ޕޮލިސް އެކަޑަމީން ހިންގި 32 ވަނަ ޕޮލިސް ރެކްރޫޓް ޓްރެއިނިންގ ކޯހުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހއ. ހޯރަފުށީ/ޖަޒީމާ، ޙަސަން އިރުޝާދު ހޮވިއްޖެއެވެ.
މި ކޯހުގެ ދަސްވެނިވި ހިނގާލުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ރޭގައި ދ. ވާނީގައި އެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓް ފައްޔާޒް އިސްމާޢީލް އެވެ.
ޕޮލިސް ރެކްރޫޓް ޓްރެއިނިންގ ކޯހުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ޕޮލިސް ކޮންސްޓަބަލް ޙަސަން އިރުޝާދުއެވެ. އިރުޝާދަކީ ހއ. ހޯރަފުއްޓަށް ނިސްބަތްވާ ފުލުހެކެވެ.
ކޯހުގެ އެންމެ މޮޅު ދަރިވަރަކަށް ހޮވުނު އިރުޝާދަށް ކޮމިޝަނަރ އޮފް ޕޮލިސް އެކްސަލެންސް އެވޯޑްވެސް އެ ރަސްމިއްޔާތުގައި ވަނީ ހަވާލުކޮށްފައެވެ. އިރުޝާދަށް މި އެވޯޑް ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ.
އިރުޝާދު ވަނީ މިކޯހުގެ އައުޓްޑޯ މާއްދާތަކުން އެއްވަނަ ދަރިވަރުގެ މަގާމާއި، އަދި އާނެއްލާ ސްކޮޑުން އެންމެ މޮޅު ދަރިވަރެއްގެ މަގާމު ވެސް ހާސިލްކޮށްފަ އެވެ.
އިރުޝާދުގެ މި ކާމިޔާބީ ފާހަގަކޮށް، ރައްޔިތުންގެ މަޖިލިސްގައި ހޯރަފުށި ތަމްސީލްކުރައްވާ މެންބަރު އަޙްމަދު ސަލީމް (ސައްލެ) ވަނީ، މަރުޙަބާ ކިޔާފައެވެ.
32 ވަނަ ޕޮލިސް ރެކްރޫޓް ޓްރެއިނިންގ ކޯހުން ވަނަތައް ހާސިލްކުރި ފުލުހުން
- ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރު: ޕޮލިސް ކޮންސްޓަބަލް ޙަސަން އިރުޝާދު
- އާނެއްލާ ސްކޮޑުން އެންމެ މޮޅު ދަރިވަރު: ޕޮލިސް ކޮންސްޓަބަލް ޙަސަން އިރުޝާދު
- އައުޓްޑޯ މާއްދާތަކުން އެއްވަނަ ދަރިވަރު: ޕޮލިސް ކޮންސްޓަބަލް ޙަސަން އިރުޝާދު
- އިންޑޯ މާއްދާތަކުން އެއްވަނަ ދަރިވަރު: ޕޮލިސް ކޮންސްޓަބަލް އިބްރާހިމް އުސްމާން
- ރަންވިއްކާ ސްކޮޑުން އެއްވަނަ ދަރިވަރު: ޕޮލިސް ކޮންސްޓަބަލް ރީޝާން މުޙައްމަދު
- ހާޖީ ސްކޮޑުން އެންމެ މޮޅު ދަރިވަރު: ޕޮލިސް ކޮންސްޓަބަލް ޙުސައިން ޖައިޝަމް
މި ކޯހުން އެންމެ މޮޅު ސްކޮޑަކަށް ހޮވުނީ ރަންވިއްކާ ސްކޮޑެވެ. އެންމެ މޮޅު ސްކޮޑަށްޝީލްޑް ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ.
#Congratulations to all Officers graduating 32nd Police Recruit Training Course. We are assured of your potential as you all pass the intensive training with flying colors & now are geared up with knowlegde & tactics to serve our Nation better. We are very proud of you Officers! pic.twitter.com/R26wlcQVDl
— Maldives Police (@PoliceMv) March 14, 2021
32 ވަނަ ޕޮލިސް ރެކްރޫޓް ޓްރެއިނިންގ 84 ބައިވެރިން ވަނީ ދަސްވެނިވެފައެވެ. ރޭގެ ރަސްމިއްޔާތު ނިންމާލާފައިވަނީ ކޯހުން ފާސްވި ދަރިވަރުންގެ ރޫޓް މާޗަކުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!