ށ. ނަރުދޫ ކައުންސިލަރުން މިއަދު ހުވާކުރި ދަރުބާރަށް ފުރައްސާރަކޮށް ލިޔުންތަކެއް ލިޔެފިއެވެ.

ނަރުދޫގައި ކައުންސިލުން ހުވާކުރުމުގެ ދަރުބާރު ބާއްވާފަ ވަނީ އެރަށުގައި އަންހެނުން ކުރިން ނަމާދުކުރަން ބޭނުން ކުރި މިސްކިތެއްގައެވެ. އެތަން މިހާރު ބޭނުން ކުރަނީ ޕްރީ ސްކޫލެއް ހިންގާށެވެ.

Ad
rt

މިއަދު އަލިވިލުނު އިރު އެ އިމާރާތުގައި، މިއަދުގެ ރަސްމިއްޔާތަކީ ކޮން ރަސްމިއްޔާތެއްކަން އަންގައިދިދިނުމަށް ހަރުކޮށްފަވާ ބެނާގެ ތިރީގައި އޮތީ އެ ރަސްމިއްޔާތަށް ފުރައްސާރަކޮށް ލިޔެފައެވެ.

މީގެއިތުރުން އެ އިމާރާތުގެ ބޭރުގައާއި، ނަރުދޫ ކައުންސިލް އިދާރާގެ ބޭރުގައި ވެސް، ނަރުދޫއަށް އަލަށް އިންތިޚާބުވި ކައުންސިލަރުންނަށް ނިސްބަތްވާހެން ވަނީ ފުރައްސާރަކޮށް ލިޔެފައެވެ.

ނަރުދޫ ކައުންސިލް ހުވާކުރުން ބޭއްވި ދަރުބާރުގައި ހަރުކޮށްފަ ހުރި ބެނާގެ ތިރީގައި ލިޔެފަ، ފޮޓޯ: ށ. ނަރުދޫ ފޭސްބުކް ޕޭޖް

މިކަން "ތިލަދުން" ހިއްސާކުރި މީހަކު ކިޔައިދިން ގޮތުގައި ފުރައްސާރަ ކުރުމަށް "ވަގު ވޯޓު"، "ލޫޓު ވާލި"، "ފެލާލި" އަދި "ކަރުއަޅާލި" ފަދަ ބަސްތައް ލިޔެފަ ހުއްޓެވެ.

"އިންތިޚާބުން ނާކާމިޔާބުވި ބައެއް މީހުން ވެސް މިކަހަލަ ދަށުދަރަޖައިގެ ބަހުން މީސް މީޑިއާގައި ދަނީ ލިޔަމުން"

އެމީހާ ބުންޏެވެ.

މި އަމަލު ނަރުދޫއަށް ނިސްބަތްވާ ބައެއް މީހުން ދަނީ މީސް މީޑިއާގައި ކުށްވެރި ކުރަމުންނެވެ. އެމީހުން ސިފަކޮށްފަވާގޮތުގައި އެއީ ވަރަށް ނާތަހުޒީބު އަމަލެއްގެ ގޮތުގައެވެ.

ނަރުދޫ ކައުންސިލްގެ ފަސް ގޮނޑި ތެރެއިން 4 ގޮނޑި ކާމިޔާބުކޮށްފަ ވަނީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ވާދަ ކުރި ކެންޑިޑޭޓުންނެވެ. ނަރުދޫ ކައުންސިލަށް ވާދަ ކުރީވެސް ޖުމްހޫރީ ޕާޓީގެ 4 ކެންޑިޑޭޓުންނެވެ. އަދި އެރަށު ކައުންސިލްގެ ބާކީ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީއިންނެވެ.

ނަރުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ 5 ގޮނޑިތެރެއިން ވެސް ކުރިމަތިލި 3 ގޮނޑި ޖޭޕީއިން ކާބުކޮށްފަވާއިރު، އެމްޑީޕީއާއި ޕީޕީއެމްއިން ވެސް ކޮންމެ ޕާޓީއަކުން ގޮނޑިއެއް ކާމިޔާބުކޮށްފަ ވެއެވެ.

ނަރުދޫ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސުންނާއި، ނައިބު ރައީސުންނަކީ ވެސް ޖޭޕީއަށް ނިސްބަތްވާ ބޭފުޅުންނެވެ.

ނަރުދޫގައި ސިޔާސީ ވިސްނުންތަފާތު ވިނަމަވެސް، އެރަށަކީ އެކުވެރި ރަށްޔިތެއް ދިރިއުޅޭ ރަށެކެވެ.