މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,631 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9631 ޚަބަރުގެ ތެރެއިން
ކޮޅިގަނޑެއްގައި ހޯރަފުށީ އެއާޕޯޓު ޓާމިނަލްގެ ދޮރާއްޓެއް ފުނޑުފުނޑުވެއްޖެ 📍 ހއ. ހޯރަފުށި

ކޮޅިގަނޑެއްގައި ހޯރަފުށީ އެއާޕޯޓު ޓާމިނަލްގެ ދޮރާއްޓެއް ފުނޑުފުނޑުވެއްޖެ

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި، ކޮޅިގަނޑެއްގައި ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ހޯރަފުށީ އެއާޕޯޓްގެ ޓާމިނަލްގައި ފުރާމީހުން ބޭނުންކުރާ ދޮރާށި ފުނޑުފުނޑުވެއްޖެއެވެ. އެ ޓާމިނަލްގެ ދޮރާށިތައް ހަދާފައި ހުންނަނީ އެލްމިނިއަމް ގިއުގަނޑެއްގައި ބިއްލޫރި ބޭނުންކޮށްގެންނެވެ. ކޮޅިގަނޑެއްގައި އެ ޓާމިނަލްގައި ފުރާމީހުންގެ ދޮރާށި އެއްކޮށްވެއްޓި ފުނޑުފުނޑުވީ މިއަދު ހެނދުނު 10:30 ހާއިރުއައި ކޮޅިގަނޑެއްގަ އެވެ. އެ އެއާޕޯޓްގެ އޮފިޝަލެއް “ތިލަދުން”އަށް ވިދާޅުވީ، އެ ކޮޅިގަނޑުގައި އެ އެއާޕޯޓްގެ ޓާމިނަލްގ...

ޔުމްނާ ޢަލީ
ޔެލޯ އެލާޓްގެ ވަގުތު އަނެއްކާވެސް އިތުރުކޮށްފި

ޔެލޯ އެލާޓްގެ ވަގުތު އަނެއްކާވެސް އިތުރުކޮށްފި

ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވެ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ޔެލޯ އެލާޓް ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ނެރުނު އެލާޓް މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ތ. އަތޮޅަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައި ވަނީ މިރޭގެ މެންދަމު 04:00 އިން ފެށިގެން މިއަދު ހެނދުނު 08:00 އާ ހަމައަށެވެ. ރާއްޖޭގެ މޫސުން […]

ޖަލްވާން ޖާދުﷲ
ކުޅުދުއްފުށި ސިޓީއިން އިތުރު ތިން މީހަކު ޕޮޒިޓިވް! 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީއިން އިތުރު ތިން މީހަކު ޕޮޒިޓިވް!

ކުޅުދުއްފުށި ސިޓީއިން އިތުރު ތިން މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މި މަހުގެ އެއްވަނަ ދުވަހު ކުޅުދުއްފުށިން ޕޮޒިޓިވް ކޭސްތަކެއް ފެނިގެން އެ ރަށް މޮނީޓަރިންނަށް ލުމަށްފަހު މޮނީޓަރިންއިން ނެގީ މި މަހުގެ އަށްވަނަ ދުވަހުއެވެ. ނަމަވެސް މި މަހުގެ 11 ވަނަ ދުވަހު ބަލީގެ އަލާމާތްތައް ފެނިގެން ފުލޫ ކުލިނިކަށް ދެއްކި 34 އަހަރުގެ އަންހެނެށް ކޯވިޑަށް ޕިޒިޓިވް ވުމާއި ގުޅިގެން އަނެއްކާވެސް އެ ރަށް ވަނީ މޮނީޓަރިންނަށް ލާފައެވެ. މި ކޭސްއާއި ގުޅިގެން […]

އިބްރާހިމް ޚަލީލް
ދިއްދޫއާއި ފުނަދޫ ހިމެނޭހެން 9 ރަށަކަށް މެޖިސްޓްރޭޓުން ހޯދަނީ 📍 ހއ. ދިއްދޫ

ދިއްދޫއާއި ފުނަދޫ ހިމެނޭހެން 9 ރަށަކަށް މެޖިސްޓްރޭޓުން ހޯދަނީ

ހއ. ދިއްދޫއާއި ށ. ފުނަދޫ ހިމެނޭހެން 9 ރަށަކަށް މެޖިސްޓްރޭޓުން ހޯދުމަށް ޖުޑިޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީ އިން އިއުލާންކޮށްފިއެވެ. ޖޭއެސްސީ ގެ އިއުލާންގައިވާ ގޮތުން، ހއ. ދިއްދޫ، ށ. ފުނަދޫ، ބ. އޭދަފުށި އަދި ވ. ފެލިދޫ ކޯޓަށް މީހުން ހޯދަނީ މެޖިސްޓްރޭޓުންގެ މަގާމަށެވެ. އަދި ވ. ކެޔޮދޫ، ފ. ފީއަލި، ގއ. ކޮލަމާފުށި، ގދ. ފަރެސްމާތޮޑާ އަދި ޏ. ފުވައްމުލަކަށް ބޭނުންވެގެން ހޯދަން ޢިއުލާން ކޮށްފަ ވަނީ އިސް މެޖިސްޓްރޭޓުން ނެވެ. މެޖިސްޓްރޭޓްގެ އަސާސީ މުސާރައާއި، […]

އައިޝަތު އިލްމާ އަދުނާން
ށ.އަތޮޅު ކައުންސިލްގެ އިންތިޚާބީ ކައުންސިލަށް އިންތިޤާލީ ކޮމެޓީގެ ރިޕޯޓް ހިއްސާކޮށްފި

ށ.އަތޮޅު ކައުންސިލްގެ އިންތިޚާބީ ކައުންސިލަށް އިންތިޤާލީ ކޮމެޓީގެ ރިޕޯޓް ހިއްސާކޮށްފި

ށ.އަތޮޅު ކައުންސިލްގެ އިންތިޚާބީ ރައީސާއި، މެންބަރުންނަށް “ކައުންސިލަރުންގެ ދައުރު ބަދަލުވުމުގެ މަރުޙަލާގެ މަސައްކަތްތައް ވިލަރެސްކުރުމަށް އެކުލަވާލި އިންތިޤާލީ ކޮމެޓީގެ ރިޕޯޓް” މި މަހުގެ 10 ވަނަ ދުވަހު އިންތިހާބީ ކައުންސިލަރުންނާއި ހިއްސާކޮށްފިއެވެ. މިހާރު ށ. އަތޮޅު ކައުންސިލުގައި ހުރި މަސައްކަތްތައް ވިލަރެސްކުރުމަށް އެކުލަވާލި އިންތިޤާލީ ކޮމެޓީގެ ރިޕޯޓް ހިއްސާކުރުމަށް ކުރިޔަށްގެންދިޔަ އޮންލައިން ބައްދަލުވުމުގައި މި ރިޕޯޓް ޙިއްސާކޮށްދެއްވީ އިންތިޤާލީ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ އެ ކައުންސިލ...

ޖަލްވާން ޖާދުﷲ
ދިިއްދޫގައި ޢީދު ދުވަހަށް އިތުރު ފިޔަވަޅުތަކެއް 📍 ހއ. ދިއްދޫ

ދިިއްދޫގައި ޢީދު ދުވަހަށް އިތުރު ފިޔަވަޅުތަކެއް

ތިލަދުންމަތީ އުތުރުބުރީ ހއ. ދިއްދޫގައި ކޯވިޑް ފެތުރެމުންދާތީ އެ ރަށު ކައުންސިލްގެ އިދާރާއިން ކުރިއަށް އޮތް ފިތުރު ޢީދު ދުވަހާއި ގުޅިގެން އިތުރު ފިޔަވަޅު ތަކެއް އަޅަން ނިންމައިފިއެވެ. ދިއްދޫއިން ކޯވިޑް ބައްޔަށް ފުރަތަމަ ޕޮޒިޓިވް ވެފައިވަނީ އަލާމާތްތައް ހުރެގެން މި މަހުގެ އެއްވަނަ ދުވަހު ފުލޫ ކުލިނިކަށް ދެއްކި ފަރާތެކެވެ. އެ ދުވަހުން ފަށިގެން އެޗްޕީއޭއިން އަންނަނީ ދިއްދޫ މޮނީޓަރިންނަށްލައި އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންނެވެ. މިގޮތުން މި ކޭހާއި ގުޅިގެން ނެގުނު ޑައިރެކްޓް ކޮންޓެކްޓާރސްގެ […]

އިބްރާހިމް ޚަލީލް
ބިލެތްފަހި ކައުންސިލްގެ ކަރަންޓް ބިލުތަކުގެ މައްސަލާގައި ވަކިފަރާތަކަށް ފިޔަވަޅު ނޭޅުމަށް ނިންމައިފި 📍 ށ. ބިލެތްފަހި

ބިލެތްފަހި ކައުންސިލްގެ ކަރަންޓް ބިލުތަކުގެ މައްސަލާގައި ވަކިފަރާތަކަށް ފިޔަވަޅު ނޭޅުމަށް ނިންމައިފި

ށ. ބިލެތްފަހި ކައުންސިލް އިދާރާގެ 2015، 2020 އަދި 2021 ވަނަ އަހަރުގެ ކަރަންޓް ބިލުތަކުގެ މައްސަލާގައި ވަކިފަރާތަކަށް ފިޔަވަޅު ނޭޅުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ނިންމައިފިއެވެ. އެގޮތަށް ނިންމީ އެލްޖީއޭގެ ބޯޑުގެ 2021 ވަނަ އަހަރުގެ 18 ވަނަ ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގައި ބިލެއްފަހި ކަރަންޓުބިލުތަކާއި ގުޅޭ މައްސަލައާއި ގުޅޭގޮތުން ނިންމި ނިންމުމުގަ ބުނެފަ ވަނީ، ބިލެއްފަހި ކައުންސިލު އިދާރާގެ 2015، 2020 އަދި 2021 ގެ ކަރަންޓްބިލް ތަކުގެ މައްސަލާގައި ބިލްތަށް […]

އައިޝަތު އިލްމާ އަދުނާން
ށ. އަތޮޅުގެ 4 ރަށެއް މޮނީޓަރިންގައި 📍 ށ. ފުނަދޫ

ށ. އަތޮޅުގެ 4 ރަށެއް މޮނީޓަރިންގައި

އަތޮޅުތަކުގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާއިރު ށ. އަތޮޅުގެ ހަތަރު ރަށެއް މިވަގުތު މޮނިޓަރިން ހާލަތުގަ އެބައޮތެވެ. އެ އަތޮޅުން އެންމެފަހުން މޮނިޓަރިންނަށްލީ ކަނޑިތީމެވެ. އެރަށުން ވަނީ މިމަހު 10 ވަނަ ދުވަހު ނެގި 5 ސާމްޕަލެއްގެތެރެއިން 4 ސާމްޕަލެއް ޕޮޒިޓިވްވެފަ އެވެ. އެރަށުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންދާކަމަށް ރޭ އެރަށު ކައުންސިލުން ވަނީ ވިދާޅުވެފަ އެވެ. އަދި ޒަރޫރީ ބޭނުމެއްގަ ނޫނީ ބޭރަށް ނުކުތުމަށް ވެސް އެރަށު ކައުންސިލުން ވަނީ އެރަށުގެ ރައްޔިތުންގެ ކިބައިން އެދިފަ […]

ޖަލްވާން ޖާދުﷲ
ތިލަދުންމަތިން ކޮޅުމަޑުލަށް ޔެލޯ އެލާޓް! ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަަވާނެ!

ތިލަދުންމަތިން ކޮޅުމަޑުލަށް ޔެލޯ އެލާޓް! ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަަވާނެ!

މޫސުން ގޯސްވުމުގެ ސަބަބުން ތިލަދުންމަތިން ކޮޅުމަޑުލަށްމޫސުމާއި ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފިއެވެ. މޫސުމާއި ބެހޭ އިދާރާއިން ހއ. އަތޮޅުން ތ އަތޮޅަށް ޔެލޯ އެލާޓް ނެރެފައި ވަނީ މިއަދުގެ ހެނދުނު 10:00 އިން ފެށިގެން 15:00 އާއި ހަމައަށެވެ. މެޓް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި އެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރުން އަދި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް […]

އިބްރާހިމް އަސްވާޤް
ރެންޑަމް ތިން ސާމްޕަލެއް ޕޮޒިޓިވްވެ، ގޮއިދޫ މޮނިޓަރިންނަށްލައިފި 📍 ށ. ގޮއިދޫ

ރެންޑަމް ތިން ސާމްޕަލެއް ޕޮޒިޓިވްވެ، ގޮއިދޫ މޮނިޓަރިންނަށްލައިފި

ށ. ގޮއިދޫއިން ނެގި ރެންޑަމް ސާމްޕަލްތަކުން ތިން މީހެއްގެ ސާމްޕަލް ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ އެވެ. ގޮއިދޫއިން ރެންޑަމް ސާމްޕަލްތަކެއް ޕޮޒިޓިވްވުމުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕިއޭ)އިން ވަނީ އެރަށް މޮނިޓަރިން ހާލަތަށް ވެސް ގެނެސްފަ އެވެ. އެޗްޕީއޭއިން އެރަށް މޮނިޓަރިން ހާލަތަށް ގެނައީ މިރޭ 20:14 އިން ފެށިގެންނެވެ. ގޮއިދޫ ކައުންސިލުން ވިދާޅުވެފައިވާ ގޮތުގައި އެރަށުން ރެންޑަމް ސާމްޕަލްތަކެއް ނެގީ މިމަހުގެ 9 ވަނަ ދުވަހުއެވެ. އެ ސާމްޕަލްތަކުން ތިންމީހެއްގެ ސާމްޕަލް ޕޮޒިޓިވްވިކަން އެނގުނީ މިއ...

ޝިއުނާ އާދަމް
އިހަވަންދޫއިން މީހަކު ޕޮޒިޓިވްވެއްޖެ 📍 ހއ. އިހަވަންދޫ

އިހަވަންދޫއިން މީހަކު ޕޮޒިޓިވްވެއްޖެ

ހއ. އިހަވަންދޫ ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. މާލެއިން އިހަވަންދޫއަށް ގޮސް ހުރި މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައި ވަނީ، ބަށްޔަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިގެން ޓެސްޓްކުރުމުންނެވެ. އަދި، ޕޮޒިޓިވްވި މީހާއާއިއެކު އިތުރު ދެމީހަކު ހޯމް ކަރަންޓީނުގައި ތިބި ކަމަށް މައުލޫމާތު ލިބެއެވެ. އިހަވަންދޫއިން ކޯވިޑަށް މީހަކު ޕޮޒިޓިވްވުމާއެކު ހޯމް ކަރަންޓީނަށް އެރަށަށް ދާ ފަރާތްތައް އަމަލުކުރަންޖެހޭ ގޮތުގެ އުސޫލު އިތުރަށް ވަނީ ހަރުދަނާ ކޮށްފައެވެ. އެގޮތުން، މިހާރަށްވުރެ ރައް...

އައިޝަތު އިލްމާ އަދުނާން
ތުރާކުނުގެ ހުރިހާ ގޭބިސީއަކަށް "ޓައިޑްސް"ގެ ޢީދު ހަދިޔާ! 📍 ހއ. ތުރާކުނު

ތުރާކުނުގެ ހުރިހާ ގޭބިސީއަކަށް "ޓައިޑްސް"ގެ ޢީދު ހަދިޔާ!

ހއ. ތުރާކުނުގެ ޖަމިއްޔާއެއް ކަމަށްވާ، ތުރާކުނު އައިލެންޑް ޑިވެލޮޕްމެންޓް ސޮސައިޓީ (ޓައިޑްސް)ގެ ފަރާތުން އެރަށު ހުރިހާ ގޭބިސީއަކަށް ޢީދު ހަދިޔާ ބަހައިފިއެވެ. މި ހަރަކާތަކީ ޓައިޑްސްއާ ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން ހަރުދަނާކޮށް، ވަރުގަދަކޮށް އަދި ރަށުގެ އިޖުތިމާއީ ގުޅުން ބަދަހި ކުރުމުގެ ގޮތުން ހިންގޭ ހަރަކާތެއްކަމަށް ޓައިޑްސްގެ ނައިބު ރައީސް މުހައްމަދު ރަޝީދު ވިދާޅުވިއެވެ. 2019 ވަނަ އަހަރުން ފެށިގެން ޢީދު ނުވަތަ ރޯދަ ހަދިޔާއެއް ރަށުގެ ރައްޔިތުންނަށް ބެހުމަށް ޓައިޑްސްގެ ހިންގާ ކޮމެޓީއިން ފާސްކޮށ...

އައިޝަތު އިލްމާ އަދުނާން
ފްލޫ ކުލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވެ، ކުޅުދުއްފުށީ ސިޓީ އަނެއްކާވެސް މޮނިޓަރިންނަށް! 📍 ހދ. ކުޅުދުއްފުށި

ފްލޫ ކުލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވެ، ކުޅުދުއްފުށީ ސިޓީ އަނެއްކާވެސް މޮނިޓަރިންނަށް!

ކުޅުދުއްފުށީ ސިޓީގެ ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ، އެ ސިޓީ މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ. އެ ސިޓީގެ ފްލޫ ކުލިނިކަށް ދެއްކި ތިން މީހުން ޕޮޒިޓިވްވުމުން މެއި 2 ވަނަ ދުވަހު ވެސް އެ ސިޓީ މޮނިޓަރިން ހާލަތަށް ގެނައެވެ. އެ ހާލަތުން ވީއްލީ މޭ 8 ވަނަ ދުވަހު އެވެ. އެ ސިޓީ މޮނިޓަރިން ހާލަތުން ނެގީ ތިން ދުވަސް މަތިން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ނެގި ރެންޑަމް ސާމްޕަލްތައް ނެގެޓިވް ވުމުންނެވެ. […]

ޔުމްނާ ޢަލީ
ދިއްދޫގެ ޢަދަދު އަނެއްކާވެސް މައްޗަށް، ޖުމްލަ 101!

ދިއްދޫގެ ޢަދަދު އަނެއްކާވެސް މައްޗަށް، ޖުމްލަ 101!

ހއ. ދިއްދޫއިން އަނެއްކާ ވެސް ދެމީހަކު ޕޮޒިޓިވްވެ އެރަށުން ޕޮޒިޓިވްވި މީހުންގެ ޢަދަދު 101 އަށް އަރައިފިއެވެ. މިފަހަރު ޕޮޒިޓިވްވީ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ނެގި ސާމްޕަލްތަކުން ޕޮޒިޓިވްވި 2 މީހެކެވެ. އެހެންކަމުން އެރަށުން މިހާތަނަށް ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ނެގި ސާމްޕަލްތަކުން 85 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. މިހާތަނަށް އެރަށުންނެގި 12 ރެންޑަމް ސާމްޕަލެއް ވެސް ވަނީ ޕޮޒިޓިވްވެފަ އެވެ. އެރަށަށް ކޯވިޑްގެ ބިރުވެރިކަން ގެނުވީ މެއި 1 ވަނަ ދުވަހު އެރަށު ފްލޫ ކްލިނިކަށް […]

ޔުމްނާ ޢަލީ
ދިއްދޫއިން އިތުރު މީހަކު ޕޮޒިޓިވްވެއްޖެ 📍 ހއ. ދިއްދޫ

ދިއްދޫއިން އިތުރު މީހަކު ޕޮޒިޓިވްވެއްޖެ

ހއ. ދިއްދޫއިން އިތުރު މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މިފަހަރު ޕޮޒިޓިވްވީ އެރަށުން ނެގި ރެންޑަމް ސާމްޕަލްތަކުން ޕޮޒިޓިވްވި މީހެކެވެ. މިހާތަނަށް އެރަށުންނެގި 12 ރެންޑަމް ސާމްޕަލެއް ވަނީ ޕޮޒިޓިވްވެފަ އެވެ. ދިއްދޫގެ މިހާރުގެ ޖުމްލަ ޕޮޒިޓިވް ނަމްބަރަކީ 99 އެވެ. އެއީ ދިއްދޫ ފްލޫ ކްލިނިކަށް ދެއްކިއިރު ޕޮޒިޓިވްވި މީހެއްގެ އިތުރުން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ނެގި ސާމްޕަލްތަކުން ޕޮޒިޓިވްވި 83 މީހަކާއި، ރެންޑަމް ސާމްޕަލްގެ ގޮތުގައި ނެގި ސާމްޕަލްތަކުން 12 މީހެއް އަދި ހޯމް ކަރަންޓީނުގައި […...

ޝިއުނާ އާދަމް