Skip to main content
Topic Archive

#ށ. ފޭދޫ ސިއްހީ މަރުކަޒު

6 Stories filed
ށ.ފޭދޫގައި އަރިދަފުސް ރޯގާ އިތުރުވާތީ ސަމާލުވާން އިލްތިމާސްކޮއްފި
Thiladhunmathi News

ށ.ފޭދޫގައި އަރިދަފުސް ރޯގާ އިތުރުވާތީ ސަމާލުވާން އިލްތިމާސްކޮއްފި

ށ. ފޭދޫގައި އަރިދަފުސް ރޯގާ ފެތުރޭ މިންވަރު އިތުރުވަމުންދާތީ، އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ ރަށު ސިއްހީ މަރުކަޒުން އިލްތިމާސްކޮށްފިއެވެ. ފޭދޫ ސިއްހީ މަރުކަޒުން ނެރެފައިވާ އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ދުވަސްވަރު އެ މަރުކަޒަށް ފަރުވާ ހޯދުމަށް ދައްކާ ބަލިމީހުންގެ ރެކޯޑްތަކަށް ބަލާއިރު، އަރިދަފުސް ރޯގާ ޖެހިގެން ދައްކާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި އަރިދަފުސް ރޯގާއަކީ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބައްޔަކަށް ވާތީ، ބަލިޖެހިފައިވާ ކުދިން ސްކޫލަ...

ށ.ފޭދޫގައި ހުމާއި އަރިދަފުސް ރޯގާ އިތުރުވާތީ ސަމާލުވާން އެދެފި
Thiladhunmathi News

ށ.ފޭދޫގައި ހުމާއި އަރިދަފުސް ރޯގާ އިތުރުވާތީ ސަމާލުވާން އެދެފި

ށ. ފޭދޫގައި ހުމާއި އަރިދަފުސް ރޯގާ އިތުރުވުމާއި ގުޅިގެން ސަމާލުވުމަށް ފޭދޫ ޞިއްޙީ މަރުކަޒުން އިލްތިމާސްކޮށްފިއެވެ. މިކަމާއި ގުޅިގެން މިއަދު ފޭދޫ ޞިއްޙީ މަރުކަޒުން ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ، މިދުވަސްވަރު އެ މަރުކަޒަށް ދައްކަމުންދާ ބަލިމީހުންގެ ރެކޯޑުތަކަށް ބަލާއިރު ހުމާއި، އަރިދަފުސް ރޯގާ ޖެހިގެން ދައްކަމުންދާ ބަލިމީހުންގެ އަދަދު އިތުރުވެފައިވާކަމަށެވެ.  އެގޮތުން، އަރިދަފުސް ރޯގާއަކީ ވަރަށް ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔަކަށް ވާތީ، މީހުން ގިނައިން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާ...

‏ށ. ފޭދޫ ސިއްހީމަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތް ހަވާލުކޮށްފި
Thiladhunmathi News

‏ށ. ފޭދޫ ސިއްހީމަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތް ހަވާލުކޮށްފި

‏ށ. ފޭދޫ ސިއްހީމަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތް ކުރުމަށް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މިނިސްޓްރީ އޮފް ހެލްތް އިން މައުލޫމާތު ދެއްވި ގޮތުގައި އެ މިނިސްޓްރީގެ ފަރާތުން މި މައްސައްކަތް ހަވާލުކޮށްފައި ވަނީ ރައިސަރ ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތަށް 4,100,958.67 ރުފިޔާ ޚަރަދު ކުރާނެއެވެ. އަދި މި މަސައްކަތް ހަވާލުކޮށްފައި ވަނީ 150 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަސައްކަތް ކޮންޓެކްޓަރަކާއި މިއަދު ހަވާލުކުރުމާއި ގުޅިގެން ފޭދޫ ސިއްހީ މަރުކަޒުން ވިދާޅުވީ، މި މަސައްކަ...

ށ. ފޭދޫގައި ފާނަބަސަންދު ފެތުރެމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
Thiladhunmathi News

ށ. ފޭދޫގައި ފާނަބަސަންދު ފެތުރެމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ށ. ފޭދޫގައި ފާނަބަސަންދު ފެތުރެމުންދާތީ އެރަށުގެ ރައްޔިތުން ސަމާލުވުމަށް ފޭދޫ ސިއްހީ މަރުކަޒުން އިލްތިމާސްކޮށްފިއެވެ. މިގޮތުން ށ. ފޭދޫ ސިއްހީ މަރުކަޒުން ކޮށްފައިވާ އިޢުލާނެއްގައި ވިދާޅުވީ، އެ މަރުކަޒުގެ އޯ.ޕީ.ޑީއަށް ދައްކަމުން އަންނަ ބަލި މީހުންގެ ތެރޭގައި ފާއިތުވި ދެހަފްތާގައި ފާނަބަސަންދު ޖެހިގެން ދެމީހަކު ޑޮކްޓަރަށް ދައްކާފައިވާކަމަށެވެ. ޗިކަން ޕޮކްސް ނުވަތަ ފާނަބަސަންދަކީ ވައިރަސްއެއްގެ ސަބަބުން ވަރަށް ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔެއްކަމުން ބަލިން ރައްކާތެރިވުމަށް އެ މަރުކަޒުން ވަނީ ރަ...

ފޭދޫ "ޝާޒީ-4 ބޯޓު"ގެ ހުރިހާ ފަޅުވެރިން ވެސް ޕޮޒިޓިވްވެއްޖެ
Thiladhunmathi News

ފޭދޫ "ޝާޒީ-4 ބޯޓު"ގެ ހުރިހާ ފަޅުވެރިން ވެސް ޕޮޒިޓިވްވެއްޖެ

ށ. ފޭދޫ “ޝާޒީ-4 ބޯޓު”ގެ އިތުރު 3 ފަޅުވެރިއަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. އެބޯޓްގެ 8 ފަޅުވެރިންގެ ސާމްޕަލް ނަގާފަ ވަނީ މިމަހު 9 ވަނަ ދުވަހު އެވެ. އޭގެތެރެއިން 5 ފަޅުވެރިންގެ ސާމްޕަލް ޕޮޒިޓިވްވުމުން ހުރިހާ ފަޅުވެރިން ކަރަންޓީނު ކުރިއެވެ. ކަރަންޓީނުގެ މުއްދަތުގައި ބާކީ ޕޮޒިޓިވްނުވެ ތިބި 3 ފަޅުވެރިންގެ ކިބައިން ކޯވިޑްއަށް ޝައްކުކުރެވޭ އަލާމަަތްތައް ފެނުމާ ގުޅިގެން، ނެގުނު ސާމްޕަލްތައް ޕޮޒިޓިވްވެފައިވާކަަމަށް ފޭދޫ ސިއްހީ މަރުކަޒުން ވިދާޅުވެއެވެ. އެހެންކަމުން މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން...

ށ. ފޭދޫ "ޝާޒީ-4 ބޯޓު"ގެ 5 ފަޅުވެރިއަކު ޕޮޒިޓިވްވެއްޖެ
Thiladhunmathi News

ށ. ފޭދޫ "ޝާޒީ-4 ބޯޓު"ގެ 5 ފަޅުވެރިއަކު ޕޮޒިޓިވްވެއްޖެ

ށ. ފޭދޫ “ޝާޒީ-4 ބޯޓު”ގެ 5 ފަޅުވެރިއަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ އެވެ. އެ ބޯޓަކީ ފޭދޫއާއި، އެ އަތޮޅު އެހެން ބައެއް ރަށްތަކާއި މާލެއާއި ދެމެދު ދަތުރުކުރާ ބޯޓެކެވެ. އެ ބޯޓުގައި މިވަގުތު މަސައްކަތް ކުރަނީ 8 މީހެކެވެ. ފޭދޫ ސިއްހީ މަރުކަޒުން ވިދާޅުވީ، އެ ބޯޓުގައި މަސައްކަތްކުރާ 8 މީހުންގެ ވެސް ސާމްޕަލް މިއަދު ނެގި ކަމަށެވެ. އޭގެ ތެރެއިން 5 ފަޅުވެރިއަކު ކޯވިޑަށް ޕޮޒިޓިވްވެފަ ވާކަމަށް އެ މަރުކަޒުން ހާމަކުރަށްވަ އެވެ. ފޭދޫ ކައުންސިލްގެ […]