިޓިވްވި ޢަދަދު 15 އަށް 📍 ހއ. ދިއްދޫ

ހއ. އަމާންވެށިން ޕޮޒިޓިވްވި ޢަދަދު 15 އަށް

ހދ. ދިއްދޫގައި ހުންނަ ”ހއ. އަމާންވެށި” އިން ކޯވިޑް-19އަށް ޕޮޒިޓިވްވި ކުދިންނާއި، މީހުންގެ ޢަދަދު 15 އަށް އަރައިފިއެވެ. ހއ. އަމާންވެށީގައި ކަރަންޓީނުގައި ތިބި 15 ކުދިން ތެރެއިން 11 ކުއްޖަކު ޕޮޒިޓިވްވެފައިވާއިރު، އެ ކުދިން ބެލެހެއްޓުމުގެ މަސައްކަތުގައި ތިބި 4 މީހަކު ވެސް ވަނީ ޕޮޒިޓިވް ވެފައެވެ. ހއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އުޘްމާން އަޝްރަފް ”ތިލަދުން”އަށް ވިދާޅުވީ، ހއ. އަމާންވެށިން މިހާތަނަށް ޕޮޒިޓިވްވި ޢަދަދު 15 އަށް އަރާފައިވާ ކަމަށެވެ. ”އަމާންވެށިން ވަނީ 11 ކުއްޖަކާއި، […]

ޔުމްނާ ޢަލީ
ކެލާ މަސްމާރުކޭޓް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި 📍 ހއ. ކެލާ

ކެލާ މަސްމާރުކޭޓް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހއ. ކެލާގައި މަސް މާރުކޭޓެއް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި މަސައްކަތް، ޝަމާޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށް، މަސައްކަތުގެ އެއްބަސްވުމުގައި ކެލާ ކައުންސިލާއި އެކުންފުންޏާއި ދެމެދު ސޮއިކޮށްފައި ވަނީ އިއްޔެއެވެ. 180 ދުވަސް ތެރޭގައި ނިންމަން ޖެހޭގޮތަށް ހަވާލުކުރެވުނު މި މަސައްކަތުގެ އަގަކީ 2,815,320 ރުފިޔާ އެވެ. ކެލާގައި މަސް މާރުކޭޓެއް އެޅުމަށް، ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން އެ މަޝްރޫޢު އެރަށު ކައުންސިލާ ހަވާލުކުރީ މިމަހުގެ 3 ވަނަ ދުވަހުއެވެ. އިދާރ...

ޔުމްނާ ޢަލީ
ހޯރަފުށްޓާއި، އިހަވަންދޫ ހޮސްޕިޓަލްގެ ކަންތައްތައް މިދަނީ ގާތުން ބަލަމުން: މިނިސްޓަރު 📍 ހއ. ހޯރަފުށި

ހޯރަފުށްޓާއި، އިހަވަންދޫ ހޮސްޕިޓަލްގެ ކަންތައްތައް މިދަނީ ގާތުން ބަލަމުން: މިނިސްޓަރު

ސަރުކާރުން ހއ. ހޯރަފުށްޓާއި، އެ އަތޮޅު އިހަވަންދޫގެ ގާއިމު ކުރަން ނިންމަވާފައިވާ ހޮސްޕިޓަލްގެ ކަންތައްތައް ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށް މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް ވިދާޅުވެއްޖެ އެވެ. މިނިސްޓަރު ނަސީމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސްގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާގައި ވަޒީރާ ސުވާލު ކުރެއްވުމުގެ ވަގުތުގައި، ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ސައްލެ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ހޯރަފުށީގައި ހޮސްޕިޓަލެއް ގާއިމުކޮށް ދިނުން...

ޔުމްނާ ޢަލީ
ކޯވިޑް19: ބާރަށުން 13 މީހުން ރަނގަޅުވެއްޖެ 📍 ހއ. ބާރަށް

ކޯވިޑް19: ބާރަށުން 13 މީހުން ރަނގަޅުވެއްޖެ

ބާރަށުން ކޯވިޑް19 އަށް ޕޮޒިޓިވްވި 36 މީހުންގެ ތެރެއިން 13 މީހުން ބަލިން ރަނގަޅުވެއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން ހާމަކުރައްވާފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު އެރަށުގައި އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 23 މީހުންނެވެ. ބާރަށުން އެކުގައި ހޯމް ކަރަންޓީން ފުރިހަމަ ކުރި 9 މީހަކު ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ މި މަހުގެ 1 ވަނަ ދުވަހުގެ ރެއެވެ. އަދި އެމީހުންނާއި އިތުރު މީހުން ރަށުތެރެއިން ބައްދަލުވެފައި ވުމުން، މާރިޗް 2 […]

އިބްރާހިމް އަސްވާޤް
އުތުރުގެ 6 ރަށެއް ހިމެނޭހެން 34 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކުރުމަށް ސޮއިކޮށްފި 📍 ހއ. ބާރަށް

އުތުރުގެ 6 ރަށެއް ހިމެނޭހެން 34 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކުރުމަށް ސޮއިކޮށްފި

އުތުރުގެ 6 ރަށެއް ހިމެނޭހެން 34 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމާއި ގުޅޭގޮތުން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. އިންޑިއާގެ އެގްޒިމް ބޭންކް ގެ އެހީގައި ކުރިއަށް ގެންދާ މި މަޝްރޫއުތަކަކީ އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫއު ތަކަކެވެ. މިއަދު ގިޔާސުއްދީން ސްކޫލްގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައި، 34 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމަށް 4 ކުންފުންޏަކާއެކު ވަނީ ސޮއިކޮށްފައެވެ. އިންޑިއަން ހައި...

އަލީ އާދިލް
ނޮޅިވަރަންފަރުގައި ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ހިންގައިފި 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރުގައި ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ހިންގައިފި

ކުށްމަދު އަމާން މާހައުލެއް ރަށްރަށުގައި ގާއިމުކުރުމަށް ރައްޔިތުން ހޭލުންތެރިކުރުމަށް މައުލޫމާތު ދިނުމަށް ފުލުހުން ކުރިއަށް ގެންދަވާ ހަރަކާތްތަކުގެ ތެރެއިން، މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހދ. ނޮޅިވަރަންފަރުގައި ކުރިއަށް ގެންގޮސްފިއެވެ. އެގޮތުން، މިހިނގާ މާރިޗު މަހުގެ 16 ވަނަ ދުވަހު ނޮޅިވަރަންފަރު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި އެ ރަށު ގޭބިސީތަކަށް ޒިޔާރަތްކޮށް ގޭބިސީތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި ވައްކަމުގެ މައްސަލަތަކުން ރައްކާތެރިވުމަށް މައުލޫމާތު ދީ...

ޖަލްވާން ޖާދުﷲ
ދެން އެމްބިއުލާންސް ދޭ ރަށްތަކުގެ އެންމެ ކުރީގައި އޮންނާނީ މަކުނުދޫ ދާއިރާ: މިނިސްޓަރު 📍 ހދ. މަކުނުދޫ

ދެން އެމްބިއުލާންސް ދޭ ރަށްތަކުގެ އެންމެ ކުރީގައި އޮންނާނީ މަކުނުދޫ ދާއިރާ: މިނިސްޓަރު

އަތޮޅުތަކުގެ ރަށްތަކަށް އެމްބިއުލާންސް ފޮނުވުމަށް ސަރުކާރުން ކުރިއަށް ގެންދަވާ ޕްރޮގްރާމްގެ ދަށުން، ދެން އެމްބިއުލާންސް ދޭ ރަށްތަކުގެ އެންމެ ކުރީގައި އޮންނާނީ މަކުނުދޫ ދާއިރާގެ ރަށްތައް ކަމަށް މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް ވިދާޅުވެއްޖެ އެވެ މިނިސްޓަރު ނަސީމް މިހެންވިދާޅުވީ، ދެ ފަހަރުމަތީން މި ސަރުކާރުން ރަށްރަށަށް އެމްބިއުލާންސް ފޮނުވިއިރު، ޢަބުދުﷲ އަމީން ހެލްތު މިނިސްޓަރަކަށް ހުންނެވިއިރު، އެމްބިއުލާންސް ދެއްވާނެކަމަށް ވިދާޅުވެ، މަކުނޫދޫ ދާއިރާގެ ރަށްތަކަށް އެމްބިއުލާންސް ނުލިބިވާތީ، އެ...

ޔުމްނާ ޢަލީ
ނޮޅިވަރަމް ސްކޫލްގައި ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ހިންގައިފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް ސްކޫލްގައި ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ހިންގައިފި

ހދ. ނޮޅިވަރަމް ޕޮލިސް ސްޓޭޝަންއިން އިންތިޒާމްކޮށްގެން، ހދ. ނޮޅިވަރަމް ސްކޫލްގެ ގްރޭޑް 9,8,7 އަދި 10 ގެ ދަރިވަރުންނާއި އެ ސުކޫލްގެ ބެލެނިވެރިންނަށް ހާއްސަކޮށް، ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. ނޮޅިވަރަމް ޕޮލިސް ސްޓޭޝަނާއި ހދ. ނޮޅިވަރަމް ސްކޫލާއި ގުޅިގެން ” ރިވެތި ސިފަތައް ” މި ނަމުގައި ކުރިއަށް ގެންދިޔަ މިހޭލުންތެރި ކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މި ހިނގާ މާރިޗް މަހުގެ 11 އިން 13 އަށެވެ. ނޮޅިވަރަމް ސުކޫލުގައި ކުރިއަށް […]

ޔުމްނާ ޢަލީ
ފިއްލަދޫން ވެސް ބާރަށަށް ޓަނެއްހާ މަސް ހަދިޔާކޮށްފި 📍 ހއ. ބާރަށް

ފިއްލަދޫން ވެސް ބާރަށަށް ޓަނެއްހާ މަސް ހަދިޔާކޮށްފި

ހއ. ބާރަށުން ކޯވިޑް-19 ކޭސްތަކެއް ފެނުމާއި ގުޅިގެން މާރިޗް 1 ވަނަ ދުވަހުގެ ރޭން ފެށިގެން އަދިވެސް އެރަށަށް ފުރަބަންދުގެ ހާލަތުގައި އޮތްއިރު، އެ އަތޮޅު ފިއްލަދޫ ރައްޔިތުންގެ ފަރާތުން ބާރަށު ރައްޔިތުންނަށް އެހީތެރިވުމށް ޓަނެއްހާ ރޯމަސް މިއަދު ހަދިޔާކޮށްފިއެވެ. މިގޮތުން ފިއްލަދޫ ރައްޔިތުންގެ ފަރާތުން ބާރަށު ރައްޔިތުންނަށް ހަދިޔާ ކުރީ، 917 ކިލޯ ރޯމަހެވެ. ބާރަށުގެ ރައްޔިތުން ރަށުގައި ބަންދުވެފައިވައިތިބި މިހާލަތުގައި ފިއްލަދޫގެ އިތުރުން އެ އަތޮޅުގެ ބައެއް ރަށްތަކުން ވަނީ ކުރިން ވެސް ބާރަށަށް އެހީތެރި...

ޙުސައިން ޝަހުދީ
ކެލާގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކޮށް ހިންގުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި 📍 ހއ. ކެލާ

ކެލާގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކޮށް ހިންގުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހއ. ކެލާގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކޮށް ހިންގުމަށް މިނިސްޓްރީ އޮފް ޓޫރިޒަމާއި، ފެޑޯ އިންވެސްޓްމެންޓާއި ދެމެދު މިއަދު ސޮއިކޮށްފިއެވެ. ކެލާގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކޮށް ހިންގައިދޭނެ ބަޔަކު ހޯދަން ޓޫރިޒަމް މިނިސްޓްރީން ބީލަމަށް ހުޅުވައިލީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަަނަ ދުވަހުއެވެ. އެ ބީލަމަށް 3 ފަރާތަކުން ކުރިމަތިލިޔެވެ. އެ ބީލަން ކާމިޔާބު ކުރި ފެޑޯ އިންވެސްޓްމެންޓާއިއެކު މިއަދު އެ މަޝްރޫޢޫގެ އެއްބަސްވުމުގައި ސޮއިކުރިއިރު ކެލާގައި އެ ހޮޓާ ތަރައްގީކުރަން ހަމަޖެހިފައިވަނީ އެރަށު...

ޙުސައިން ޝަހުދީ
މުރައިދޫގެ ފެނުގެ މަޝްރޫއަށް ބޭނުންވާ ތަކެތި ރައްކާ ކުރާ ސައިޓު ހަދަނީ 📍 ހއ. މުރައިދޫ

މުރައިދޫގެ ފެނުގެ މަޝްރޫއަށް ބޭނުންވާ ތަކެތި ރައްކާ ކުރާ ސައިޓު ހަދަނީ

ތިލަދުންމަތި މުރައިދޫގެ ފެނުގެ މަޝްރޫއަށް ބޭނުންވާ ތަކެތި ރައްކާ ކުރާ ސައިޓު ހެދުމުގެ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ވޯޓާ އެންޑް ސްވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިންނެވެ. މިއީ ސަރުކާރުން ރަށްރަށުގައި ފެނާއި ނަރުދަމާގެއަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ހިންގާ މަޝްރޫޢޫތަކުގެ ތެރެެއިން ކުރިއަށްގެންދާ މަޝްރޫއެކެވެ. މުރައިދޫގެ އިތުރުން ހއ. ވަށަފަރުގެ ފެނުގެ ނިޒާމުގެ މަސައްކަތް ފެށުމަށް އެމްޑަބްލިއުއެސްސީން އަންނަނީ ތައްޔާރުވަމުންނެވެ. އެ ރަށުގެ ސްޓީރެޖުގެ...

އަޙްމަދު ވަހީދު
ޅައިމަގު ބަނދަރު ފުން ކުރުމުގެ 78 އިންސައްތަ މަސައްކަތް ނިމިއްޖެ 📍 ށ. ޅައިމަގު

ޅައިމަގު ބަނދަރު ފުން ކުރުމުގެ 78 އިންސައްތަ މަސައްކަތް ނިމިއްޖެ

ށ. ޅައިމަގު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ބަނދަރު ފުން ކުރުމުގެ 78 އިންސައްތަ މަސައްކަތް ނިންމާަލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި މަޝްރޫއުގެ ދަށުން  ބޭރުތޮށިލުމަށްޓަކައި ބޮޑުހިލައިގެ ފުރަތަމަ ޝިޕްމެންޓްމިދިޔަ ހަފުތާގައި ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން، 31،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް، 350 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލާނެއެވެ. އަދި 276 މީޓަރުގެސަރަހައްދެއްގެ އ...

އަޙްމަދު ވަހީދު
900 މީޓަރުގެ ފާލަމަކުން ހޯރަފުއްޓާއި ގުޅުވާލާ "އިހަވަންދިއްޕޮޅު އިންޓަރނޭޝަނަލް ޕޯޓު" ހަދާނެ ބަޔަކު ހޯދަނީ 📍 ހއ. ހޯރަފުށި

900 މީޓަރުގެ ފާލަމަކުން ހޯރަފުއްޓާއި ގުޅުވާލާ "އިހަވަންދިއްޕޮޅު އިންޓަރނޭޝަނަލް ޕޯޓު" ހަދާނެ ބަޔަކު ހޯދަނީ

ރާއްޖޭގެ އެންމެ އުތުރުން އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ޓްރާންސްޝިޕްމަންޓް ބަނދަރެއް (ޕޯޓް) ހަދަން ބަޔަކު ހޯދަން އިކޮނޮމިން މިނިސްޓްރީން އިއުލާން ކޮށްފިއެވެ. އެ މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މި މަޝްރޫއުގެ ދަށުން ހަދާ ބަނދަރަކީ ދުނިޔޭގެ އެންމެ ބޮޑެތި ކޮންޓެއިނަރު ބޯޓުފަހަރުތަކަށް ހިދުމަތްދިނުމުގެ ގާބިލުކަން ލިބިފައިވާ ބަނދަރަކަށް ވާނެ ކަމަށެވެ. އެގޮތުން އަހަރެއްގެ މައްޗަށް މި ޕޯޓުބް 1.8 މިލިއަން ކޮންޓެއިނަރު ހޭންޑަލް ކުރެވޭނެ ކަމަށް އެ ބަޔާނުގައިވަނީ ބުނެފައެވެ. މި މަޝް...

އަޙްމަދު ވަހީދު