ށ. ފޭދޫ "ޝާޒީ-4 ބޯޓު"ގެ އިތުރު 3 ފަޅުވެރިއަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

އެބޯޓްގެ 8 ފަޅުވެރިންގެ ސާމްޕަލް ނަގާފަ ވަނީ މިމަހު 9 ވަނަ ދުވަހު އެވެ. އޭގެތެރެއިން 5 ފަޅުވެރިންގެ ސާމްޕަލް ޕޮޒިޓިވްވުމުން ހުރިހާ ފަޅުވެރިން ކަރަންޓީނު ކުރިއެވެ.

Ad
rt

ކަރަންޓީނުގެ މުއްދަތުގައި ބާކީ ޕޮޒިޓިވްނުވެ ތިބި 3 ފަޅުވެރިންގެ ކިބައިން ކޯވިޑްއަށް ޝައްކުކުރެވޭ އަލާމަަތްތައް ފެނުމާ ގުޅިގެން، ނެގުނު ސާމްޕަލްތައް ޕޮޒިޓިވްވެފައިވާކަަމަށް ފޭދޫ ސިއްހީ މަރުކަޒުން ވިދާޅުވެއެވެ.

އެހެންކަމުން މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން ޝާޒީ-4 ބޯޓާއި ފޭދޫގެ "ނާރެސް" ގެ ވަނީ އިތުރު 14 ދުވަހަށް ކަރަންޓީނު ކޮށްފަ އެވެ.

ޝާޒީ-4 ބޯޓަކީ ފޭދޫއާއި، އެ އަތޮޅު އެހެން ބައެއް ރަށްތަކާއި މާލެއާއި ދެމެދު ދަތުރުކުރާ ބޯޓެކެވެ.

ރާއްޖެއިން މިހާތަނަށް 43،782 މީހުންނަށް ވަނީ ކޯވިޑް ބަލި ޖެހިފައެވެ. އަދި ކޯވިޑް ޖެހިގެން ރާއްޖެއިން ނިޔާވި މީހުންގެ އަދަދު ވަނީ 97 އަށް އަރާފަ އެވެ.