📍 ށ. ކަނޑިތީމު
ކަނޑިތީމުގެ އެކްޓިވް ކޭސްތަކުގެ ޢަދަދު 21އަށް އަރައިފި
ށ. ކަނޑިތީމުގެ ކޯވިޑް-19 އެކްޓިވް ކޭސްތަކުގެ ޢަދަދު 21 އަށް އަރައިފިއެވެ. މިމަހު 10 ވަނަ ދުވަހު ނެގި 5 ސާމްޕަލެއްގެތެރެއިން 4 ސާމްޕަލެއް ޕޮޒިޓިވްވުމުން ކަނޑިތީމު މިވަގު އޮތީ މޮނިޓަރިން ހާލަތުގައެވެ. އެ ސާމްޕަލްތަކުގެ ނަތީޖާ ލިބި، އެރަށުން ބަޔަކު ޕޮޒިޓިވްކަން އެނގުނީ މިމަހުގެ 11 ވަނަ ދުވަހުއެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ ހަމަ އެދުވަހު އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފައެވެ. ކަނޑިތީމު ސިއްހީ މަރުކަޒުން މިއަދު ހާމަކުރެއްވި މައުލޫމާތަށް ބަލާއިރު މިހާތަނަށް […]