📍 ހއ. މުރައިދޫ
ސިއްހީ މަރުކަޒަށް ދެއްކި މީހަކު ޕޮޒިޓިވްވެ މުރައިދޫ މޮނިޓަރިން ހާލަތަށް
ކޯވިޑް-19ގެ އަލާމާތްތައް ފެނިގެން ހއ. މުރައިދޫ ސިއްހީ މަރުކަޒަށް ދެއްކި މީހަކު ޕޮޒިޓިވްވުމުން، އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މުރައިދޫ މޮނިޓަރިން ހާލަތަށް ގެނައީ މިއަދު ހަވީރު 16:18 އިން ފެށިގެންނެވެ. މުރައިދޫ ކައުންސިލްގެ ރައީސް އަލީ ސިނާން “ތިލަދުން”އަށް ވިދާޅުވީ، ޕޮޒިޓިވްވީ ބަލީގެ އަލާމާތްތައް ހުރެގެން އެރަށު ސިއްހީ މަރުކަޒަށް ދެއްކި މީހެއްކަމަށެވެ. “ބަލީގެ އަލާމާތް ފެނިގެން ސިއްހީ މަރުކަޒަށް ދެއްކައި، ޓެސްޓް ކުރަން ސާމްޕަލް ނެގީ، މިއަދު ނ...