މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,631 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9631 ޚަބަރުގެ ތެރެއިން
''ޕޮލިސް މަސްރޭސް 2021''ގެ ނަމުގައި ނޮޅިވަރަމުގެ މުއައްސަސާތަކުގެ މެދުގައި މަސްރޭހެއް 📍 ހދ. ނޮޅިވަރަމް

''ޕޮލިސް މަސްރޭސް 2021''ގެ ނަމުގައި ނޮޅިވަރަމުގެ މުއައްސަސާތަކުގެ މެދުގައި މަސްރޭހެއް

ހދ. ނޮޅިވަރަމު ސަރުކާރު މުއައްސަސާތަކުގެ މެދުގައި، ”ޕޮލިސް މަސްރޭސް 2021” ގެ ނަމުގައި މަސްރޭހެއް ކުރިއަށް ގެންގޮސްފިއެވެ. މި މަސްރޭހަކީ ނޮޅިވަރަމު ޕޮލިސް ސްޓޭޝަންއިން އިސްނަގައިގެން ކުރިއަށް ގެންދިޔަ މަސްރޭހެކެވެ. މި މަސްރޭސް ބޭއްވުމުގެ މަޤްޞަދުތަކުގެ ތެރޭގައި، ނޮޅިވަރަމުގައި ހުރި ސަރުކާރު މުއައްސަސާތަކުގެ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި އަދި އެކުވެރިކަން އިތުރަށް ދެމެހެއްޓުން ހިމެނެއެވެ. މީގެއިތުރުން ސަރުކާރު މުއައްސަސާތަކަކީ ގުޅިގެން މަސައްކަތްކުރާ އަދި މަސައްކަތްކުރެވޭނެ ބައެއްކަ...

ޙުސައިން ޝަހުދީ
އުތީމު އާދަމްބެ: ހިތަށް ނަލަ، ދުލަށް ފަހި ވަޒަންތަކުން ހައްދަވާ ފުރިހަމަ ޅެންވެރިކަމެއް 📍 ހއ. އުތީމު

އުތީމު އާދަމްބެ: ހިތަށް ނަލަ، ދުލަށް ފަހި ވަޒަންތަކުން ހައްދަވާ ފުރިހަމަ ޅެންވެރިކަމެއް

ދުނިޔޭގެ ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި މި ގެނެސްދެނީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން 2016 އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އަދި ދިވެހި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ ދާއިރާއިން؛ ޅެންހެދުމުގެ ރޮނގުން 2004 ވަނަ އަހަރު ޢާންމުޚިދުމަތުގެ އިނާމު ހާސިލްކުރައްވާފައިވާ ތިލަދުންމަތީގެ ފަޙްރުވެރި ދަރިއެއްގެ ވާހަކަ އެވެ. ހއ. އުތީމު، އަލިމަސްގެ އަލްފާޟިލް އާދަމް ޢަބްދުއްރަޙްމާން ގެ ވާހަކަ އެވެ. އުތީމު އާދަމް ޢަބްދުއްރަޙްމާނަކީ، ކުޅަދާނަ ލިޔުންތެރިއެކެވެ. އަދީބެކެވެ. ކުޅަދާނަ ވާހަކަދެއްކުނ...

ތިލަދުން
ކެލާ މަސްމާރުކޭޓްގެ ބިންގާ އަޅައިފި 📍 ހއ. ކެލާ

ކެލާ މަސްމާރުކޭޓްގެ ބިންގާ އަޅައިފި

ހއ. ކެލާގައި ގާއިމުކުރާ މަސްމާރުކޭޓުގެ ބިންގާ އަޅައިފިއެވެ. އިއްޔެ ހަވީރު 17:00 ގައި އެރަށުގައި ބޭއްވި ކެލާ މަސްމާރުކޭޓް ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި، ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފްއާއި، ކެލާ ކައުންސިލްގެ ރައީސް އާދަމް ޣުފްރާންއާއި، ކައުންސިލް މެންބަރު މިޒްނާ ބައިވެރިވެ ވަޑައިގަތެވެ. މި މަސައްކަތް، ޝަމާޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި މިހާރު ހަވާލުކޮށްފައިވާއިރު، މި މަސައްކަތުގެ އެއްބަސްވުމުގައި ކެލާ ކައުންސިލާއި އެކުންފުންޏާއި ދެމެދު ސޮއިކޮށްފައި ވަނީ މިމަހުގެ 17 ވަނަ ދުވަހުއެވ...

ޔުމްނާ ޢަލީ
ހާއްސަ ހުއްދައިގެ ދަށުން ކުޅުދުއްފުއްޓަށް ދިޔަ ބިދޭސީއަކު ޕޮޒިޓިވްވެއްޖެ 📍 ހދ. ކުޅުދުއްފުށި

ހާއްސަ ހުއްދައިގެ ދަށުން ކުޅުދުއްފުއްޓަށް ދިޔަ ބިދޭސީއަކު ޕޮޒިޓިވްވެއްޖެ

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ދޫކުރާ ހާއްސަ ހުއްދައިގެ ދަށުން މަސައްކަތެއް ކުރުމަށްޓަކައި ކުޅުދުއްފުށީ ސިޓީއަށް ދިޔަ ބިދޭސީއަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުލް ލަތީފް ހަސަން ”ތިލަދުން”އަށް ވިދާޅުވީ، ރަސްމީކޮށް ނޫންނަމަ ވެސް އެ މައުލޫމާތު ކައުންސިލަށް ލިބިފައިވާ ކަމަށެވެ. ޕޮޒިޓިވްވި ބިދޭސީ މީހާއަކީ 72 ގަޑިއިރު ނުވާ ޕީސީއާރު ނަތީޖާއަކާއެކު ރާއްޖެއައި މީހެއް ކަމަށާއި، އެމީހާ ކުޅުދުއްފުއްޓަށް ދަތުރުކުރީ މާލޭން ވެސް ކޯވިޑްއަށް ޓެސްޓް ކުރުމަށ...

ޝިއުނާ އާދަމް
ހއ. އަމާންވެށިން އިތުރު ޕޮޒިޓިވްވި ކޭހެއް، އަދަދު 16 އަށް! 📍 ހއ. ދިއްދޫ

ހއ. އަމާންވެށިން އިތުރު ޕޮޒިޓިވްވި ކޭހެއް، އަދަދު 16 އަށް!

ހއ. ދިއްދޫގައި ހުންނަ ”ހއ. އަމާންވެށި” އިން ކޯވިޑް-19އަށް އިތުރު މީހަކު ޕޮޒިޓިވްވެ ވެއްޖެއެވެ. އެހެންކަމުން އަމާންވެށީގައި ކަރަންޓީނުގައި ތިބި 15 ކުދިން ތެރެއިން 11 ކުއްޖަކާއި، އެ ކުދިން ބެލެހެއްޓުމުގެ މަސައްކަތުގައި ތިބި 5 މީހަކު މިހާތަނަށް މިވަނީ ކޯވިޑްއަށް ޕޮޒިޓިވް ވެފައެވެ. ހއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އުޘްމާން އަޝްރަފް ”ތިލަދުން”އަށް ވިދާޅުވީ، ހއ. އަމާންވެށިން އިތުރު މީހެއް ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި އެއީ އެތަނުގައި ކުދިން ބަލަހައްޓާ މީހެއްކަމަށް ވެސް އޭނާ […]

ޙުސައިން ޝަހުދީ
ތިލަދުންމަތީ ހުނަރުވެރިން: މަގުބޫލް ވާހަކަ ލިޔުންތެރިޔާ ޔަޝްފާ!

ތިލަދުންމަތީ ހުނަރުވެރިން: މަގުބޫލް ވާހަކަ ލިޔުންތެރިޔާ ޔަޝްފާ!

މިއީ ކިޔުންތެރިންގެ މަގުބޫލް ވާހަކަ ލިޔުންތެރިޔާ ހދ. މަކުނުދޫއަށް އުފަން ޔަޝްފާ އަބްދުލް ޣަނީގެ ވާހަކައެވެ. ތަޢުލީމް ހާސިލްކުރި ދުވަސްވަރު ސްކޫލުގައި ނުވަތަ ކުލާހުގައި އަދަބިއްޔާތާއި ގުޅުންހުރި ކަމެއްގައިނަމަ އަބަދުވެސް އެންމެ ކުރީގައި ހުންނާނީ ޔަޝްއެވެ. ޔަޝްގެ ހިތުގައި ދިވެހި ބަހަށް ދެވިފައި އޮންނަނީ ހާއްސަ ލޯތްބެކެވެ. ޅެން ހެދުމާއި، މަޒުމޫނު ލިޔުމާއި ޚަބަރު ލިޔުމުގެ އިތުރުން ވާހަކަ ލިޔުމަކީ ޔަޝްގެ ޤަލަން ވަރަށް ފަރިތަ ކަންކަމެވެ. ބަހުސް ކުރުމާއި ރައިވަރު ކިޔުންފަދަ ކަންކަމަކީ ޔަޝް ވަރަށް […]

އިބްރާހިމް ޚަލީލް
ނޫމަރާގައި އަލަށް އިމާރާތް ކުރާ އިންޖީނުގެއާއި އޮފީސް އިމާރާތުގެ ބިންގާ އަޅައިފި 📍 ށ. ނޫމަރާ

ނޫމަރާގައި އަލަށް އިމާރާތް ކުރާ އިންޖީނުގެއާއި އޮފީސް އިމާރާތުގެ ބިންގާ އަޅައިފި

ށ. ނޫމަރާގައި އަލަށް އިމާރާތްކުރާ އިންޖީނުގެ އާއި އޮފީސް އިމާރާތުގެ ބިންގާ އަޅައިފިއެވެ. އާ އިންޖީނުގެއާ އޮފީސް އިމާރާތުގެ ބިންގާ އަޅުއްވާދެއްވާފައިވަނީ ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދާއި ނޫމަރާ ކައުންސިލްގެ ރައީސް ހަސަން އަބްދުﷲ އެވެ. ނޫމަރާގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ އިންޖީނުގޭގެ އިތުރުން އޮފީހުގެ މަސައްކަތަކީ، ސްކައިވަން ލޮޖިސްޓިކްސް އިން އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ދެ ތަނެވެ. 270 ދުވަސް ތެރޭގައި އިމާރާތުގެ މަސައްކަތް ނިންމާ ފެނަކަ އާއި ހަވާލު ކުރުމަށް ސްކަ...

އިބްރާހިމް އަސްވާޤް
އިހަވަންދިއްޕޮޅު ޓްރާންޝިޕްމަންޓް ބަނދަރަށް ކިޔަންވީ "ކެމްޕޭނު ބަނދަރު": ހުސައިން އަރީފް

އިހަވަންދިއްޕޮޅު ޓްރާންޝިޕްމަންޓް ބަނދަރަށް ކިޔަންވީ "ކެމްޕޭނު ބަނދަރު": ހުސައިން އަރީފް

އިހަވަންދިއްޕޮޅު ޓްރާންޝިޕްމަންޓް ބަނދަރަށް ކިޔަންވީ “ކެމްޕޭނު ބަނދަރު” ކަމަށް ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން އަރީފް ވިދާޅުވެއްޖެއެވެ. ހުސެއިން އަރީފް މިހެން ވިދާޅުވީ، “އިހަވަންދިއްޕޮޅުގެ މަޝްރޫޢުގެ ސަބަބުން އުތުރަށް އަންނާނީ ކޮން ބަދަލެއް؟” މިސުރުހީގެ ދަށުން ތިލަދުން ްއިން ގެނެސްދީފައިވާ ރިޕޯޓަކައް ޓުވިޓަރ މެދުވެރިކޮށް ރައްދުދެއްވަމުންނެވެ. ހުސެއިން އަރީފް އިތުރަށް ވިދާޅުވެފައިވަނީ، އިހަވަންދިއްޕޮޅު ޓްރާންޝިޕްމަންޓް ބަނދަރަކީ ބޮޑު ތިލަންދުންމަތީ ރައްޔިތުންގެ ވޯޓު ބަނޑު އަޅާލަން ސަ...

އަލީ އާދިލް
ހޯރަފުށީ މަސްވެރިންނަށް ހާއްސަ ކެފޭއެއް! 📍 ހއ. ހޯރަފުށި

ހޯރަފުށީ މަސްވެރިންނަށް ހާއްސަ ކެފޭއެއް!

ހއ. ހޯރަފުށީގައި ގާއިމުކުރާ އައިސްޕްލާންޓާއި އިންވެގެން އެރަށުގެ މަސްވެރިންނަށް ހާއްސަކޮށްގެން ކެފޭއެއް ހެދުމުގެ މަސައްކަތް ކުރަށްވާނެ ކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ. ހޯރަފުށީގައި ޤާއިމުކުރާ އައިސްޕްލާންޓްގެ ބިންގާ އެޅުމަށް ރޭ އެރަށުގެ ބަނދަރުގައި އޮތް ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފައުޒީ ވިދާޅުވީ، އެ އައިސްޕްލާންޓަކީ ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ)އާއި، ޗަމްޕާ ބްރަދާސްގެ ހެޔޮއެދުން ތަކާއެކު ކުރެވޭ މަސައްކަތެއް ކަމަށެވެ. އަދި އޭނާ ދެއްކެވި ވާ...

ޔުމްނާ ޢަލީ
އިހަވަންދިއްޕޮޅުގެ މަޝްރޫޢުގެ ސަބަބުން އުތުރަށް އަންނާނީ ކޮން ބަދަލެއް؟

އިހަވަންދިއްޕޮޅުގެ މަޝްރޫޢުގެ ސަބަބުން އުތުރަށް އަންނާނީ ކޮން ބަދަލެއް؟

ސިޔާސީ ޕޯޑިއަމްތަކުގައި އުތުރުގެ ތަރައްގީގެ ބޮޑު މަޝްރޫއެއްގެ ވާހަކަ ކޮންމެ އިންތިހާބަކާއި ގުޅިގެން ފެންމަތިވެއެވެ. އެކި ދައުރުގައި އެކި ނަންނަމުގައި އެމަޝްރޫޢުގެ އުފާވެރި ޚަބަރު ސުރުހީތަކުން ޖާގަ ހޯދައެވެ. ޗާޓާއި ކުރެހުންތަކާއި ތަސްވީރުތަކުން ހީވަނީ ދެންމެ ދެންމެ އެމަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށިގެން ދާނެހެންނެވެ. އަނެއްކާވެސް މިވަނީ “އިހަވަންދިއްޕޮޅުގެ މަޝްރޫޢު”ގެ ވާހަކަ ފެންމަތިވެފައެވެ. އުތުރުގެ އިޤްތިސާދީ ދުވެލި ބާރު ކުރުވާނެ ކަމުގެ ޔަގީންކަމާއި އެކު މިވަނީ މަޝްރޫޢުގެ ތަފްސީލް ސަރުކާރުން...

ޙުސައިން ޘަޤީފް
ބާރަށް ގުގުރާނެކަމަށް ލަފާކޮށް ބޮޑު ތިލަދުންމައްޗަށް ވައިޓް އެލާޓް ނެރެފި

ބާރަށް ގުގުރާނެކަމަށް ލަފާކޮށް ބޮޑު ތިލަދުންމައްޗަށް ވައިޓް އެލާޓް ނެރެފި

ބާރަށް ގުގުރާނެކަމަށް ލަފާކޮށް ބޮޑު ތިލަދުންމައްޗަށް ވައިޓް އެލާޓް ނެރެފި އެވެ. މޫސުމާއި ބެހޭ އިދާރާއިން ވައިޓް އެލާޓް ނެރެފައި ވަނީ ހއ އަތޮޅުން ފެށިގެން ނ. އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. އެލާޓް ނެރެފައި ވަނީ މިއަދު 10:10 އިން މެންދުރު 14:00 އާއި ހަމައަށެވެ. މިއަދު ހެނދުނު 10:00 އިން މާދަމާ ހެނދުނު 10:00 އަށް ދިވެހިރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތައްބަލާއިރު ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ އެވެ. މީގެތެރެއިން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން […]

އަލީ އާދިލް
ހޯރަފުށީ އައިސްޕްލާންޓްގެ ބިންގާ އަޅައިފި 📍 ހއ. ހޯރަފުށި

ހޯރަފުށީ އައިސްޕްލާންޓްގެ ބިންގާ އަޅައިފި

ހއ. ހޯރަފުށީގައި ޤާއިމުކުރާ އައިސްޕްލާންޓްގެ ބިންގާ ރޭ އަޅައިފިއެވެ. އެކަމަށް ބޭއްވި ރަސްމިއްޔާތު އޮތީ ހޯރަފުށީ ބަނދަރު ސަރަހައްދުގައި ގައެވެ. މި ރަސްމިއްޔާތުގައި އައިސްޕްލާންޓްގެ ބިންގާ އަޅުއްވާދެއްވީ މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީއާއި ހޯރަފުށީ ކެޔޮޅުންނެވެ. މި ރަސްމިއްޔާތުގައި މިފްކޯގެ ސީއީއޯއާއި، ހޯރަފުށީ ކައުންސިލާއި، އެރަށުގެ ކެޔޮޅުންނާއ، މަސްވެރިންނާއި ބައިވެރިވެފައިވާއިރު، އެރަސްމިއްޔާތުގައި ވަނީ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވެސް އޮންލައިންކޮށް ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވާފ...

ޙުސައިން ޝަހުދީ
އެސް.ޓީ.އޯ އާއި އިތުރު ކުންފުނިތަކެއްގެ އެހީ ބާރަށައް! 📍 ހއ. ބާރަށް

އެސް.ޓީ.އޯ އާއި އިތުރު ކުންފުނިތަކެއްގެ އެހީ ބާރަށައް!

ކޯވިޑް19ގެ ކޭސްތަކެއް ހއ. ބާރަށުން ފެނުމާއި ގުޅިގެން އެރަށް ދިމާވި ދަތި ދަނޑިވަޅުގައި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ. (އެސް.ޓީ.އޯ) އާއި އިތުރު ކުންފުނި ތަކަކުން އެރަށަށް އެހީތެރިކަން ފޯރުކޮށްދީފި އެވެ. އެގޮތުން އެސް.ޓީ.އޯ ގެ ސީއެސްއާރގެ ދަށުން ބާރަށު ރައްޔިތުންނަށް ވަނީ، 100 ބަސްތާ ހަނޑޫ، 100 ބަސްތާ ގޮދަން ފުއް، 100 ބަސްތާ ހަކުރު، 18 ލީޓަރުގެ 50 ކައްކާ ތެޔޮ ހަން ހަދިޔާކޮށްފަ އެވެ. އެސްޓީއޯގެ އިތުރުން ބާރަށު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވަނީ، […]

އިބްރާހިމް އަސްވާޤް
މާރަންދޫއާއި ތަކަންދޫ ފެނަކަ އާ އޮފީހުގެ ބިންގާ އަޅައިފި 📍 ހއ. މާރަންދޫ

މާރަންދޫއާއި ތަކަންދޫ ފެނަކަ އާ އޮފީހުގެ ބިންގާ އަޅައިފި

ހއ. މާރަންދޫއާއި، އެ އަތޮޅު ތަކަންދޫ ފެނަކަ އާ އޮފީހުގެ ބިންގާ މިއަދު އަޅައިފިއެވެ. މާރަންދޫ ފެނަކަ އާ އޮފީހުގެ ބިންގާ އަޅުއްވައި ދެއްވީ ފެނަކައިގެ އެމްޑީ އަޙްމަދު ސައީދާއި، އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއުއެވެ. އެ އޮފީސް އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ލަކީ ހިޔާ މޯލްޑިވްސް ޕްރެއިވެޓް ލިމިޓެޑާއެވެ.180 ދުވަސް ތެރޭ ނިންމަން ހަވާލުކުރެވުނު މި މަސައްކަތުގެ އަގަކީ3،134،640.67 ރުފިޔާއެވެ. ފެނަކައިން ރަށްރަށުގައި ކުރަމުންދާ މަސައްކަތްތައް ގާތުން ބައްލަވައިލައްވައި، ހައްލު...

ޔުމްނާ ޢަލީ
ބާރަށް މޮނިޓަރިން ހާލަތުން ނަގައިފި 📍 ހއ. ބާރަށް

ބާރަށް މޮނިޓަރިން ހާލަތުން ނަގައިފި

ކޯވިޑް ކޭސްތަކަކާއި ގުޅިގެން، ހއ. ބާރަށް މޮނިޓަރިން ހާލަތަށް ގެނެވުނުތާ 17 ދުވަސް ފަހުން އެރަށް އެ ހާލަތުން ނަގައިފިއެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އެރަށް މޮނިޓަރިން ހާލަތުން ނެގިކަން އަންގާފައި ވަނީ މިރޭ އިރުއޮއްސި 18:17 ގައެވެ. އެޗްޕީއޭއިން އެރަށް މޮނިޓަރިން ހާލަތުން ނެގިކަން އަންގައި ފޮނުވި ލިއުމުގައި ބުނެފައި ވަނީ، އެ ރަށް އެ ހާލަތުން ނެގީ ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ޢާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ […]

ޙުސައިން ޝަހުދީ