މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,631 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9631 ޚަބަރުގެ ތެރެއިން
ފުނަދޫއިން ނެގި ރެންޑަމް ސާމްޕަލްތައް ނެގެޓިވްވެއްޖެ 📍 ށ. ފުނަދޫ

ފުނަދޫއިން ނެގި ރެންޑަމް ސާމްޕަލްތައް ނެގެޓިވްވެއްޖެ

ށ. ފުނަދޫ މޮނިޓަރިން ހާލަތަށް ގެނެސްފައިވުމާއެކު އެރަށުގެ ކޯވިޑްގެ ހާލަތު ވަޒަން ކުރުމަށް ނެގި ހުރިހާ ރެންޑަމް ސާމްޕަލެއް ނެގެޓިވްވެއްޖެއެވެ. ފުނަދޫ ބޯޅަ ދަނޑުގެ މަސައްކަތްކުރަން އެރަށަށް ގޮސްތިބި ބިދޭސީންގެ ތެރެއިން ދެ މީހަކު މެއި 7 ވަނަ ދުވަހު ޕޮޒިޓިވްވުމުން، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ އެރޭ 23:04 ގައި އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފައެވެ. ފުނަދޫފައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވީ، އެރަށް މޮނިޓަރިންގައި އޮތުމާއެކު ކޯވިޑް ބަލިއުޅޭ މިންވަރު ދެނެގަތުމަށް […]

ޙުސައިން ޝަހުދީ
ކޯވިޑް ބަލީގައި ދިއްދޫއިން މީހަކު ނިޔާވެއްޖެ 📍 ހއ. ދިއްދޫ

ކޯވިޑް ބަލީގައި ދިއްދޫއިން މީހަކު ނިޔާވެއްޖެ

ހއ. ދިއްދޫއިން ކޯވިޑް ބަލީގައި މީހަކު ނިޔާވެއްޖެއެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ، (އެޗްޕީއޭ) އިން ވިދާޅުވި ގޮތުގައި އެރަށުން ނިޔާވެފަ ވަނީ 83 އަހަރު އަންހެނެކެވެ. ދިއްދޫ ގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލަށް ގެންދެވުނުއިރު ވެސް އެމީހާވަނީ ނިޔާވެފައިވާކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ. މިއީ، ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި 93 ވަނަ މީހާއެވެ. ހއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އުޘްމާން އަޝްރަފް “ތިލަދުން”އަށް ވިދާޅުވީ، ނިޔާވި މީހާއަކީ، ކޯވިޑްއަށް ޕޮޒިޓިވްވެގެން ހޯމް ކަރަންޓީނުގަ ހުރި […]

އައިޝަތު އިލްމާ އަދުނާން
ކުޅުދުއްފުށި ކައުންސިލަށް ތާޒާގެ އެހީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ކައުންސިލަށް ތާޒާގެ އެހީ

ހދ. ކުޅުދުއްފުށީ ކައުންސިލަށް ތާޒާއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ. އެ ކުންފުނިން މި އެހީތެރިކަން ފޯރުކޮށްދިނީ މޫސުން ގޯސްވުމުގެ ސަބަބުން އެ ރަށުގައި މަސައްކަތް ކުރާ އިމަޖެންސީ ރެސްޕޮމްސްޓީމަށް އެހީވުމަށެވެ. އެ ކުންފުނިން ވަނީ ގިނަ އަދަދެއްގެ ފެން ކޭސް ކައުންސިލަށް ހަދިޔާ ކޮށްފައެވެ. ތާޒާ އަކީ ރާއްޖޭގެ ފެން ކުންފުނި މޯލްޑިވްސް ވޯޓާ އެންޑް ސްވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ދަށުން ހިންގާ ބޯފެން އުފައްދާ ކުންފުންޏެވެ. އެ ކުޅުދުއްފުށީގައި އެކުންފުނީގެ ފެން އުފައްދާ ފެކްޓްރީއެއް ވެސް […]

އަޙްމަދު ވަހީދު
އިހަވަންދޫ އިމަގުގެ "މެރަނާ" ވޮލީބޯޅަ މުބާރާތް ފަށަނީ 📍 ހއ. އިހަވަންދޫ

އިހަވަންދޫ އިމަގުގެ "މެރަނާ" ވޮލީބޯޅަ މުބާރާތް ފަށަނީ

އިހަވަންދޫ މަސްވެރިންގެ ގުޅުން، އިމަގުން އިންތިޒާމްކޮށްގެން މެރަނާ ވޮލީބޯޅަ މުބާރާތެއް ފެށުމަށް ނިންމައިފިއެވެ. އިހަވަންދޫގައި ޒުވާން ވޮލީބޯޅަ ކުޅުންތެރިން އުފެއްދުމުގެ މަގްސަދުގައި، އިހަވަންދުއަށް ނިސްބަތްވާ ޒުވާނުންނަށް އަމާޒުކޮށް، ދެޖިންސަށް ވަކިން މި މުބާރާތް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. މިއަހަރު ޖުލައި މަހުގެ 1 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ވާދަކުރާ ޓީމްތަކުގައި ކުޅެވޭނީ ހަމައެކަނި އިހަވަންދޫއަށް ނިސްބަތްވާ ކުޅުންތެރިންނަށެެވެ. ޗެމްޕިއަން ޓީމަށް 7000 ރުފިޔާ...

އައިޝަތު އިލްމާ އަދުނާން
އުދައިގެ ލޮނުގަނޑު ހުރަސް ކުރަނީ ހޯރަފުށީ އެއާޕޯޓް ރަންވޭ މަތިން! 📍 ހއ. ހޯރަފުށި

އުދައިގެ ލޮނުގަނޑު ހުރަސް ކުރަނީ ހޯރަފުށީ އެއާޕޯޓް ރަންވޭ މަތިން!

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި، ރާއްޖޭގެ އެންމެ އުތުރުގެ ހއ. ހޯރަފުށީގައި އޮންނަ އެއާޕޯޓު ސަރަހައްދަށް އަރަމުންދާ އުދައިގެ ލޮނުގަނޑު، އެ އެއާޕޯޓު ރަންވޭ ހުރަސްކޮށް އަނެއް ފަރާތަށް ދާކަމަށް މަންޒަރުދުށް ބައެއް މީހުން ބުނެފިއެވެ. ރާއްޖޭގެ އުތުރަށް ވަރަށް ބޮޑަށް މޫސުން ގޯސްވެފަވާއިރު، ގިނަ ރަށްތަކަކަށް ދަނީ އުދައަރަމުންނެވެ. އުދައިގެ ލޮނުގަނޑު ރަށުތެރެއަށް ދެމިގަނެ ގޭތަކަށް ވެސް ދަނީ ލޮނު ވަންނަމުންނެވެ. ގޭތަކުގެ ފުރާޅުއެއްލާލައި، ރުއްގަހަށާއި، ދަނޑު ބިންތަކަށް ދަނީ ގެއްލުން ވަމުންނެވެ....

ޝިއުނާ އާދަމް
ދިއްދޫގެ ކޯވިޑް ނަންބަރު 106 ގައި، ކާފިއު ދަންމާލައިފި 📍 ހއ. ދިއްދޫ

ދިއްދޫގެ ކޯވިޑް ނަންބަރު 106 ގައި، ކާފިއު ދަންމާލައިފި

ހއ. ދިއްދޫގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ބައެއް ގަޑިތަކުގައި ކާފިއު ހިންގައި، އެރަށުގައި އަޅާފައިވާ ރަށްކާތެރިކަމުގެ ފިޔަވަޅުތަކުގެ މުއްދަތު އިތުރަށް ދަންމާލައިފިއެވެ. ދިއްދޫގައި ހަލުވިކަމާއެކު ކޯވިޑް ބަލި ފެތުރެމުންދާތީއާއި، އެރަށުން ނެގުނު ރެންޑްމް ސާމްޕަލްތަކުން ސާމްޕަލްތަކެއް ޕޮޒިޓިވްވުމުން، ކޮމިޔުނިޓީ ސްޕެރްޑެއް އޮތްކަމަށް ޤަބޫލު ކުރެވޭތީ ދިއްދޫގައި ކާފިއު އިއުލާންކުރީ 8 މެއި 2021 ދުވަހުގެ ހަވީރު 4:00 އިން މިއަދުގެ ހަވީރު 4:00ގެ ނިޔަލަށެވެ. ދިއްދޫ ކައުންސިލުން މިއަދު ވަނީ އެރަށ...

ޙުސައިން ޝަހުދީ
ނޮޅިވަރަންފަރަށް ނިސްބަތްވާ ޒުވާނެއް ގެއްލިގެން ހޯދަނީ 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރަށް ނިސްބަތްވާ ޒުވާނެއް ގެއްލިގެން ހޯދަނީ

ހދ. ނޮޅިވަރަންފަރަށް ނިސްބަތްވާ ޒުވާނެއް ގެއްލިގެން ހޯދަން ފަށައިފިއެވެ. ގެއްލިގެން ހޯދަމުންދަނީ ހދ. ނޮޅިވަރަންފަރު މޯނިންގ ސަން، އުމުރުން 25 އަހަރުގެ މިސްބާޙް މުޙައްމަދެވެ. ފުލުހުން ހާމަކުރަށްވާފަވާ ގޮތުގައި މިސްބާޙް ގެއްލިފައިވަނީ މިދިޔަމަހުގެ ތެރޭގައެވެ. ފުލުހުން ވަނީ އޭނާ ހޯދުމުގައި އާންމުންގެ އެހީތެރިކަމަށް އެދިފައެވެ. މިގޮތުން ފުލުހުން ވަނީ މިސްބާޙުގެ ވަނަވަރާއި އޭނާގެ ފޮޓޯ ސޯޝަލް މީޑިއާގައި އާއްމުކޮށްފައެވެ. We are appealing for your assistance in locating 25-year-old Misbah Mohamed, HDh....

ޔުމްނާ ޢަލީ
ތިލަދުންމަތީގެ ގިނަ ރަށްތަކަކަށް އުދަ އަރާ ބޮޑެތި ގެއްލުންތަކެއް ވަނީ

ތިލަދުންމަތީގެ ގިނަ ރަށްތަކަކަށް އުދަ އަރާ ބޮޑެތި ގެއްލުންތަކެއް ވަނީ

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ތިލަދުންމަތީގެ ގިނަ ރަށްތަކަކަށް އުދައަރާ އެކިވަރުގެ ގެއްލުން ވަމުން އެބަދެއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުމާއި އެކު ވައިގަދަ ވާނެ ކަމަށް ލަފާ ކޮށް ނެރެފައިވާ ރީނދޫ ސަމާލުގެ ވަގުތު ތިންވަނަ ފަހަރަށް ދައްމާލާފައިވާއިރު، ތިލަދުންމަތި ހިމެނޭ ސަރަހައްދަށް ވަރަށް ބޮޑަށް ވަނީ މޫސުން ގޯސްވެފަ އެވެ. ޖުމްލަ ގޮތެއް ރަށްތަކަށް ދިމާވަމުން ދަނީ އުދައެރުމާއި، […]

ޝިއުނާ އާދަމް
ފުނަދޫ ސްކޫލް ކުލަސްޓާ: ރިލީޒް ސާމްޕަލްތައް ނެގެޓިވްވެ، ގެތައް ކަރަންޓީނުން ވީއްލައިފި 📍 ށ. ފުނަދޫ

ފުނަދޫ ސްކޫލް ކުލަސްޓާ: ރިލީޒް ސާމްޕަލްތައް ނެގެޓިވްވެ، ގެތައް ކަރަންޓީނުން ވީއްލައިފި

ށ. ފުނަދޫއިން އެރަށު ސްކޫލްގެ ދަރިވަރަކު ޕޮޒިޓިވްވުމުން ކަރަންޓީނުކުރި ފަރާތްތަކުގެ ތެރެއިން ރިލީޒް ސާމްޕަލް ނަގަންޖެހޭ ފަރާތްތަކު ސާމްޕަލްތައް ނެގެޓިވްވުމުން އެ ކްލާސްޓާއާއި ގުޅިގެން ކަރަންޓީނު ކުރި ގޭތަށް ކަރަންޓީނު ވީއްލައިފިއެވެ. ފުނަދޫއިން ދަރިވަރަކު ޕޮޒިޓިވްވެ އެރަށުގެ 26 ގެއެއް ކަރަންޓީނު ކުރީ މިމަހުގެ 1 ވަނަ ދުވަހުއެވެ. އިއްޔެ ވަނީ އެ ދަރިވަރާއި، އެކުއްޖާއާއި ޑައިރެކްޓް ކޮންޓެކްޓް ވެގެން ކަރަންޓީނުކުރި ހުރިހާ ފަރާތްތަކުގެ ރިލީޒް ސާމްޕަލް ނަގާފައެވެ. އެހުރިހާ ސާމްޕަލެއް ވެސް ވަނީ ނެގެޓިވް...

ޔުމްނާ ޢަލީ
އުތުރާއި މެދުރާއްޖެތެރެއަށް ނެރުނު ޔެލޯ އެލާޓްގެ ވަގުތު އަނެއްކާވެސް އިތުރުކޮށްފި

އުތުރާއި މެދުރާއްޖެތެރެއަށް ނެރުނު ޔެލޯ އެލާޓްގެ ވަގުތު އަނެއްކާވެސް އިތުރުކޮށްފި

ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވެ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ނެރުނު ޔެލޯ އެލާޓްގެ ވަގުތު އަނެއްކާވެސް އިތުރުކޮށްފި އެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ވ. އަތޮޅަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުމާއި އެކު ވައިގަދަ ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައި ވަނީ ހެނދުނު 11:30 އިން ފެށިގެން މިއަދުގެ  މެންދުރުފަހު […]

ޖަލްވާން ޖާދުﷲ
ޕޮޒިޓިވް މީހެއް އެބަހުރި، ސިއްރެއް ނުކުރަން: ކުމުންދޫ ކައުންސިލް 📍 ހދ. ކުމުންދޫ

ޕޮޒިޓިވް މީހެއް އެބަހުރި، ސިއްރެއް ނުކުރަން: ކުމުންދޫ ކައުންސިލް

ހދ. ކުމުންދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެފަވާކަމަށާއި، އެކަން ސިއްރު ނުކުރާ ކަމަށް ކުމުންދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ. އެ ކައުންސިލުން މިހެން ވިދާޅުވީ، އެރަށުގައި މީހަކު ޕޮޒިޓިވްވިކަން ކައުންސިލުން ސިއްރުކޮށްގެން އުޅޭކަމަށް އެރަށު ބައެއް މީހުން ތުހުމަތުކޮށް މީސް މީޑިއާގައި ވާހަކަ ދައްކާތީއެވެ. އެމީހާ ޕޮޒިޓިވްވުމާގުޅިގެން ކުމުންދޫ ކައުންސިލްގެ ފޭސްބުކް ޕޭޖްގައި މިރޭ ކޮށްފަވާ ޕޯސްޓެއްގަ ވިދާޅުވެފަ ވަނީ، 11 މެއި 2021 ގައި، އެރަށު “މާވެހި 3” ހޯމް ކަރަންޓީންގައި ހ...

ޝިއުނާ އާދަމް
ކުރިނބީ ގޮނޑުދޮށުގައި އިންޑިޔާ ޓީޗަރަކު މަރުވެފައި އޮށްވާ ފެނިއްޖެ 📍 ހދ. ކުރިނބީ

ކުރިނބީ ގޮނޑުދޮށުގައި އިންޑިޔާ ޓީޗަރަކު މަރުވެފައި އޮށްވާ ފެނިއްޖެ

ހދ. ކުރިނބީ ސްކޫލްގައި މަސައްކަތްކުރާ ޓީޗަރަކު އެރަށުގެ ގޮނޑުދޮށުގައި މަރުވެފައޮށްވާ ފެނިއްޖެއެވެ. ކުރިބީގައި އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭކަން ކުރިނބީ ކައުންސިލްގެ ރައީސް މުޙައްމަދު އަފްރާޙް “ތިލަދުން”އަށް ކަށަވަރުކޮށް ދެއްވިއެވެ. “ބިދޭސީ ޓީޗަރެއް އެއީ، މިހާރު ވަނީ ހެލްތު ސެންޓަރަށް ގެންގޮސްފަ، ގެންދިޔައިރު ވެސް ނިޔާވެފަ އޮތްކަމަށް މައުލޫމާތު ލިބެނީ، އަޅުގަނޑަށް އެނގިފަވާ ގޮތުގައި އޭނާ ގޮނޑު ދޮށުގައި އޮށްވާ ފެނުނީ 8:50 ހާއިރު” އަފްރާޙް ވިދާޅުވިއެވެ. އެ ޓީޗަރު ދިރިއުޅެނީ އެރަށުގައި މީހުން އ...

ޔުމްނާ ޢަލީ
ވައިގަދަވެ ވައިކަރަދޫ ދަނޑުބިންތަކަށް ބޮޑެތި ގެއްލުންތަކެއް، ހާހަކަށްވުރެގިނަ ފަތްކެޔޮ ގަސް ވެއްޓިއްޖެ 📍 ހދ. ވައިކަރަދޫ

ވައިގަދަވެ ވައިކަރަދޫ ދަނޑުބިންތަކަށް ބޮޑެތި ގެއްލުންތަކެއް، ހާހަކަށްވުރެގިނަ ފަތްކެޔޮ ގަސް ވެއްޓިއްޖެ

ރާއްޖެއަށް މިހާރުކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި މޫސުން ގޯސްވެ ވައިގަދަވެ ހދ. ވައިކަރަދޫގެ ގިނަ ދަނޑުތަކަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ވައިކަރަދޫ ކައުންސިލުން ބުނެފި އެވެ. ވައިކަރަދޫގެ ދަނޑުތަކަށް ލިބުނު ގެއްލުމުގެ މަޢުލޫލާތު މިނޫހާއި ހިއްސާކުރަމުން އެކައުންސިލްގެ ރައީސް އަބްދުﷲ ވާފިރު ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިކަރަދޫގެ ދަނޑުތަކަށް އެކި ވަރުގެ ގެއްލުންތައް ދަނީ ލިބެމުންކަމަށާއި ޚާއްޞަކޮށް ފަތްކެޔޮ ދަނޑުތަކަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައިވާކަމަށ...

ޖަލްވާން ޖާދުﷲ
މަކުނުދޫ ދާއިރާގެ ތިން ރަށަށް ނަރުދަމާގެ އުފާވެރިކަން 📍 ހދ. މަކުނުދޫ

މަކުނުދޫ ދާއިރާގެ ތިން ރަށަށް ނަރުދަމާގެ އުފާވެރިކަން

ދިވެހިރައްޔިތުންނަށް މުހުތާދު ޖެހިފައިވާ އަސާސީ ބޭނުންތަކުގެ ތެރެއިން ފެނާއި، ނަރުދަމާގެ ޚިދުމަތަކީ ވަރަށް މުހިންމު އަސާސީ ޚިދުމަތެކެވެ. ރާއްޖެއަކީ ވަކި ރަށްތަކަކަށް ބެހިގެންވާ ޤައުމަކަށްވީ ހިނދު، އަތޮޅުތަކުގެ ގިނަ ރަށްތަކުގެ ރަށްޔިތުން ވަނީ ސާފު ފެނާއި، އެކަށޭނަ ނަރުދަމާގެ ޚިދުމަތުން މަރުހޫމްވެފަ އެވެ. އެ ރަށްޔިތުންގެ އުންމީދަށް ލިބިފައިވާ އެންމެބޮޑުއެއް ތަސައްލީއަކީ މިހާރުގެ ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހްގެ ފެނާ، ނަރުދަމާގެ ރިޔާސީ ވަޢުދު ފުޅެވެ. އެމަނިކުފާނު ވަނީ މިއަދައުރު...

އަލީ އާދިލް

ސަމާލުވޭ! 60 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް އުތުރުގެ 7 އަތޮޅަށް އޮރެންޖް އިންޒާރު

މޫސުން ގޯސްވެ އުތުރުގެ 7 އަތޮޅަކަށް އޮރެންޖް އެލާޓް ނެރެފިއެވެ. މެޓް އޮފީހުން މި އެލާޓް ނެރެފައިވަނީ ހއ.އަތޮޅުން ފެށިގެން ބ އަތޮޅާއި ދެމެދުގެ ރަށްތަކަށް މިއަދު 15:30 އިން 18:30 އާއި ހަމައަށެވެ. އެގޮތުން މި ވަގުތުތަކުގެ ތެރޭގައި ބޯކޮށް ވާރޭވެހި ފެން ބޮޑުވެދާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އަދި ވިލާގަނޑުގައި 60 މޭލަށް ވައިގަދުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އޮރެންޖު އެލާޓް ނެރެނީ އެއް ގަޑިއިރު ތެރޭގައި 90 މިލިމީޓަރުގެ […]

އިބްރާހިމް އަސްވާޤް