މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,631 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9631 ޚަބަރުގެ ތެރެއިން
ހއ. އަތޮޅުން ރައްޔިތު ބައްދަލުވުން ނުބާއްވަނީ 2 ކައުންސިލަކުން 📍 ހއ. ބާރަށް

ހއ. އަތޮޅުން ރައްޔިތު ބައްދަލުވުން ނުބާއްވަނީ 2 ކައުންސިލަކުން

ހއ. އަތޮޅުން ރައްޔިތު ބައްދަލުވުން ނުބާއްވަނީ 2 ކައުންސިލަކުންކަމަށް ހއ. އަތޮޅު ކައުންސިލުން ބުނެފި އެވެ. އެކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ބާޔާންކޮއްފައިވާ ގޮތުގެ މަތީން މި އަހަރު ފެބުރުއަރީ މަހު ރައްޔިތުންނަށް ޢާންމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ބާއްވާ، އެ ކައުންސިލަށް އެމަޢުލޫމާތު ޙިއްޞާކޮށްފައިވަނީ ހއ. އަތޮޅުގެ 12 ރަށު ކައުންސިލުން ކަމަށެވެ. އެގޮތުން ބައްދަލުވުން ބޭއްވި 12 ރަށު ކައުންސިލަކީ: 1- ތުރާ...

އިބްރާހިމް އަސްވާޤް
އުތުރުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފި

އުތުރުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފި

އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވެ ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅަށް ވައިޓް އެލާޓް ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ޅ. އަތޮޅަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 08:45 އިން ފެށިގެން މެންދުރުފަހު 13:45 އާ ހަމައަށެވެ. ރާއްޖޭގެ މޫސުން ކުރިއަށް ލަފާކޮށް މެޓް […]

ޖަލްވާން ޖާދުﷲ
އިހަވަންދޫ ސްކޫލް ދަރިވަރުން 2 ދުވަސްތެރޭ 68 ހާހަށްވުރެ ގިނަ ޕްލާސްޓިކް ފުޅި އެއްކޮށްފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ސްކޫލް ދަރިވަރުން 2 ދުވަސްތެރޭ 68 ހާހަށްވުރެ ގިނަ ޕްލާސްޓިކް ފުޅި އެއްކޮށްފި

ހއ. އިހަވަންދޫ ސްކޫލްގެ ކީސްޓޭޖް 1 އަދި 2ގެ ދަރިވަރުން 2 ދުވަސް ތެރޭގައި 68 ހާހަށްވުރެ ގިނަ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ފުޅި އެއްކޮށްފިއެވެ. މިގޮތުން އެ ސްކޫލްގެ ކީސްޓޭޖް 1 އަދި 2ގެ ދަރިވަރުން ވަނީ 68،200 އަށްވުރެ ގިނަ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ފެން ހުސްކުރި ފުޅި އެއްކޮށް، ސްކޫލާއި ހަވާލުކޮށްފައެވެ. އިހަވަންދޫ ސްކޫލްގެ ލީޑިން ޓީޗަރ މުޙައްމަދު ޝުޖާޢު ”ތިލަދުން”އަށް ބުނީ، އެ ހަރަކާތަކީ، ”ޕާލޭ ފޮރ ދަ […]

ޙުސައިން ޝަހުދީ
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ބީލަމަށް ހުޅުވާލައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ބީލަމަށް ހުޅުވާލައިފި

1.3 މިލިއަން މީހުންނަށް ޚިދުމަތް ދެވޭހެން ތަރައްޤީކުރުމަށް “ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް” މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން ބީލަމަށް ހުޅުވާލައިފި އެވެ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން މިއަދު ނެރު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯރޓް ތަރައްޤީކުރުމުގެ މަޝްރޫއުގެ ބީލަން މަރުޙާލާގެ ފުރަތަމަ ހަރުފަތްކަމުގައިވާ ކޮންޓްރެކްޓަރުން ޕްރީކޮލިފައިވުމަށް ހުށަހެޅުމަށް އިންޑިއާގެ އެކްސްޕޯޓް އިމްޕޯޓް ބެންކުން މިއަދު ހުޅުވާލައިފި ކަމަށެއެވެ. މި މަޝްރ...

އަލީ އާދިލް
ހދ. އަތޮޅުން ރައްޔިތު ބައްދަލުވުން ބޭއްވީ 5 ކައުންސިލަކުން 📍 ހދ. ވައިކަރަދޫ

ހދ. އަތޮޅުން ރައްޔިތު ބައްދަލުވުން ބޭއްވީ 5 ކައުންސިލަކުން

މިދިޔަ ފެބްރުއަރީ މަހު ރައްޔިތުންގެ ބައްދަލުވުން ބޭއްވީ ހދ.އަތޮޅުގެ 5 ކައުންސިލަކުން ކަމަށް ހދ. އަތޮޅު ކައުންސިލުން ބުނެފި އެވެ. އެކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ބާޔާންކޮއްފައިވާ ގޮތުގެ މަތީން މި އަހަރު ފެބުރުއަރީ މަހު ރައްޔިތުންނަށް ޢާންމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ބާއްވާ، އެ ކައުންސިލަށް އެމަޢުލޫމާތު ޙިއްޞާކޮށްފައިވަނީ ހދ.އަތޮޅުގެ 5 ރަށު ކައުންސިލުން ކަމަށެވެ. އެގޮތުން އެ 5 ރަށު ކައުންސިލަކީ : ތިލ...

ޖަލްވާން ޖާދުﷲ
ކުޅުދުއްފުށީގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި 17 އަހަރުގެ ކުއްޖާ ނިޔާވެއްޖެ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި 17 އަހަރުގެ ކުއްޖާ ނިޔާވެއްޖެ

ހދ. ކުޅުދުއްފުށީ ސިޓީގައި ޕިކަޕަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވެ ފަރުވާދެމުން ދަނިކޮށް 17 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ އެވެ. އައިސީޔޫގައި ފަރުވާދެމުން ދަނިކޮން މިއަދު ނިޔާވީ މިމަހުގެ 12 ވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައި ކުޅުދުއްފުށި ނިކަގަސްމަގާއި އަމީނީމަގު ގުޅުނު ހަތަރު އަނގޮޅީގައި ސައިކަލަކާއި ޕިކަޕެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ސައިކަލު ދުއްވަން އިން ކުއްޖާ އެވެ. އަދި އެކްސިޑެންޓުގައި ސައިކަލުގެ ފަހަތުގައި އިން ކުއްޖަކަށް ވެސް އަނިޔާވި އެވެ. މި އެކްސިޑެންޓުގައި ލިބު...

އަލީ އާދިލް
އިމަގުން އިހަވަންދޫ މަސްވެރިންނަށް ހާއްޞަ ފުޓްސަލް ޗެލެންޖެއް 📍 ހއ. އިހަވަންދޫ

އިމަގުން އިހަވަންދޫ މަސްވެރިންނަށް ހާއްޞަ ފުޓްސަލް ޗެލެންޖެއް

ހއ. އިހަވަންދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ގެ ފަރާތުން އިންތިޒާމް ކޮށްގެން އިހަވަންދޫގެ މަސްވެރިންނަށް ހާއްޞަ ކޮށްގެން ފުޓްސަލް ޗެލެންޖެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ. މި މުބާރާތާއި ގުޅިގެން އިމަގު ޖަމްޢިއްޔާއިން އާންމު ކޮށްފައިވާ މަޢުލޫމާތުގައި ވަނީ “ބާރަނަ ޗެލެންޖް”ގެ ނަމުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރި ވެވޭނީ ހަމައެކަނި އިހަވަންދޫ މަސްވެރި އުޅަނދުތަކުގެ ކެޔޮޅުންނާއި ފަޅު...

އިބްރާހިމް ޚަލީލް
ބާރަށު ސްކޫލްގައި އިމާރާތްކުރާ 12 ކްލާސްރޫމް ނިންމަން ހަވާލުކޮށްފި 📍 ހއ. ބާރަށް

ބާރަށު ސްކޫލްގައި އިމާރާތްކުރާ 12 ކްލާސްރޫމް ނިންމަން ހަވާލުކޮށްފި

ހއ. ބާރަށު ސްކޫލްގައި ޢިމާރާތްކުރަން ފަށާފައިވާ، 12 ކްލާސްރޫމްގެ ނުނިމިހުރި މަސައްކަތް ނިންމުމަށް މިއަދު ހިވާލުކޮށްފިއެވެ. މިގޮތުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މިއަދުވަނީ އެ މަސައްކަތް ޕެންސާރޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށް، އެކަމުގެ އެއްބަސް ވުމުގައި ސޮއިކޮށްފަ އެވެ. އެޑިޔުކޭޝަން މިނިސްޓްރީއިން ވިދާޅުވީ، މި 12 ކްލާސްރޫމްގެ މަސައްކަތް ނިމުމާއި އެކު ބާރަށު ސްކޫލް، އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލަކަށް ބަދަލުކުރެވިގެންދާނެ ކަމަށެވެ. މި މަސައްކަތް ޕެންސާރޭ މޯލްޑިވްސް ޕްރައިވެޓް ލ...

ޔުމްނާ ޢަލީ
ހއ.އަމާންވެށިން ޕޮޒިޓިވްވި 2 މީހަކު ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރަށް ބަދަލުކޮށްފި 📍 ހއ. ދިއްދޫ

ހއ.އަމާންވެށިން ޕޮޒިޓިވްވި 2 މީހަކު ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރަށް ބަދަލުކޮށްފި

ހއ. އަމާންވެށިން ކޯވިޑަށް ޕޮޒިޓިވްވި 2 މީހަކު ށ. އަތޮޅު ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރަށް މިއަދު ބަަދަލުކޮށްފި އެވެ. ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރަށް ބަދަލުކުރީ، ހއ. ދިއްދޫގައި ހުންނަ ”ހއ. އަމާންވެށި” އިން ކޯވިޑް-19އަށް ޕޮޒިޓިވްވި، ކުދިން ބެލެހެއްޓުމުގައި އެހީތެރިވާ ދެ މުވައްޒަފެކެވެ. ހއ. އަތޮޅު ހޮސްޕިތަލްގެ މެނޭޖަރު އުޘްމާން އަސްރަފް ”ތިލަދުން”އަށް ވިދާޅުވީ އެ ދެމީހުންގެ ހާލު ގޯސް ނޫންކަމަށެވެ. ”މިވަގުތު އެމީހުންގެ ހާލު ރަނގަޅު، އެކަމަކު […]

ޙުސައިން ޝަހުދީ
އުތުރުން ރިސޯޓު ހަދަން ހުޅުވާލި 4 ރަށަށް ބިޑު ހުށައެޅީ އެންމެ ފަރާތަކުން

އުތުރުން ރިސޯޓު ހަދަން ހުޅުވާލި 4 ރަށަށް ބިޑު ހުށައެޅީ އެންމެ ފަރާތަކުން

މިދިޔަ އަހަރު ޑިސެމްބަރ މަހުގެ 27 ވަނަ ދުވަހު ރިސޯޓު ހަދަން ހުޅުވައިލި 4 ރަށަށް ބިޑު ހުށައެޅީ އެންމެ ފަރާތަކުން ކަމަށް ޓުރިޒަމް މިނިސްޓްރީއިން ބުނެފި އެވެ. ޓޫރިޒަމް މިނިސްޓްރީގެ ސީނިޔަ ޕޮލިސީ ޑިރެކްޓަރު މުހައްމަދު ހުއްސާން ތިލަދުން އާ ވާހަކަފުޅު ދައްކަވަމުން މިއަދު ވިދާޅުވި ގޮތުގައި އަލަށް ރިސޯޓު ހަދަން އުތުރުން ހުޅުވާލި 4 ރަށުގެ ބިޑުފޮތް 7 ފަރާތަކުން ގަނެފައިވާކަމަށާއި ނަމަވެސް ބިޑު ފޮތް ހުށަ އެޅީ އެންމެ ފަރާތަކުން ކަމަށެވެ. މަޢުލޫމާތުލިބިފައިވާ ގޮތުގައި […]

އިބްރާހިމް އަސްވާޤް
އިންތިޚާބު ވެއްޖެނަމަ ހުވާކޮށްފައި ގެޔަށްދާނީ މިސްކިތްތަކުގެ އޭސީތައް އޮން ކޮށްފައި: އިންފާޒް 📍 ހއ. ކެލާ

އިންތިޚާބު ވެއްޖެނަމަ ހުވާކޮށްފައި ގެޔަށްދާނީ މިސްކިތްތަކުގެ އޭސީތައް އޮން ކޮށްފައި: އިންފާޒް

އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ހއ. ކެލާ ކައުންސިލްގެ ރައީސް ކަމަށް އިންތިޚާބުވެއްޖެނަމަ، މަގާމުގެ ހުވާކޮށްފައި ގެޔަށްދާނީ ކެލާގައި އޭސީ ކޮށްފައި ހުރި މިސްކިތްތަކުގެ އޭސީތައް އޮން ކޮށްފައި ކަމަށް ކެލާ ކައުންސިލް ރައީސް ކަމަށް ވާދަކުރާ ޕީޕީއެމް ކެންޑިޑޭޓް ޢަބުދު ﷲ އިންފާޒް ރަޝީދު ވިދާޅުވެއްޖެއެވެ. އިންފާޒް ކުރި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، އެއްވެސް ސަރުކާރަކުން މިސްކިތްތަކުން ކަރަންޓް ކަނޑާލާނެ ކަމަށް ޤަބޫލު ނުކުރަށްވާ ކަމަށެވެ. ނަމަވެސް ބިލު ދައްކާނެ ބަޖެޓް ނެތްކަމަށް ބުނެ، އޭސީކޮށްފަ...

އަލީ އާދިލް
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ހާލަތާމެދު ކެޕްޓަން އަމީންގެ ކަންބޮޑުވުން 📍 ހދ. ހަނިމާދޫ

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ހާލަތާމެދު ކެޕްޓަން އަމީންގެ ކަންބޮޑުވުން

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ހާލަތު މިހާ ދެރަވަރުވެފައި އޮތް ދުވަސްވަރެއް ދެކެވަޑައިގެންފައި ނުވާކަމަށް ވިދާޅުވެ، ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ ކުންފުނި، އައިލެންޑް އޭވިއޭޝަންގެ ކުރީގެ ޑިރެކްޓަރ އޮފް އޮޕަރޭޝަންސް ކެޕްޓަން މުހައްމަދު އަމީން ކަންބޮޑުވުން ފާޅުކުރަށްވައިފިއެވެ. ވައިގެ ދަތުރުފަތުރުކުރުމުގެ ދާއިރާގައި ގިނަ އަހަރުތަކެއް ހޭދަކުރަށްވާފައިވާ، އެ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ކެޕްޓަން އަމީން މިމޭރުމުން ވިދާޅުވީ އިއްޔެ ކުރެއްވި ޓްވީޓެއްގަ އެވެ. އަމީން ވިދާޅުވީ، ހަނިމާދޫ އިނ...

އަލީ އާދިލް
12 ރަށެއްގައި ހޮސްޕިޓަލް އަޅަނީ 📍 ހއ. ހޯރަފުށި

12 ރަށެއްގައި ހޮސްޕިޓަލް އަޅަނީ

އަތޮޅުތެރޭގެ 12 ރަށެއްގެ ސިއްހީ މަރުކަޒުތައް ހޮސްޕިޓަލްތަކަކަށް ބަދަލުކުރަން ސަރުކާރުން ނިންމައިފިއެވެ. ހެލްތު މިނިސްޓްރީއިން ވިދާޅުވީ، 12 ރަށެއްގައި އަލަށް އިމާރާތްކުރާ ހޮސްޕިޓަލްގެ ޑިޒައިން އަދި ބީއޯކިއުގެ މަސައްކަތް މިހާރު ނިންމާފައިވާ ކަމަށެވެ. މިގޮތުން އަލަށް ހޮސްޕިޓަލްތަރައްޤީކުރުމަށް ނިންމާފައިވާ ރަށްތަކުގެ ތެރޭގައި ހިމެނޭ ތިލަދުންމަތީގެ ހއ. އަތޮޅުގެ ރަށްތަކަކީ އިހަވަންދޫއާއި ހޯރަފުއްޓެވެ. ހދ. އިން ހަނިމާދޫ އެ ލިސްޓްގައި ހިމެނޭއިރު، ށ. އަޮޅުން މިލަންދޫ ވެސް އެ ލިސްޓްގައި ހިމެނެއެވެ. އެ ލި...

ޔުމްނާ ޢަލީ
ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރުގައި އެޑްމިޓްކުރި މާބަނޑު މީހާ ބަލިން ރަނގަޅުވެއްޖެ

ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރުގައި އެޑްމިޓްކުރި މާބަނޑު މީހާ ބަލިން ރަނގަޅުވެއްޖެ

ކޯވިޑަށް ޕޮޒިޓިވްވުމުގެ ސަބަބުން، ށ. އަތޮޅު ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރުގައި އެޑްމިޓް ކުރި މާބަނޑުމީހާ ބަލިން ރަނގަޅުވެއްޖެއެވެ. އޭނާ ބަލިން ރަނގަޅު ވުމާއެކު މިއަދު ވަނީ އެ ސެންޓަރުން ދޫކޮށްލާފައެވެ. އެއީ ބަނޑަށް 36 ހަފްތާގެ ވެފައިވާ މާބަނޑު މީހެކެވެ. އަދި އެއީ އެ ސެންޓަރުން ފަރުވާ ދިނުމަށްފަހު ދޫކޮށްލި 14 ވަނަ ކޯވިޑް ބަލިމީހާއެވެ. ށ. ހޮސްޕިޓަލްގެ މެނޭޖަރު އަޙްމަދު ޒުމްރަތު ”ތިލަދުން”އަށް ވިދާޅުވީ، ،ިވަގުތު ވެސް ކޯވިޑް ބަލީގެ […]

ޙުސައިން ޝަހުދީ
ހއ އަތޮޅުގެ ބައެއް ރަށްރަށަށް މަސްތުވާތަކެތި ހުރި ޕެކެޓްތަކެއް ލައްގަނީ 📍 ހއ. ބާރަށް

ހއ އަތޮޅުގެ ބައެއް ރަށްރަށަށް މަސްތުވާތަކެތި ހުރި ޕެކެޓްތަކެއް ލައްގަނީ

ހއ. ފިއްލަދޫ އާއި ހއ. ވަށަފަރު ފަޅުތެރެއިން މަސްތުވާތަކެތި ހުރި ޕެކެޓްތަކެއް ލައްގާތީ ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ. ހއ. ފިއްލަދޫ ކައުންސިލްގެ ރައީސް “ތިލަދުން” އަށް މަޢުލޫމާތުދެމުން ބުނީ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވަނީ މިއަދު 11 ޖަހާކަންހާއިރު މަހަށް ގޮސް އެންބުރި އެރަށަށް އައި ދޯންޏަކަށްކަމަށެވެ. އަދި އެތަކެތި ބަންދުކޮށްފައި ހުރި 50 ޕެކެޓް އެރަށުން ފެނިފައިވާކަމަށާއި ޕެކެޓެއްގައި 1 ކިލޯ ހުރިކަމަށް ކައުންސިލުން މައުލޫމާތުދެއެވެ. ހއ. ވަށަފަރު ކައުންސިލްގެ ރައީސް މ...

އަލީ އާދިލް